ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އޭނާގެ ބަހެއްވެސް ލިބޭގޮތް ވަނީ ނުވެފައެވެ.

ފުލުހުން ވިދާޅުވީ، ނިޙާން ފުރުން މަނާކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ޙިނާޔާތާއި ގުޅުން ހުރި މައްސަލައެއްގައި ކަމަށެވެ.

ފުލުހުން މިގޮތަށް ވިދާޅުވި ނަމަވެސް، އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހުޔާނާތާ ނިހާނާ ގުޅުވައިގެން ސިޔާސީ ބޭފުޅުން ބޮޑެތި ތުހުމަތުތަކެއް ކުރައްވައެވެ.

ނިހާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އަރިސް ބޭފުޅެކެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު އޭނާވަނީ މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަނާހް

    އިބޫގެ ހިފަހައްޓަބަލަ

    27
    8
  2. Anonymous

    ދަންތުރާގަ ޖެހުނީ އެންމެ ބޮޑުއެތިވެސް އޮތީ ދަންތުރާގަ

    7
    32
    • ދަރޭ

      އެންމެބޮޑު އެތި އޮތީ ޗައިނާ ސަފީރާއިޖެހި ޗޮކުން ގޮސްސަ

    • Anonymous

      މިބައިގަނޑަށް ތާއީދު ކުރާމީހުންވެސް ތިބެނީ ލަދުހަޔާތް ކެނޑިފަ.

  3. ކަނބާ

    އެމްއެމްޕީއާރުސީގެ ފައިސާ ކެއި މިހާރުގެ ސަރުކާރާ ގުޅުންހުރި އެއްވެސް މީހެއްގެ މައްސަލައެއް ބަލާކަށް ނުކެރޭނެ. އެކަން ބެލޭނެ ދުވަހެއް އަންނާނެ.

    41
    4
  4. Anonymous

    އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއްގައި ނިހާންގެ ޕާސްޕޯޓް އެކަނިތަ ހިފަހައްޓަނީ، ރައީސު އިބޫސާލިހު އާއި މިސަރުކާރުގެ އެތަކެއް ޕާލަމެންޓް މެމްބަރުން އަދި އިތުރު އެތައް ބައެއް ހިމެނޭ މައއސަލައެއްގައި، މިއީތަ ޒީރޯ ޓޮލެރެންސް އަދުލު އިންސާފު ވެރިކަން ކުރާގޮތަކީ؟؟؟

    29
    3
  5. މިއަދު

    2023 ރިޔާސީ އިންތިޚާބުގެ ވޯޓްގެ ނަތީޖާ އޮޢުލާން ކުރުމުގެ ކުރިން މިސަރުކާރުގެ.އިސް ސަފުގައިތިބި އެއްމެންގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭނެ

    24
    4
  6. ހުސޭނުބޭ

    ނިހާން ހާދަ ޒުވާނޭ ދޯ އަދިވެސް! ބޮލުގައި އެންމެ ނުރައެއްވެސް ނުޖަހާ! ސިއްރަކީ ކޮބައި؟

  7. ކެކެކެ

    ނިހާނުގެ ޕާސްޕޯޓު އެމްއެމްޕީއާރްސީން ވައްކަން ކޮށްފި.

    6
    3
  8. ކިނބޫ

    ސޭޓުބޭ ތޮއްވަރިއަށް ވަނީ މި އަނިޔާވެރިންގެ ވަކިތަކުން ސަލާމަތްވާނެ ކަމަށްތަ! ނިހާނު ބުނަން ވާހަކައެއް. އެމްޑީޕީގެ ނުބައި ނިޔަތާ ބަދަލުހިފުމާ ޖައްބާރުކަމާ އެމީހުންގެ ނުބައިނުލަފާކަން ކަލޭމެންނަށް ނޭނގުން އެއީ ކަލޭމެންގެ މައްސަލައެއް. މީހެއްގެ ނިވާފައްގަނޑުންވެސް އެބާގައާ އެޅެން ހެޔޮނުވާނެ.

    8
    1