ރާއްޖެއިން ބޭރަށް ފުރައިގެން ދާން އުޅެފައި ނުވާނެ ކަމަށާއި، ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ފުރަން ގޮސް ހުއްޓާ ނޫންކަން ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ޔަގީންކޮށްދީފިއެވެ.

އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކުރިގޮތުން، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ރާއްޖެއިން ބޭރަށް ފުރަން ގޮސް ހުއްޓާއެވެ. ނަމަވެސް އެކަން އޭނާ ދޮގު ކުރެއެވެ.

އެކަން ދޮގުކޮށް ނިހާން ވިދާޅުވީ، 2020 ވަނަ އަހަރު ފެށުނު ފަހުން ރޭއްޖެއިން ބޭރުގެ އެއްވެސް ތާކަށް ދާން، އެންމެ ކުޑަމިނުން އޭނާގެ ހިތައްވެސް އަރުވާފައި ނުވާ ކަމަށެވެ.

"އެއްވެސް އެއާލައިނަކުން ކުޑަމިނުން ރިޒަވޭޝަންވެސްއެއްހާ ހިސާބުވެސް ހަދާފައެއް ނުވާނެ، ދެން ކިހިނެއް އެއާޕޯޓަށް ދާނީ ފުރަން، ފްރޭމްކޮށް އަގުވައްޓާލަން އުޅުނަސް ތިވަރު ބޮޑު". އޭނާގެ ޓްވީޓްގައި ވެއެވެ.

ނިހާން ވިދާޅުވީ، އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ފުރަންގޮސް ހުއްޓާކަމަށް ލިޔެފައި ވަނީ އެއްވެސް ހަގީގަތެއް ނެތި ކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ ޓިކެޓް އެކްސްޓެންޑް ކުރަން އިއްޔެ މެންދުރު ގަތަރް އެއަރލައިން އޮފީހަށް ދިއުމުން އަޅުގަނޑު ފިލަން އުޅުނީ ކަމަށް މިވީ". އޭނާގެ ޓްވީޓްގައި ވެއެވެ.

އޭނާ ވަނީ ދިވެހި ފުލުހުން ހޯދި އިންޓަލިޖެންސްއަކީ މިހާތަނަށް މުޅި ދުނިޔޭގައި ހޯދުނު އެންމެ ތެދުވެރި އިންޓަލިޖެންސް ރިޕޯޓް ކަމަށް ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، ނިޙާން ފުރުން މަނާކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ޙިނާޔާތާއި ގުޅުން ހުރި މައްސަލައެއްގައި ކަމަށެވެ.

ފުލުހުން މިގޮތަށް ވިދާޅުވި ނަމަވެސް، އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހުޔާނާތާ ނިހާނާ ގުޅުވައިގެން ސިޔާސީ ބޭފުޅުން ބޮޑެތި ތުހުމަތުތަކެއް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލްޖިބްރާ

    ކަލެއަކީ ޚިޔާނާތުގެ ބޮޑު މީހެއް ! ކަލޭ ހައްޔަރުކުރަން ލަސްވެސް ވެއްޖެ !

    26
    9
  2. Anonymous

    ދޮގު މައްޗަށް ދޮގުހެދުން މި ސަރުކާރުގެ ކަމަކީ ދެން މިއުޅޭ ރީނދޫ ބައިގަނޑު ޔާމީނަށް ވަގަށް ގޮވަންފަށާނެ ހަޔާތް ކުޑަ ކަމުގެ އިންތިހާ މި ސަރުކާރުން ކުރި ވައްކަން މާބޮޑު އަދި ކުރާ ވައްކަމާ ކުރާނެ ވައްކަން އިންތިހާ އެކަމަކު އަނގަޔަކުން ދެރައެއް ނުވާނެ މޮޔަބީތާއިން

    40
    3
    • ރާގޮޑިރާޖަ

      ބޭފުޅާގެ ބީތާކަން މާބޮޑުހެން ހީވަނީ. ޙަޔާތް ކުޑަ މީހުން އެއުޅެނީ ވައްކަންނުކުރެވޭތީ ބަޑައްވައި އަރައިގެން.

      4
      5
  3. Anonymous

    އެއްވެސް ކަމެއް ކުރެވޭ ބައެއްނޫން އެހެންވީމާ ކޮންމެވެސް ގަނޑެއްގަނެ ދޮގުހަދައިގެން ނަމަވެސް ރައްޔަތުން މޮޔަހައްދަން އުޅެނީ
    މޮޅު އެއްޗެކޭ ކިޔައިގެން އަބަދު ހެޑްލައިނަށް އަރަންޏާ ސަރުކާރު ފެއިލްވެފަ ވާކަން ހަނދާނުން ކައްސާލާނެކަމަށްދޯ

    29
    4
  4. Anonymous

    މެސީ މެން ޖޯސެފްމެން ހަމަ އަތްޖަހާނަށަނީ ދެން ބުނާނެ މޭވާއަޅާ ގަސްގަހައް ގާއުކާނެއޭ އެކަމަކު ތި އަކީ މޭވާއަޅާގަހެއްނޫނޭ ތީ ހަމަ ހުސް ބުރު ބޭނުން ނެތް އެއްޗެއް މިސަރުކާރަކީވެސް ބޭނުން ނެތް ވިނަގަނޑެއް ބުރުން ބުރުފަޅާނީ ދެން ވީ ސާފުކުރަން

    17
    1
  5. Anonymous

    އިބޫ ކީރިތިކުރެއްވަން ފައްޓަވާނެ ތިހެން ބުނީމަ
    ދެން މިއުޅޭ ބުއްޅަބެ ހިނދުކޮޅުގަ ހުރެގެން މޮޔަގޮވަންފަށާނެ ދެން އެމްޑީޕީ ކުދިން ހާޑްވާނެ
    އެންމެން ޑާންސް

    26
    1
  6. ޤާދިރު

    ނިހާނޫ ހަމަޔަގީންތަ ފުރަން ނޫޅޭކަން؟

    3
    1
  7. ފެކްޓް

    އަގެއް އޮތް އެއްޗެއްގަތާ އަގު ބީވާނީ..
    ބޮންބޮމާއި ބަޑިބައާއި އެއްޗެހި ހޮވާ ހެދިއިރު އިންޓެލިޖެންސް ވަރެއްނެތް..
    ޕޮލިސް އިންޓެލިޖެންސްގެ ސައްހަކަމާއި ކަންކަން އެންމެ ރަނގަޅަދަންނާނެ އެކަކުތީ. އެގޭމް ގަނޑުތެރޭގަ އުޅެފަވިއްޔާ ހުރީ

    2
    1
  8. ޙިމިތީ ބޭންކް

    ފ އަތޮޅު ހި މިތީ ބޭންކުން ލިބުނު 15 މިލިއަން ޑޮލަރުގެ ހިލޭއެހީ ކޮބާތޯ ނިހާނޫ.

    3
    1
  9. ދިވެހިމީހާ

    ދިވެހިންނަށް މިތިބެނީ ކިހިނެއް ވެފަ ހެއްޔެވެ؟ ހަމަ މީހަކަށް ތުހުމަތެއް ކުރެވޭ އިރަށް އެމީހަކީ ވަގެއް، ނުވަތަ ކުއްވެރިއެެއް ކަމަށް ކަނޑައަޅަނީ ކޮން ހަމަ އަކުން ހެއްޔެވެ. ސިޔާސީ ގޮތުން ފެތުރޭ ކޮންމެ ޚަބަރަކީ ތެދު ޚަބަރަކަށް ވާކަށް ނުޖެހެވެ. ތިމާ މެންގެ އަމިއްލަ ނަފްސުގެ ހުރި ނުބައިކަން ނުވިސްނޭތީ ހިތާމަ ކުރާބަޔަކަށް ވާންވީ ނޫންތޯ އެވެ.

    5
    1
  10. ނިޒާމު

    އަދިވެސް އަނގަތަޅާތި ބޮޑުވަގު ނިހާނު

    2
    2
  11. މޯދީ

    ޔާމީނުގެ ވެރިކަމުގައި ކަލޯމެން ލައްކަ ކަންތައް ހިންގީމު. އެތައް ބަޔަކު ޖަލަށް ނުހައްގުން ލީމު. ޔާމީނަށް ވެރިކަން ހޯދައިދީ ކަލޯމެން ގެނެސް މެމްބަރުކަމުގެ ގޮނޑީގައި ބޭންދި ބެއްޔާ ގެންގޮސް ކުޑަގޮޅީގައި ގަނަތެޅުވީމު. އެއީ ބޮޑުވަރޭ ރައްޔިތުން ގޮވިހަނދާން މިހާރު ވޭތަ؟ ކަލޯމެންނާމެދު މިސަރުކާރުން ކަމެއް އެބަ ކުރޭތަ؟ ތިހުރީ ފުއްޖަހައިގެން. ކުލަލައިގެން ގޭގަ އަރާމުގަ. ތިވަރު ބޮޑު.

    1
    5