އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ދައުވާ ކުރުމަށް ފޮނުވާފައިވަނީ ދުވަސްތަކަކަށް ފަހު ސިޔާސީ ހަރަކާތަށް އަލުން ނުކުމެވަޑައިގަތުމުން އެކަން ހުއްޓަން އިންޒާރު ދިނުމުގެ ގޮތުން ކަމަށް މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވިދާޅުވެއްޖެއެވެ.

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ މެދު ދާއިރާ ތަމްސީލް ކުރެއްވި މެންބަރު މެޓްރިކްސް މޯޑްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައި ވަނީ، އައްޑޫ ސިޓީ ހިތަދޫގައި އެކުލަވާލި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ސްޓީރިއަރިން ކޮމިޓީ އެކުލަވާލައި އެ ކޮމިޓީގެ ރައީސް ކަމަށް އޭނާ އިންތިހާބު ކޮށްފައިވަނިކޮށެވެ.

"ވަގުތު" އާ ވާހަކަ ދައްކަވަމުން މެޓްރިކްސް މޯޑް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވި ދަނޑިވަޅާއި އޭނާ އިދިކޮޅު ހަރަކާތްތަކުގެ އިސް ސަފުގައި އަލުން ހުންނަވަން ފެށްޓެވި ދަނޑިވަޅާ ދިމާވުމަކީ އިއްތިފާގެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭނާގެ މައްޗަށް ކުރަން އުޅޭ ދައުވާއަކީ ސިޔާސީ ހަރަކާތްތަކަށް އަލުން ނުކުންނެވުމުން ސިޔާސީ ބޭނުމެއްގައި އޭނާ ހުއްޓުވަން އުފުލާފައިވާ ދައުވާއެކެވެ.

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ފަހުން މެޓްރިކްސް މޯޑް ހުންނެވީ ސިޔާސީ ހަރަކާތްތަކާ ދުރުގައެވެ. އެކަމަކު އަލުން ޕީޕީއެމްއާ ގުޅިވަޑައިގެން އިދިކޮޅު ހަރަކާތްތައް އައްޑޫގައި ގެންދަވަން އޭނާ ފެއްޓެވީ މިދިޔަ މަހުއެވެ. މި ގޮތުން ހިތަދޫ ސްޓިއަރިން ކޮމިޓީއަށް ކުރިމަތިލައްވައި އެ ކޮމިޓީގެ ރައީސްއަކަށް އިންތިހާބު ވުމަށް ފަހު އައްޑޫގައި އޭނާ ގެންދަވަނީ ސިޔާސީ ހަރަކާތްތައް ފުޅާކޮށް ކުރިއަށް ގެންދަވަމުންނެވެ.

"މަގާމުގައި ހުރެގެން އަމަލު ކުރީ ރަނގަޅަށް، ދައުވާއާ ކުރިމަތިލާނަން، އެކަަމަކު މި ދައުވާއަކީ ހަމަ ސީދާ ސިޔާސީ ބޭނުމެއްގައި އަޅުގަނޑުގެ އަނގަ ބަންދު ކުރުން، ދޫ ހިފަހައްޓަން އުފުލާފައިވާ ދައުވާއެއް،" މޯޑް ވިދާޅުވިއެވެ.

މެޓްރިކްސް މޯޑްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަން ހާމަ ކުރުމުގެ ގޮތުން އޭސީސީއިން ރޭ ނެރުނު ބަޔާނުގައިވާ ގޮތުން އެ މައްސަލައަކީ، ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް އަދި ޗުއްޓީއެއް ނެގުމަކާ ނުލައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމުގެ މައްސަލައެކެވެ.

އަދި، އެކަން ކޮށްފައި ވަނީ އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި މޯޑްގެ މަޤާމުގެ ނުފޫޒު ބޭނުންކޮށް، އޭނާގެ އެންގުމަށް ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލައެއް ކަމަށް ބަޔާނުގައިވެއެވެ.

މި މައްސަލައިގެ ތަހްގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 19 ޖޫން 2018 ގައި ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު އެ ކުންފުނީގެ އެސިސްޓެންޓް އެޗްއާރް މެނޭޖަރ އަށް ފޮނުވާފައިވާ މެމޯގައި، 21 ޖޫން 2018 އިން ފެށިގެން، އެ ކުންފުނީގައި މަސައްކަތްކުރާ 16 މުވައްޒަފަކު އެ ކުންފުނީގެ ބޭނުމަކަށް ކަމަށް ބުނެ، މަސައްކަތުގެ ޒިންމާއިން ވީއްލައިދިނުމަށް އެދިފައިވާކަން އެނގޭ ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެންބަރު މަހާ ދެމެދު 12 މުވައްޒަފަކު ރިލީޒްގައި ތިބިއިރު، މި މުވައްޒަފުން އޮފީހަށް ޙާޒިރުނުވާ ދުވަސްތަކަށްވެސް މުސާރައާއި އެލަވަންސް ދީފައިވާ ކަމަށް ވެސް އޭސީސީ އިން ވިދާޅުވިއެވެ.

އެ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރު މޯޑް ވެސް ހިމެނޭ ގޮތަށް ރިލީޒް ދީފައިވަނީ، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުރި މޯޑްގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމަށާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް އޭސީސީ އިން ވިދާޅުވިއެވެ.

މުހައްމަދު ރަޝީދުގެ އަމަލަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުނުގެ 12 ވަނަ މާއްދާގައި ބުނާފަދަ ކުށެއްކަމަށާއި އެހެންކަމުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަޖެޓް ބޮޑުމީހާ

    ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް އަދި ޗުއްޓީއެއް ނެގުމަކާ ނުލައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމުގެ މައްސަލައެކެވެ.
    ކޮންމެ އޮފީހަކުވެސް މިކަން ހިގާ ޗުއްޓީ ނެގުމަކާނުލާ ގޮސްފަ ޗުއްޓީ ނެގުމާ، ވެރިން ބުނެގެން ތަންތަނަށް ގޮސްފަ އޯޓީ ނެގުމާ އެދުވަސް ތަކަށް ދާ ހަރަދު ދިނުމަކީ ކޮންމެ އޮފީހަކުވެސް ހިގަމުން އަންނަ ބޮޑުސިއްރެއް،

    ސާރވޭއެއް ކޮަލަބަލަ ކޮންނަތީޖާ އެއްތޯ އަންނަނީ ،

    މިކަން ކުރެވުނުއިރު

    މމޕރސ ގެ މައްސަލަ އާއި އެކަމުގައި ގުޅުން ހުރި ބައިވަރު މީހުން ހުރިއިރު އެކަން ނުކުރެވިގެން އުޅެނީ އެއީ ކަމަކަށް ނުވަނީ ބާ، އެކަން މިހާރު ނިމުނީބާ

    16
    2
  2. ބުރާންޗެއް

    ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް އަދި ޗުއްޓީއެއް ނެގުމަކާ ނުލައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމުގެ މައްސަލައެކެވެ.

    ކޮންމެ އޮފީހަކުވެސް އޭރުވެސް މިހާރުވެސް ކުރާކަމެއް، ކުރާކަމެއްތީ

    16
    5
  3. ނީނާ

    ކޮން ސިޔާސީއޭ ހަކުރޭ މަޑިސީލައޭ ކިޔާކަށް؟ އެކަން ކުރި އިރު ހިތަކަށް ނާރާދޯ މިދުވަސް އަންނާނެއެކޭ؟ ކޮމެޓީއެއްގެ ރައީސް ކީއްކުރަން ފަށް ކަޑާ ޕާޓީގެ ރައީސަށް އަޔަސް ވައްކަން ކޮއްފަ އޮތިއްޔާ ދައުވާ ކުރަން ވާނެ.

    6
    26
  4. އަޙްމަދު

    އެމްޑީޕީއަށް ސޮއިކޮށްލުމުން ތިކަންތިނިމުނީ!

  5. ބޮކި

    އެއްގޮތަކަށްވެސް ގޯހެއް ނުހަދާ ؟

  6. ޏގ

    އަވަހަށް ސޮއިކުރާށޭ