ކައިވެނި ކުރިތާ ތިމަސްދުވަސް ވީތަނުން ދިވެހި ފިރިހެނަކު އޭނާގެ އަނބިމީހާ ގޮވައިގެން "ޖިހާދަށް" ދާން އުޅޭތީ އަނބިމީހާ ފިލައިގެން އޭނާގެ އާއިލާ ކައިރިއަށް ހިނގައްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ދެމަފިރިން ކައިވެނި ކުރިއިރު ފިރިހެން މީހާ އަކީ "ހަރުކަށި ފިކުރުގެ މީހެއް ކަމެއް ނޭނގެއެވެ." ނަމަވެސް ކައިވެންޏަށް ވަރަށް ކުޑަދުވަސްކޮޅެއް ވީތަނުން ޖިހާދަށް ސީރިއަށް ދާވާހަކަ ފިރިމީހާ ދައްކަން ފަށައިފި ކަމަށް އަންހެން މީހާ ވަނީ އާއިލާ އަށް މައުލޫމާތު ދީފައެވެ.

"ސްކޫލްގައި އުޅެމުން ދެމީހުން ލޯބީގެ ގޮތުން ގުޅުނީ. ލޯބިން ކުރި ކައިވެންޏެއް އެއީ. އާއިލާ މީހުންގެ ނުފޫޒުން ކުރި ކައިވެންޏެއް ނޫން." މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ ޖިހާދު ކުރަންދާ ވާހަކަ މާގިނައިން ފިރިމީހާ ދައްކަން ފެށުމުން އަންހެން މީހާގެ ހިތައް ބިރުވެރިކަން ވަދެ އާއިލާ މީހުންނާއި އެވާހަކަ ހިއްސާކޮށް މިހާރު ވަނީ އާއިލާ މީހުން ކައިރިއަށް އައިސްފައެވެ.

މީގެ ކުރިން ވެސް ވަރަށް ގިނަ ދިވެހި ފިރިހެނުން ވަނީ އެމީހުންގެ އަނބިން ގޮވައިގެން ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ގޮސްފައެވެ. ސީރިއާއަށް ދިޔަ ބައެއް ދިވެހިން އެނބުރި ރާއްޖެ އައި ނަމަވެސް ގިނަ މީހުން ވަނީ ސީރިއާގައި މަރުވެފައި ނުވަތަ ސީރިއާގައި ތާށިވެފައެވެ.

ސީރިއާގައި ތިބި ދިވެހިން ގެނައުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އެކަމަށް އެންމެ ބޮޑަށް ހުރަސް އެޅިފައި ވަނީ އެމީހުންގެ އަތުގައި އެއީ ކޮންބައެއްކަން އަންގައިދޭނެ ލިޔެކިޔުންތައް ނެތުމުންނެވެ.

2011 ވަނަ އަހަރު ފެށުނު ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ގޮސްފައި ވަނީ ރާއްޖެ އިން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޝެއިޚް ނަސްރުﷲ

  ފިރިމީހާ ނަމާދު ކުރާތީ ވެސް ފިލާދުވަސް އަދި އަންނާނެ..

  5
  27
 2. ގަނޑިޔާ!!!

  ތި އުޚްތާއަށް ބަރަކާތް ލައްވާށި، އެ ޚަވާރިޖީ ސޮރުގެ ކައިރިން ސަލާމަތްވީތީ އުފާކުރޭ.

  21
  4
 3. މާމިގިލީ މީހާ

  ތި ފިރިހެން މީހާ ހިފާ ހައްޔަރު ކުރާންޖެހޭ. ތި މީހާ ދޫކޮއްފަ ބެހެއްޓުމަކީ ރާއްޖެއަށް ވަރަށް ބޮޑު ނުރައްކަލެއް. ރާއްޖޭގަ ވެސް ބޮންގޮއްވަ ފާނެ..

  18
  5
 4. އަލީ ހުށިޔާރު

  ފިރިމީހާގެ ކައިރިން ވަރިވާނެ މޮޅު ގޮތެއް ހޯދާލީ..

  6
  18
 5. ސަތޭކަ އެކާވީސް

  ވަރަށް ރަނގަޅު. ނަމަވެސް ފިރިމީހާ ވީމާ އަދިވެސް ބަލަންވީ ރިވެތި އުސޫލުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން. އަމިއްލަ އަށް ހައްލު ނުކުރެވޭނަމަ އާއިލާ މީހުން މެދުވެރިކޮށް ވާހަކަ ދައްކައިގެންވެސް ހައްލުކުރަން. އަޅުގަނޑުގެ ދުޢާ އަކީ ތިޔަ ދެމަފިރިން އެކުގައި ލެއްވުން.

  3
  11
 6. ބުރަދަން

  ދިވެހިން ކަޅުހެދުމާ މޫނުބުރުގާ އަޅުވާ ފައިކުރި ކުރު ހެދުންތައް އަޅުވަމުން ދިޔަދިނުމުގެ ނަތީޖާ މިއީ.ކޅބ އބދއލތފ އާއި ދަރި ޑކޓރ ވަރަށް ހިނިއަންނާނެ.

  20
  52
 7. އަސްލު ދިވެހި މީހާ

  ދައްކާނެ ވާހަކަ އެއް މަޝްރަހުގައި ނެތީމާ ވާހަކަ އެއް އަމުނާލީ ދޯ!

  26
  25
  • ޢަލީ

   ކަޅުބުރުގާ އިސްތިއުފާ

   4
   18
   • ބޮޑު މީހާ

    ކިތައްމެ ވަރަކަށް ﷲ ގެ ދީނަށް ނަފްރަތު ކުރިޔަސް، ޖިހާދާއި އިސްލާމީ ބުރާގާ އެޅުން ވާނީ އިތުރު އަދި ގަދަ....... ތެޅި ތެޅި ތިބެން ޖެހޭނީ .....

    14
    4
  • ޕުކުބެ

   ދީނީ ހައްދުފަހަނަ އެޅުމަކީ ލާދީނީ ފިކުރާއި އެއްވަރުގެ ނުބައިކަން ބޮޑު ވަބާއެއް. މިއީ ކަލޭ އަޑުއަހަން ބޭނުން ނުވިޔަސް މުޖުތަމައުގައި އެތައް އާއިލާއެއް ތަހައްމަލު ކުރަމުންދާ ބޮޑު ވޭނެއް.

   11
   1
 8. ޢަޅި

  2020 ގެ އެންމެ ހިޓް ހަބަރު ތުނބުޅި މީހުން ލަލަލަލަލާ

 9. Anonymous

  ޖިހާދޭ ކިޔާފަ މޫނު ބުރުގާ އަޅާއިގެން ހުރި މީހަކުގެ ފޮޓޯ އެއް ލަނީ ކީއްކުރަން؟ ހަށި ވިއްކާ މީހުން އޮރިޔާމުން ތިބެއޭ ކިއަކު އޭގެ މާނައެއް ނޫން ނިވާކަން ކުޑަ ހެދުން ލައިގެން ތިބޭ އެންމެންނަކީ ހަށިވިއްކާ ބައެކޭ. ބަޔަކު މޫނު ބުރުގާ އަޅައިގެން ކަމެއް ކުރިއެކޭ ކިޔުމަކުން މޫނުބުރުގާގެ އަސްލު އަޅާ ސަބަބު ބަދަލެއް ނުވޭ.

  13
  4
 10. ހަސަންމަނިކު

  މިކަމުގެ ޒިންމާ ގެ ބޮޑުބައެއް ނަގަން ޖެހޭނީ އެމްޑީޕީ އިން. މައުމޫން ދަނގަނޑު އަތްޕުޅަކުން ވަނީ އޭނަ ގެ ވެރިކަމުގައި ވައްހާބިޒަމް ފެތުރުން ކޮންޓްރޯލް ކުރައްވާފައި..އަލަށް އުފެދުނު ޕާކިސްތާނަށް ނިސްބަތްވާ ތަކްފީރީ ޖަމާއަތުގެ މީހުން އެ މީހުން ގެ މަޒްހަބް ރާއްޖޭގައި ފަތުރަން އައީމާ މައުމޫން ވަނީ އެމީހުން ޑީޕޯޓް ކޮށްލާފައި. ނަމަވެސް ނަޝީދު ވެރިކަމަށް އައިސް ވައްހާބީން މިނިވަންކަމާއެކު ހަރަކާތްތެރިވާން ދޫކޮށްލުމުގެ ނަތީޖާ އަކީ ވައްހާބީން ގެ ތެރެއިން އެއަށްވުރެ ހަރުކަށި ފިކުރު ގެ ތަކްފީރީން ރާއްޖޭގައި ގިނަވުން . މިކަމުގެ ނަތީޖާ ތިފެންނަނީ. ދުވަހަކު ނަމާދު ނުކުރާ ގުރުއާނުގެ އަކުރެއް ލިޔަން ކިޔަން ނުދަންނަ ޕާޓޭ އިން ވެސް ޖިހާދު ކުރަނ ސީރިއާ އަށް ދަނީ.

  8
  1
 11. ޢ

  ސޫރިޔާ އަށް ގޮސް ހަގުރަމަކުރަން ވާޖިބު ނުވާމިހަކު ސޫރިޔައަށޤ ގޮސް ހަގުރާމަކުރިޔަސް ޖިހާދަކަށް ނުވާނެ. ކާފަރު ސަރުކާރެއްއޮތަސް އެސަރުކަރަދެކޮލަށް ނިކުމެވޭނީ މީސްތަކުން. އިސްލާމްދިނުން ބޭރުކުރަން އެސަރުކަރަކުން މަސައްކަތް ފަށައިފި ހިނދެއްގަ . އެނޫންހާލަތެއްގަ އެސަރުކަރަކަ ދެކޮލަށް ނުކުންނަފަރާތްތައްވާހުށީ ބާގީން ކަމުގަ . ބާގީއެއްގެ ދަރަޖާގަ ހުރެ މަރުވާމީހަކަށް ސަހީދަކަށް ނުވެވޭނެ.

  2
  2
 12. ޢާޞިފް

  ސީރިއާގަ ތިބި ދިވެހިން ގެންނަން ބޭނުންނަމަ ސަރުކާރުން ގެންނާނެ. އެކަން ކުރަނ ބޭނުން ނުވާތީ ނުގެންނަން މޮޅު އެއްޗެކޭ ބުނަނީ.. ނޭޝަނަލް ރެޖިސްޓްރޭޝަނުން ލިޔުން ހައްދާފަ ނަމަ ވެސް ގެންނަން ބޭނުން ނަމަ ގެންނާނީ. އެތާ ހުންނާނެ އެމީހުންގެ ހުރިހާ މައުލޫމާތެއް.. ކެމްޕެއިންގަ ބުނި އެ އެންމެން ގެންނާނަމޭ.. ވޯޓް ހޯދަން ވީމަ ހުރިހާ ހުވަފެނެއް ދައްކާނެ. ސީރިއާއަށް މީހުން ފޮނުވުމުގެ އެންމެ ކުރިގަވެސް އުޅެނީ ސިޔާސީ ބޮޑުން.. ޑްރަގް އެތެރެކުރުމުގަވެސް އެމީހުން. ބޮންދު ވިޔަފާރި އާ ހަށިވިއްކުމާ ދެން އެހެން ކިޔާނެ ކަމެއް ނެތް ހުރިހާ ބޮޑެތި ޖަރީމާއެއް ހިންގުމުގައި ވެސް އެންމެ އިސްކޮށް ތިބީ މިބައިގަނޑު.