މީގެ 7 ވަރަކަށް މަސް ކުރިން ގއ. ކޮނޑޭ އިން ވަނީ ބޮޑު ކިނބުލެއް ފެނިފައެވެ. އެރަށުން އެ ކިނބޫ ހިފި ނަމަވެސް މިހާރު އެ ކިނބޫ އޮތީ ގއ. ވިލިނގިލީގައެވެ.

ވިލިނގިލިން "ވަގުތު" އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައި ވަނީ އެ ކިނބޫ މިހާރު އޮންނަނީ އެރަށު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ކިނބޫ ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ކަމަށެވެ.

މަރިޔަމް ސައީދާ / ފޮޓޯ : މަލްދާ

"ކިނބޫ މިރަށުގައި އޮންނަތާ މިހާރު އަހަރެއް މިވަނީ. ކިނބޫ ވަރަށް ރަނގަޅަށް ބަލަމުން އަންނަނީ. ރަށުގެ ރައްޔިތުންވެސް ދާނެ ޕޮލިސް ސްޓޭޝަނަށް ކިނބޫ ބަލާލަން. އަހަރެމެން އެ ކިނބުލަށް ކިޔަނީ މަރިޔަމް ސައީދާ" އެރަށުން މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

މަރިޔަމް ސައީދާގެ ދިގުމިނުގައި 7 ވަރަކަށް ފޫޓު ހުރިއިރު، ސައިދާ އަށް ކާން ދެމުން އަންނަނީ ކުކުޅު ކަމަށް ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ އިންޗާޖު ޝަފީއު ވަނީ ވިދާޅުވެފައެވެ. ޝަފީއު އިތުރަށް ވިދާޅުުވީ އެ ކިނބޫ ކޮނޑޭ އިން ހިފުމަށް ފަހުގައި ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި ގެންގުޅެމުން އަންނަނީ ކިނބުލާއި މެދު ވަކި ގޮތެއް ނިމިފައި ނުވާތީ ކަމަށެވެ.

މަރިޔަމް ސައީދާ / ފޮޓޯ : މަލްދާ

މީގެ އަހަރުތަކެއް ކުރިން މާލޭ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ފަހުގައި ސައީދާ އަކީ އޭގެ ފަހުން މިފަދަ ގޮތަކަށް ރާއްޖޭގައި ގެންގުޅޭ ފުރަތަމަ ކިނބޫ ކަމަށް ބެލެވެއެވެ. ރާއްޖޭގެ ބައެއް ރަށްތަކަށް ދޭތެރެ ދޭތެރެއިން ކިނބޫ އެރި ނަމަވެސް، އެ ކިނބޫތައް ހިފައިގެން ގެންގުޅެނީ ވަރަށް މަދުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބުރޯ

    ތިގޮތައް ޖަނަވާރުނަން އިސްލާމް ނަން ކިއުމަކީރަގަޅު ކަމެއް ނޫން

    69
    20
    • ރެޓޭ

      ނަހީ ކުރެއްވި ކަންތައްތަކުގައި އުޅޭ އިންސާނުންނަށް އެފަދަ ނަން ކިޔުމަށްވުރެ ރަނގަޅުވާނެ!

      52
      3
    • Anonymous

      މާލޭގަ އުޅުއްވާ ކިނބުލުގެ ވާހަކަވެސް ޖަހާލިނަމަ

      36
      6
  2. ޓ

    ނަމަ ކަށް ކިޔަން ރަނގަޅީ...ކޮނޑޭ
    އބ ވެސް ކިއިދާނެ

    41
    4
  3. މީހާ

    ވަރަށް ރަނގަޅަށް ބަލަހައްޓަނީ އެކަމަކު ކިނބޫ ފެންގަނޑު ތެރޭ ޕްލާސްޓިކް ފުޅި

    82
    5
    • ކިނބޫ2

      އެއީ އެ ކުޅެން ގެންގުޅޭ ސޮފްޓް ޓޯއި އެކޭ. ކިހިނެއް ވެގެން ތަ ތި އުޅެނީ؟

      82
      2
      • މީހާ

        ހަހަހަހަ

        22
        2
    • ރިނބޫ

      އެއީ މިނެރަލް ވޯޓަރ ކިނބުލަކީ ފުޅިން ފެންބޯއެއްޗެއް...ފެނަކަށް ދެނީ މިނެރަލް ވޯޓަރ ދެން ކެއުމަށް ފިހުނު ކުކުޅު

  4. ޛޖޖ

    ތިޔަ އެއްޗަމެދު ގޮތެއްނިންމަން އެހަ ދުވަސް ނަގަތަ ؟ ތިޔަ އެތި ކުޑަކުދިންގެ ޕަކައް ނުނި ކޮމެވެސް ބޮޑު ތަނަކު ބައްވަން ފެނެއެވެ.🐊🐊🐊

    32
  5. ިބޯކިބާ

    އިބޫ ކަހަލަ ކުރު ނަމެއް ކީނަމަ ވަރަށް ޗާލުވީސް. ދެން އެކަމަކު ކަލޭމެން ތިއޮތީ ނަމެއް ކިޔާފަތާ.

    47
    7
  6. އަލީ

    މާލޭގަ އޮތް ކިނބުލުގެ ވާހަކަވެސް ލިޔެލިނަ

    31
    4
    • Anonymous

      މާލޭގަ އޮތް ކިބޫ އޮތީ މުސްކުޅިވެ ނުރަޖަހާފަ އެ ކިބޫވެސް ދައުލަތުން ބޮޑުހަރަދު ކޮށްގެން ވަރަށް ރގަޅަށް ބަލަހައްޓާ ބޮޑީ ގާޑުންވެސް ތިބޭ

      40
      6
  7. އަލިބެ

    ކޮންމެދުވަހަކު 30 ކުކުޅު މިކިނބުލަށް ދިވެހިރަތްޔެތުންގެ ބަޖެޓުން ކާންދޭންޖެހޭ ތިކިނބުލަށް ކާންދިނުމަށްވުރެން ރަށުގައިތިބި ފަގީރުންނަށް ތި ކުކުޅުތައްބެހިއްޔާމު މާރަނގަޅުވާނެ

    53
    4
  8. ކަޑަ

    ދޮގު ވާހަކަ ނުދައްކާ

    13
    3
  9. އިންސާފު

    ކިބުލާއި މެދު ގޮތެއްނިންމަންމާ ލަސްވެއްޖެ. ކިބޫ ބަލަހައްޓަން ބޮޑު ޚަރަދެއް ކުރަންޖެހޭތީ އެކަން ނުވިސްނެނީބާ؟؟

    28
    2
  10. އަޙްމަދު

    ތިނޫނީޔާ ނަމެއްކިޔަން ތިރަށު މީހުއްނަށް ނޭގުނުކަން ތިރަށު މީހުންގެ ފެންވަރު އެނގިގެންދަނީ. ނުވެސް ގުޅޭ ދެން ކީކޭ ބުނާނީ . ނަސީބެއް ކުރިން ތިރަށު މީހުން އެއްޗެއްސައް ނަންކިޔާގޮތައް ނަމއެއްނުދިންކަން

    20
    5
  11. ފައްޔާޒު

    ތިޔަގެ ނަމަކައް ސޯލިހު ކިނބޫ އެހެންނޫނީ ކެނެރީ ކިނބޫ ކިޔުއްވިނަމަ ވަރަށް ރަނގަޅުވީސް.

    48
    3
  12. އައިމީ

    ޚަބަރު ކިޔަަލާ ނިމުނުއިރު މިއަށް މަރްޔަމް ސައީދާ ކިޔުނު ގޮތެއް ނޭންގުނު. މި ވެސް ޚަބަރެއްދޯ

    18
  13. ށަހާ

    ކިހާ ދެރަކަ މެއްތަ! ތިއަށް ކިޔާނެ ނަ މެއް ނޭގުނީތަ؟

  14. Anonymous

    ތިޔަ ކިނބުލަށް ޔާމީން ކީނަމަ، ސަޅިވީސް.

    1
    5