މާލޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވި ލުއިތައް ދޭން ފަށާފައިވާތީ، 24 ގަޑިއިރަށް ފިހާރަތައް ހުޅުވާފައި ބެހެއްޓުން މުހިންމު ކަމަށް ފޭދު ދާއިރާގެ މުހިންމު ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ހާއްސަކޮށް މާލެ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ވަނީ މަދުވެފައެވެ އިއްޔެ ވެސް މާލެ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވީ ހަތް މީހެކެވެ.

ރާއްޖެއިން ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދުތައް މަދުވެފައިވާއިރު، ކުރިން އަޅާފައިވާ ބައެއް ހަރުކަށި ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. އެގޮތުން މިއަދު ވަނީ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަޙައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެ) އަށް އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭ ގޮތައް ހަދާފައެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުއްދަ ލިބިގެން ކުރުމުއްދަތުގެ މަސައްކަތްތަކަށް ރިޒޯޓުތަކަށް ދަތުރުކުރާ ފަރާތްތަކާއި ލޯކަލް ޓުއަރިސްޓުންގެ ގޮތުގައި ރިޒޯޓުތަކަށް ޗުއްޓީއަށް ދަތުރުކުރާ ފަރާތަކުން ދަތުރަށް ފަށާއިރު 72 (ހަތްދިހަ ދޭއް) ގަޑިއިރުނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއަކާއެކު ދަތުރުކުރަން ޖެހޭ ގޮތައް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ލުއިތައް ދިންކަން އެންގި ފަހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވި ބޮޑެތި ލުއިތައް ދެވެމުން އަންނައިރު، ކުދި ވިޔަފާރިތަައް ފަހި ކުރުމަށް 24/7 ގެ ފިހާރަތަކަށް ހުއްދަ ދިނުން މުހިންމު ކަމަށެވެ.

"ބާޒާރު ކުރުމުގައި ގައިދުރުކަން ބޮޑުކޮށް ބެހެއްޓޭނެ ގިނަ ވަގުތު ފިހާރަ ހުޅިވިފައި ހުރެގެން". އޭނާގެ ޓްވީޓްގައި ވެއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި، ފިހާރަ ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 6:00 އިން ރޭގަނޑު 11:00 އަށް ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދުންތަރި

    މި ރޯނު އެދުރު ހިފާ ހައްޔަރުކުރަން މާލަސްވެއްޖެ ނުބެހޭކަމެއް ނޭނގޭކަމެއް އެނގޭކަމެއްނޯވޭ ވައްކާ ރޯނުއެދުރެއް މުރަނގަގަހުމާލިމީއެއް މިކަހަލަ މީހުން މަޖިލީހަސް ވައްދައިގެން މުޅި މަޖިލިސް ތަޣައްޔަރުވެފަ މިވަނީ

    4
    1
  2. ބަކަރި

    ނިހާދު ކަހަަލަ ގުންޑާއިން މޮޔަ ގޮވަން އެކަނީ އެނގެނީ

  3. މާމީ

    ބޮލުރޮދި ކެނޑިފަ ތިބޭ އެއްޗެހި

  4. ހަޖަމު

    މީ މަޖިލީހަށް ވަދެއިން ބޮލަށް ފިތާލާ ދޫކޮށްލާފައިން ތާވަޅައެއް

  5. ރަދީފް

    ބޮޑު ރޯނުއެދުރެއް.

  6. ގަލަން ތުނޑު

    ވަކިބަޔަކަށް ހުއްދީގެން މިކަން ކޮށްގެން ނުވާނެ..މީކުދިވިޔަފާރިތައް ހަލާކުވާކަމެއް. ދެންޏާ އެންމެނަށް ލިބެން ޖެހޭނެ..