އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންްބަރު އަހުމަދު ނިހާންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ) އަށް ފޮނުވައިފިއެވެ.

ނިހާންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާކަން އެ އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މީީޑިއާ ތަކަށް މައުލޫމާތުދެމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، އޭނާގެ މައްޗަށް ދައުރވާ ކުރަން އެ އޮފީހަށް ފޮނުވީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ.

އެ މައްސަލާގައި އޭނާފުރުންް ވަނީ މަނާ ކޮށްފައެވެެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ނިހާނާ ގުޅުވައިގެން ސިޔާސީ ބޭފުޅުން ބޮޑެތި ތުހުމަތުތަކެއް ކުރައްވައެވެ.

ނިހާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އަރިސް ބޭފުޅެކެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު އޭނާވަނީ މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ގެރި

  އަދިވެސް މި މީހުނަށް އެމްޑީޕީ ދަސް ނުވާތީ ދެރައީ.. ހުންނާނެ ޕާޓީ ބަދަލުކޮށްގެން ދުވެގެން މޮޅުވެފަ

  22
  2
 2. ޝަފީން

  މީނާ ހިފަހައްޓާ..

  11
 3. ބަލަންތިބެމާ

  271 މީހަކު ކުށްވެރިވާ ކަމަށް ބުނެ އަޑު އަރާފައިވާ އިރު އަދި މިހާތަނަށް މި އިވެނީ ޔާމީން އާއި ނިހާނާއި ދެމީހުންގެ ނަން އެކަނި ތިޔަ މައްސަލައިގައި. ތިޔަކަމުގަ ގޯހެއް އެބަ އުޅޭ ހެން ހާދަ ހީވެއޭ

  21
  1
 4. ލޫޓުވާ

  ދެން އިބޫ، މަޚްލޫފް، އައްނި މާރިޔާ، ރީކޯ މިމީހުންގެ ޚަބަރަކީކޮބާ؟؟

  25
  1
 5. އަލީ

  ނުކެރޭނެ އެންޑީޕީ މީހުންގެ ތެރެއިން ތިވައްކަމުގެ ފައިސާ ލިބުނުމީހުނައް ގޮތެއްވެސް ހަދާކައް ހެއްކަކީ އަދީބު އެހެރީ ލަގުޒަރީ އެޕާރޓުމެންޓެއްގަ 0 ޓޮލަރެންސުގެ ދަށުން .. ލަދެއްހަޔާތެއް ތިބިބައެއްނޫން ސޯލިހުއައް 37 މިލިއަން ވީމަ 0 ޓޮލަރެންސުވީ

  9
  1
 6. Anonymous

  މިކަލޭގެވެސް ހީކުރީ ރައީސް ޔާމީން ދޫކޮށްލާފަ މިހާރޔގެ ސަރުކާރު ކޯލިޝަންއަކާއި ގުޅުނީމަ މިސަރުކާރުން އެއްވެސް މައްސަލައެއް ކުރިމަތި ނުކުރާނެކަމަށް، ކޮބާ ޗޮކުން ދިޔަލެއް ލަސްތަ؟؟؟

 7. ާއަހްމަދު

  ކަނާތުން ވާތް ބުރި ނުކުރެވޭނެދޯ އިބޫއާއި މަހްލޫފާއި މާރިޔާއާއި ރީކޯގެ ވައްކަމުގެ މައްސަލަ ބަލަން ޔާމީނުގެ ވެރިކަމުހައި ނުކެރުނު ގޮތެންނު ހޯދަންވީ

  8
  1
 8. ސަމާ

  ބަލަ ތިޚިޔާނާތުގައި ހިމެނޭ އެމްޑީޕީ މީހުންނަށް ދޫދީގެން ތިއުޅެނީ ކީއްވެ. އެމީހުންގެ ކަންކަން ބަލަންވީމަ މިހާރު މިޖަހާ ސަކަރާތް ބަލާބަލަ.އެމްޑީޕީ މީހެއްގެ މައސަލަ ޕީޖީއަށް ނުފޮނުވިގެން ތިއުޅެނީ ކީއްވެ.