މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ދެންމެ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މާފަންނު ފިޔާތޮށި ގޯޅީގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިރޭ 22:05 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަހަމްވި މީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިމައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުން ކަމަށް ވިދާޅުވުން ފިޔަވައި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ބިދޭސީން ވަނީ ދެމާރާމާރީއެއް ހިންގާފައެވެ. ނަމަވެސް މިރޭ މީހަކަށް ހަމަލާދިނުމާއި އެމާރާމާރީތަކާއި ގުޅުމެއް އޮތްކަމެއް އަދި ނޭނގެއެވެ. މިރޭ ބިދޭސީއަކަށް ހަމަލާ ދިނީ ބިދޭސީއެއް ކަމެއް ވެސް އަދި ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    މިހާރު ބަންގާޅީ ކާޅުތަކާ ހެދި ރާއްޖޭ މީހުންނައް އުޅޭން އުދަގޫވެއްޖެ. ސަރުކާރުން ނޫޅޭ ބަންގާޅީ ކާޅުތައް ބޭރުކުރާކަށް.

    13
    1
  2. ޢަހުމަދު1

    ބަގްލަދޭޝް ބޭފުޅުންގެ މާރާމާރީއެއް ދެއްތޯ

    12
  3. އަލީ

    ތިޔަ ބަންގާޅިންނަށް ރާއްޖެއާދެވުނީމަ ތިބެނީފެންވަރު އޮޅިފަ އަމިއްލަ ގައުމުގަ އުޅޭހެން މިތާނގަވެސް އުޅެނީ

  4. އ . ޖ . އ

    "ތިޔައީ ރައީސް ޔާމީން ގެ ސަރުކާރުން ނިންމަވާފައިވާ ކަމެއް. ޝުކުރިއްޔާ ރައީސް ޔާމީން"

    2
    2
  5. ނ

    ކޮންމެ ކަމެއް ރައީސް ޔާމިން ބޮލަށް މިމީޙުން އެއްކަމެއްގައި ވެސް ޒިންމާ ނުއުފުލާ ސަރުކާރު ފެށުނު އިރު ބަނގަލަދޭޝް މީހުން ފޮނުވާލީ ކުޑަ ގޮތަކަށް މިހާރު ބަންގާޅު މީހުން ގެނައުން މާނާ އެކަމަކު އިންޑީޔާ މީހުން ގެނެވޭ އަނެއްކާ މުޅި ބާޒާރަު ފިހާރަތައް ހިފަމުން އެދަނީ އިންޑިޔާ މީހުން ތަރުކާރީ ފިހާރަ ތައް އެމީހުންގެ އަތްމަތީގައި ބަލަ ބަންގާޅު މީހުން ލައްވާ އަޅުމަސައްކަތް ކުރުވައިގެން މުޅި މާލޭގެ އިމާރާތްތައް ހެދީ ބަނގާޅު މީހުންނަށް ބަވާ ވީމީހުންގެ ގުލާނު މަސައްކަތް ވެސް ހަމަ އެމީހުން އެކުރަނީ