މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލުމާއި ދެކޮޅު ހައްދަވައިދެއްވާ، މުސްލިމުންގެ ހަށިތައް ލަންކާގައި ވަޅުލުމަށް ބާރުއަޅުއްވައި ދެއްވުމަށް ސްރީލަންކާގެ މުސްލިމުން ތަމްސީލް ކުރާ 18 ޖަމިއްޔާއަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އިލްތިމާސްކޮށްފިއެވެ.

މިޖަމިއްޔާތަކަކީ އިނގިރޭސިވިލާތުގައި ސްރީލަންކާގެ މުސްލިމުން ތަމްސީލް ކުރާ ޖަމިއްޔާތަކެކެވެ. އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލަށް ޖަމިއްޔާތަކުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ލަންކާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މި ހިތްދަތިކަމުގައި އެހީވާން ރައީސް ޞާލިހް މަޝްވަރާކުރައްވާތީ އުފާކޮށް ޝުކުރު އަދާކުރާކަމަށެވެ. ނަމަވެސް މަރުވާ މީހުންގެ ހަށިތައް ރާއްޖެ އަށް ފޮނުވުމަކީ އާންމު ރައްޔިތުންގެ ހާލަތަށް ބަލާއިރު މި ވަގުތު ކުރަން އެކަށީގެންވާ ކަމެއް ނޫން ކަމަށާއި އަދި އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ވެސް ހިމާޔަތްކޮށްދޭ ނިންމުމެއް ނޫން ކަމަށެވެ.

ލަންކާގެ އާދަކާދަ އާއި ސަގާފަތަށް ބަލާއިރު މީހަކު މަރުވުމަށް ފަހު، އެ މީހެއްގެ މަހާނަ ދޮށަށް އާއިލާ އިން ޒިޔާރަތްކުރުން ފަދަ ކަންތައް އޮންނަ ކަމަށާއި ނަމަވެސް މައްޔިތުން ގައުމުން ބޭރަށް ގެންގޮސް ވަޅުލައިފި ނަމަ އެފަދަ ކަންކަން ކުރުމުގެ ފުރުސަތު ނިކަމެތިންގެ އާއިލާތަކަށް ނުލިބޭނެކަން ވެސް ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.

ލަންކާގެ ޖަމިއްޔާތަކުން ބުނާ ގޮތުގައި ލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް އެހެން ގައުމަކަށް ގެންގޮސް ވަޅުލުމަށް ލަންކާ ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ފަހަތުގައި އޮތީ "ލަންކާގެ މުސްލިމުންނަކީ އެގައުމުގައި ދިރިއުޅޭ ބިދޭސީން ކަމަށް" ހެދުމުގެ ނިޔަތެވެ.

"ކޮވިޑް-19 ގައި މަރުވާ މުސްލިމުން ޖަނާޒާއަށް އެހެން ގައުމަކަށް ގެންދިއުމަކީ ސްރީލަންކާގެ މުސްލިމުންނަކީ، ދެ ހާސް އަހަރުގެ ތާރީހެއް އޮތް މި ގައުމުގެ އަސްލު ރަށްވެހިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ވިޔަސް، މުސްލިމުންނަކީ ލަންކާގައި އުޅޭ ބިދޭސީންގެ ބައެއް ކަމަށް ގަބޫލުކުރާ ހަރުކަށި ފިކުރަށް ދެވޭ ހިތްވަރަކަށް މިކަން ވާނެ އެވެ." ސިޓީގައި ބުނެފައި ވެއެވެ.

މުސްލިމުން ވަޅުނުލައި އަންދާ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް ލަންކާގެ މުސްލިމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމަކު މިކަމުގައި އެއްވެސް އަލިމަގެއް އަދި ނެތްކަން ވެސް ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.

"މިކަމުގައި ލަންކާ ސަރުކާރުން އެދޭ ގޮތަށް، ކޮވިޑްގައި މަރުވާ މުސްލިމުންގެ ހަށިތައް އެހެން ގައުމަކަށް ފޮނުވަން ނިންމައިފި ނަމަ އެއީ ލަންކާގައި މުސްލިމުން ދެމި ތިބުމަށް ކުރަމުން އަންނަ މަސައްކަތަށް އެޅޭ ހުރަހަކަށް ވާނެ އެވެ." މުސްލިމުންގެ ސިޓީގައި ވެއެވެ.

ލަންކާ ސަރުކާރުން އުޅެނީ މުސްލިމުންނާ ދެކޮޅަށް ހިންގާ ސިޔާސީ އަދި އިޖުތިމާއީ އެޖެންޑާއެއް ފުރިހަމަކުރަން ކަމަށްވެސް ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ބެއްޔާ

    އެއިރުވެސް އިނގޭ މިސަރުކާރުން މިހާވަރަށް ތެޅޭނީ މުސްލިމުންނަށް ގެއްލުމެއް ދެވޭތޯބަލަންކަން. މިސަރުކާރުގެ ލާދީނީ ފަރާތްތަކަށް ބޮޑު މަންޒަރު ފެންނާތީ މުސްލިމުންނަށް އަނިޔާއެއްދޭން އެކަމަށް އެއްބަސްވީ. ދެރަކަމަކީ ޝެއިޚުންގެ ހުރި ނުލަފާކަން.

    90
    5
  2. ސައިބޯނި

    ނަމުން ޞާލިހު ވީ. ކަމުން އިބިލީސް. ދާނިން ވުޟޫކުރަން އެނގުމަކީ އެންމެ މޮޅުކަމެއްނޫން. ފައިސާއަށްވިކޭ ޝެއިޚުންނަށް މޮޅުކަމަކަށްވެދަނެ

    89
    2
  3. ޅަބޭ

    ލަންކާވެސް މިއޮއްފަދަ ޒަމާނު ތަހުޒީބުނުވެގެން އުޅެނީ 18 ވައްތަރުގެ އިސްލާމީ ޖަމިއްޔާ އާއި ހާމުދުރު ބައިގަނޑުގެ ކަޓު ނާތަހުޒީބު ހިޔާލުތަކާ ވަސްވާސްތަކާ ހެދީ. މިހާރުވެސް އެއުޅެނީ މަރުވާ މީހުނައް ހަދާނެ ނުހާނެއެއް ނޭގިގެން. ކީކޭދެން މީހަކު ބުނާނީ.......

    7
    49
    • ފާއިޒު

      ޅަބޭ، ޅަ ކަމުން ވާނުވާ ގައި ކަން ނޭނގެ ތި ހުރީ.

      13
      1
    • މަބޭ

      ޅަބޭ، ލަންކާ ތަރައްގީ ނުވެގެން އުޅެނީ ލަންކާގެ ކާފަރުންގެ ބޯދާ ހިޔާލްތަކާ ހެދި.... ޔޫރަޕްގަ، އެމްރިކާގަ ކޯވިޑަށް މަރުވާ މީހުން ނާންދާ.... އިންސާނުން އެންދުމަކީ ބޯގޯސް މީހުން ކުރާ ބޯދާ ކަމެއް... އަނިޔާވެރިކަމެއް.... ޔޫރަޕްގަ އެވަރަށް މަރުވާއިރު ނާންދާ ވީއްޔަ!!!!

  4. ވޭމަންޑޫ

    ތިޔަ ބުނާ އެޖެންޑާ ތަންފީޒު ކުރުމަށް މިސަރުކާރު އޮތީ ފެންބޮވާފަ

    57
    2
  5. އ . ޖ . އ

    ތިކަން ކޮއްދެއްވާނެ..
    މީ ދީނަށް ލޯބި ކުރާ ސަރުކާރެއް..
    ޝުކުރިއްޔާ ރައީސް...

    3
    55
  6. ލަންކާ މުސްލިމް

    ކޮބާތޯ ލަންކާގަ ކޮވިޑްޖެހިގެން މަރުވާ މީހުންގެ ގަބުރު ރާއްޖެ ގެނެސް ވަޅުލަން ގޮވާލި ދީނީ ޢިލްމްވެރިން. މިކަ މުގަ ކީއްވެ އެއްޗެއް ނުބުނީ.

    71
    4
    • އަލިމަނިކު

      އެ އިލްމު ވެރިން އަވަސް އަރައިގަތީ ސަރުކާރުގެ ސިޔާސަތު ރަނގަޅުކަން ދައްކަން. ދެއްކި ޙުއްޖަތަކީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އެހިވާން ޖެހޭކަން. އެކަމަކު އެހީއަށް އެދުނީ މުސްލިމުން ތޯ ބުޑިސްޓުންތޯވެސް ވިސްނާ ނުލާ އަވަހަށް ރައުޔު ނެރުނީ. އެންމެފަހުން މިހާރު އެރިބީނު އަނގަމަތީ މަލަން އަޅައިގެން.

      13
  7. ލާދީނީ

    ލަންކާ ސަރުކާރުން އުޅެނީ މުސްލިމުންނާ ދެކޮޅަށް ހިންގާ ސިޔާސީ އަދި އިޖުތިމާއީ އެޖެންޑާއެއް ފުރިހަމަކުރަން ... މި ލާދީނީ ސަރުކާރުން އެއްބާރުލުން ދޭނެ

    55
    1
  8. ނަޝީދު

    މިހިރަފެންނަ ފައިބަރު ބުދާ ކަލެއައް މުސްލިމުންގެ އަޑު އިވޭތަ އެމީހުންގެ އާދެސް ތަކައް ޢިޚްތިރާމް ކުރާކައް ނުޖެހޭތަ ﷲ ގެ ވާގިފުޅާއެކު ވަރައް އަވަހައް މިޤަުމުގަ އޮތް ސައިތާނީ ވެރިކަން ނިމުމަކައް އަންނާނެ.. އިންޝާ ﷲ

    73
    1
    • Anonymous

      އާމީން

  9. ސޯބެ

    ކޮބާ ކޮބާ އަވަހަށް ހަތަރު ޝޭޙުން ބަސްފުޅޫ ވިދާޅުވޭ ބުނޭ ދެން ފަޅޮލޭ އޭރުވެސް އެގޭ ލަންކާ ބުޑިސްޓުންގެ އިސް އެދުރު ބޮޑުބަލަ ސެނާ ބޭނުންވާ ގޮތަށް ލަންކާ ސަރުކާރުން ބޭނުންވާނީ މީގައި ފޮރުވިފައިވާ ސިއްރަކީ މުސްލިމުން އެޤައުމުން ފަހާ ބޭރު ކުރުން އެމީހުންގެ މަހާނަތައް ފުރަމަ ކޮޅު ދެން އެމީހުން ގެ ފްލެޓްތަކެއް އެޅިގެންދާނީ އަވަހަށް ހަތަރު ސޭހުން ބަސްބުނޭ ހާދަ ހެޔޮފުޅޭ ކޮންމެ މަހާނައަކަށް 30000 ސަވާބު ލިބޭނޭ ކިޔާފައި އަސްލު ފަހުޒަމާނުގެ މިފަދަ ޝޭހުންތަކުގެ ސަބަބުން ޤައުމުތައް ހަލާކުވެގެން މިދަނީ ހަމަހުސް ހަވާރިޖުން މިމީސްމީހުންގެ ބަހަށް ހެއްލިގެން ހެވެއް ނުލިބޭނެ މަވާ ސަލާމް

    9
    1
  10. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ލަންކާ ގައި 20 ދުވަސްވީ މުސްލިމް ކުޑަކުޑަ ކުއްޖަކު އަންދާލި ޙަބަރަކީ ގިނަ ބަޔަކު ހިތްދަތިކޮށްލި ޙަބަރެކެވެ. މުސްލިމުން ގެ ޤަބުރު އެންދުމަކީ މުސްލިމުން ދެކެ ސިންގަޅައިން އަންނަ ރުޅިއެއްގެ ސަބަބުން ލަންކާ ގެ ސިންގަޅައިން ކުރާކަމެއްކަން ކުޑަކުއްޖެއްގެ ބުއްދި އަށްވެސް ވިސްނޭނެއެވެ. މި ނުލަފާ، ޢާފިލު، ޖައްބާރު އަދި ޔަހޫދީ ޢަމަލު ހިންގުމަށް ލަންކާ ސަރުކާރަށް ހިތްވަރު ދިނުމަކީ އެއްވެސް ޙާލަތެއްގައި ކޮށްގެންވާނޭ ކަމެއްނޫނެވެ. އިންސާނާ ކުރާ ކޮންމެ ޢަމަލަކީ ވެސް އެކަމުގެ ކޮންސިކުއަންސް ނުވަތަ ޢާހިރު ނަތީޖާ މާ ގޯސްވެދާނެކަމެއްކަން (ރާއްޖެ އަކީ މުސްލިމް ޤައުމެއްގެ ޙައިސިއްޔަތުން) ދިމާލަށް ބުނަން އެބަޖެއެވެ. ނަތީޖާ އޭ މިބުނީ މިކަން ޙައްލު ނުވެއްޖެ ނަމަ، ލަންކާ ގެ މުސްލިމުން މިކަމުގެ ބަދަލު ހިފާނޭ ކަން ހަމަކަށަވަރެވެ. މި ޢަމަލު ބަލައި ނުގަންނަކަން ރާއްޖެއިން ހާމަކުރަން އެބަޖެއެވެ. ވީމާ ރާއްޖޭގައި ވަޅުލުމަށް ހުއްދަދިނުމަށް ވުރެ މުހިއްމުކަން ބޮޑީ މިކަމުގެ ޢާޙިރު ނަތީޖާ (ކޮންސިކުއަންސް) ގޯހުން ގޯހަށް ހިނގައިދާނެ ކަމުގެ ބިރެވެ. ލަންކާ ގެ އެތައްތަނެއްގައި ބޮންގޮއްވީ އަދި އިހަކަށް ދުވަހުއެވެ. ލަންކާ ސަރުކާރުން ނަސްލީ އިމްތިޔާޒު އާއި މުސްލިމުން ދެކެ އަންނަ ރުޅިއެއްގެ ސަބަބުން މި ކުރަނީ މުޅި ސަރަޙައްދަށްވެސް ވަރަށް ބޮޑަށް ނުރައްކާ ހުރިކަމެކެވެ. މިގޮތަށް މުސްލިމުން ދެކެ ރުޅި އަރާ ކަމަށްވަންޏާ، ރާއްޖޭގެ މުސްލިމުން ދެކެވެސް ސިއްރިޔާތުގައި ރުޅިއަރާނެކަން ހަމަ ކަށަވަރެވެ. ރާއްޖެއާއި އެކު ލަންކާ އިން ގުޅުން ބާއްވަނީ ރާއްޖޭމީހުންނަށް ލިބޭ ފައިދާ އަށްވުރެ ލަންކާ އަށް ލިބޭފައިދާ ބޮޑުވީމައެވެ. ބޮޑު އަގުގައި ރާއްޖޭ މީހުންނަށް ގެކުއްޔަށް ދެވެއެވެ. އެކައުންޓަންސީ ގެ މަޤާމު ތަކާއި އެހެން ވަޒީފާ ތައް ލަންކާ މީހުންނަށް ރާއްޖެއިން ލިބެއެވެ. މުޅިންވެސް ލަންކާ މީހުންގެ އަމިއްލަ އެދުމެވެ. ވީމާ މުސްލިމުންގެ ޤަބުރު އަންދާ ކަންތައް ހުއްޓުވޭނީ މިކަން ކުށްވެރި ކުރާކަން ކެރިގެން ރާއްޖެއިން ހާމަކުރެވިގެންނެވެ. ރާއްޖޭގެ ގަބުރުސްތާނުން ޖާގައެއްދިނުމަށްވުރެ މުޙިއްމީ މިކަން ކުށްވެރިކުރުމެވެ.

    14
    • ޑރ. ރާމީ

      ލަންކާ ގައި ތިބި ދިވެހިން ގެންނަން ޖެހުނަސް މި ޖައްބާރު ޢަމަކު ކުށްވެރި ކުރަންޖެހޭ. ތެދުފުޅެއް ލައްކާގައި ދިވެހިން ވަޅުލާފައިވޭ. ރާއްޖޭ ގައި އެމީހުންގެ މީހުން ވަޅުލާފައި ނެތީ ތަ ؟ ރާއްޖޭގައި އެމީހުންގެ ކިތައް މީހުންތަ ތިބީ ؟ ރާއްޖޭގައި އެމީހުންގެ މީހުން ވަޅުލަންޖެހޭތީ މައްސަލަ ނުޖައްސަނީ. ރާއްޖޭގެ މީހުން ލަންކާ ގައި މިހާރު ތިބެނީ މެޑިކަލް ކަންކަމުގައާއި ތަޢުލީމު ހޯދަން. މި ދެ ކަންތައްވެސް އިންޑިއާ ގައި މާ ކޮލިޓީ. ވީމާ އިބޫ މި ޖައްވާރު، ނުބައިނުލަފާ ޢަމަލު ފާޅުގައި ކުށްވެރި ނުކުރާ ސަބަބަކީ ކޮބާބާ ؟

  11. ޖަނާޒާ

    ކޮންފަދަ ކަމެއްބަާ

  12. ދަލާސްޓް

    މިވާހަކަ މަޢުމޫން އ.ޤ ބުނީމަ ދިވެހިންނަށްވީ ކޮވިޑާއި ބެހޭގޮތުން ޕ. ޢުގައިލް ބުނި ފަދަ އެއްޗަކަށް. ހިތައް އަރާ ބަސްބުނާ މީހާއަށް ބެލުން ހުއްޓާލާފަ މީހާބުނާ ބަހަށް ދިވެހިން ބަލަން ފަށާނީ ކޮން ދުވަހަކުންބާއޭ.

    • ޜަސް

      އަސްލުވެސް ހަމަތެދެއްތީ..މީހާޔަށް ބެލީމަ ވަނީ ކޮންކަމެއް

  13. ސްކިޕަރ

    ދީނީ ވާޖިބެކޭ، ދީނީ ކަމެކޭ، ކިފާޔަތުގެ ފަރުޟޭ އަނެކެއްޗެކޭ ކިޔައިގެން ބައެއް ޝޭޚުންގެ ބޮލަށް ޗިޕުޖަހައިގެން ނަޝީދުމެން މި އުޅުނީ މުސްލިމުންނަށް ހެޔޮ ކަމެއް ކުރާން ނޫންކަން އޭރުވެސް އަހަރެން ދެނަހުރިން. އެހެންޏާ މިއީ ދުވަހަކުވެސް އިސްލާމީ އުހުއްވަތްތެރިކަމޭ ކިޔައިގެން އެޒާތަށް އުޅޭ ބައިގަނޑެއްވެސް ނޫން. ނިޔާވެފައިވާ ލަންކާގެ އަޚުންނާއި އުޚްތުން ގައުމުން ނެރެގެން ވަޅުލާން ރާއްޖެ ގެންނަން އޯކޭވި ހުރިހާ ޢިލްމުވެރިން މާފަށް އެދި އެބަސް އަނބުރާ ގެންދަން ގޮވާލަން!

    10
  14. ޖަމަލު ފޮޑި

    ލަންކަގައި ދިރި އުޅޭ އެންމެހައި މުސްލިމުންނަށް އަމާން ކަމާއި ރައްކާތެރި ކަމާއި ކެއްތެރިކަން ދެއްވާށި.. އާމީން

  15. މުރާދު

    މިއީކުރިންވެސް ހީކުރެނުކަމެއް އެއީ އިސްލާމްދީނާ.ދެކޮޅުލާދީނީފަރާތެއް މުސްލިމުންނަކަށް ހެޔޮނުއެދޭކަން ފާހަގަކުރެވިފައިނުވާތީ ވީމާ، މިކަންވެސްބެެލެވޭ ރަގަޅުނިޔަތެއްގައި ކުރައްވާ
    ކަމެއްނޫންކަން ވެދާނެ މުސްލިމުން މަރުވުމުންވެސް އެމީހުންނަށްބާލާހަސަދައެއްކަމުގައިވާ
    ( ރެފިއުޖީންކަމަށްބަލާ ) ގައުމުންބޭރުކުރުން ދެރައީ ދިވެހިގައުމުގެ ވެރިބޭފުޅާ މިވަރަށް
    ވިސްނާނުލައްވާ މިކަމަށް ތާއީދުކުރައްވާ އެއްބާރުލެއްވުން ދެއްވަންއުޅުއްވާތީ ވީމާ، ޝެއިޚުންގެ
    ނަމުގައި ނުތިއްބަވާ ފެށުނީންސުރެ މުސްލިމުންނަށްކުރާނަފުރަތާ،އަނިޔާ ގައުމުގެ ވަލީއުލްއަމުރަށް
    ވިސްނަވާދެއްވާ ލާދީނީކަމަށް ލޯބިނުކުރައްވާ މަގާމާ، އަމިއްލައެދުމަށްނުވިސްނަވާ ފުރިހަމަ ޝެއިޙުންގެ ގޮތުގައި ތިއްބަވާ

  16. ރިފާއު

    ކޮބާ ކިހިނެއްވީ! މައުމޫނު ގެ ހުރި ކަހަލަ ހިކްމަތްތެރި ވިސްނުމެއް މި އަންނި މެން ސޯލިހު މެން ގަޔަކު ނެތް! މައުމޫނު ބުނި ގޮތައް ލަންކާ މުސްލިމުން ވެސް ބޭނުމީ! މައުމޫނުގެ ރަން ބުއްދިން ވެސްޓަނައިޒު ސިޔަސަތެއް ގެންގުޅުނު ނާސިރު ގެ އައިޑިއޮލޮޖީ ރާއޖެ އިން ބޭރުކުރީ ވެސް! އިސްލާމީ މައުހަދު އުފައްދި އެގޮތުން މިއަދު މިދެކޭ ވައްހާބީ އިލްމުވެރިން އުފެދުމުގެ އަސްލަކަށްވި! އަދި މި ގައުމުގެ އެއްމެން ސައުދީ މީހުން ގޮތަށް ހިޖާބު ވެގެންދިޔައީ!

    7
    1
  17. ރަބަރޭ

    މުސްލިމުން އެދިއްޖެޔާ ބޮލާލާ ޖަހާނީ ގައިރުމުސްލިމުން އެދުމުން ކޮއްދޭނެ ބަލަންތިބޭ ލަންކާގެ ބުދުދީނުގެ ސަރުކާރަށް ބޯލަބާނެ

  18. ޞވ

    އަސްލު ތިމާމެންނަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަމަށް ނުވިސްނާ މިތެޅިގަންނަނީ...ލަންކާ ސަ ރުކާރުގެ ކޮން މަޖުބޫރު ކަމެއްބާ އޮތީ މުސްލިމުން އަންދަން..މިދަންނަވަނީ ބޮޑު ގައުމެއްގެ ސަރުކާރުގެ ވާހަކަ..ދެން މުސްލިމުން ދެކެ މާ ހެޔޮއެދޭ ކަމަށް ދައްކަން މިވެރިންނަށް މި ފެނުނީ މޮޔައިންގެ ސަ ރުކާރު...ބަލާބަލަ އަވަހަށް ގެންނާށޭ ކިޔާފަ ތެޅިފޮޅިގަތް ގޮތް...ހައްހައް..ބަލަ އެމީހުންގެ ހައްގަށް ވަކާލާތު ކޮށް އަޑު އުފުލާ ޕު ރެޝަރޔ ކޮށްބަލަ..ސާބަސް ދަންނަބޭކަލުންނޭ ކިޔާފަ މިގައުމުގަ މިއުޅޭ މީހުންނަށް..ލަންކާގެ މުސްލިމުންގެ ޖަމިއްޔާގެ ތި ފުރި ހަމަ ވިސްނުމަށް މަރުހަބާ..

  19. ޟަ

    ޢިންޑިޔާގެ ގެރިގުއި ހިއްކާ އަށިތައް ހަދަން ފަޅުރަށްރަށް ވިއްކާއިގެންވެސް ލާރި ހޯދާނެ

  20. Anonymous

    ޔާﷲ. އަނިޔާވެރިން ނިކަމެތި ކުރައްވާ ބަލިކަށި ކުރައްވާނދޭވެ. އާމީން

    12