ށ.މަރޮށީގެ ސިއްޚީ މަރުކަޒުގައި ކަރަންޓު ނެތްތާ ހަތަރު ދުވަސް ދުވަސްވެއްޖެ އެވެ.

ނަން ހާމަކުރަން ބޭނުން ނުވާ މަސްދަރަކުން އިތުބާރު ހުރި ގޮތަކަށް "ވަގުތަށް" މައުލޫމާތު ދިން ގޮތުގައި ސިއްޚީ މަރުކަޒުގެ ކަރަންޓުގެ މައްސަލަ ދިމާވާތާ މިހާރު ދުވަސްކޮޅެއް ވަނީ ވެފައެވެ. އަދި ކަރަންޓުގެ މައްސަލަ ދިމާވާތީ އެ މައްސަލަ ހައްލުކޮށްފައި ވަނިކޮށް، ކަރަންޓުގެ މައްސަލަ ގޯސްވެ ތަނުން އެއްކޮށް ކަރަންޓު ކެނޑިފައިވަނީ އާދިއްތަ ދުވަހުއެވެ.

"މިތަން ހިންގަނީ އަތޮޅު ހޮސްޕިޓަލުން. ކުރިންވެސް ކަަރަންޓުގެ މައްސަލަ ދިމާވޭ. ބްރޭކަރަކަށް ދިމާވި މައްސަލައެއް ކަމަށް ބުނަނީ. އެކަމަކު އެހާބޮޑަށް ސާފެއް ނޫން. ދެން ފެނަކައިން މިކަން ކުރަން ކުރިއަށް ގެންދަން ހުއްދަ ނުލިބިގެން ކަމެއް ނޫނީ އެންގުން ލަސްވެގެން ކަމެއް ނޭނގެ މި ލަސްވީކީ. މިއަދަށް 5 ދުވަސްތާ ވީ." މައުލޫމާތު ދިން ފަރާތުން ވިދާޅުވިއެވެ.

މިދިޔަ ދުވަސްތަކުގައި ބަލި މީހުންނަށް ސިއްހީ މަރުކަޒުން ފަރުވާދިނީ ގޭގެއަށް ގޮސްގެންކަމަށް އިތުބާރު ހުރި ގޮތަކަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް ބަލި މީހަކަށް ފަރުވާ ނުދެވި މި މުއްދަތުގައި ވެސް ނެތް ކަމަށް ވަނީ އެނގިފައެވެ.

ސިއްޙީ މަރުކަޒުގެ ކަރަންޓުގެ މައްސަލަ އާއި މެދު ރަސްމީކޮށް އެ ފަރާތުގެ ބަހެއް ހާމަކުރަން ބޭނުން ނުވާތީ އެ މައުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.

އެހެންނަމަވެސް އެ ރަށު ކައުންސިލުން ވަނީ މަރޮށި ސިއްޙީ މަރުކަޒުގެ ކަރަންޓުގެ މައްސަލަ ދިމާވިކަން ޔަަޤީންކޮށްދީފައެވެ.

އަދި ސިއްޙީ މަރުކަޒުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރަން މިހާރު ފެނަކައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް ކައުންސިލް އިދާރާގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

" ސިއްޙީ ވުޒާރާގެ އެންގެވުމާއި އެއްގޮތަށް މިއަދު ހަރަކާތްތެރިވެލައްވާ އެބަ ފެނަކައިން. އެކަމުގައި އެބަ އުޅޭ. އެ މައްސަލަ ހައްލު ކުރަން." އޭނާ ވިދާޅުވިއެވެ.

މަރޮށި ސިއްޙީ މަރުކަޒުގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ، ކަރަންޓު ކެނޑުމަކީ އެތަނުގައި މަސައްކަތް ކުރާ މީހުންނާއި އެ ރަަށުގެ މީހުންގެ ބޮޑު ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    😢

    17
    1
  2. ހުސޭނުބޭ

    ޚަބަރުދާރު! ތި ވާހަކަ ނުދައްކާތި! މިއީ އޯގާތެރި ސަރުކާރު! ކަރަންޓް ކަނޑާލީ އޯގާތެރިކަމުން

    1
    1
  3. ކަޅުބެ

    ދެންރަށްޔަތުން ތެޔޮރޮށި ފިހެފަ ސޯލިހުއަށް ވެދުމަށް އަރުވާ އޭރުން ކަރަންޓުދޭނެ.

  4. ރަބަރޭ

    ކުރީ ސަރުކާރު ބޮލަށް ކަޑާލާ އެއީ ތިމައްސަލަ އެންމެ ފަސޭހައިން ހައްލު ކުރެވޭނެ ގޮތަކީ

    2
    1
  5. ޖަނާޒާ

    ދެން ކީއްހޭ ރައްޔިތަކަށ

  6. ޖަނާޒާ

    ދެން ކީއްހޭ މަކުރާނީ؟ ކޮބާހޭ ޞާލިހް ؟

    1
    2
  7. ފާ ރޮ ށި

    މަ ރޮށިން ކަރަންޓު ކެނޑުނީތީވެ މާފަށް އެދެން!

  8. މުހަންމަދު

    ފެނަކަ ވގ ސައީދަށް އަދި އިތުރު 32 އެވޯރޑު ދޭންވީ.