ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ދިރިއުޅޭ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ރަށްތަކަށް ފޮނުވާލާތީ ކެއާވޯކަރެއް ގައިގަ އަލިފާން ރޯކޮށްލަން އެތަނުގައި ތިބި ކުދިންތަކެއް މަސައްކަތް ކޮށްފިއެވެ.

މިކަން ހިނގީ ރޭގެ ވަގުތެއްގައެވެ. ކެއާވޯކަރެއްގެ ގައިގަ އަލިފާން ރޯކޮށްލަން މަސައްކަތް ކުރުމުގެ އިތުރުން ކުދިންތައް ވަނީ ކުޑަކުދިންގެ ހިޔާގެ ބައެއް ތަންތަނަށް ވެސް ރޭ ގެއްލުން ދީފައެވެ.

ހަމަނުޖެހުން ހިންގާފައި ވަނީ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ކަމަށް މައުލޫމާތު ލިބެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާގައި ތިބޭ ކުދިންތައް ރަށްތަކަށް ފޮނުވަނީ އެތަން މަރާމާތު ކުރުމަށެވެ. އެކުދިން ފޮނުވާލަން ހަމަޖެހިފައި ވަނީ ހއ.އަތޮޅަށާއި، ށ.އަތޮޅަށާއި، ބ.އަތޮޅަށާއި، ދ.އަތޮޅަށާއި ފުވައްމުލަކަށެވެ. ކުދިން ރަށްތަކަށް ފޮނުވާލަން އުޅޭކަން ކުރިން ފެށިގެން އެކުދިންނަށް ވަނީ އަންގާފައެވެ.

ކުޑަކުދިންގެ ހިޔާގައި ހަމަނުޖެހުން ހިނގިކަން ކަށަވަރު ކުރުމަށް ޖެންޑާ މިނިސްޓްރީއަށް ގުޅުމުން އެމިނިސްޓްރީން އެކަން ފުރަތަމަ ދޮގެއް ނުކުރެއެވެ. ނަމަވެސް ފަހުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ "އެއީ ކުދިންތަކުގެ މެދުގައި ހިނގި ކަމެއް" ކަމަށެވެ. "އެއްވެސް މުވައްޒަފެއް ގައިގަ ރޯކޮށްލާކަށް ނޫޅޭ. އެއީ ކުދިން މޫވް ކުރަން އުޅޭތީ ހިނގި ކަމެއް ނޫން." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީން އެހެން ވިދާޅުވި ނަމަވެސް ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ މުވައްޒަފުން "ވަގުތު" އަށް ކަށަވަރު ކޮށްދިން ގޮތުގައި ކުދިންތަކެއް ވަނީ ކެއާ ވޯކަރެއްގެ ގައިގަ އަލިފާން ރޯކޮށްލަން މަސައްކަތް ކޮށްފައެވެ. އެކަން ކުރީ އެކުދިން އެހެން ތަނަކަށް ބަދަލުކުރަން އުޅޭތީ ހިތްހަމަނުޖެހިގެން ކަން ވެސް މައުލޫމާތު ދިން ފަރާތްތަކުން ކަށަވަރު ކޮށްދެއެވެ.

ކުޑަކުދިންގެ ހިޔާ އަކީ ފުރާވަރު އުމުރުގެ ކުދިން ތިބޭ ތަނަކަށް ވުމުން އެތަނުގައި މައްސަލަތައް ދިމާވުމުން ފިޔަވައްޗަށްވުރެ ގިނައެވެ. ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިން ފިލައިގެން ދިއުމާއި، އިމާރާތުގެ ފާރު މައްޗަށް އެރުން ފަދަ ކަންކަން ވެސް މީގެ ކުރިން ކުރިމަތިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އިންޑިއާ އައުޓް

    ކުޑަކުދިން ތިޔަފަދަަ އަމަލެއް ނުހިންގާނެ އަދި އިންގަން ހިޔާލައްވެސް ނުގެންނާނެ އުމުރުރުން 10 އަހަރު ވެފަ ނުހުންނާނެ ކުޑަކުއްޖެއް

    49
    5
    • ބަކަރި

      އެމްޑީޕީ އެއްޗެހިތަކާހެދި ހެދި ދިވެހިންގެ ލަދުހަޔާތްކެނޑި އިހުތިރާމް ކުރަން ނޭގެނީ

      22
      8
      • ޖޯޖް

        ކަލޭމެން މާލަދު ހަޔާތް ކުޑއެއްނުން ކާކުބުނީ ދަރިން ނުބެލޭހާލު ވިހާފަ ބަޔަކާ ހަވާލް ކުރަން

        1
        3
  2. މަބި

    ހުޅަނގުގެ ފަލްސަފާތަކަށް ކުދިން ތަރުބިއްޔަތު ކުރުމުގައި ނަތީޖާ

    66
    8
    • ފަނީ

      އިސްލާޙިއްޔާ އިން އިރު ތިހެނެއްނުވޭ. ޢޭރު ވަލު ޖަނަވާރުން އިންސާނުންނަށް ބަދަލުވި

      32
      2
    • ގެރިމަސް

      ސޯލިހު ޖެހެ ޒިންމާ ނަގަން.. ކުރީގަ ކިރިޔާ ކަމެއްވާ އިރަށް ޔާމީނު ބޮލުގަ އަޅުވަނީ

      18
      5
  3. ސްޕައިޑާ

    ކުޑަކުދިންގެ ހިޔާގާތިބޭ ކުދިންގެ އަހްލާގް ދުވަހެއް ދުވަހަކަށް މިދަނީ ދަށަށް. އެކުދިންގެ ބެލެހެއްޓުމުގައި ޖެންޑާ މިނިސްޓްރީވަނީ ވަރަށްބޮޑަށް ފެއިލްވެފައި. ސޯލިހު ސަރުކާރުން އެކުދިން ސޯލިހު ކުރުމުގެ ބަދަލުގައި އެކުދިންގެ މުސްތަޤްބަލް ބަނަކޮށްފި

    58
    7
  4. ކިޔުކަމްބާރ

    މިވީގޮތުން ތިތަނަކީ އެއްގޮތަކަށްވެސް ކުޑަކުދިން ގެންގުޅެން ހެޔޮވާވަރުގެ ތަނެއް ނޫނެއްނު؟ ތިތާނގަ އުޅޭ ކުދިންގެ ކިބައިން މިފެންނަނީ މި މުޖުތަމައު އެންމެ ދެކެން ބޭނުންނުވާ ސިފަތައް. ތިތަނުން ކުއްޖާ ނެރެގެން އަނެއްކާވެސް ކުށުގެ ވެއްޓަށް. އެތަނުން ގޮޅިޔަށް. ނެތެއްނު މިގައުމަށް ސަލާމަތެއް!

    54
    2
  5. އަސްލުހާލަތު

    ކުޑަކުދިންނޭ ކިޔާފަ ބޮޑެތި ފިރުހެނުންނާ އަންހެނުންވެސް ތިތަނުން އެބަ ބަލަހައްޓާ.. 12 އަހަރު ވުމަށް ފަހު މިކިޓަރީ ނޫނީ ޕޮލިހުގެ ދަށުން ބަލަހަށްޓާގޮތަށް ބަދަލުކުރަންވީ 18 ފުރެންދެން.. އޭރުން ޑިސިޕުލިން ވެސް ވާނެ ކިޔަމަންތެރިވެސް ވާނެ މަސައްކަތާ އަހުލާގުވެސް ދަސްވާނެ.. ރަނގަޅު ކުދިންނަށް 18 ވީމަ އެތަނުން ވަޒީފާ ދިނީމަ ހުންނާނި ރަނގަޅަށް.. އެނޫން ގޮތަކަށް ހައްލެއް ނުލިބޭނެ..

    106
    3
    • ާއާއިޝާ

      ޙައްގުތައް ގިނަކަމުންނާއި ތަފާތު ކުރުން ގިނަކަމުން މައިންބަފައިންނަށް ވެސް ނުބެލޭއިރު ކިހިނެއް ތި ދެމުއްސަސާއިން ވެސް ތިކަން ކުރާނީ. ޢިސްލާމީ ޝަރީއަތް ތަންފީޒު ކޮށްގެން ނޫނީ ހައްލެއްނުވާނެ.

    • ާއާއިޝާ

      ޙައްގުތައް ގިނަކަމުންނާއި ތަފާތު ކުރުން ގިނަކަމުން މައިންބަފައިންނަށް ވެސް ނުބެލޭއިރު ކިހިނެއް ތި ދެމުއްސަސާއިން ވެސް ތިކަން ކުރާނީ. ޢިސްލާމީ ޝަރީއަތް ތަންފީޒު ކޮށްގެން ނޫނީ ހައްލެއްނުވާނެ.

  6. ކުޑަބެ

    މިހާރު މިސަރުކާރުން ޤަބޫލުކުރާނެ އެކުދިންގެ އުޅުންހުރިގޮތުން މި ވެރިންނަށްވެސް ނުބެލޭވަރު

    30
    1
  7. ސޯލިހު

    ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިން ފިލައިގެން ދިއުމާއި، އިމާރާތުގެ ފާރު މައްޗަށް އެރުން ފަދަ ކަންކަން ވެސް މީގެ ކުރިން ކުރިމަތިވެފައި ވެއެވެ.

  8. މިސޮރު

    ތީގެ މާނައަކީ ކުޑަކުދިންގެ ހިޔާ އުފެއްދި މަގުސަދު ހާސިލް ނުވެޔޭ...އެކުދިންގެ އުޅުމާއި އަހްލާގް ގެ މިންގަނޑު ހުރި ނުރައްކާތެރި މިންވަރު ތީގެން ހާމަވަނީ...އޭގެން އެނގެނީ އެކުދިންނަށް ދޭންޖެހޭ ތަރުބިއްޔަތާ އަޅާލުން ދިނުމުގައި އިހްމާލުވާކަން..މިއަދު އަހަރެމެންނަށް އެނގިގެން ހާމަވާ ހަގީގަތަކީ ސްކޫލްތަކަށް ނުފޮނުވާ ބާލިޣްވުމުން 18އަހަރު ނުވިޔަސް ކައިވެނިކޮށްގެން ދިރިއުޅުންފެށި ކުދިންނަށްވުރެ ހިޔާގައި ތިބި ކުދިންގެ އަހްލާގާއި އުޅުން ގޯސް ކަން..ހިތާމައަކީ މިއަދުގެ ސަރުކާރުން އެކުދިން ކައިވެނި ކުރީތީ ހިޔާއަށް ގެންދާކަން...އެއީ މިބުނާ ފަދަ ރޯކުރަން އުޅޭނެ ބައެއްގެ ގޮތުގައި އެކުދިން ނުވީތީ ކަމަށް ބުނެވޭނެ ޖާގައަކީ ވެރިންނަށް މިކަންކަން އެނގިތިބެ މަޖްބޫރު ކުރުވާކަން

    12
    3
  9. ހަނަމްޖެހީ

    ކުދިންތަކަކަށް ކާންދީ ބެލެހެއްޓުމަކުން އަދި ނުނިމޭ އެކުދިން ތަރުބިއްޔަތުކޮށް ހެޔޮލަފާ އަމަލު ކުރާބަޔަށްވެސް ހަދަންޖެހޭ

    17
    • ޖޯޖް

      ކާކު ބުނީ ދަރިން ނުބެލޭ ހާލު ވިހަން

      3
      3
  10. ދިޔަ

    އެ އެއްޗަކުން ނުކުންނާނީ އެއެއްޗެއްގަ ހުރި ދިޔައެއް!

    3
    4
  11. ދިޔަ

    އެ އެއްޗަކުން ނުކުންނާނީ އެއެއްޗެއްގަ ހުރި ދިޔައެއް! ވ ސަލާމް

    2
    3
  12. ތިމަންނަ

    ދޮގެއް ހެދެން އޮއްވާ ، ތެދެއް ނަހަދާނެ ، މިއީ ރާއްޖޭގައި ގިނަ މީހުންގެ ހާލަތު...