"ވަގުތު އެހީ" އިން މީގެ ދެއަހަރު ކުރިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އަންހެން ކުއްޖެއް ކަމަށްވާ ސާޖިޔާ ސައުދުﷲ އަށް ސްޓްރޯކެއް ޖެހިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

ސާޖިޔާގެ އާއިލާ މެންބަރަކު މިރޭ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ސާޖިޔާ އަށް ސްޓްރޯކެއް ޖެހުމުން މާލެ ގެންދަން ހިތަދޫ ހޮސްޕިޓަލުން ލަފާ ދެއްވި ކަމަށާއި ނަމަވެސް "އެއީ ދާއިމީ ބައްޔަކަށް ބޭސް ކުރާ ކުއްޖަކަށް ވާތީ އާސަންދަ ދެވެން ނެތް ކަމަށް" އާސަންދަ އިން އެންގި ކަމަށެވެ. އެހެންކަމުން ކުއްޖާ މާލެ ނުގެނެވިގެން އުޅެނިކޮށް ވަނީ ނިޔާވެފައެވެ.

ސާޖިޔާއާ އަށް "ވަގުތު އެހީ" އިން މީގެ ދެއަހަރު ކުރިން އެހީތެރިކަން ފޯރުކޮށްދިނީ ފިޓް ޖެހިގެން ވާހަކަ ނުދެއްކި، ނުހިނގި ހާލު ވަރަށް ބޮޑަށް ސީރިއަސް ވެފައި ވަނިކޮށެވެ. އޭރު ސާޖިޔާ ކިޔަވަމުން ދިޔަ ހިތަދޫ ސްކޫލުން "ވަގުތު އެހީ" އަށް ސާޖިޔާ އާއި އޭނާގެ އާއިލާގެ މައުލޫމާތު ހިއްސާ ކުރުމުން ކުއްޖާ އާއި އާއިލާގެ ހާލަތައް ބެލުމަށް ފަހު ސާޖިޔާ އަށް އެހީވާން "ވަގުތު އެހީ" އިން ނިންމިއެވެ.

އާސަންދަ އިން އެފަހަރު ސާޖިޔާ މާލެ ގެނެސްދިން ނަމަވެސް ރާއްޖެ އިން ބޭރަށް ފޮނުވަން ލިޔުން ދިނުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ދެކޮޅު ހެއްދެވިއެވެ. ޑޮކްޓަރުން ވިދާޅުވީ ސާޖިޔާގެ ސިކުނޑީގެ ސެލްތައް މަރުވަމުންދާ ކަމަށާއި އެހެންކަމުން ރާއްޖެ އިން ބޭރުން ވެސް ކުރެވޭނެ ފަރުވާއެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް އައިޖީއެމްއެޗް އިން ހެދި ޓެސްޓްތަކުގެ ނަތީޖާތައް ލަންކާގެ ޑޮކްޓަރުންނަށް "ވަގުތު އެހީ" އިން ފޮނުވާ ލަންކާގެ ޑޮކްޓަރުންނާއި "ވަގުތު އެހީ" އިން މަޝްވަރާ ކުރުމުން ލަންކާގެ ޑޮކްޓަރުން ވިދާޅުވީ ސާޖިޔާ ރަނގަޅު ކުރެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އެހެންކަމުން "ވަގުތު އެހީ" އިން ހުރިހާ ޚަރަދެއް ކުރާ ގޮތައް ސާޖިޔާ އާއި އޭނާގެ މަންމަ އާއި ބައްޕަ ލަންކާ އަށް ފޮނުވާ ފަރުވާ ހޯދިއެވެ. ލަންކާ އިން ހޯދި ފަރުވާ އަށް ފަހު ސާޖިޔާ އަށް ރަނގަޅަށް ހިނގޭ ގޮތްވެ، ވާހަކަ ވެސް ދެއްކުނެވެ.

ސާޖިޔާ އަކީ "ވަގުތު" އެހީ އިން ހުރިހާ ޚަރަދެއް ކޮށްގެން ފަރުވާ ކުރި ހަމައެކަނި ބަލި މީހާއެވެ.

ސާޖިޔާ ނިޔާވުމުގެ ހިތާމައިގައި "ވަގުތު" އިން ބައިވެރިވެއެވެ. "ވަގުތު" މުވައްޒަފުންނާއި ކިޔުންތެރިންގެ ދުއާ އަކީ ސާޖިޔާ އަށް ހެޔޮ ރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވައި، އާއިލާ އަށް ކެތްތެރިކަން ދެއްވުމެވެ. އާމީން.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ތަމަންނާ

    ސަޖުއާ އަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކޮށްދެއްވާށި.އާމީން

  2. މޫސަ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

    ސިޔާސީނުވެ އެއްކަމެއްވެސް ނުވާނެ މިހާރު މިދުނިޔޭގައި. ސަޖުއާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލެއްވުމަށް މާތްﷲ އަރިހަށް ދުއާކުރަން.

  3. ޝާ

    އާމީން

  4. ެސަނާ

    (إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ)
    "Surely we belong to Allah and to Him shall we return".

  5. ނައީމާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

    ދާއިމީ ބައްޔަކަށް ފަރުވާ ހޯދާމީހަކަށް އިމަޖެންސީ ހާލަތުގައި އާސަންދަ ޚިދުމަތް ނުލިބުމަކީ ވަރަށް ދެރަކަމެއް. ހަކުރުބަލި، ކޮލެސްޓްރޯލް ބައްޔަކީ ދާއިމީކޮށް ފަރުވާ ކުރާ ބަލިތަކެއް، އެހެންވީ އިރު މިބަލި ހުންނަ މީހަކަށް ސްޓްރޯކެއް ޖެހިއްޖެނަމަ އާސަންދަ ނުލިބޭނެތަ؟

  6. ޢަލަި

    (إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ)

  7. ޚަދީޖާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

  8. ާއައިޝާ

    ޥަގުތު ޓީމަށް އައްސަރިބަހާ ސާބަސް ދެން .. .ބަލިމީހުނަނަށް އެހީނުވެ ކޮންބަޔަކަށް އެހީވާންތޯ މިއާސަންދަ ހަދައިގެން މި އުޅެނީ.ދެންވެސް މޮޅު ސްޓޯރީއެއް ހަދާނެ މިކަމާގުޅޭގޮތުންވެސް.ކުޑަކުޑަ ފުރާނަޔަށް ހެޔޮރަހުމަތް ލައްވާށި އާމީން

  9. ޙުސެން ނާއްޕެ

    ޥަގުތު ނޫހަުގެ ފަރާތުން ތިޔަ ކުރެެއްވީ އަގުހުރި މަސައްކަތެއް......

  10. ޢަހުމަދް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  11. ޙައޮ

    أننالله وإننا الىه رجعون

  12. ޔާގޫތު

    ޢާމީން

  13. ކާފަ

    އާމީން

  14. ކާފަ

    އާސަންދަ ހަރަދުކުރަނީ ބަލިމީހުންނަކަށް ނޫންތަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  15. Anonymous

    އާމީން

  16. ނަބާހު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

    ސާޖިޔާގެ ފުރާނަޔަށް ހެޔޮނިއުމަތް މިންވަރުކުރައްވާށެވެ.
    ވުގުތުގެ ފަރުދީ ޒިންމާގެ ދަށުން ނިކަމެތިންނަށް އެހީވުމަށް ތިކުރައްވާ ބޮޑުމަސައްކަތަށް ހިތުގެ އަޑިން ޝުކުރުދަންވަން. އަދި ސާޖިޔާ އަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ޝުކުރާއެކެ ބަލައިގަންނަށް. އަޅުގަޑު ގަބޫލު ކުރާގޮތުގައި، ބަލި ރަގަޅެއް ނުވާނެޔޭ ކޮންމެ ޑޮކްޓަރެއްބުންޏަސް، ވަގުތުގެ ފަރާތުން ކޮށްދިން މަސައްކަތް މިކަމާ ގުޅޭ މުއަސަސާތަކުން ކޮށްދޭން ޖެހޭނެ. އެއީ އާސަންދަ ކަހަލަ ސްކީމެއްގެ ބޭނުމަކީ. ވަގުތުންކޮށްދިން މަސައްކަތް މިކަމާ ގުޅޭ މުއަސަސާތަކުން ފިލާވަޅެއްގެ ގޮތުގައި ބަލައި ގަތުމަށް އަޅުގަޑު އެދެން. ޝުކުރިއްޔާ

  17. ޝިޔާނު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

    ވަގުތު ނޫހުން ތިކުރައްވާ ގައުމީ މަސައްކަތަށް އައްސަރިބަހާ ސާބަސް. ވަގުތު ނޫހުގެ އިސްވެރިން މިކަމުގައި ދިމާވި ދެރަކަންތައް އިތުރަށް ބައްލަވާދެއްވުން އެދެން. އަޅުގަޑު ގަބޫލު ކުރާގޮތުގައި ދާއިމީ ބައްޔަކަށް މީހަކު ފަރުވާ ކުރުމުގެ މާނައަކީ އެމީހާ އޭނާގެ ސިއްހަތާމެ އަޅާލާ ފަރުވާ ކުޑަ ނުކުރާކަން. ދެން އީހަކަށް ބޮޑު ދެރަކަމެއް ދިމާވާދުވަހު އާސަންދަ ނުލިބުކީ ވަރަށް ދެރަކަމެއް. އަޅިގަޑު ގަބޫލުކުރާގޮތުގައި މިސަރުކާރުން ހުސްނުވާ އާސަންދަ އުފެއްދި ސަބަބުއާއި އާސަންދަގެ މިއުސޫލާ ވަރަށް ތައާރަޒުވޭ. ވަގުތު ޓީމުން މިކަން ރަގަޅަށް ބައްލަވާދޭނެ ކަމަށް އުންމީދު ކުރަން

  18. ތަރުޖަމާ ވެއްޖެ

    އާސަންދައިން އެހީ ނުވެ އިންސުލިން ޖަހަން ޖެހޭ ކުދިންނަކަށް ވެސް. އެމީހުން ހިލޭ ދެނީ ހަމަ އެކަނި ޕެނަޑޯލް ތޯޗެއް!!!!!!

  19. އަލީ

    އެހީ ވެފެއި އެވާހަކަ ނިދައްކާ އެއްތެއްނާ ވަރަށް ސަޅި. ދެއްކުން ތެރިކަމަކީ މީހާ ވަރަށް ނިބައި ސިފާއް. ހަމަ ބެނަލީ

  20. އިޝާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  21. އިޝާ?

    ޢާމީން

  22. ާިްސާޖިޔާގެ އާއިލާ

    ޢާއިލާގެ ފަރާތުން ވަގުތު އެހީއިން ސާޖިޔާއަށް ކޮށްދެއްވާފައިވާ އެހީއަށް ނިހާޔަތައް ޝުކުރު އަދާ ކުރަމެވެ. ސާޖިޔާ މިދުނިޔެ ދޫކުރެއްވި ކަމުގައި ވިޔަސް ވަގުތު އެހީގެ ފަރާތުން ކޮއްދެއްވާފައިވާ ހިދުމަތްތައް ދުވަހަކުވެސް ހަނދާނުން ފިލައިގެނެއް ނުދާނެއެވެ.
    ވަގުތު އެހީއިން ބަލިކުދިންނައް އެހީވުމައް ތި ކުރައްވާ މަސައްކަތައް ކާމިޔާބު ދެއްވުންއެދި މާތްﷲ އަށް ދުޢާ ދަންނަވަމެވެ.
    -އާމީން-