ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާއި ހިލާފު ވާހަކައެއް ކަމަށް ފެބްރުއަރީ އެކެއްގެ އަމުރު ނެރުނުއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި، އަދި ފަހުން އުއްތަމަ ފަނޑިޔާރުކަން ވެސް ކުރެއްވި ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ.އަހްމަދު މިހެން ވިދާޅުވީ ޤާޞީ ޢަބްދުالله މުޙަންމަދު، ރައީސް ނަޝީދުގެ އަމުރަށް ހައްޔަރުކުރި މައްސަލަ އާއި ރައީސް ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ، ދެ ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލަ ބަލަން ޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ވިދާޅުވުމުން ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.އަހްމަދު ވިދާޅުވީ ރައީސް ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށާއި ބަލަންޖެހޭ ޙަޤީޤީ މައްސަލައަކީ، ޤާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރެވުނު ނުވަތަ ކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކުއްލިއަކަށް ނެރުނު އަމުރެއްގައި އޭރު ހައްޔަރުކޮށްފައި ތިބި ސިޔާސީ ބޭފުޅުން ދޫކޮށްލަން އަމުރު ކުރިއެވެ. ނަމަވެސް އެއީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ ސަރުކާރުން ވަނީ އެބޭފުޅުން ދޫކޮށްލުން މަޑުޖައްސާފައެވެ.

އަދި އަމުރު ނެރުނީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު ރިޝްވަތު ނަގައިގެން ކަމުގެ ސާފު ހެކި ފެނުމުން ފެބްރުއަރީ 05 ވަނަ ދުވަހު ކުއްލި ނުރައްކަލަތުގެ ހާލަތު އިއުލާންކޮށް އެދެބޭފުޅުން ހައްޔަރުކުރީ ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށެވެ. ފަހުން އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގެ އަމުރު ނެރުނު ފަހުން ހައްޔަރު ކުރުމާއި ހަމައަށް އަބްދުﷲ ސައީދާއި އަލީ ހަމީދު ދިރިއުޅުއްވަމުން ގެންދެވީ ސުޕްރީމް ކޯޓުގައެވެ. ކޭންބައްލަވަން ވެސް އަދި އަވަހާރަފުޅު ލައްޕަވަން ވެސް އެބޭފުޅުން އެހެންތަނަކަށް ވަޑައެއް ނުގަންނަވައެވެ.

ރިޝްވަތު ނަގައިގެން އަމުރު ނެރުނު މައްސަލައިގައި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދައުވާތަކެއްކޮށް އެދައުވާތައް ސާބިތުވެ ޔާމީންގެ ވެރިކަމުގައި ޙުކުމްތަކެއް އައެވެ. ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމުން އެބޭފުޅުން ގޭބަންދަށް ބަދަލު ކުރެއްވިއެވެ. އަދި މިހާރު ވަނީ ޙުކުމް ތަންފީޒުކޮށްނިމި މިނިވަންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބެއްޔާ

    މިސަރުކާރުން އެމީޙުންގެ ހިންގި ޖަރީމާއެއް ނުބަލާނެ. ނަމަވެސް ހަޤީޤަތާ ކުރިމަތިލާނެ މަރުވުމުގެކުރިން. މައުމޫނު އިންޑިޔާއިން ފައިސާހޯދައިގެން ޔާމީނު ސަރުކާރުވައްޓާލަން މެމްބަރުންނަށް ރިޝްވަތުދިން މައްސަލަ ބެލޭނެތޯ. ރިޝްވަތުހިފި 12 މެމްބަރުންގެމައްސަލަ ބެލޭނެތޯ. އެމްއެމްޕީއާރުސީގެ ރިޝްވަތުލިބުނު އިބޫ، ނަޝީދު އެމްޑީޕީގެ މެމްބަރުންގެ މައްސަލަބެލޭނެތޯ. ޕީޖީ ޝަމީމް މާލީބަޔާން އަދިވެސް ނުހަށަހަޅާ މައްސަލަ ބެލޭނެތޯ. ޝިފާ އަދި ރައީސްއޮފީހުގެ މިނިސްޓަރުންގެ ކަންކަންބެލޭނެތޯ. މަވޯޓާ ޝަރީފްމެން ނެގިހާ ފައިސާގެ މައްސަލަ ބެލޭނެތޯ. ވެންޓިލޭޓާރުގެ މައްސަލަބެލޭނެތޯ. އެމްޑީއެންގެ މައްސަލަބެލޭނެތޯ. މިހެންގޮސް... އެބަހުރި ވަރަށްގިނަ ކަންކަން ބެލޭނެހާ ހަކަތަ އެބަހުރިތޯ

    23
    5
  2. ޙަސަން

    ޤާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރެވުނު/ކުރެވޭ ފަރާތްތަކުގެ މައްސަލަ ބަލަންޖެހޭ. އެއަމުރުގައި ސޮއި ކުރި ފަނޑިޔާރުންގެ ތެރޭގައި ޑރ. އަހްމަދު އަބްދުﷲ ދީދީ ވެސް ހިމެނޭ.

    19
  3. ހަޖަމް

    އަމިއްލަ ފުޅަށް ސޮއި ކުރެއްވީ ހަމަހޭގަ ހުންނަވައިގެންތޯ؟

    22
    1
  4. ބަކޭ

    މީނާއަކީ ކަމުދާ މީހެއްނޫން! 1 ފެބްރުރީ 2018 ގައި ރައްޔެތުންގެ އަގުލަބިއްޔަތުން އިންތިހާބު ކުރި ރައީސް ޔާމީން އާދެކޮޅަށް ނެރުނު ބާގީ އަމުރުގައި ސޮއިކުރި 5 ފަނޑިޔާރުންކުރެ އެކަކު! ފަހުން އެ ނުހިނގާ، ރ.ޔާމީނުގެ ސާބިތުކަން ފެނީ އަނެއްކޮޅަށްޖެހީ! ލިޔާ ހުކުމެއްގަ ޥާނުވާ އެއްނޭނގޭ! މަމީ ރ.ޔާމީނުނަމަ މިމީހުން ޖަލުން ނުވެސް ނެރޭނަން! ގައުމު ހަލާކުކޮށްލީ މިމީހުން!!! މިހާރު ރީއްޗެއްނު ؟ މީނާ ބޭނުންވިގޮތަށް ރ.ޔާމީނު ޖަލަށްލާ ގައުމު ބިކަކޮށްލައިފި!

    17
    3
  5. ްއަމްޖަދު

    ލައިވް ކޮށް ޓީވީން ބެލި މަންޒަރު ދޮގު ކުރަން މީ ދެން ކާކު؟

    8
    9
    • Anonymous

      ލައިވްކޮށް ބަލަން އިންދަ ނިދިޖެހުނު ގަޑީގަ ފުރާޅުން ޓިނު ނެގާ ޓިނުޖަހައި ނިމި ހައިކޯޓުގެ ދޮރުން ވަތް މަންޒަރު ނުފެނުނީ ދޯ؟ ގަމާރު ވާހަކަ ނުދައްކާ. ފުރާޅުމައްޗަށް ފުލުހުން އެރި. ޓިނެއް ނުނަގާ. ނުވެސް ނެގޭނެ. އެތާނގައި ހުރީ ޓިނެއްނޫން ޖަހާފަވެސް. އެއީ އީޓް. އެހަރުކޮށްފަ ހުއްޓަ ނެއްޓުމަކީ ފަސޭހަ ކަމެއްނޫން. ރައްޔިތުންގެ ތެރެއިން މޮޔައިން ގަޅި ހައްދާ. އަހަރެމެންނަކީ ދެބަަންދިހާރު ރީނދޫ ހުންޖެހިފަ ތިބި މީހުނެއްނޫން.

  6. ތ

    މިފަހަރު އެވިދާޅުވީ ތެދެއް އެތަނުގެ ސެކިއުރިޓީ ބަލަހައްޓަނީ ސިފައިން އެހެންވީއިރު ކީއްކުރަން ޓިނުނަގަންވީ... އަބްދުﷲ ސައީދާ އަލީ ހަމީދާ އަދި ދަނޭ ހަސަނު ފިލާ ތިބީ މީޓިން ކޮޓަރީގައި އެތަނަށް ވަންނަން ތަން ހަލާކު ނުކޮށް ސަލާމަތީ ބާރުތަކުން މަސައްކަތް ކުރި އެންމެ ފަހުން އެކޮޓަރީގެ ތަޅު ހަލާކު ކޮށްލައިގެން ވަނީ އޭރު މީޓިން ރޫމްގެ ބޮޑު މޭޒް ދޮރުގައި ވިއްދާފައި ހުރީ ދެން ކޮން ޓިނެއްގެ ވާހަކަ އެއް އަހަރެންމީ އެތަނުގެ މުވައްޒަފެއް އެކަން ފެނުނު މީހެއް...އިންޑިޔާ ހައިކޮމިޝަރު އަކްލޭޝް މިސްރާ ދެފަހަރަށް ކާރުގައި އައި އެމީހުން ބަލާ އެކަމު އެމީހުނަށް ނުނިކުމެވުނީ އިންޑީޔާ އެންބަސީއަށް ވަންދަން ގެންދަން

    20
  7. ލ

    ސަލާމަތީ ބާރުތަކުން ފުރާޅުގައި ވެސް އެރި އެކަމު ޓިނެއް ނުނަގާ އަމްޖަދު ތިޔަ އުޅުއްވަނީ ހުވަފެނުގައި އަހަރެން މީ ތިޔަ އޮޕަރޭޝަން ގާތުން ދުށް މީހެއް .... ސްޕްރިމް ކޯޓްގައި ތަޅު އެޅުވި މީހުންނަށް ލައްކައެކޭ ހީވާނެ މިހާރު ރާއްޖޭގެ ފުންނާބު އުސް ލޯޔަރުން ވެސް އެބުނަނީ އެހުކުމަކީ ނުނެރެވޭނެ ހުކުމެކޭ

    15
    2
  8. ތިންކު

    ފާއިޒް ވައްޓާލީ ސައީދު، ސައީދު ވައްޓާލީ މި ދީދި. އަރަބި ގައުމުތަކުން ނާއި ޕާކިސްތާނުން ކިޔަވައިގެން ތިބި މީހުންގެ ވިސްނުމާ އުޅުމާ އަހްލާޤް މިހުންނަނީ ކޮން ހިސާބަކުބާ؟

    3
    2
  9. ހަސަން

    އަބްދުﷲދީދީ އެއަމުރުގައި ސޮއެއްނުކުރޭ. ޢަލީ ޙަމީދު އަދި ސައީދު ރިޝްވަތުހިފައިގެން ތެޅިގަނެގެން އޭނަގެ ސޮއި ފޯޖްކުރިކަމަށްވަނީ. އަދި ސޮއިނުކޮށްގެން ކަންކަށިމަތީ ޖެހިކަމަށްވޭ

    1
    3
  10. ކަބީރު

    ދެންފަހެ ދަންނައެ، ސިޔާސީ ސަކަރާތަކީ މިފަދަ ވިޔާނުދާ ސަކަރާތެކެވެ.

    6
    1
  11. އިބްރާ

    މަނިކުފާނު ސޮއިކުރެއްވީ ކީއްވެތޯ؟ އަދި އެވާހަކަ ރައީސަށް ނުއެންގެވީ ކީއްވެތޯ؟ މުޅި ޤައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންމިދިޔައީ ޖަލުގައި ބަންދުކޮށްފައި ތިބި ޚާއިނުންތަކެއް މުޖުތަމައުއަށް ދޫވެގެންނޫންތޯ؟ ތިޔަބޭފުޅުންނަށް އެއަމުރު ނެރިގެން ވީފައިދާތޯ ނުވަތަ ގެއްލުންތޯ؟