ފެބްރުއަރީ 1، 2018 ވަނަ ދުވަހު ސިޔާސީ ބޮޑެތި ބޭފުޅުންތަކެއް މިނިވަން ކުރަން ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް ނެރުނު އަމުރަށް އޭރު ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ޒިންމާވާންޖެހޭނެކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެގޮތަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ކުރި ކަމަށް ބުނެ، ދެކެވެމުން އަންނަ ވާހަކަ ދޮގުކޮށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

ޑރ. އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަމުރަށް ސުޕްރީމްކޯޓުގެ ޓިނު ނަގައިގެން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި ބަލަންޖެހޭ ހަގީގީ މައްސަލައަކީ، ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާއި ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތު ކުރެވުނު ފަރާތްތަކުގެ މައްސަލަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޓުވީޓަށް ރައްދު ދެއްވައި މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ އަމުރެއް ނޫން ކަމަށެވެ. އެ އަމުރު ނެރުނީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކަމަށާއި ފަސް ފަނޑިޔާރުން ވެސް އެ އަމުރަށް، އަދި އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ވަނީ އޭރު ބަންދުކޮށްފައި ތިބި ސިޔާސީ ހުރިހާ ބޭފުޅުން މިނިވަން ކުރަން އަމުރެއް ނެރެފައެވެ. އެކަމަކު، އެ އަމުރު ތަންފީޒު ކުރަން ފުލުހުންނާއި ސިފައިން ދެކޮޅު ހެދިއެވެ.

އަމުރު ނެރުނީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު ރިޝްވަތު ނަގައިގެން ކަމަށް ތުހުމަތު ކުރެވުމުން ކުއްލި ނުރައްކަލަތުގެ ހާލަތު އިއުލާންކޮށް އެ ދެ ބޭފުޅުން ހައްޔަރު ކުރިއެވެ.

އަދި ސުޕްރީމް ކޯޓުގެ އެ އަމުރު ފަހުން ވަނީ ބާތިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޟަން

    މަނިކުފާނު ޕީޖީ އަކަށް ހުންނެވި އިރު އަތަމާ އިބުރާހީމްދީދީ އާ ޑީލު ހައްދަވައިގެން އޭނާގެ މައްސަލަތަކުއި އިބުރާހީމްދީދީއަށް ފޭވާރ ކުރައްވައި ބޮނޑިބަށް ކައްކާފައިވާކަމަށް ވާހަކަދެކެވޭ

    7
    29
  2. އަބްދޫ

    ތިޔައީ ބަރާބަރު ވާހަކައެއް.ސްޕްރީމްކޯޓް މެދުވެރިކޮށްގެން ބަގާވާތެއް ރޭވިކަމުގެ ތަހުގީގު ވެސް ހިންގެންޖެހޭނެ.2008 ގަ ބޭއްވި ރިޔާސީ އިންތިހާބުގަ މައުމޫނަށް ވެސް ނަސީދަށް ވެސް ވާދައެއް ނުކުރެވޭނެ. މައުމޫނަށް ވާދަ ނުކުރެވެނީ ރައީސްކަމުގެ 6 ދަވްރުގަ ރައީސްކަން ކުރައްވަފަ އޮތުމުން. ނަސިދަށް ވާދަ ނުކުރެވޭނީ ގާނޫނުއަސަސީގަ ބުނާގޮތުން އިސްލާމްދިނުގަ ހައްދުކަނޑައެޅިފައިވާކުށެއް ކުރެއްވިކަން ސަރީއަތަށް ސާބިތުވެ އަދަބުކަނޑައަޅާ އެ އަދަބު ތްންފީޒުކޮށް ނިމިފަ އޮތުމުން . ސާބިތުވި ކުށަކީ ވައްކަން. ނެގިތަކެއްޗަކީ ވެލާނާގޭގަ މީހަކު ނީލަމުނަނަގާފަ ހުރި ބައެއްގެތެރޭގާ އޮތް އަސަާރީ 3 ތަޅާއި ދެ ތަޅުދަނޑި އޭގެ އިތުރުން ކަރުދާސްތަކެއް. އޭގެ ވެރިފަތާތައްއެގުމަކާނުލާ އަދިއެތަނާހަވާލުވެ ހުރި މީހާއަށް ސިއްރުން. މިތަކެތި ނެތްކަންއެގުނީ އެތަކެތި ގެއްލިގެން ނީލަންނެގިމީހާ މައްސަލަޖެއްސުމުން.

    7
    2
  3. ކޮވިޑް

    ބިރުވެރި ކަންތައްގަނޑެއް އަނެއްކާ މި ސަރުކާރުން ހިންގަން އުޅެނީ ނޫންބާ؟ މާގަދަ ޔައް މިކަންތައްގަނޑު ހިލުވާލަން މި އުޅެނީ ކޮންކަމެއް އޮއްބާލަންބާ؟ މިގޮތައް ކަމެއް ހިލުވާލައި ލައި ފިއްޔާ ކަންތައް ގަނޑެއް ހިންގާލާނެ..

  4. މޯދީ

    ޢުމަރުގެފާނުގެ ޒަމާނުގައި ބަނޑުހައިހޫނުކަން ބޮޑުވެގެން ވައްކަންކުރި މީހުންގެ އަތް ނުކަނޑުއްވާކަމަށް ޢިލްމުވެރިން ވިދާޅުވޭ. މީހެއްގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފިނަމަ އެ އަނިޔާތަކުން ސަލާމަތްވުމަށް ކުރާ ކަމަކީ ކުށެއްކަމަށް ބެލުން ރަނގަޅެއްނޫން.

    1
    5
  5. އުތުރުން

    1 ފެބު ރުއަ ރީ 2018 ގެ އަމުރ ރު 2023 ގައި ތަހްގީގު
    ކު ރެވި އިންސާފު ގާއިމް ކުރ ރެވޭނެއެވެ އަދި މުގުލުގައި
    ހު ރިރިމީހާގެ ޤަޟިއްޔާ ކު ރިއަށްދާނީ އިންސާފް ވެރ ރިކޮށެވެ.