ގއ. ވިލިނގިލީގެ ގެއެއްގެ ތެރޭގައި ހުރި ގޭސްފުޅިއަކުން ލީކުވެ، ގޮވުމެއް ގޮވައި، ގޭގެ ބިއްލޫރިތައް ތަޅައިގެން ގޮސްފިއެވެ.

މިކަން ހިނގާފައި ވަނީ އެރަށު ގޯލްޑަން ހައުސްގެ އެއް ވަނަ ފަންގިފިލާގައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލަރު ހަބީބް ހަސަން ވިދާޅުވީ މިއަދު ހެނދުނު އެރަށު ގެއެއްގެ ތެރޭގައި ހުރި ގެސް ފުޅިއަކުން ލީކުވެ ގޭގެ ދެތަނެއްގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާކަމުގެ މައުުލޫމާތު ލިބިފައިވާކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށާއި، މި ހާދިސާ ހިނގާފައި ވަނީ ހެނދުނު ބަދިގޭގައި އެގޭގެ މީހުން ކައްކަން އުޅުނު ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް މައުުލޫމާތު ދެމުން އެގޭ މީހަކުު ބުނީ ބިއްލޫރިތައް ތަޅައިގެން ދިޔައީ ބަދިގެ ތެެރޭޭގައި ހުރި ގޭސް ފުޅިއަކުން ލީކުވެ ގޭސް ބާރުުވުމުގެ ސަބަބުން ކަމަށް. ހާދިސާގަ އެއްވެސް މީހަކަށް ގެއްލުމެއް ނުވެޔޭ ބުނީ" ކައުންސިލް މެމްބަރު ހަބީބް ވިދާޅުވިއެވެ.

ކަމާބެހޭ އިދާރާތަކުން އަންނަނީ ގޭސް ފަދަ ތަކެތި މީހުން ދިރުއުޅޭ ގެތަކުގައި ބޭނުންކުރުމުގައި ހާއްސަ ސަމާލްކަމެއް ދިނުމަށް އިލްތިމާސް ކުރަމުންނެވެ.

މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގައިވެސް މީގެ ކުރިން އެތައް ހިތާމަވެރި ހާދިސާތަކެއް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ގޭސް ބާރުވުނުންނޯ.. : ރާވެރިޔާ ކައުންސިލަރު.

  2. ޅަބޭ

    ރަގަޅު. މުޑުދާރުކަމާ ޖާހިލުކަން ބޮއްސުންލީމަ، ދެން ޕޮސްލާފަ ގޮވާނީ ގޭފުޅި.