ލާމު އަތޮޅުގައި ރިސޯޓްއެއް ތަރައްޤީ ކުރަމުން އަންނަ ރަށެއް ކަމުގައިވާ ރަސްގަރަހައިން އެއަތޮޅު މާވަށަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބެހެމުން ދަނިކޮށް ފުލުހުންގެ އެހީތެރިކަމާއެކު ޑިންގީގައި ތިބި ތިން މީހުން މާވަށައް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މާވަށާ 2 މޭލު ބޭރުން ޑިންގީއެއްގެ އިންޖީން މައްސަލަ ޖެހިގެން ބެހިގެންދާ ކަމުގެ މައުލޫމާތު ލ.މާވަށު ޕޮލިސްޓޭޝަންއަށް ލިބުމުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެތިންމީހުންވެސް މިހާރު މާވަށައް ގެނެސްފައިވާ ކަމަށާއި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.