ގދ ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.

ހުވަދު އަތޮޅުގެ ޚަބަރުތައް ގެނެސްދޭ "ގާފު" ގައި ބުނެފައި ވަނީ ކަރަންޓު ކަނޑައިގެން ގޮސްފައިވަނީ އިންޖީނުގޭ ތެރެއިން އެއްޗެއް ގޮވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ކަމަށް މަންޒަރުދުށް މީހަކު ވަނީ މައުލޫމާތު ދީފައެވެ.

ތިނަދޫއިން ކަރަންޓު ކަނޑިފައި ވަނީ ރޭ ދަންވަރު 03:30 ހާއިރު އެވެ. ނަމަވެސް އަދިވެސް އެރަށަށް ކަރަންޓެއް ނުލިބެއެވެ.

ވީ އެންމެ އަވަހަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.

2016 ވަނަ އަހަރު ވެސް ތިނަދޫ އިންޖީނު ގޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އެފަހަރު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެރަށުގެ ރައްޔިތުން ކަރަންޓް ނެތި ފަސް ދުވަސް ހޭދަކުރަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހަވަރު

  އިންޖީނުގެ ބާވީކަންނޭގެ

 2. ސަންފައްތަ

  އަލިފާން ވަރަށް ރައްޓެހި ތަނެއްތީ. ތިރަށުގަހުރި އެހެން ތަންތަން ސާލާމަތްވިކަން ނަސީބު. ޕޮލިސް ސްޓޭޝަނާއި، ކައުންސިލް އިދާރާއާއި، ކޯޓުވެސް ވަނީ ކުރިން ފަހަރެއްގަ އަނދާފަ. އަދި މީގެކުރިންވެސް ތިޔަ އިންޖީނުގެ ވަނީ އަނދާފަ. އަލިފާން ވަރަށް ރައްޓެހި.

  10
 3. ބެއްޔާ

  އަނެއްކާވެސް އަލިފާނުގެ މޫސުމެއް އައީ؟

 4. ޖުހާ،،

  ތިވަނީ ވޯޓުހޯދަން ޖެއްސި ސްޓަންޓެއްކަމައް....

 5. ޑަރޭ

  ހާދަ އަލިފާނާ ދޯޅު ރަށެކޭމީ......އެގުރޫޕު ހަމަ ގިނައީ ތިރަށުގަ.

  1
  1