މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ޕަބްލިކް ޓްރާންސްޕޯޓުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މާލޭ ވެސްޓުު ޕާކް ސަރަހައްދުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ގާއިމްކޮށްފައިވާ ޕާކާއި ބަސް ސްޓޮޕް ރަސްމީކޮށް ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުގައި އެމެެނިކުފާނު ވިދާޅުވީ، މާލެ އަކީ ހިތްފަސޭހަ ސިޓީއަކަށް ހަދައި ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް ގައުމު ބައްޓަން ކުރުމަށް މިސްރާބު ޖަހާފައިވާއިރު ކައުންސިލަރުންގެ ބޭނުން މާލެސިޓީއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ފެންނަމުން އަންނަކަން ފާހގަަކުރައްވާ އެމަނިކުފާނު ވަނީ މާލެސިޓީ ކައުންސިލަށް ތައުރީފް ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އެއްގަމާއި، ކަނޑާއި ވައިގެ ދަތުރުފަތުުރު ފުޅާކުރުމަކީވެސް މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި މަގުތަކގެ ތޮއްޖެހުން ކުޑަކުރުމަށް ހާއްސަ އަހައްމިއްޔަތެއް ދެއްވާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެންމެ އިސްކަމެއް ދީގެން ކުރަންވީ ކަމަކީ ޕަބްލިކް ޓްރާންސްޕޯޓުގެ ބޭނުން ހެޔޮގޮތުގައި ހިފުން ކަމަށެވެ.

"އަޅުގަނޑުމެން ދުނިޔޭގެ ކުރިއަރާފައި ހުންނަ ޤައުމުތަކަކަށް ބަލާލާއިރު ޕަބްލިކް ޓްރާންސްޕޯޓް އަޅުގަނޑުމެންނަށް ބަހުން އެހެން ޤައުމުތަކުން އޮންނަނީ ޖާގަނުލިބިފައި. އެހެންވީމަ މާލޭގައި މިއޮތް ތޮއްޖެހުން ވަކިން ޚާއްސަކޮށް މަގުމަތީގައި ދުއްވާތަކެތީގެ ތޮއްޖެހުން ކުޑަކުރުމަށް އަޅުގަނޑުމެން އެންމެން އެކަމަށް ވިސްނައިގެން މިފަދަ ފަސޭހަތަކުގެ ބޭނުން ހިފަންޖެހޭނެކަމަށް އަޅުގަނޑު ޤަބޫލުކުރަން" ނައިބު ރައީސް ވިދާޅުވިއެވެ.

މިހާރުވެސް މާލެ ސަރަހައްދުގައއި އެމްޕީއެލް އިން އަންނަނީ ބަހގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސަން

    ރަގަޅު ވާހަކައެއް ފުރަތަމަ ރައީސް އާއި ނައިބް ރައީސް ބަހަށް އަރާ. ބައެއް ގައުމުތަކުގެ ވެރިންނާއި ވަޒީރުން ބޭނުން ކުރަނީ ޕަބްލިކު ޓްރާންސްޕޯޓް . ރާއްޖޭގެ ވެރިން އެ ގޮތަށް އެކަން ކުރުން ވަރަށް ރަގަޅުވާނެ. ރައްޔިތުންގެ ފައިސާ އިން ގަންނަ އަގުބޮޑު ކާރުތައް ނުގަނެ އެފައިސާ ރައްޔިތުންގެ ކަންކަމުގައި ހަރަދު ކުރެވޭނެ. ދެދުވަހެއް ކުރިން ކުނި ނަގަންށޭ ކިޔައި ހުޅުމާލެ ތެރޭގައި އުޅުނު ގޮތް ލޮލުން ދުށީން.

    54
  2. ލުޓޭރުންގެ ސަރުކާރު

    ނާ އިބުރަ އީސް އެދިވަޑަ އިގެންފާނެ އަހަރެމެން ރަ އްޔިތިން އެ އް އިރު ކަ އިގެންތިބޭށޭ....ދެން އެގޮތަށް ތިބެންވީތަ... ނާ އިބުރަ އީސް ވެރިކަން ބަދަލުވީމަ އާ އްމު ބަހުގަ ދަތުރުކުރާނެތަ..ކާރުކޮޅު ދޫކޮ އްލާފަ.. ވެރިކަމުގަތިބޭ އިރު މޮޅެތިވާހަކަ ދަ އްކާނެ...

    49
  3. Anonymous

    ދަބަސް

    21
  4. ސަމްސިއްޔާ

    މޮޔަވީތަ؟؟ ތިޔަ ބުނާ ބަހަށް އަރައިގެން ކޮންތާކައްތަ ދެވެނީ؟؟ އަހަރެން އުޅެގެ ހުންނަނީ ކުރީގެ ސިޓީ ކައުންސިލް އިމާރާތް ކައިރީގައި. އައިޖީއެމް އެޗަށް ދަންވީމަ ހިނގާފައި ދާންވީ ވެސްޓްޕާކް ކައިރީގައި ހުންނަ އެސްޓީއޯ ބަސް ސްޓޭންޑަށްތަ؟؟ ދެން 40 މެނެޓް ފަހުން އަންނަ ބަހަށް މަޑުކޮށް އެއަށް އަރައިގެންގޮސް އައިޖީއެމްއެޗް ކައިރިއަށް ފައިބާނީ. ކިހާ ސަޅި.

    55
  5. ޑައިވަރޭ

    ބަހުގައި ދާން ހުންނަމީހާ ބަސް ސްޓޮޕުގައި ހުއްޓާ ގަޑިޖެހިގެން ދާނީ... ބަސް ވެސް ޖެހޭ އެކިއުރޭޓްކޮށް ގަޑިއަށް އަންނަން...

    23
  6. އަނިލް

    އަވަހަށް މަނިކުފާނު ބަހުގައި ދަތުރު ކުރަށްވާ

    27
  7. ސަކީބް

    ކަލެޔާ އިބުލާ އަރާބަލަ، ފުރަތަމަ

    24
  8. ރ

    ވެރިން ނަމޫނަ ދައްކަވާ އޭރުން ރައްޔިތުން އެމަގުން ހިނގާނެ މަނިކުފާނުމެން ގެންގުޅުއްވާ 200 ކާރު މިމާލޭ މަގުތަކުން ހުސްވިއަސް ވަރު ބޮޑު ވަރު ވާނެ ސަރުކާރުގެ ރަޖިސްޓަރީގައި 500 ވެހިކަލް އޮވޭ ، މަޖިލިހާ ކޯޓާ ރައީސް އޮފީހާ ގަނޑުވާރާ މިނިސްޓްރީ ތަކާއި އަދި މިނިވަން މުއްސަސާތަކާއި މިހެން ގޮސް ވަރަށް ލިސްޓް ދިގު

    23
  9. އަލްޖިބްރާ

    ނައިބު ރައީސް ވިދާޅުވިއަސް މިމާލޭގައި ތިކަމެއް ނުވާނެ ! ނޭވަޔަކު ދެކޮޅު މާލޭގެ އެކި ތަންތަނަށް ދާން ، މަސައްކަތްތެރީން އެކި ސައިޓްތަކަށް ދާން މިހެން ގޮސް ކޮންމެ 5މިނިޓަކުން އެކިތަންތަނަށް ދާން ޖެހޭމީހުން ތިޔަ ބަހަށް އިންތިޒާރު ކޮށްގެން ތިބީމަ މަސައްކަތް ލަސްވެގެން ބޮސް އަންނާނީ ރުޅި ! މިހާރު ސައިކަލުގައި އުޅޭއިރުވެސް މާލޭގެ ޓްރެފިކް އާހެދި މަސައްކަތް ލަސްވާތީ ހުރިހާ ބޮހުން ތިބެނީ ކަޓާފަ ! ދެން ތިޔަ ބަހަށް އަރައިގެން ތަނަކަށް ދާން އުޅެފިނަމަ ގެއްލޭނީ ވަޒީފާގަޑު ! ހުރިހާ ދުއްވާއެއްޗެއް ކަޑުފައްތާ ! އެންމެން ފައިމަގުގާ އުޅުނު ދުވަހަކުން ނޫނީ ތިކަމެއް ނުވާނެ ! މީގެ ކުރިންވެސް މާލޭގެ ރައްޔިތުން އުޅުނީ ފައިމަގުގަ !

    16
  10. އެމަންޖެ

    މަނިކުފާނުމެން ބަހުގަ ދަތުރު ކޮއްފާނެތޯ ސުވާލަކީ...ތިޔަ ސަރުކާރު ކޮންމެ ބޭފުޅެއްގެ އަތުގާ 4 ކާރާ 3 ސައިކަލް ނެތިއްޔާ ނުވާނެ އެއްޗަކައް.

    23
  11. ނާރު

    މާލެ ތެރޭގައި ބަސް ދުއްވާތަ؟

    18
  12. Shareef

    ބަވަނީ ސަޕޯޓު ނެތެއްނު ދޯ

  13. ބޮސް

    މަނިކުފާނު ކީވެބާ ޕަބްލިކް ޓްރާންސްޕޯޓު ދަތުރުފަތުރު ކުރަން ބޭނުން ނުކުރަނީ...

  14. ޖުއްލާބި

    ބަސް ސްޓޮޕްތައް ހުންނަތަންތަން ދައްކާ ޗާޓަކާ އެކީ ތިވާހަކަ ދެއްކި ނަމަ!!!!!!!!!