އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެ ޕާޓީން އެދުނުހާ އަވަހަކަށް ޕާޓީއާ ގުޅޭނެ ކަމަށް ކުރީގެ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުުގެ ނައިބު ރައީސްކަން ވެސް އޭރު ކުރެއްވި ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމްގައި ރޭ ވާހަކަ ދަައްކަވަމުން ރީކޯ މޫސަ ވިދާޅުވީ، ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާ ވެސް ބައްދަލު ކުރައްވާފައި ވާނެ ކަމަށެވެ.

އަދި އެއީ އަލުން އެމްޑީޕީއާ ގުޅުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، އެ ދެބޭޅުންނާ ވަކި ވަކިން ބައްދަލުކުރެއްވީ އެއީ ޒަމާންވީ ރަހުުމަތްތެރިިން ކަމަށް ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގެންދަން ބޭނުންވަންޏާ، އަޅުގަނޑަކީ އަބަދުވެސް އެމްޑީޕީގައި ހުންނަ މީހެއް، އަޅުގަނޑު ނުދާކަށް ނޫޅެން. އަޅުގަނޑު ސިޔާސީ މަސައްކަތް ކުރާ ހިތްވޭ. އެމްޑީޕީ މީހުން އަޅުގަނޑު ގެންދާނެތޯއޭ އަޅުގަނޑުގެ ސުވާލަކީ. އެހެން ވެއްޖިއްޔާ އެމީހުން ބުނާނެތާ އަޅުގަނޑު ކައިރީ އަންނާށޭ" ރީކޯ ވިދާޅުވިއެވެ.

ރީކޯ މޫސަ ވިދާޅުވީ ކުރިން އޭނާ ވަނީ އެމްޑީޕީ އިން އަދި ޕީޕީއެމުން ވެސް ބޭރުކޮށްލާފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ މެންބަރުން އޭނާ ޕާޓީއަށް އަނބުރާ ވެއްދުމަށް އެދި އައުމުން އެކަން ކުުރާނެ ކަމަށް ރީކޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީން އެދިއްޖެ ނަމަ މިހާރު ވެސް ހުރީ އެ ޕާޓީއާ އަލުން ގުޅޭ ގޮތަށް ކަމަށެވެ. އަދި "މިރޭ ބަލައި އަޔަސް ދާނަން" ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެމްޑީޕީއަށް ބޭނުން މީހެއް ނަމަ އަޅުގަނޑު ވެސް ގެންދާނެތާ. އަޅުގަނޑު ބަލައި އަތުވެއްޖިއްޔާ ދާނަން. މިރޭ އަޔަސް،" ރީކޯ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ އެމްޑީޕީން އޭރު އޭނާ ވަކިކުރެއްވީ އެ ޕާޓީގެ ވިޕް ލައިނާ ހިލާފުވެގެން ކަމަށާއި، އެކަމާ އަދިވެސް މައާފަށް އެދޭކަމަށް ވިދާޅުވެފައެވެ.

އެނަމަވެސް އެއީ އެމްޑީޕީ އިން އިންސާފުން ކުރި ކަމެއް ނޫން ކަމަށް ރީކޯ މޫސާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭރު ވިޕްލައިނާ ހިލާފުވި އިތުރު ފަސް މެންބަރުންވެސް އަދިވެސް ޕާޓީގައި އެބަ ތިއްބެވި ކަމަށާއި، ހަމައެކަނި ޕާޓީ އިން ވަކިކުރެއްވީ އޭނާ ކަމަށެވެ.

އަދި ދާދި ފަހުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ވެސް ވިޕްލައިނާ ހިލާފުވެފައިވާ ކަމަށާއި، އޭނާ ވެސް ވަކި ނުކުރާ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

އެހެެން ކަމުން އެމްޑީޕީ އިން އޭނާ ވަކިކުރާ ނަމަ ވަކި ކުރަން ޖެހޭ އިތުރު އެތައް މެެންބަރުންނެއް ތިބި ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ާއަހުމަދު

    މޫސާ ކަމަކާ ބިރު ދެއްކީހެން ހާދަ ހީވެޔެ

    72
    1
  2. Anonymous

    ސާބަހޭ . ކައްވަޅުގައި ވެސް އޮންނަންވާނީ އެމީހުންނާއި އެކު. އެއީ ބަޔަކީ އިނގޭ.

    84
    3
  3. ރ

    ޕީޕީ އެމުން ލިބުނު ފައިދާ އާއި އެކު ބެޗީ ނޫންތޯ ލ. ކެންޕޭނަށް ނެގި ފައިސާ ކޮޅު ކޮބައިތޯ ކާކުތޯ މަނިކުފާނު ބޭރު ކުރީ ޕީ ޕީ އެމުން ރިޔާސީ ޓިކެޓެއް ނުދޭނެދޯ އަނެއްކާ ޕްރައިމަރީގައި މީހަކު ވޯޓެއް ވެސް ނުދޭނެ އެމް ޑީ ޕީ ވެސް ހަދާނީ އެހެން

    70
    2
  4. ސިދާތާގެ ބެޑްސީޓް

    ނޫޅެން ގެންނާކަށް ފަނިހަދާފާ ގޮސްފައި މިހާރު އަނެއްކާ ތިޔައުޅެނީ އަނެއްފަނި ހަދަން

    59
    3
  5. އަލްޖިބްރާ

    ތިޔަޖަހަނީ " އުނބަށް " !

    63
  6. އެމަންޖެ

    ކަލޭ ކޮންމެހެން ގެންދަންޖެހޭތަ މިހާރުވެސް އަންނިޔާއެކު ރާކޮޅު ހިތްޕަވަން ގޮއްސަނޫތޯ ތިޔަ ދުރުވީ.

    63
    3
  7. Happy

    ޢުފާވެރި ހަބަރެއް މޫސަތީހަމަ އަބަދުވެސް އމޑޕ މީޙޭއް!

    14
    51
  8. އައްޑޫ ލެއި

    ކަލޭ ތިކަމާއި އުޅޭކަން މާކުރިންވެސް އިނގޭ. ކަލެޔަށް ގޮތްހުސްވީ ދޯ މިހާރު. ރުނޑިކާޅަކަށް ބަތެއް ނުކެވޭނެ

    10
  9. އ މ ރ ބ

    މޫސާ ބުނާކަށް ކޮންމެހެންވެސް އެކޮޅަށް އަރާތި، ދައުވަތު ނުދީފިއްޔާ ކުރިންބައިންޖެހިގެންވެސް ޖެހޭނެ އެމީހުންނާގުޅެން، އެއީ ބަޔަކީ ޤައުމު ދަވާދި އަދި މިހާރުވެސް އެކަމުގައި އަވަދިނެތި އެއުޅެމުންދަނީ، އެހެންވީރު މޫސަ ވެސް ޖެހޭނެތާ އެހާ ރަގަޅުކަމެއްގައި ބައިވެރިވާން، އެނެއްކާ މޫސާޔަކީ އެކަންކަން އެމީހުންނާއެކު ކޮށްއުޅެ އެކަމުގެ ތަޖުރިބާ ނިކަން ރަގަޅަށް ހޯދާގެންހުރި ފަރާތެއްދޯ!!! އަވަހަށް ގުޅޭ އެބައިގަނޑާ އޭރުން ހަބޭހަށް ރުފިޔާ ވަންނާނެ

    11
  10. Anonymous

    ތިދެން މީހަކު ކައިރީ ބުނަންޖެހޭނެ ވާހަކައެއްތަ؟ ހަމަބުއްދި ހުރި މީހަކަށް އެނގޭނެ މޑޕ ގަ އުޅެފަ ހުރި މީހަކު 7 ފެނު ކައްކާ ރާހުތަސް ލިޔަސް ހުންނާނީ ހަމަ ގޮއްރީނދޫ ކުލައިގައިކަން.

  11. ހުސޭނުބޭ

    އަޖާބެކޭ! އެން އުކަންޏާ މަސްތިލަވާނެ! އެމްޑީޕީގެ ބޮޑުން ބައިތުލްމާލުން ވައްކަންކޮށް ހުސްކުރާއިރު މޫސަވެސް ބޭނުންވާނެދޯ! މޫސައަކީ މީގެ ކުރިންވެސް ސަރުކާރުން ބޮޑެތި ލާރިގަނޑު ދިރުވާލެއްވި ބޭފުޅެއް! މިދިޔަ އަހަރު ރައްޔިތުންނަށް އެއްވެސް ކަމެއްނުކޮށްދީ ބަޖެޓްގެ 38 ބިލިއަން ހުލިކޮށްލިއިރި މިއަހަރު ކާން ތައްޔާރުކޮށްފައި އޮތް 34 ބިލިއަން މޫސައަށްވެސް ފެންނާނެ! މޫސަވެސް ބަލާނެދޯ އެއިން އެތިކޮޅެއް ލިބޭތޯ!

  12. އަބްދޫ

    އަފްރާސީމް ގެ މައްސލާގަ ކިޔާ 4 މިލިއަން ދިނިންތަ؟

  13. ރައްޔިތުން

    ތީ ހަމަ އެއްބައެއް

  14. ހަސަނުބެ22323

    މޫނޭތީ ހިތް ނޭދޭ

  15. އަހްމަދު

    މީހަކު ބަލާ ނުދިއަސް މޫސާ އެމްޑީޕީ އަށް އަދި ދާނެ. އެކަމަކު މޫސަ ގުޅިއްޖިއްޔާ ވަރަށް އަވަހަށް މިވެރިކަން ނިމޭނެ.

  16. އަފީ

    މީ ސިޔާސީ ބޯވަ. ހުރިހާ ކޮޅަކުން ގޮހޮރުފުރަމުން ކުލަ ބަދަލްކުރަމުން ދުވަނީ!

    10
  17. ރަބަރޭ

    ތިޔައީ ދެފުއް ކެހެރީގެ ވަށްތަރެއް

  18. ޒިދީ

    ތިޔައުކެނީ ކުޅަނދުރުހަތަޔައް އޮއްގާ

  19. ހައްވަ

    ރީކޯއަކީ ކާކު ކަން ނޭގިގެން އޭނާ ޕީޕީއެމަށް ގެނެސްގެން އަރިސް ކޮށްގެން ޢުޅުނީ ޔާމީނާ، އަނބިކަނބަލުން މެޑަމް ފާތުން!!! ކޮބާ ރީކޯގެ ހަގީގަތް ދަސްވެއްޖެތަ؟ ކޮންމެ ސަރުކާރަކުން ކެވުނު ގޮތަކުން ކަމުން ދުވާ ކަކުންޏެއް!!!

  20. ދުވަހަކުވެސް ނުދާނަމޭބުނި

    މައުމޫނާ އެއްޕްލެޓްފޯމަކަށްތޯ؟؟

  21. މުޙައްމަދު

    އެއްގޮތަކައްވެއްސް ގެންދާނެކަމެއްނެތ ކުރިންވެސް އަޅުގަޑުމެންގެ ކަރުބުޑުގާ ޒަހަރުލާފާހުރިމީހެއްމިއީ ބަޔަކުންނައް ކަމެއްލިބޭއިރައް އެދިމަ އަތުލާގަނެވޭތޯބަލާނެ ވަރައް ހިޔަޅުވާނެއިގޭތޯ މިފަހަރު ވިސްނާތިބޭތި ކުރިންވެސްއަޅަޑުމެންގެ ވެރިނަށާ ރައްޔިތުން މެރުމަށާ އަނިކުރުމާ އަދަބުދިނުމައްގޮވާލާ ރާވާރޭވި ފައުޖުގެ އެކަކުތިއީ.

  22. މުޙައްމަދު

    އެއްގޮތަކައްވެއްސް ގެންދާނެކަމެއްނެތް ކުރިންވެސް އަޅުގަޑުމެންގެ ކަރުބުޑުގާ ޒަހަރުލާފާހުރިމީހެއްމިއީ ބަޔަކުންނައް ކަމެއްލިބޭއިރައް އެދިމަ އަތުލާގަނެވޭތޯބަލާނެ ވަރައް ހިޔަޅުވާނެއިގޭތޯ މިފަހަރު ވިސްނާތިބޭތި ކުރިންވެސްއަޅަޑުމެންގެ ވެރިނަށާ ރައްޔިތުން މެރުމަށާ އަނިކުރުމާ އަދަބުދިނުމައްގޮވާލާ ރާވާރޭވި ފައުޖުގެ އެކަކުތިއީ.

  23. އަބްދޫ

    4 މިލިއަން ރުފިޔާގެ ބިރު އެބައޮތްދޯ؟

  24. ޙހހހ

    ސިޔާސީ މީހަކަށް ނުވިޔަސް ޤައުމަށް އިޚްލާސްތެރިކަމަށްވާނަމަ ، ޤައުމުގެ ކަންކަމުގައި ވާހަކަ ދައްކާނެ ، މޫސާގެ އަމަލުން ޤައުމު ދެކެ ލޯބިވާ މީހެއްނޫންތީ ، ކޮންމެވެސް އަމިއްލަ އެދުމެއް އޮތީ

  25. އެދުރުބެ

    ކަލޭ ވަރަށް ސިޔާސީމަސައްކަތް ކުރާހިއްވާނެކަން އެނގޭ ފިލުމުކުޅެން އުޅުނުމީހަކު ތިހުރީ ސިޔާސީ މަސައްކަތުގެތެރެއިން ރިސޯޓު އޯނަރަކަށް ބަދަލުވެފަ އަނެއްކާ ސިޔާސީ މަސައްކަތް ކަލެއަށް ކުރެވެނީ އަބަދުވެސް ވެރިކަމުގަ އޮންނަފަޅީގަ ހުރެގެން ވަރަށް ރަނގަޅު ނިންމުމެއް ރިސޯޓުގަނޑު ނިންމާނުލެވިގެން ތިއުޅޭ އުޅުމަށް ނިމުން އަންނާނެ އަވަހަށް އެމްޑީޕީ ކުދިން މީނަގެންގޮސް ތިއޮޑިއަށް އަރުވާ

  26. ސޭހް

    މިކަލޭގެ އެމްޑީޕީއަށް ގޮސްފަ ޔަމީނާދިމާއަށް ލަވާނެ ކިތެންމެ ހަޅޭކެއް ހުނާނެދޯ؟ ވެރިކަންކުރިގޮތް ކަޑަވެގެން

  27. ރާއްޖެ

    ހެވީ ލޯޑް ކަހަލަ ޑީލްއެއް އަނެއްކާ ބޭނުންވީ؟!