ނޫސްތަކުން ފެނަކަ ކޯޕަރޭޝަންގެ ވެރިންގެ އަބުރާއި ބެހޭކަމަށް ބުނެ ފެނަކަ ކޯޕަރޭޝަނުން ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި އެތައް ތުހުމަތުތަކެއްކޮށް އެންޓި ކޮރަޕްޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފައި ވެއެވެ. އަދި ފެނަކަ އިން ހިންގާ ވަރަށް ފާޅުގައި ހިންގަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތައް މީޑިއާގައި ރިޕޯޓް ކުރަމުން ވެސް ގެންދެއެވެ.
އެކަމާއި ނުރުހުން ފާޅުކޮށް ފެނަކަ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ފާއިތުވެ ދިޔަ މާޒީގައި ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ޚިދުމަތް ފޯރުކޮށް ނުދެވި، ކުންފުނީގެ ނަން ތަޣައްޔަރުވެ، ކިލަނބުވެފައި ވަނިކޮށް، 2018 ވަނަ އަހަރުގެ ޑިސެމްބަރ 18 ވަނަ ދުވަހުންފެށިގެން މިއަދާއި ހަމައަށް ކުންފުނީގެ ހިނގުމަށް ގެނެވުނު އިންޤިލާބީ ބަދަލާއި ގުޅިގެން ބަޔަކު ޙަސަދަވެރިވެ ބައެއް އޮންލައިން ނޫސްތަކުގައި ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ދައްކަމުން ގެންދާ ކަމަށެވެ.
"ފެނަކަ ކޯޕަރޭޝަނާއިމެދު މިހާރު ދެކެވެމުންދާ ޙަޤީޤަތާއި ޚިލާފު ވާހަކަތަކަކީ، މިއަދު ހޯދިފައި، އަދި ހޯދަމުންދާ ކާމިޔާބުތަކަށް ޙަސަދުވެރިވާ މަދު ބަޔަކު، ކުންފުނީގެ އެކި ޒިންމާތަކުގައި ތިއްބެވި ވެރިންގެ ޢަބުރު ކަތިލުމަށް ހިންގަމުންދާ ނާތަހުޒީބު ފިނޑި ޢަމަލެއްކަމުގައި ދަންނަވަމެ ދަންނަވަމެވެ." ފެނަކަ އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ފެނަކަ އިން ބުނ ކުންފުނިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވުމަށް ކުރެވޭ މަސައްކަތްތަކަށް ފާޑު ކިޔުއްވުމަށް މަރުހަބާ ކިޔާކަމަށެވެ. ނަމަވެސް ކުންފުންޏާއި ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު، ސާބިތު ނުހިފޭ ދޮގުވާހަކަތައް ފެތުރުމަށް ފެނަކަ އިން ފުރުޞަތު ނުދޭނެކަމުގެ އިންޒާރު ވެސް އެކުންފުނިން ވަނީ ދީފައެވެ.
އަދި ކުންފުންޏާއި ކުންފުނީގެ ވެރިންނާއި މެދު ވިޔަސް، އެކިފަރާތްތަކުން ޝާއިޢު ކުރަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކައަކުން، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށްވެސް ފަސްޖެހުމަކާއި ނުލާ ޚިދުމަތުގެ މައިދާނުގައި ފެނަކަ އިން މަސައްކަތް ކުރާނެ ކަމުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވާ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
ވެރިންގެ އަބުރާއި ބެހޭ ކަމަށް ބުނެ ނުރުހުން ފާޅުކޮށް ފެނަކަ އިން ބަޔާނެއް ނެރުނުނަމަވެސް އެކުންފުންޏަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކަށް ޖަވާބުދާރީވެފައެއް ނުވެއެވެ.
ފެނަކަ އިން މިހާރުވެސް އެކި ޕްރޮޖެކްޓްތައް ބޮޑު އަގުގައި ދެމުން ގެންދާ މައްސަލަ އާއި އެމްޑީޕީ އަށް ތާއިދު ނުކުރާ މުވައްޒަފުން ވަޒީފާ އިން ވަކިކުރާ މައްސަލައިގައި ވަރަށް ގިނަ އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަބުރުވެރިކަމާއި އެކު އުޅެން ދަސްކޮށްބަލަ ! އެއްވެސް މީހަކު އެފަދަ މީހުންގެ އަބުރަކާ ނުބެހޭނެ ! ވައްކަން ކުރީމަ އެމީހަކާ ދިމާލަށް ވަގެކޭގޮވިއަސް އެއީ އަބުރާ ބެހުނީ ކަމަށް ނުހެދޭނެ !
މީ އެއްވެސް އަބުރެއް އޮތް މީހެއްތަށް. ހަބަރުގައި މިހާރުވެސް އެބޮތް ލިޔެފައި މީނާ ވައްކަން ކޮއްގެން މައްސަލަ އޭސީސީ އިން ބަލާވާހަކަ. ދެން ކޮންއަބުރެއް މީނައޮތީ. މަ ހީ ހީ ހަލާކު
މިސަރުކާރުގެ މަގާމްތަކުގަތިއްބެވީ ރައްޖޭގަ ތިއްބެވި ހަމައެކަނި އަބުރުފުޅު ލިބިވަޑައިގެންވާ ބޭފުޅުންނެވެ. އެހެން ރައްޔިތުންނާ ކުރީ ސަރުކާރުގެ ވެރިންގެ އަބުރެއް މި ބޭފުޅުންނާ ޖެހުނީމަ ނޯވެއެވެ.
އަބުރާ ބެހުމަކީ މިސަރުކާރުން މަރުހަބާކިޔާ ކަމަށްވާތީ އެކަން ކުރާ ބަޔަކު އެކުރަނީ. އަބުރުގެ ގާނޫނު މިސަރުކަރުން އުވާލިކަން ފެނަކައިގެ އެމްޑިއަށް ނޭގޭކަމީ ގަމާރުކަން.
ވަގު ވާދޫ ސައީދު