އަންނަ ޖެނުއަރީ މަހުން ފެށިގެން ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޯދުމާއި އައްޔަން ކުރުމުގެ އާ މިންގަނޑަކަށް އަމަލު ކުރަން ފަށާތީ، މި އަހަރުގެ ބާކީ މި އޮތް މުއްދަތުގައި ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޯދަން އިއުލާން ނުކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ދައުލަތުގެ އިދާރާތަކަށް އަންގައިފިއެވެ.

ސީއެސްސީ އިން ނެރުނު ސާކިއުލާގައި ވަނީ އާ އުސޫލަށް ތައްޔާރުވުމުގެ ގޮތުން މާދަމާއިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ސިވިލް ސާވިސް މަގާމުތަކަށް އިއުލާން ކުރުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި ކޮންމެހެން އިއުލާން ކުރަން ޖެހޭ މަގާމެއް އޮތް ނަމަ މިއަދު ގެޒެޓްކޮށް އިއުލާން ކުރަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެއެވެ.

އާ އުސޫލުގައިވާ ގޮތުން މިނިސްޓްރީއެއްގެ ދަށުގައިވާ އިދާރާއެއްނަމަ މަގާމަކަށް މީހަކު ހޯދުމާ މެދު ގޮތް ނިންމަވާނީ މިނިސްޓަރެވެ. އަދި ގަވަނިން ބޯޑެއްގެ ދަށުން ހިންގާ އިދާރާއެއްނަަމަ ބޯޑުންނެވެ. ކައުންސިލެއްގެ ދަށުން ހިންގާ އިދާރާއެއްނަމަ މަގާމަށް މީހުން ނެގުމާ މެދު ގޮތް ނިންމާނީ ކައުންސިލުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން ހާއްސަ އުސޫލުތައް ކަނޑައަޅާފައިވާ މަގާމުތައް މި އުސޫލުުން އިސްތިސްނާވާނެ ކަމަށް އުސޫލުގައިވެއެވެ.

މަގާމަކަށް މީހުން ހޯދަން އިއުލާނު ނުކޮށް މީހުން ނެގޭނެ ކަމަށް އާ އުސޫލުގައި ވަނީ އެންމެ ހާލަތެކެވެ. އެއީ ސަރުކާރަށް ހިދުމަތް ކުރަން އެއްބަސްވެގެން ތަމްރީނުވާ މީހުންނަށް ޓަަކައި ރިޒާވްކުރާ މަގާމުތަކަށް މީހުން ނަގާ ހާލަތް ކަމަށް އުސޫލުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަލޯ

    ކުރާނެ ކަމެއް ނެތް! ތިތާ ތިބޭ ކުދިންނަށް ކަލޭމެން ދެނީ އެންމެ ހައެއްކަ ހާސް ރުފިޔާ! ނުކިޔަވާ ތިބޭ ސިޔާސީ ބުރާންތިންނަށް ތިޔަ ހުރި ލާރިތަށް ތަޅާ ހުސްކުރޭ ދެން!

    25
    • ޒައިކް

      ކެތްތެރިވެބަލަ އަހަރު ނިމުނީއޭ...މިއީ ހިސާބުތައް ނިންމާ ދުވަސްކޮޅުވީމައޭ!!! އަލުން ފަށާނެ ޖެނުއަރީ 1 ގައި..

      1
      10
  2. ހުސޭނުބޭ

    މައްސަ؛ލައެއް ނެތެއްނު! ބޭނުންވަރަކަށް ސިޔާސީ މަޤާމުތައް އުފެއްދޭ! މާލއްޔަތު ޤާނޫނާ އެއްގޮތަށް ބައިތުލްމާލުން ވައްކަންކުރެވޭ! ދީނަށް ފުރައްސާރަކުރެވޭ!

    22
  3. ޢަލަި

    ތިބި ބައެއްގެ ހައްގުވެސް އަދާ ނުކުރެވޭތަނެއްތީ. އިތުރައް ބައެއްގެ ހައްގަކައް އަރައި ނުގަތްކަން ނަސީބެއް