މާލެ ސިޓީގައި ވެހިކަލް ޕާކު ކުރުމަށް ޖާގަ އެބައޮތް ކަމަށާއި، ގަވާއިދާ އެއްގޮތަށް ޕާކް ކުރާނަމަ މައްސަލަ ހައްލުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުލުހުންގެ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު ވިދާޅުވީ ޕާކިން މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ ކަމަށާއި، މިހާރު ހުޅުމާލެއަށް ވެސް އެމައްސަލަ ދިމާވަމުންދާ ކަމަށެވެ. ޕާކިންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެމަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް މާލޭގައި އެކަނި ވެސް ގާތްގަނޑަކަށް 22 ޕާކިން ޒޯން ހެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ވެހިކަލް ޕާކުކުރާނެ ޖާގަ އެބައޮތް ކަަމަށާއި، އަހުލުވެރިވާންވީ ޕާކިން ޒޯންތަކުގައި ޕާކު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕާކިން ޒޯންތަކުގައި ޕާކް ކުރުމަށް އާއްމުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އެ

ދަތުރުފަތުރުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު ވިދާޅުވީ އެގާނޫނުން ޕާކިންއަށް ލިބިފައި ވަނީ ލުޔެއް ކަމަށެވެ. "އޭގެ މާނައަކީ އޭގައި އެބަހުއްޓޭ އެގާނޫނުން މިއަންނަ ކަންތައްތަކަށްވުރެ އިތުރުން އަދި އަހަރުމެން އެހެން ވިއު އަކުން ވިސްނައިގެން ރަނގަޅުކުރަން ހުރި ބައެއް ކަހަލަ ކަންތައް. ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިސާބުން ޕާކިންއަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ. ޕާކިންގެ މައްސަލައަށް މިދަނީ ވަރަށް ބޮޑު ހައްލެއް ހޯދަދިނުމުގެ މަސައްކަތް ކުރެވެމުން." ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު ވިދާޅުވިއެވެ.

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތައް ޓޯ ކުރުމުގެ އިތުރުން ވެސް ފިޔަވަޅު އެޅުމަށް ބަލާ މިންގަނޑުތަކެއް އަދި ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ގޯޅިތަކުގެ ކަންމަތީގައި ޕާކުރުމާއި، ސްކޫލާއި، މިސްކިތް އަދި އާންމުން ޚިދުމަތް ހޯދުމަށް ދާ ތަންތަނުގެ ގޭޓް ކުރިމަތީގައި ޕާކު ކުރުމާއި، ޒިބްރާ ކްރޮސް މަތީގައި ޕާކު ކުރުމާއި، ކޯނު ނުވަތަ ޕާކު ނުކުރެވޭނެ ކަމުގެ ނިޝާން ހުންނަ ތަންތަނުގައި ޕާކު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ތަލްހަތު ވިދާޅުވިއެވެ.

މިފަދަ ތަންތަނުގައި ޕާކު ކުރުމުން އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ދަތި އުދަނގޫތައް ކުރިމަތިވެ ނުރައްކާތެރި ހާދިސާތައް ވެސް ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެޓީވީ" ޕްރޮގްރާމްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ނައީމް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މުޅި މާލެ ސިޓީ ފުލް ލޮކްޑައުންއަކަށް ދިއުމާއި ގުޅިގެން އެދުވަސްވަރު ހުރިހާ ވެހިކަލްތަކެއް ޕާކު ކޮށްފައި ހުރީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެދުވަސްވަރު މާލެ މަގުމަތިން ހުސް ޖާގަތައް ވެސް ފެނިގެންދިޔަ ކަމަށެވެ.

"ހުރިހާ އެންމެނަށް ވެސް ފަސޭހަވާ ގޮތަށް އެބަ ޖެހޭ ވިސްނަން. ދުއްވާ ފަރާތްތަކުން ވެސް. އެފަރާތަށް އުދަނގޫނުވާތީ ދެން އަންނަ ފަރާތަށް އުދަނގޫނުވާތީ ދެން މައްސަލައެއް ނެތް ކަމަށް ވިސްނުން މިހުންނަނީ. ޕާކު ކުރަން ސްޕޭސް އެބައޮތް. ރަނގަޅަށް ކުރަން ވެއްޖެއްޔާ. ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ނައީމް ވިދާޅުވިއެވެ.

ވެހިކަލްތަކުގައި ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އަދިވެސް ޤަވައިދާއި ޚިލާފަށް ޕާކް ކުރާ ވެހިކަލްތަކުގައި ސްޓިކާ ޖެހުން ހުއްޓުމެއް ނެތި ކުރިއަށް އެބަދެއެވެ. ސްޓިކާ ޖަހައިގެން މީހުން ޖޫރިމަނާ ކުރަނީ ސަރުކާރަށް އާމްދަނީ ހޯދަން ކަމަށް ބުނެ ވަރަށް ބޮޑަށް ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ވެރިން

  ކުއްލިއަކަށް ވެހިކަލް ޕާކް ކުރާނެ ޖާގަ ވިހައީތަ ޖާގަ އެބޯތޭ ޕޮލިހުން ތިބުނަނީ. ވެގެން އުޅޭ ގޮތް ރައްޔިތުން ނަށް ވަރަށް ރަނގަޅަށް އިނގޭ ބަޖެޓުގަ ލިބޭނެކަމަށް ޖަހާފަ އޮތް ޖުރުމާނާ ފައިސާގެ އަދަދު ހަމަކުރަން ޖުރުމާނާ ކުރަނީ ކޮށްމެހެން ޖާގަ އޮ ވެ ނުގަ ވާއިދުން ޕާކު ކުރިމަކާ ނޫން.

  24
  4
  • އަހްމަދު

   މިމީހުންގެ ގޮތެއްނެތްކަންވިސްނަބަލަ މިހާރު ރޭގަނޑު ސިންދިތާކައިރީ ސައިކަލްމަޑުކޮށްލައިގެންއިނަސް ސަލާމަތެއްނުވޭ

 2. ވެރިން

  މާޗު މަހު އޮތްނަ އިންތިހާބުގަ ވޯޓުން ޕާކިން ޖާގަ މި ސަރުކާރަށް ދައްކާލަން ވާނެ

  29
  4
 3. މާމީ

  22 ޕާކިން ޒޯން ހުޅުވީ ވަރައްސަލާމް އަހަރެމެން ނުބުނާނަން ލޮލުގެ ފެނުމަށް ފުސްކަމެއް ދިމާވެފައޭ.....

  18
 4. މޯޑު

  ލޮކް ޑައުންގައި މާލޭފައި ވެހިކަލްތަށް ޤަވާއިދާ ޚިލާފަށްވެސް ޕާކު ކޮއްފަހުރި ހަމަ ގިނަ އަދައެއްގެ ވެހިކަލް. ތީ ވަރަށްބޮޑު އިތުރު ފުޅެއް. ޑަބަލް ލައިން މައްޗާ މަގުގެ ދެފަޅީގަވެސް ގިނަ އަދަދަކަށް ޕާކު ކޮއްފަ ހުރި. ތިވަރުގެ ބޮޑެތި ދޮގު ހަދހަން ހެޔޮވެސް ނުވާނެ ތަންތަނުގެ މަތީ މަޤާމުތަޖުގަ ތިބެގެން. ތީ ރައްޔިތުންނަށް އޮޅުވާލާ ވަރަށް ބޮދު އޮޅުވާލުމެއް.

  3
  1
 5. ހެހެ

  މަގޭ ވޯޓު ހަދާން ނައްތާލާ

 6. ހުވާ މިބުނީ

  ތެދެއް ވާނީ ތެދަކަށް. މަށަށް ދުވަހަކުވެސް ޕާކު ނުކުރެވިގެން އުޅޭކަށް ނުޖެހޭ. ކަލޭމެން ބޭނުންވެގެން ތިއުޅެނީ ގޭ ދޮރު ކުރިމައްޗަށް ޕާކަށް ޖަހަން. ހިނގާލަން މަސައްކަތައް. ތިހާ އިއްޒަތްތެރި ބައެއްވިއްޔާ އަމިއްލަ ގަރާޖެއް އަޅާބަލަ.

  8
  8
 7. Anonymous

  #ވޯޓުން ޕާކިން ޒޯން#

 8. ހޭސްޓެގް

  #ވޯޓުން ޕާކިން ޒޯން#

 9. އަލީ

  ލަދެއް ހަޔާތެއް ނެއްބައެއްވިއްޔާ އަންނައަހަރައް ވިހާފައޮތް ބަޖެޓުގަ ހަމައެކަނި ލިބޭނެކަމައް ހީވާފައިސާއަކައްވެސް އޮތީ ރައްޔިތުމީހާ ދުއްވާ ސައިކަލް ނުވަތަ ކާރުގަ އިސްޓިކާ ޖަހާގެން ނުވަތަ އެހެން ގޮތަކައްވެސް ރައްޔިތުމީހާ ކަރުއަޅާލައިގެން ވީމާ އަވަހައް ފަޔައްހިނިއަރާގެން ތިއުޅެނީ އެއަދަދު ހޯދަންވެގެން ޕޮލިހުންގެ ތެރެއިން މަގުމައްޗައް ނެރެފަތިބެނީ ބަސްމަގުހަޑި މީހުން ހޮވާފަ... އަވައްޓެރި ގައުމެއްގެ މަގުމަތިބަލަހައްޓާ މީހުނާ ތަފާތެއްނެއް މިހާރަކު..

  3
  1
  • ވިސްނާ

   ސަރުކާރަށް ރުފިޔާ ދޭން ބޭނުން ނުވަންޔާ ރަނގަޅަށް ޕާކު ކުރޭ..

 10. ހިކިހިކި ކުއްޖާ

  ތީ ވާނުވާ އިނގޭ ބައެއްނޫން ތި ޔުނީފޯމް ލެވުނީމަ ހީވަނީ ލައްކަ އެކޭ. ދެންގޮސް ވަދޭ ކޮންމެސް މީހެއްގެ އަނތްބެއް ކައިރިޔައް

  4
  2
  • މަރީ

   ހުރިހާ ޕޮލިހުން ނެއް ނޫން ދޯ

   1
   2
 11. ރޯދަ މުބާރިކް

  ޢެއްފަހަރު ޖާގަނެތް، އަނެއްފަހަރު ހުސްޖާގަ.....!!!ކަމެއްނު!!

  2
  1
 12. ސަނީ

  ޕޮލިހުންތީ ރައްޔިތުންނައް ޖެހިފަވާ ނޮހުރުއްްޕާނެއް

  5
  5
  • ފޮރުއްޕާން

   ކުށްކުރާ މީހުންނަށް ހުރިހާ ބަލާއެއް ކޮޕުން ޖައްސަންވީ.. އަދި މަދު ޖައްސާވަރު..

 13. މަރީ

  އަސްލުވެސް ތަންކޮޅެއް ނޯވެ މި އަވަށުގަވެސް.ދަންވަރު 12 ގަ ޑިޔުޓީ ނިންމާފަ އަންނަ އިރު