ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި ބާއްވާ ކާގޯ ފެރީތަކުގެ ސަބަބުން ކާބޯތަކެތީގެ އަގު ހެޔޮވެގެންދާނެ ކަމަށް ގަބޫލުކުުރައްވާ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިިދާޅުވެއްޖެ އެވެ.

އިންޑިިއާގެ ޓުޓިކޮރިން ދެެކުނަށް ފަށާ ކާގޯ ފެރީގެ ހިދުމަތް ރަސްމިކޮށް ފެށުމަށް އިއްޔެ ގދ. ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވަނީ އިގްތިސާދު ފުޅާކުރުމަށް ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އިތުރަށް ފުޅާކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް މި ނިޒާމު ކައިރި ގައުމުތަކާއި ގުޅާލެެވިި އެކަށީގެންވާ އަވަސް ހިދުުމަތްތަކެެއް އެކަށީގެންވާ އަގެއްގައި ރައްޔިތުންނާއއި ހަމަޔަށް ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"ޝައްކެއް ނެތް ގޮތުގައި ދަތުރުފަތުރުގެ ދުވެލި އިތުރުވެ ކަނެކްޓިން ކީ އިތުރުވުމުން އަގު ހެޔޮވެގެންދާނެ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމުގެ ގޮތުން އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުން 26 ސެޕްޓެމްބަރު 2020 ގައި ހދ. ކުޅުދުއްފުށީީގެ ސަރަހައްދީ ބަނދަރުން އިންޑިއާގެ ކޮޗިނަށް ކާގޯ ދަތުރު ފަށާ ރާއްޖޭގެ އުތުރުގެ އަތޮޅުތަކާ ދަތުރުފަތުރުގެެ ނިޒާމު ވަނީ ގުޅާލެވިފައި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އޭގެ ދެމަހަށް ފަހު އިންޑިއާގެ ޓުޓިކޮރިން ދެކުނަށް ކާގޯ ފެރީގެ ހިދުމަތް ފެށިގެން ދިއުމަކީ ދަތުރުފަތުރުގެ ނިޒާމުން ދެކުނުގެ އަތޮޅުތައް ގުޅާލެވި އަތޮޅުތަކުގެ އިގްތިިސާދީ ތަރައްގީއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި ރާއްޖޭގެެ ދެކުނާއިއުތުރުގެ އަތޮޅުތަކަށް އިންޑިިއާގެ ކާގޯ ފެރީގެ ހިދުމަތް ފެށިގެން ދިއުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވާ މިނިސްޓަރ ނަހުލާ ވިދާޅުވީ، ދެކުނަށް އިންޑިއާގެ ކާގޯ ފެރީ ފެށުމަކީ މި ވައުދު ފުދުން ކަމުގައި ގަބޫލުކުރައްވާ ކަމަށެވެެ.

އަދި މިއީ ދިވެހި ވިޔަފާރިވެރިންނަށް ހެޔޮ އަގެއްގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް އުތުރާއި ދެކުނުުގެ އަތޮޅުތަކުގައި ހުޅުވުނު މައއި ދޮރެއް ކަމަށް މިނިސްޓަރ ވިދާޅުވިިއެވެ.

"މިކަމުގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ކުރިއެރުންތައް ލިބި ބާޒާރުގައއި ހެޔޮ އަގުގައި ތަކެތޮ ފޯރުކޮށްދެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެގެ އިގްތިސާދީ ދުވެލި ހަލުވިކުރުމުގެ ގޮތުން އަހަރުތަކަށް ފަހު ރާއްޖޭގައި އަލުން ޤައުމީ ޝިޕިން ލައިނެއް އުފައްދަވާ ރަސްމީީގޮތުން އެ ހިދުމަތްދޭން ފަށާފައި ވުމަކީ ރާއްޖެިން ފަހުރުވެރިވާން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާޙަގަކުރެއްވިއެވެ.

ކާގޯ ފެރީގެ ހިދުމަތް ކުރިއަށްދާނީ އިންޑިޔާގެ ޓުޓިކޮރިން ބަނދަރުން އައްޑޫސިޓީއަށާއި ގދ.ތިނަދޫ އަށެވެ.

ސަރުކާރުން ހާމަކޮށްފައިވާގޮތުގައި، މި ދަތުރުތައް ޝެޑިއުލްކުރެވިފައި ވަނީ ކޮންމެ 20 ދުވަހަކުން ރައުންޑު ވޮރޭޖްއެއް ފުރިހަމަވާގޮތަށް އިންޑިއާގެ ޓުޓިކޮރިން ބަދަރުން އައްޑޫސިޓީއަށް، އައްޑޫ ސިޓީން ތިނަދޫއަށް ތިނަދޫން އަނެއްކާ އިންޑިޔާގެ ޓުޓޮކޮރިން ބަނދަރަށް ދާގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖުހާ

    އެޗެހި ހުރީ އަތްފޯރާފަށުގައި.. އެކަމަކު އަތަކު ނުޖެހޭ..

  2. ޔޔރ

    ހމ ކަލެއާ ކަލެގެ ފިރި ސޮރު އަތް ފޯރަނެ، ދެން ހިޔެއް ނުވެ އަތްފައި ފޯރަނެ މީހަކު ހުންނާނެ ހެން

  3. ގުދަން

    ދައިތަފާނަށް ކެރިފޯރަނީ ނަހައްގުން ވަޒީފާއިން ވަކިކުރަން ރައްޔިތުން ނިކަމެތިކުރަން ކޮންމެ ވުޒާރާއަކީ ވެސް ރައްޔިތުންތަންތަން މުސާރަހިނގަނީ ރައްޔިތުންގެފައިސާ

  4. ކޮވިޑް

    އަތްފޯރައޭ ! އަނގަޔާ ދިމާނުވަނީ......

  5. އަބްދޫ

    މިހާރުވެސް ހުންނަނީ އަތްފޮރާ ފަށުގަ. މައްސަލަޔަކީ ތަކެތި ގަންނަން ފައިސާ ނުލިބުން.ތިޔަކިޔާ ދަތުރު ތަކުން އަންނާނެ ބަދަލެއްނެތް.

  6. އައްޑޫ މީހާ

    މީގެ ކުރިންވެސް ކާގޯގެ ގޮތުގައި މުދާ ގެންނަނީ ! ބަލަ ކާބޯ ތަކެތި އަތްފޯރާ ފަށަށް ނާރައިގެނެއް ނޫނޭ މިއުޅެނީ އެތަކެތި ހުންނަނީ ފިހާރަތަކުގައި އަތުޖެހޭ ގޮތައް މައްސަލައަކީ ވިއްކާ އަގު ބޮޑުވެފައި އެހާވަރަށް އާމްދަނީ ނުލިބެނީ އެހެންވެ ރައްޔިތުން އެކަމާ ކަންބޮޑުވަނީ ނަހުލާ އަތުގައި ރިސޯޓްތަކާއި ފައިސާ ހުރީމަ ކޮންމެ އެއްޗެއްވެސް ގަނެލެވޭނެ އެކަމަކު ނަހުލާގޮތައް އެހެން ނިކަމެތި ރައްޔިތުން ނުވާނެ ދެއްތޯ!