އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރަށް ދެ އަހަރުވެގެން ގޮސްފައިވާއިރު ކޮންމެ ކަމެއްގައިވެސް ކުރީ ސަރުކާރު އުޒުރެއްގެ ގޮތުގައި ބޭނުން ކުރާތީ ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ މަޖާޒީ ރައްދެއް ސަރުކާރަށް އަމާޒުުކުރައްވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގެ ވެރިކަމުގައި މިފްކޯ ތަރައްގީކުރި ނަމަ އުތުރުގެ މަސްވެރިންގެ ޝަކުވާތަކެއް މިއަދު ނުހުންނާނެ ކަމަށް އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެފައިވާ ޙަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުން ސައީދު ވަނީ އެވާހަކައަށް މަޒާޒީ ބަހުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ސައީދު ވަނީ މިސަރުކާރަށް ކަމެއް ނުވާ ކޮންމެ ފަހަރަކުވެސް އަދިވެސް ބަހަނާއަކަށް ވެފައިވަނީ ކުރީ ސަރުކާރުތައް ކަމަށް ވިދާޅުވެފައެވެ. އަދި ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ހިސާބުން ފެށިގެން ސަރުކާރުން މަސްދަޅު ބަންދުކުރަން ފެށިނަމަ މަސްވެރިންގެ ނުރުހުން ސަރުކާރަށް އަމާޒުވެގެން ނުދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން ސަރުކާރަށް ފާޑު ވިދާޅުވުމުން ސައީދު ވަނީ ސަރުކާރަށް ދައުލަތުގެ ތިން ބާރުގެ ބާރުވެރިކަން ވެސް ދީފައިވަނީ ކުރީ ސަރުކާރުންތޯސުވާލުއުފައްދަވާފައެއެވެ.:.

"ރައީސް ސާލިހަށް ވެރިކަމާއި މުޅި ދައުލަތުގެ ހެއްދެވިހާ ބާރެއް ޖަމާކޮށްދިނީ ކުރީ ސަރުކާރޭ ކިޔަނީތޯ". ސައީދު އެ ޓްވީޓްގައި ވިދާޅުވިއެވެ.

އިއްޔަ ފެލިވަރުގައި ކުރިޔަށް ދިޔަ މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ސަރުކާރުން ކަންކުރި ގޮތަށްވެސް ސައީދު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން މަސްވެރިންނަށް ރައީސް ވަޢުދުވެވަޑައިގެންނެވި ހަމަ އަގު ހޯދުމަށް މަސްވެރިން ނުކުތުމުން ރައީސް ސޯލިޙުގެ ސަރުކާރުން ކަންކުރީ ވަރަށް ބަލިކަށި އަދި އެހާމެ ލަދުވެތި ގޮތެއްގައި ކަމަށް ސަޢީދު ވިދާޅުވިއެވެ.

މަސް ގަންނަ އަގު ސަރުކާރުން ދަށްކުރުމުންނާއި މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލަ ބޮޑުވުމުންނާއި އަދި އައިސް ލިބުމުގައި ކުރިމަތިވަމުން އަންނަ ދަތިތަކުގެ ސަބަބުން ފަހަކަށް އައިސް މަސްވެރިންގެ ފާޑުކިޔުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އިއްޔަ ގިނަ އަދަދެއްގެ މަސްވެރިން ފެލިވަރުގައި އިހުތިޖާޖުކުރުމާ ގުޅިގެން ޓީވީ ސްޓޭޝަންއަކަށް ދެއްވި އިންޓަވިއުއެއްގައި ފައުޒީ ވިދާޅުވީ މިފްކޯގެ ވަސީލަތްތަކަށް ބަލާއިރު، ފެލިވަރުގައި މަސްކިރުމުގެ އިންތިޒާމުތައް ދަށް ކަމަށާއި، ތަރައްގީއަށް ބަލާއިރު އެންމެ އެކަށީގެންވާ މަސް ފްރީޒް ކުރުމާއި، ސްޓޯރޭޖް ކެޕޭސިޓީއެއްވެސް ފެލިވަރުގައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮންބެ

    މަސްނުބޭނުނީމާ ކަނޑު ނުބައިކުރާގޮތަށް ކަމެއް ނުކޮށް ރައްޔިތުންނަށް ޚިދުމަތެއްދޭޖެހޭ ކޮންމެފަހަރަކު މި ސަރުކާރަށް ކަމުނުދަނީ ކުރީސަރުކާރު

    12
  2. ރަދީފް ހުސެން

    ހަމައަގު ހޯދައިދޭންބުނެ ވައުދުވެގެން މިސަރުކާރު އައީ. ރ.ޔާމިނައްވުރެ ކުރިންވެސް ވެރިކަމުގަތިބީ ހަމަމިހާރު މިހިންގާ ކޯލިސަން ސަރުކާރު. ހަމައަގު ދޭނަމޭ ކިޔައިގެން މަސްވެރިންނައް އޮޅުވައިލައިގެން ވެރިކަމައް އައިސް ރ.ޔާމިން ސަރުކާރުގަ މަސްގަންއަގައް ވުރެވެސް އަގުދައްވީމަ އެޔައްކިޔަނީ ދޯކާ. އެކަން ފޮރުވަން ކުރީސަރުކާރޭ ފަޅަލޯ ކިޔަސް އަޑުއަހާނެ މީހަކުނެތް.

  3. ދަނޑުވެރިޔާ

    މަހުގެ އަގު އުފުލުމުން ގިނަ ރައްޔިތުންގެ ޖީބަށް ބަރު ބޮޑުވޭ. އެހެނީ މި ރާއްޖޭގައި ގިނައީ މަސް ވިއްކާ މީހުންނަށްވުރެ މަސް ގަންނަންޖެހޭ މީހުން.

    2
    1