އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކުރާ ކާގޯ ފެރީގެ ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ސަޕްލައި އޮޑިތަކާއި ނާލު ބޯޓުތަކުގެ ފަޅުވެރިން ގޮތްހުސްވެ ބިކަވެފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިންޑިިއާގެ ޓުޓިކޮރިން ދެެކުނަށް ފަށާ ކާގޯ ފެރީގެ ނިޒާމާއި އެކު އެ މަސައްކަތް ކުރަމުން އައި ފަރާތްތަކަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އާދަމް ޝަރީފް އެ ޓްވީޓް ކުރައްވާފައި ވަނީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކުރާ ކާގޯ ފެރީގެ ދަތުރުތަކުގެ ސަބަބުން ކާބޯތަކެތީގެ އަގު ހެޔޮވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިިދާޅުވެ ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.

ކާގޯ ފެރީއާއިއެކު ތަކެތީގެ އަގު ހެޔޮވާނެކަމަށް ސަރުކާރުން ވިދާޅުވާއިރު، އާދަމް ޝަރީފް ވިދާޅުވީ މިފަދަ ކަމެއް ފަށައިއިރު އިގްތިސޯދަށް ލިބޭނެ ގެއްލުމަކަަށް ބެލުމެއް ނެތި ފެށުމުން އިގްތިސޯދަށް ފަހުން ލިބޭ ގެއްލުމާއި ހީނަރުކަން މާ ބޮޑު ކަމަށެވެ. އަދި މިއަދު މިކަމާއި ޒިންމާ ވާނެ ފަރާތެއް ނެތް އިރު އާމްދަނީ ހޯދުމަށްޓަކައި ބައެއް އާއިލާތައް ކުރަމުން އައި މަސައްކަތް ހުއްޓި އެފަރާތްތަކަށް ލިބެމުންދާ ގެއްލުމުގެ ޒިންމާ ނަގާނެ ފަރާތެއް ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވަނީ ބިކަވަމުންދާ އެ އާއިލާތަކަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އިއްޔަ ވަނީ އިންޑިިއާގެ ޓުޓިކޮރިން އިން ތިނަދޫއަށް ކުރާ ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހް ކުރީ އިއްޔެ އެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުތައް ޝެޑިއުލްކުރެވިފައި ވަނީ ކޮންމެ 20 ދުވަހަކުން ރައުންޑު ވޮރޭޖްއެއް ފުރިހަމަވާގޮތަށް އިންޑިއާގެ ޓުޓިކޮރިން ބަދަރުން އައްޑޫސިޓީއަށް، އައްޑޫ ސިޓީން ތިނަދޫއަށް ތިނަދޫން އަނެއްކާ އިންޑިޔާގެ ޓުޓޮކޮރިން ބަނދަރަށް ދާގޮތަށެވެ.

މި ނިޒާމް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މި ހިދުމަތް ފެށިގެން ދިއުމަކީ ދަތުރުފަތުރުގެ ނިޒާމުން ދެކުނުގެ އަތޮޅުތައް ގުޅާލެވި އަތޮޅުތަކުގެ އިގްތިިސާދީ ތަރައްގީއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ދިވެހި ވިޔަފާރިވެރިންނަށް ހެޔޮ އަގެއްގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް އުތުރާއި ދެކުނުުގެ އަތޮޅުތަކުގައި ހުޅުވުނު މައި ދޮރެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އިންޑިއާއި ރާއްޖެއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށިގެން ދިއުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދު ފުއްދުނު ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނަހުލާ އެރަސްމިއްޔާތުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިރިބެ

    ބޭނުކައްވާވީ ވަކީހަކައް ފައިދާ ވާގޮތް އޮތުމެއްނޫ މުޅިމުތަމައައް ފައިދާވުން އެކއންހާސިލަވާނަމަ ރަގަޅުފާލެއް

  2. ައޭއެޗް

    ޢެޑަމާ ކަލޭ ބޭނުން ވަނީ ކޮންކަމެއްތަ. ކަލޭގެ ވާހަކަ ހުންނަ ގޮތުން ހީވަނީ ކަލޭ ބޭނުން ވަނީ ޔާމިން ލަވާ ކުރުވާ ކަމެއްކުރުވަން ދޯ.