ކުރިން އޮތް ގޮތުންނަމަ މަހެއްގެ މައްޗަށް މަސްވެރިއަކަށް އެވްރެޖްކޮށް -/11،500 ރުފިޔާ ކަމަށާއި، ނަމަވެސް މިވަގުތުގެ ފްލޯ ޕްރައިޒް އަށް ބަލާއި، މިހާރު މަހަކު މަސްވެރިއަކަށް އެވްރެޖްކޮށް -/22،000 ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ޒަހާ މިހެން ވިދާޅުވީ "ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

އެޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަހާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަހުގެ އަގު 20 ރުފިޔާއަށް މައްޗަށް ޖެއްސުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މަސްވެރިނަށް މިފްކޯއިން ފައިސާ ނުދެވުން ކަމަށެވެ. ކުރީ ސަރުކާރުން މަސްވެރިނަށް ނުދީ ހުރި ދަރަނި ބިލްތަކަށް މިހާރު ވާނީ ފައިސާދައްކާ ހަލާސްކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ ކުރީ ސަރުކާރުގައި މަސްވެރިންނަށް ފައިސާ ނުލިބި ދިޔަ ދިގު މުއްދަތައް މި ސަރުކާރުން ހައްލު ހޯދާދީފި ކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ލިބުމުގައި ދިމާވެފައިވާ ގޮންޖެހުމަށް ނިމުމެއް ގެނެސްދީފައިވާކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ މިހާރު މިފްކޯއިން ދަނީ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން ކަމަށެވެ. ކޮވިޑްގެ ހާލަތުގައިވެސް މަސްވެރިނަށް ފައިސާ ދީފައި ވާނެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ސަރުކާރާއި ހަވާލުވީއިރު އެތައް ބައިވަރު ދަރަނި ބިލްތަކެއް އޮތް. ނަމަވެސް އެބިލްތައްވެސް ދައްކާ ހަލާސްކުރިން. މި ސަރުކާރު އައިފަހުން ކުރީގަ އެ ދިޔަ ދިގު މުއްދަތެއް ނުދާނެ މަސްވެރިންނަށް ފައިސާ ނުދެވިއެއް." ފިޝަރީސް މިނިސްޓަރުޒަހާ ވަހީދު ވިދާޅުވިއެވެ.

ޒަހާ ވިދާޅުވި ގޮތުގައި ސަރުކާރުން ދަނީ މަސްވެރިންނަށް މަންފާ ކުރާނެ ގޮތަށް މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދާދި ފަހުން ފެލިވަރުގައި މަސްވެރިން ވަނީ މައިގަނޑި ހަތަރު ކަމަކަށް ޑިމާންޑްކޮށް އިހުތިޖާޖު ކޮށްފައެވެ. އޭގެ ތެރޭގައި މަހުގެ ހަމަ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ދެމެހެއްޓުމާއި، ފެލިވަރުން ލުއި ފަސޭހަ ގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. ނަމަވެސް މަސް ގަންނަ އެންމެ ކުޑައަގަކީ 20 ރުފިޔާއަށް މި ދަނޑިވަޅު ބަދަލުކުރެވެން ނެތް ކަމަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މަސްވެރިންގެ ޑިމާންޑްތައް ފުރިހަމަ ކޮށްދެވެން ނެތްކަން އިއުލާން ކުރުމުން ދެން މަސްވެރިން ކަންތައް ކުރާނެ ގޮތެއް އަދި އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. މަހޭ

    ގަރުނުގެ ބޮޑު ޖޯކު

    55
    2
    • ނައިފަރޭ..

      މައުރަޒަށް ލިޔަސް ތި ދޮގަށް ކޮންމެވެސް ވަނައެއް ލިބޭނެ. ޝުކުރިއްޔާ މިނިސްޓަރ

      33
      1
    • ާއަހުމަދު

      ކުރިއަށް ވުރެ މިހާރު އަގުކުޑަ
      ގިނައިން ލިބޭގޮތެއް އެގޭމީހަކު ބުނެދީބަލަ

      12
      1
  2. ބާރީ

    އިޚްލާސްތެރިކަމެއް ނެތް ބޭކާރު އަނގަ. ވަރަށް ސާފުކޮއް އެނގޭ މަސްވެރިމް ބޭނުންވަނީ މަސްކޮރުވޭނެ ގޮތް ހަމަޖެހެންކަން. އޭގެ ފަހުގަ ދެން ހުރިކަންކަން. ޒަހާވެސް މިހާރު އަނެއްއަތަށް ގިސް އުޒުރު ދެއްކުމާ ހޮޅި ވާހަކައިން ހިފެހެއްޓުމުގެ ބަޔަށް ވަދެ ނިމުނީ

    45
    1
  3. ޓ

    ދޮގު ހެދިޔަސް ތިޔައީ ބޮޑުވަރު އަގު ކުޑަވީމާ ގިނަފައިސާ ލިބޭތަ....ކަލޭމެން ބިލްތަކަށް ފައިސާ ދޭނީ ކިހިނެއް އަދިވެސް ޔާމިނު ....ކަލޭ ލަދު ގަންނަން ޖެހޭނެ...ޔާމިނޭ ކިޔަންވެސް....މަސްވެރިން ކަލޭ ދައްކާ ވާހަކަ އެތިބެގެން ދޮގުކުރަނީ.....

    54
    1
  4. ސަޓަރު އައްޔު

    މިހާ ކައުންސިލް އިންތިޚާބު ކައިރިވެފަ އޮއްވާ ތިވަރުގެ ބޮޑު ދޮގެއް ހެދި މިނިސްޓަރަކު ނުދެކެން. ތި ދޮގުވާނީ ހަމަ ގައިމުވެސް ކައުންސިލް އިންތިޚާބަށް އެމްޑީޕީއަށް އެންޓިކެންޕިޔަނަކަށް. މަސްވެރިން މިހާ ބޮޑަށް ހިންހަމަ ނުޖެހިފަ ތިއްބާ އިތުރަށް ތެޔޮ ނާޅާބަލަ.

    46
    1
  5. ސަޓަރު އައްޔު

    މިހާ ކައުންސިލް އިންތިޚާބު ކައިރިވެފަ އޮއްވާ ތިވަރުގެ ބޮޑު ދޮގެއް ހެދި މިނިސްޓަރަކު ނުދެކެން. ތި ދޮގުވާނީ ހަމަ ގައިމުވެސް ކައުންސިލް އިންތިޚާބަށް އެމްޑީޕީއަށް އެންޓިކެންޕިޔަނަކަށް. މަސްވެރިން މިހާ ބޮޑަށް ހިންހަމަ ނުޖެހި ދޮންވެފަ ތިއްބާ އިތުރަށް އަލިފާން ރޯކުރަން ތެޔޮ ނާޅާބަލަ.

    22
  6. އަބޫ

    ކުރިން 11500 ރުފިޔާ، އެހެންވީމަ ބެޔަސް ނުބެޔަސް 10000 ލިބުނުވަަހަކަ ދެއްތޯ. ހަމަ އެއާއެކު މިހާރު ހަމަ އަގު.

    24
  7. ނާގާބިލު

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂
    ތީ ބޮޑުވަރު

    25
    1
  8. ކޮވިޑް

    މީގެ ކުރިން ހަނޑޫ ބަސްތާ އެއް 1ރުފިޔަ އަށް ލިބުނޭ ކިޔާ އަޑުވެސް އެހިން.ކުރިން ޒަހާތީ މިނިސްޓަރެއްވެސް ނޫން މިހާރު މިނިސްޓަރ އަކަށް ވީ ފަހުން ފްލޯ އޮތީ ތެމިފަ މިކަހަލަގެ ތަކުން ތާކު ނުޖެހޭ ވާހަކަ ތި ދައްކަނީ.ތި ކިޔަނީ ގިނަ ރުފިޔާ ލިބޭތީ މަސް ވެރިން މުޒާހަރާ ކުރަނީ އޭ ދޯ؟ ނޫނޭ ޒަހާ އާޖެއް ފާޖެއް ނުބަލާ ކުރޭނެ ކަންތަކާ ނުކުރެވޭނެ ކަންތަކަށް ބަލާލުމެއްނެތި މޮޅެތި ވަޢުދު ތައް ވަގެން ވެރިކަމަށް އާދެވޭތޯ ބަލާ... ޒަހާވީ މިނިސްޓަރ ކަމުން އިސް ތިއުފާ ދީފަ ވެމްކޯ އަށް ވަންނަން އެކް ހިޔެއް ނުވޭ އެތަނުން ވެސް ތިޔަ ޒަހާ ބަލައި ގަންނާނެހެނެއް،

    32
  9. ނޭފަރުމީހާ

    ޗަކޮޔާ ޗަކޮއިތަ ޗަވަރަށް ލާރިދެނީ. ހޭބަލިވެގެން މޮޅު ވާހަކަ ޗަދައްކަނީ އަހަރެމެން އުޅޭ ހާލު ނުފެންނަން ޗަކޮއި ދެލޯ ކަނުތަ

    34
    2
  10. ކަނަމަނަ

    ޒަހާގެއިންދޯ ދެނީ؟؟؟؟

    28
    1
  11. ހުސޭނުބޭ

    މިހާރު މަސްވެރިން ބޮލަށް އޮރެންޖް ނޫޓްގެ ވާރޭވެހެޔޭ ބުނިނަމަ ތި ގަމާރުގެ މޮޅުކަން އެހެން މީހުންނަށް މާ ބޮޑަށް ފެނުނީސް!

    29
    1
  12. ވިސްނާލުމަށް އެދެމޭ

    ދުނިޔޭގެ ކޮންގަ އުމެ އްގަ އެ އްބަޔަކު ދަ އުރުނިންމާފަ ދާ އިރު އަނެ އްބަޔަކު އަންނަ އިރު ދަރަނި ޙަލާސް ހުސް އަރަނި ޙަޒާނާ އެ އް ދަ އުލަތުގަ އޮތީ...ދެން މަސްވެރިންނަ ގުނަންނޭގެނީކަމަށްދޯ ޒަހާ ތިބުނަނީ މަސްވެރިންނަ މިހާރުލިބޭ ފަ އިސާގެ މިންވަރު..ބުނަންތަ ވާހަކަ އެ އް.ޒަހާގެ ޕާޓީލީޑަރު މަ އުމޫނު 30 އަހަރު ނިންމާފަދިޔަ އީ ރަ އްޔިތުންނަ ބަލާމުސީބާތު ގަ އުމަށް އެތެރެކޮ އްފަ... އަހަރެމެން ރުޅި އަރުވަންނޫޅޭ މަ އުމޫނަށް އެ އްޗެނުބުނަންތި އްބަސް ތިފާޑަށް ވާހަކަދެ އްކީމަ ނުތިބެވޭނެދޯ...މަގާމުގެ މަސް އޫލި އްޔަތާ އިލްމާ ތަޖުރިބާނެތްކަން ތިމާގެ އަމި އްލަނަފްސުބުނެދޭނެ..ބޮޑުމުސާރަކަމުންތިދަނީ މަސްވެރިންގެ ލޭނާރުން އެމީހުންގެ މިންނެތް މަސަ އްކަތުން..މަސްވެރިންނޭ ބުނީމަ ހީވަނީދޯ ތަންދޮރުނޭގޭ ގަމާރުންކަމަށް އެމީހުންނަކީ...ޒަހާ ގެންގުޅޭ ސްމާރޓްފޯނު ތިބްރޭންޑް މަސްވެރިންވެސް ގެންގުޅެނީ..ޒަހާ އަށް އިގިރޭސިން ވާހަކަދަ އްކަން އިގޭވަރަށް މަސްވެރިންވެސް އިގިރޭސިދަނޭ..ޒަހާ އާ އިބުރާހިމު މުހަ އްމަދު ސޯލިހު ކީކޭތަ ހިތަން އަރަނީ މަސްވެރިންނާމެދު،

    31
  13. އެމަންޖެ

    ކަލޭމެން ގޮވާނެ ކޮސް ، ކަލޭމެން މަސައްކަތެއް ނުކޮއް ގޭގަ އޮވެގެން މިލިޔަނެއް މަހެއްގެ މައްޗައް ނަގާނެ.

    27
    1
  14. ވަހުތާނު އަހުމަދު

    އެވަރުންވެސްތެޅިބާލަނީ ހިތްނުފުރިގެން އޮތަ

    20
    1
  15. ސޯލިހު

    ޒަހާ މަހަށް ދާންވީނުން، އޭރަށް އިނގޭނެ މަސްވެރިންނަށް ލިބޭ އާމްދަނީ

    25
  16. ރިސޯޓްސޮރުަ

    އަހަރެމެން މިދަނިީ 3މަހުންވިސަާޖަހަމުންމިހަާރު 9މަސްވިީއަދިވެސް ޖަހަނިީ ވިސަާ ހުރިހިތަާމައްގެބޮޑުކަމާރިސޯޓުފުލްވެފަާ އަދިވެސްޖަހަނިީވިސަާ

    18
    1
  17. ބޭބެ

    އެއްސަރުކާރު ނިމި އަނެއްސަރުކާރެއް އަންނައިރު ދަރަނި ހުންނާނެ އެއީ ޔަގީން ކަމެއް އެކަމަކު އެދަރަނިތައްނިންމުމާ
    އެކު ޚިދުމަތް ދުނުމުގެ ޤާބިލުކަން އަންނަ ސަރުކާރުގައި ހުންނަންވާނެ ކަމެއްނުވެ ކަނައަތައް ވެއްޓޭ ކޮންމެ ފަހަރަކު ކުރީ ސަރުކާރު ވައަތައް ވެއްޓޭ ކޮންމެ ފަހަރަކު އެމް އެމް ޕީ އާރ ސީ ގެ ވާހަކަ ބަންޑުން ވެއްޓޭ ކޮންމެ ފަހަރަކު ދަރުމަވަންތަ ރަސްގެފާނު މާކުރިން އަވަހާރަވި ވާހަކަ މީ އަރަތެއް ނޫންތަ

    28
    1
  18. އައްޑޫ މީހާ

    ދެން މަސްވެރިން މިކިޔަނީ ކީކޭ! އަޅެ ޒަހާ އްތަ ބުނެދީބަލަ މަހުގެ އަގު ދަތްވީމަ ލިބޭވަރު ގިނަވަނީތަ ނޫނީ މަދުވަނީތަ؟ މީގެ ކުރިން މަސަ ކިލޯ އަކަށް 22 ރުފިޔާ 20 ރިފިޔާ ލިބޭ މިހާރު 15 ނުވަތަ 16 ލިބުނީމަ ކުރިޔަށްވުރެ ގިނަވަނީތަ؟ ޒަހާ އްތަ ހާދަ ވަރުގަދަ އަރަތެކޭ ތިޔަ ވިދާޅުވީ

    24
  19. މު

    ރޯމާދުވާލު ހަދާ ބޮޑެތި ރޯދޮގު ހެޔޮނުވާނެ އޮޅުވާލަން މިހާރު 14 ރ މަސްކިލޯއެއް ހުރީ

    21
    • ާއަހުމަދު

      އެވެދާނެ މިނިސްޓަރީ ގައުޅޭ މަސްވެރިންނަ ކުރިއަށް ވުރެ ގިނައިން ލިބެނީކަމަށް

  20. ލަދު

    މުޒާހަރާ އެކުރަނީ ލައިރި ލިބޭލެއް ގިނަކަމުންތޯ

    24
  21. މަސްވެރިޔާގެ ޖީބަށް ޑޮލަރު

    އޭދި މަރަކޮހޭ ތެޔަށްވުރެތަންކޮޅެ އއް ތާހިރު ވާހަކަ އެއ އް ދަ އްކަބަލަކަ!

    20
  22. ކާފަ

    ޒަހާއެވެ. ކުރީ ސަރުކާރުން މިފްކޯ އިދަ ޖައްސާލިއިރު ކަމަނާ ހުރީ ތިޔަ މިނިސްޓްރީގެ ސިޔަސީ މަޤާމެއްގައެވެ. އެވައްކަން ކުރި މީހުން މިހާރު މުޅި ރާއްޖޭގަ ވިޔަފާރި ކުރަނީއެވެ. އަދުލީއާ އަންހެނުންގެ އާއިލާ ފައިސާ މަތީގަ އުދުހެނީއެވެ. ނިކަމެތިވެގެން މިދިޔައީ އެއްކަލަ ނިކަމެތި މަސްވެރިޔާއެވެ. އޭރުވެސް އަދި މިހާރުވެސް ގޯސްވެފަ މިއޮތީ މަސްވެރިންނާ އެމަސްވެރިންގެ އާއިލާ ތަކެވެ.

  23. ތޯތާ

    އެއީ ކޮންތަނެއްގައި ފަޅާފައިހުރިއެއްޗަކުންތަ /-22000 ލިބެނީ

    10
  24. ޖުހާ

    ޒަހާ ގޭދޮށު ގަރުދިޔަ ފެކްޓުރީ އަށް ލިބޭވަރު އެބުނަނީ މަސް ވެރިން މަށްކިރުމަށް އެގެ އަށް ދޭބަލަ!

  25. ޖޮބޭ

    މިކަމަނާވެސް ހޭވެރިކަން ހުރިހެން ހީނުވޭ. ޑަކްތަރަށް ދަ އްކަން ފެނޭ

  26. ވަގުވޯޓަކުން ހަރާންވެރިކަމެއް ކުރަމުންދާ ކަނުބީރު ވަގުންގެ ސަރުކާރު

    މަސްވެރީން މުޒާހަރާ ކުރީމަ މިހާރު މަސްވެރިން ބާނަނީ ހުސްޑޮލަރު މަވެރިން ކަނޑުމަތީގަ އި މުޒާހަރާ ކުރީމަ ކަނޑުގަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއި އަޅާރޮގެކޭ އެ އްފަދަ ތިހެން ކޮށްލާކަމަކުން ކިނބުލަކަށް. އަޑެ އްނީވޭނެ އެސޮރަށް އަޑު އިވޭނީ ނިކަންބާރަށް ކަންފަތުގަ އި ހިފާފަބުނީމަ ނޫނީ ބޮޑު ކަންނެލި އޮޑި އެ އްހިފަ އިގެން އެސޮރު އުޅޭ ގެ އަށްދޭ!

  27. އަބްދޫ

    ގިނައިންމަސްބާނާނަމަ އެއަށްވުރެވެސް ގިނައިނަ އިން ލިބޭނެ. މައްސަލަކީ ވައުދުވީ ފަދައިން މަސްވެރިންނަށް ހަމައަގު ނުލިބެތީ ފްލޓްފޯމްކައިރިއަށް ކިރާބޯޓް ގޮސް ޑޮލަރުން މަހުގެ ހަމައަގު ނުދޭތީ، ވައުދެއްވެއްޖެ ނަމަ ފުއްދުމަކި މުސްލިމަކަށް ވާޖިބު ކަމެއް.

    10
    1
  28. ޒަރޫ

    ޒަހާ ތީ ކާކު
    ޅަ ސޮރުންތައް ހީލަންޏާ ހޭނެ
    ތަނެއް ދޮރެއް އެނގޭ މީހެއް ވެސް ނޫން
    ވަޒީރެއް މިވެސް ަހހހަހ

  29. އޭނާ

    ސަލާމަތްބު އްދި ހުރި ދިވެ އްސެ އް ވެ އްޖެ އްޔާ ވިސްނޭނެ ދިވެހިރާ އްޖޭގެ މަސްވެރިކަމުގެ އޮޑީގެ ހުންގާނުގަ އި ހިފަ އިގެން ހުރި މީހާޔަކީ ވެރިޔާ އޭނާގެ ބޮލުގާ އެޅުވި ބޮޑު އަމާނާތާ މަސްޢޫލި އްޔަތު އަދާ ކުރުމަށް ނުކުޅަދާނަވެފާވާ މީހެ އްކަން....

  30. އޭނާ

    މިހާރު 22000ލިބޭކަން ސާބިތުކޮ އްދީ ބަލަ.