އެމްޑީއެން އިން އިސްލާމްދީނާއި ޚިލާފަށް ލިޔުނު ރިޕޯޓްގެ މައްސަލަ ތަޙްޤީޤު ކޮށްދިނުން އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަޙްޤީޤު މިހާރު އޮތް ހިސާބެއް ބެލުމަށް އިލްމުވެރިން ސޮއިކޮށް އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރަށް ފޮނުވައިފިއެވެ.

20 އިލްމުވެރިޔަކު ސޮއި ކުރައްވާ އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރަށް ފޮނުވި ޕެޓިޝަންގައި ވިދާޅުވީ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި އޮތް ޤައުމެއް ކަމަށާއި މިއީ ﷲތަޢާލާ މިގައުމަށް ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތެއް ކަމަށެވެ.

"މިނިޢުމަތް ނިގުޅައިގަތުމަށް ދީނުގެ ޢަދާވާތްތެރިން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިޤައުމު އަޅުވެތިކުރުމާއި މިޤައުމުގެ ދަރިންގެ ހިތުގައި ދީނާއި މެދު ޝައްކުތައް އުފެއްދުމާއި މިފަދަ އެތައްކަމެއް ކުރަމުން ދެއެވެ. މިކަންތައްތައް ކުރަނީ ތަފާތު އެކި ނަންނަމުގައެވެ. އެގޮތުން ބައެއް ފަހަރު ދިވެހިންގެ ތެރޭގައި ދީނުގެ ޢިލްމާއި މަޢުރިފާ ރަނގަޅަށް ލިބިފައި ނެތް ބައެއް ޒުވާނުން ލައްވާ އެކިއެކި ޙައްޤުތަކުގެ ނަމުގައި ލާދީނީ ތަފާތު ފިކުރުތައް ފަތުރަން މަސައްކަތް ކުރާކަމީ މިއަދު އިންކާރު ކުރެވެން ނެތް ޙަޤީޤަތެކެވެ." ސިޓީގައި އިލްމުވެރިން ވިދާޅުވެފައި ވެއެވެ.

އެމްޑީއެންއޭ ކިޔާ މަދަނީ ޖަމްޢިއްޔާއަކުން އިސްލާމްދީނާ ޚިލާފަށް އެކުލަވާލާފައިވާ ރިޕޯޓެއްގެ މައްސަލަ 2019 ވަނަ އަހަރު ފަހުކޮޅު ފެންމަތިވެ މުޅި ރާޢްޖޭގެ ސަމާލުކަމަށް އެކަން އައިކަން ފާހަގަކޮށް ޕެޓިޝަންގައި ވިދާޅުވީ މިމައްސަލަ އިސްލާމިކް މިނިސްޓްރީއިން ވަނީ، ބަލައި ތަޙްޤީޤުކުރުމަށް ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

"އަދި އޭރު ގިނަ ޢަދަދެއްގެ ރައްޔިތުންތަކެއް، އެކި ރަށްރަށުގަޔާއި މާލޭގައިވެސް އިޙްތިޖާޖުކުރުމުގެ ސަބަބުންނާއި ތިޔަ މިނިސްޓްރީއިންވެސް ކުރެއްވި އެތައް މަސައްކަތާއި އެކު، 19 ޑިސެމްބަރ 2019 ގައި މިނިސްޓްރީ އޮފް ޔޫތުއިން ވަނީ އެޖަމްޢިއްޔާގެ ނަން ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގެ ދަފްތަރުން އުނިކޮށް އުވާލާފައެވެ. އޭގެ ފަހުން 365 ދުވަސް ފާއިތުވިއިރުވެސް އެ ރިޕޯޓު ލިޔުނު ފަރާތްތަކާއި މެދު އެއްވެސް ތަޙްޤީޤެއް ހިންގައި ނިންމިކަމެއް ޕޮލިހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމުގެ މަޢުލޫމާތުވެސް އެއްވެސް ފަރާތަކަށް ހިއްސާކޮށްފައެއްވެސް ނުވެއެވެ." ޕެޓިޝަންގައި ވިދާޅުވެފައި ވެއެވެ.

މިކަމަކީ ކޮންމެ މުސްލިމް ރައްޔިތަކުވެސް އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑުމެން -ދިވެހިރާއްޖޭގައި ދީނީ ވަޢުޛު ބުނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ދެއްވާފައިވާ ފަރާތްތަކުގެ ހައިޘިއްޔަތުން- ނުހަނު ކަންބޮޑުވާ ކަމެއްކަމަށް އިލްމުވެރިން ވިދާޅުވިއެވެ. ވީމާ މިމައްސަލައިގެ ތަޙްޤީޤު ގޮސްފައިވާ ހިސާބެއް ފުލުހުންގެ ކިބައިން ބައްލަވާ އެކަން ހާމަކޮށްދެއްވުމަށް އެދި ވަރަށް އިޙްތިރާމާއިއެކު ދަންނަވާކަމަށް އިލްމުވެރިން ވިދާޅުވިއެވެ.

ސަރުކާރުން އެމްޑީއެން އުވާލި ނަމަވެސް އެމްޑީއެން މިހާރު ވެސް ދަނީ ކުރިއެކޭ އެއްގޮތައް ހަރަކާތްތެރިވަމުންނެވެ. އެކަން ހުއްޓުވަން ސަރުކާރުން އެއްވެސް ކަމެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކޮވިޑް

    މި ރާއްޖޭގަ ތިބި އިލްމު ވެރިންނޭ ކިޔާ ބައި ގަނޑަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ތާ އަބަދު ނަސީދު ގޮވަމުން ދަނީ މާރިޔާ ގޮވަމުންދަނީ،،، ދެން ޕެޓިޝަނެއް ލިއެއްކަމަކު ވާނެކަމެއް އޮންނާނެބާ؟ޢިލްމު ވެރިން ކަމެއް ކުރަންޏާ ޖަމާ ޢަތް ހަދާ ފައި ހިންގާބަލަ ﷲ ހަޟުދުވާ ކުރަން އިސްލާމް ދީނާ އިނދި ކޮޅު އެންމެހާ މީހުންގެ ކިބައިންނާ ، އިސްލާމް ދީނާ އިނދި ކޮޅު އެންމެހާ ކަންކަމުން މި ޤައުމު ސަމާތް ކޮށް ދެއްވާތޯ ، ކޮން ބަޔާނެއް ކޮން ޕެޓިޝަން އެއް

    • ސޭހް

      މީގެ 50 އަހަރުޖުރިން ފެށިގެން ކޮންމެ ހުކުރުދުވަހަކު ހުތުބާގަ ތިބުނާ ދުއާއެއްކުރޭ

  2. ފައުޒީ

    އިދިކޮޅު ރާސްލާފަ ދާނެ އެކަމަކު އެމްޑީއެން އަށް ވީމަ މިވާގޮތެއް ނޭގޭ

    9
    1
  3. ފައުޒީ

    އިދިކޮޅު ކަމެއް ވެއްޖެ ޔާ ރާސްލާފަ ދާނެ އެކަމަކު އެމްޑީއެން އަށް ވީމަ މިވާގޮތެއް ނޭގޭ

    9
    1
  4. ދޮހޮއްކޮ

    ލާދީނީ މީހުން ކުރާ ވިޔާނުވާކަންކަން މިސަރުކާރަކަށްނުފެނެއި ފެންނަނީ މުސްލިމުންގެ ކަންކަން ބަލިކަށިކުރުމަށް ހަރުކައްޓޭ މަޑުކަށްޓޭ ކިޔައި މުސްލިމުން ނިކަމެތިކުރާ މަންޒަރު.

    12
  5. ޅަބޭ

    އޭމީތިބަ ވައްހާބީ ބައިގަނޑުތަކާ! ކަލޭމެނައް އެމްޑީއެން ބައްޔެއް ނުކުރެވުނެއްނު. ދެން ކަލޭމެން ރަގަލުވާނީ އެމްޑީއެން އާ ގުޅުނިއްޔާ.

    2
    14
  6. ބޭކާރު

    މޮޔަކަމެއް.
    އެކަމުގައި އެއިރު އުޅުނު މީހުން މިހާރު ތިބި މަގާމުތަކާއި އެމީހުންގެ އާއިލީ ބާރު ވެރިކަމުގައި އޮތްވަރެއް ނުބަލައި ތިހެން އުޅެގެން ކަލޭމެން ބަންދަކަށްދާން ނުޖެހިއްޖެއްޔާ ކިތައްމެހާވެސް ރަނގަޅު

    7
    2
  7. ޑަރޭ

    ކަލޭމެން ކެމްޕެއިންކޮށް މިމީހުން ވެރިކަމަށް ގެނައިރު މީކޮންބައެއްކަން ރަނގަޅަށް އެގޭނެ، ކުރިންވެސް ތަޖުރިބާކޮށްފައޮއް ބައިގަނޑެއް. ވީމާ ބުނެވޭނީ މިހާރުވެސް އެއުޅެނީ ކަލޭމެންގެ ތާއިދާ އެކުއޭ. ކަލޭމެން އަވަހަށް ތައުބާވެ ހެދުނުގޯސް ރަނގަޅުކުރޭ.

    14
  8. އަޙްމަދް

    ކަލޭމެން މުސްލިމު ވެރިޔަކާއި ދެކޮޅަށް ކެމްޕެއިންކޮށް އެވެރިޔާ ވެރިކަމުން ދުރުކޮށް މިމީހުން ވެރިކަމަށް ގެނާއިރު މީކޮންބައެއްކަން ކަލޭމެންނަށް ރަނގަޅަށް އެގޭނެއެވެ، ކުރިންވެސް ތަޖުރިބާކޮށްފައޮއް ބައިގަނޑެއް. ވީމާ ބުނެވޭނީ މިހާރުވެސް އެއުޅެނީ ކަލޭމެންގެ ތާއިދާ އެކުއެވެ. ދެންވެސް ރައްޔިތުންނަށް އޮޅުވާލުމަށްޓަކާ ތިކުޅޭ ސިޔާސީ ގޭމު ކުޅުންހުއްޓާލާ ކަލޭމެން އަވަހަށް ތައުބާވެ ހެދުނުގޯސް ރަނގަޅުކުރެވޭތޯ ބަލާށެވެ.
    ——————————————————————————————

  9. ޙހހހ

    މިޤައުމުގައި ޚަރަދަނާ އިހްލާސްތެރި އިލްމުވެރިން އެބަތިބިތައަޅެ ، ޕެޓިޝަން ލާ ދެން ތިހެންތިބެބަލަ ، ތިކަމެއް ފެށިގެން އުޅޭތާ 2 އަހަރުވީ ، ރަނގަޅު ސަރުކާރެއްނަމަ މިކަމަށް އަވަސް ހައްލެއް ގެންނާނެ ، މި ސަރުކާރު ހަމަބިމަށް ތިރިކުރަންޏާ އޮތީ ހަމަ މަގުމަތި ، މިކަންކަމާއި ދެކޮޅަށް މުސްލިމުން ނިކުންނާތީ ލާދީނީ ނަޝީދު މީހުންނަށް ވިސްނަދެނީ ހަރުކައްޓޭ މިކަމަށް އަޑުއުފުލާނީ ، މިޤައުމު ފުރަތަމަ ސަލާމަތްކުރަންވީ ނަޝީދުގެ ކިބައިން

  10. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ،

    މުރުތައްދުވުމަކީ، ޝަރުޢުގައި ޙުކުމެއްއޮތް ކަމެކެވެ. ޝަރުޢީ ޙުކުމުތައް ތަންފީޒުކުރުމަކީ، ކޮންމެ ދައުލަތެއްގައިވެސް ޚާއްޞަކޮށް ވަކިބައެއްގެ މައްޗަށް ލާޒިމުވެފައިވާ ކަމެކެވެ. އެކަން އެމީހުންގެ އަމިއްލަ ނަފުސުގެ މައްޗަށް ލާޒިމުކޮށް ގަތުމުގައި އިޤްރާރެއްކަމަށް އެބޭފުޅުން އަދާކުރައްވާ ވަޒީފާ ފުދެއެވެ. މިރާއްޖޭގައި މިއޮންނަނީ، ބުނެވޭގޮތުގައި ތިންބާރެވެ. ޝަރުޢީ ދާއިރާއާއި، ރައްޔިތުންގެ އެކުޖުމުލަ މަޖިލީހާއި ސަރުކާރެވެ. ސަރުކާރޭ ބުނުމުން އޭގެ ޤާނޫނީ މާނައަކީ، ރައީސުލްޖުމުހޫރިއްޔާއެވެ.

  11. ކައްނެލި އޮޑި

    ޝަރުޢީ ޙުކުމުތައް ތަންފީޒުނުކުމަކީ، މިޙަދީސްގައި ނުހިމެނޭ ބޮޑުފާފައެކެވެ. ((الشرك بالله، والسحر، وقتل النفس التي حرَّم الله إلا بالحق، وأكل الربا، وأكل مال اليتيم، والتولي يوم الزحف، وقذف المحصنات المؤمنات الغافلات))

  12. ބޯހަލާކު

    ތިހާބައިވަރު ޢިލްމުވެރިން މިގަައުމުގަ ތިބިއިރުވެސް މިގައުމުގާ އެއްވެސް އުފެއްދުންތެރިކަމެއް ނެތް މުޅިންހެން ރާއްޖޭންބޭރަށް ވަރޯސާވާން މިޖެހެނީ އެންމެ ކުޑަކަމުން ވެށިގެން އެންމެ ބޮޑެތިކަންކަމާ ހަމައަށްވެސް ގައުމަކީ ވަސީލަތް މަދު ފަގީރު ގައުމެއް އަބަދުވެސް ދަރާވިކިފަ މިއޮންނަނީ ކޮބާތަ ފުންނާބު އުސް އިލްމްވެރިން ކޮންކަމެއްތަ ކަލޭމެން ތިކުރަނީ ތިހާ ފުންނާބު އުހިއްޔާ މިގައުމު ރަނގަޅުކޮށްބަލަ ހޮޅި އަނގަ ޖުތަޅާ

  13. އެދުރުބެ

    ކަލޭމެންގެ ފިކުރާދިމާނުވާ މީހާގެ ބޮލެއް ނީނދޭ އިރުއަރާއިރު ތީ އިލްމްވެރިންކަމަށްވާނަމަ އެމީހުންނާ އެއް މަޖިލީހެއްގަ ޗެލެންޖުރަން ދައުވަތުދީބަލަ އާންމުން ތިބޭނެ އަޑުހާފަ ގޮތް ނިންމަން ދެކޮޅުޖެހޭ ވާހަކަދައްކަނީ ކޮންބައެއްތޯ ސަތޭކަ ޕަސެންޓޭ ކިޔަކިޔާ ތިތިބެނީ އެކަމު ހަމަ ދިވެހިން ތިކިޔާ ރިޕޯޓެއްވެސް އެނެރުނީ ދެންވެސް އެފިކުގެ މީހުންގެ ވިސްނުން ބަދަލުވާނީ މިބުނިގޮތް ހެދީމަދޯ؟

  14. އިލްމުވެރިންނޯ

    ތިހުރިހާ އިލްމުވެރިންވެގެން ކޮވިޑަށް ފަރުވާއެއް ހޯދަދީބަލަ

  15. ރައްޔިތުން

    ތިކަމުގެ ރާހަތެ އްނެތް. އިލްމުވެރިންނާ ތިކިޔާމީހުން ބަ އިބަ އި ވެ އްޖޭ