ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަސްވެރިންނާއި ކިޔައިގެން އިތުރަށް ވާހަކަ ނުދައްކައި، ރަށު ތެރެއިން އެހެން ކަމަކާއި އުޅުން ރަނގަޅުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވަޑައިގެން ޒަހާ ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. އެގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޓޮމް ވަނީ މަސްވެރިން ތަހައްމަލް ކުރަމުންދާ ދަތިދުވަސްތަކަށް ހައްލެއްހޯދާނުދެވުނު އިރު، މަސްވެރިންނޭ ކިޔައިގެން އިތުރަށް ވާހަކަ ނުދެއްކެވުމަށް އިލްތިމާސް ކުރައްވާފައެވެ.

"ކަމަނާ ދެން މަސްވެރިންނޭ ކިޔައިގެން އިތުރަށް ވާހަކަ ނުދައްކަވާ، މަސްވެރިންއަށް ކުޑަމީސްކޮށް ވާހަކަ ދައްކަން މިނިސްޓަރު ނުުކުންނަ ހިސާބުން ދެން މަސްވެރިންނަށް ތިވަރުން ފުދިއްޖެ" ތޯރިގް ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ތޯރިގް ވިދާޅުވި ގޮތުގައި މަސްވެރިން ޝަކުވާ ކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެގޮތުން ކޯލިޝަން ސަރުކާރު ވެރިކަމަށް ގެނައުމަށްޓަކައި މަސްވެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިނީ މަސްވެރިކަމުގެ ސިނާޔަތުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދާދިނުމަށް ވައުދުވެ ވަޑައިގަތުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މަސްވެރިނަށް ސަރުކާރުން ވީ ވައުދުތައް ނުފުއްދެއްޖެ ނަމަ އެހެން ގޮތެއް ހޯދުމަށް މަސްވެރިން ނިކުންނާނެ ކަމަށްވެސްް ތޯރިގް ވިދާޅުވިއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްޓަކައި މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެފައިވެއެވެ. އެގޮތުން މަސްވެރިންނަށް ހަމައަގު ހޯދާދިނުމަށާއި، ކަންނެލި ޖަގަހަތަކާއި، ގޭދޮށު މަސްފެކްޓަރީތައް އަޅާދޭނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. އަދި މަސްވެރިންގެ ޖީބުތައް ޑޮލަރުން ފުރާލަދޭނެ ކަމީވެސް ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

މަސް ގަންނަ އަގު ސަރުކާރުން ދަށްކުރުމުންނާއި މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލަ ބޮޑުވުމުންނާއި އަދި އައިސް ލިބުމުގައި ކުރިމަތިވަމުން އަންނަ ދަތިތަކުގެ ސަބަބުން ފަހަކަށް އައިސް މަސްވެރިންގެ ފާޑުކިޔުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިންޑިޔާ އައުޓ

  މިހާރު މަސްވެރިން ނިދަނީ ޑޮލަރުތަކުމަތީގައި.
  މިއުޅެނީ މިހާރު އަގަޔާ

 2. މަކުނު ކޮށި

  މަޖުލިސް މެމްބަރުން ރަގަޅުވާނީ ތިޔަ މަޖުލިސް ޢިލްމުވެެރިންނާއި ހަވާލުކޮއްފައި މަހަަށް ދިޔައިއްޔާ!

  • ްްއިލްމުކޮށި

   އިލްްމު ތިކިޔަނީ ދީނީ އިލްމަށް އެކަނިތަ؟ ފަގުޑިއަށްތަ؟ ޓޮމް ވެސް ހުރީ އިލްމު އުގެނިގެން، ސީއެޗެއެސް ކުލާހުން ދިމާވެސްވި. ވަރަށް އިންޓެލިޖެންޓް ކްލާސްމޭޓެއްްއެއީ.

 3. ޒުވާން އެންވެރިޔާ

  ޒަހާ މައުމޫނާއި އެކު އެންދެރިމާގޭގައި އުޅުނީމައި ރަނގަޅުވާނެ.