މިހާރު މަހަކު މަސްވެރިއަކަށް އެވްރެޖްކޮށް -/22،000 ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެފައިވުމުން،އެވަރަށް ކޮންމެ މަހަކު ނުލިބޭ ކަަމަށް ޒުވާން މަސްވެރިޔާ ހަސަން ސާޖިން ބުނެފިއެވެ.

"ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، މަސްވެރިން ކުރިން ގޮތަށް ބިކަވެގެން ނުދާނެ ކަމަށާއި، މަސް ގަނެވޭނެ އެންމެ ދަށް އަގަކީ ކުރިން އަށް ރުފިޔާ ކަމަށާއި، މި ސަރުކާރު އައިސް އެ އަގު މުރާޖާކޮށް، މިހާރު އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށެވެ. އެހެންކަމުން މިފްކޯ އާއި އެހެން ކުންފުންޏަކުންވެސް 13 ރުފިޔާއަށްވުރެ ދަށްކޮށް ނުދެވޭ ކަމަށް ޒަހާ ވިދާޅުވިއެެވެ.

ޒަހާ ވިދާޅުވީ، ކުރިން އޮތް ގޮތުންނަމަ މަހެއްގެ މައްޗަށް މަސްވެރިއަކަށް އެވްރެޖްކޮށް -/11،500 ރުފިޔާ ކަމަށާއި، ނަމަވެސް މިވަގުތުގެ ފްލޯ ޕްރައިޒް އަށް ބަލާއި، މިހާރު މަހަކު މަސްވެރިއަކަށް އެވްރެޖްކޮށް -/22،000 ރުފިޔާ ލިބޭނެ ކަމަށެވެ.

"ކުރީގަ އޮތް ގޮތަށް ބަލައިފިކަމަށް ވާނަމަ ފްލޯ ޕްރައިސް އަކީ އަށް ރުފިޔާ ކަމަށް ބަލައިފި ކަމަށް ވަންޏާ ގާތްގަނޑަކަށް މަސްވެރިއަކަށް ލިބެނީ މަހެއްގެ މައްޗަށް 11،500 ރުފިޔާ. މިހާރު އަޅުގަނޑުމެންގެ ފްލޯ ޕްރައިސްގެ ކަލްކިއުލޭޝަންތައް ހެދީމަ 22،000 ރުފިޔާ މަސްވެރިއަކަށް ޖެހޭނެ،" ޒަހާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ، މިއީ މަސްވެރިކަމުގެ ފަހި މޫސުމެއްގައި ރަނގަޅު އަދަދެއް ކަަމަށެވެ.

ޒަހާ މިގޮތަށް ވިދާޅުވުމާއި ގުޅިގެން ޒުވާން މަސްވެރިޔާ ހަސަން ސާޖިން ވިދާޅުވީ، އޭނާއަށް ހަމަ ޔަގީނުންވެސް އެ ވަރަށް ނުލިބޭ ކަމަށެވެ.

ޒަހާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަހުގެ އަގު 20 ރުފިޔާއަށް މައްޗަށް ޖެއްސުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މަސްވެރިނަށް މިފްކޯއިން ފައިސާ ނުދެވުން ކަމަށެވެ. ކުރީ ސަރުކާރުން މަސްވެރިނަށް ނުދީ ހުރި ދަރަނި ބިލްތަކަށް މިހާރު ވާނީ ފައިސާދައްކާ ހަލާސްކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ ކުރީ ސަރުކާރުގައި މަސްވެރިންނަށް ފައިސާ ނުލިބި ދިޔަ ދިގު މުއްދަތައް މި ސަރުކާރުން ހައްލު ހޯދާދީފި ކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ލިބުމުގައި ދިމާވެފައިވާ ގޮންޖެހުމަށް ނިމުމެއް ގެނެސްދީފައިވާކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ މިހާރު މިފްކޯއިން ދަނީ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން ކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތުގައިވެސް މަސްވެރިނަށް ފައިސާ ދީފައި ވާނެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ސަރުކާރާއި ހަވާލުވީއިރު އެތައް ބައިވަރު ދަރަނި ބިލްތަކެއް އޮތް. ނަމަވެސް އެބިލްތައްވެސް ދައްކާ ހަލާސްކުރިން. މި ސަރުކާރު އައިފަހުން ކުރީގަ އެ ދިޔަ ދިގު މުއްދަތެއް ނުދާނެ މަސްވެރިންނަށް ފައިސާ ނުދެވިއެއް." ފިޝަރީސް މިނިސްޓަރުޒަހާ ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެމަންޖެ

    ސަރުކާރު ބޭފުޅުން އެހެން ބަޔަކައް މޮޅެއް ލިބެން އެދޭނެތަ ލާރިޔާގެން ބޫތް ކައިފަ ތިބި ބަޔެއް މޑޕ ސަރުކާރަކީ.

    97
    5
  2. ނަައީމް

    ބަލަ ގަމާރާ އޭރުގަ ތިޔަ މުޒާހަރާތަކެއްނުކުރޭ މަސްވެރިންގެ ޖިބުތައް މިއައްވުރެތަނަވަސް މަސްވެރިންގެ ކުރެޑިޓް ފިހާރަތަކުގަ މިހާ ގިނަދުވަހަކު ނުކެޑި ނުހުރޭ ދެން ތިޔަކިޔާއެއްޗެއް ދިމާނުވާތީ ތިހަދަނީ ހުސްދޮގު

    19
  3. ޢަފްލާ

    ޒަހާ ިއްޔާ މަސްވެެިންނަށް 22.000 ރ ދެނީ އެކަމަނާއަށް އެނގޭނެއެއްނުން ވަލަށް ދަރު ކޮށަން ދޭބަލަ

    18
    1
  4. އައްޑޫ މީހާ

    ޒުވާން މަސްވެރިޔާ ބުނީ ތެދެއް އެކަމަކު މި ނޫހުން ޒަހާއްތަގެ ވާހަކަ ޕްރޮމޯޓް ކުރަން އުޅޭތީ ބުނެލަން އޮތީ މިގައުމުގައި ކޮންމެ ބަޔަކު ވެރިކަން ކުރިޔަސް ކޮށްދޭކަމެއް ކޮށްދެނީ ރައްޔިތުންގެ ފައިސާއިން ރައިސްއާއި ކެބިނެޓްގައި ތިބޭ މިނިސްޓަރުންގެ ޖީބަކުންނެއްނޫން ފައިސާ ހަރަދު ކުރަނީ އަދި ރައްޔިތުންގެ މަޖްލިހުގައި ތިބޭ މެމްބަރުންގެ ޖީބުންވެސް ނޫން އެހެންވީމަ އެސަރުކާރޭ މިސަރުކާރޭ ނުކިޔޭނެ ސަބަބަކީ ކޮންމެ ވެރިކަމެއްގެ ދައުރު ނިމިގެން އެހެންބަޔަކު ވެރިކަމާއި ހަވާލުވާއިރު ނުނިމި ހުރިކަންކަން ކުރަން ޖެހޭނީ ދެން ހަވާލުވާ ބަޔަކު އެކަން ކުރަން ނޭގުނީމަ ނުވަތަ ގާބިލްކަން ނެތީމަ ދެން އެއްވެސް ބަޔަކު ކުށްވެރި ކުރެވޭނެ ޖާގައެއްނޯންނާނެ ތިމާ މިހާގެ ކިބއިގައި އެގާބިލްކަން ނެތިއްޔާ ރައްޔިތުންގެ ހައްގު ބޮލައްލައިގެން ނޫޅެ އިސްތިއުފާދީ އޭރުން އެކަން ނިމުނީ

    25
  5. ކައްބެ

    ދޮގުހަދައިގެން ހަމައެކަނި މިދުނިޔޭގަ ހިންގާ ސަރުކާރަކީ ކޮންސަރުކާރެއްތޯ އަހައިނަމަ ތިބޭފުޅުން ބުނާނީ ކީކޭތޯ؟ ބުނާނީ ސޯލިހުގެ ސަރުކާރޭ.

    25
  6. ދުންތަރި

    ނޫނޭ ޒުވާޏް މަސްވެރިޔާއަށް ލައްކަޔަކަށްވުރެ ހިނަ ރުފިޔާ ލިބޭނެ އެއީ އިބޫ ސޯލިހު ފޯނުކޮށްފިއެއްނު އެހެންވީމާ އެލިބުނީ ހަމައަގު ދެން ކީއްވެ ނުލިބޭކަމަށް ތިބުނަނީ؟

    17
    1
  7. މަންޖެ

    ޒަހާ ތިބުނާ އަދަދައް ލާރިލިބުނު މަސްވެރިޔަކާ ދިމަލެއްނު ވި.
    ޢެހެން ވީމަ ވަރައް ވެދުން.

    19
    1
  8. ރަންބުއްދި

    ޒަހާ ތީ ކޮންތާކު ހު އްޓީ ބޮޑެ މޮޔަ އަންހެނެކެ. މަސްވެރިޔަކުނަޓެ ލެބެންނަވޫ 22000 ރުފިޔާހޭ. ޒަހާ ހާނ އެ ތަޓެ މަ އަޖަ އިބެ އަންތަރީސްވެގެ. ތޯކެ ބަ އއެޔަ ތި މަގާމުން.

  9. ޙުސޭނު

    ކަމެއްނުވެ، ދޮގު ވަޢުދުވާން ކުރާ ފޯނުކޯލަކުން އުމްމީދު އާވާ "ޒުވާން މަސްވެރިޔަކު" ބޭނުމެއްނޫން .. ތީ ސުމެއްގެ މަސްވެރިއެއް. )މަބޮޑޭވެ މަޝްހޫރުވާން އުޅޭ މީހެއްތީ.) މަސްވެރިންގެ ނަމުގަ ދެން ކަލޭ ބަސްނުކިޔާތި. "ދެން ކަލޭ ޖަމަލުފޮޑި ނުޖަހާތި" ފޯނުކޯލަކުން ގުނބޯ ހެއްދޭ ޒުވާން މަރުމޯލު.

    12
    1