ޖިންސީ ގުޅުން ހިންގަން ތިއްބާ މީގެ ދެހަފްތާ ކުރިން ހައްޔަރުކުރި ދިވެހި ފިރިހެނަކާއި ދެ ބިދޭސީ އަންހެނަކު މިއަދު ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ އެމީހުން ދޫކޮށްލީ ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ކަމަށެވެ.

ފުލުހުން ކުރިން ވިދާޅުވީ، ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑިސެމްބަރު ދެވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބިއުޓީ ސުލޫނެއްގެ ގޮތުގައި މާލޭގައި ހިދުމަތްދެމުންދާ ތަނަކުން ބިދޭސީ ދެ އަންހެނަކާއި، 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ޖިންސީ ގުޅުން ހިންގަން ތިއްބައެވެ.

މާލޭގެ ސެލޫންތަކުގައި ބަދުއަޙްލާޤީ އަމަލު ހިންގަން ތިއްބާ މީހުން ހައްޔަރު ކުރުމަކީ ވަރަށް އާއްމު ކަމެކެވެ. އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ ބަންދުގެ މުއްދަތު އިރުނުކޮށް އެމީހުން ކޯޓުން ދޫކޮށްލި ނަމަވެސް ގިނަ ފަހަރަށް އެފަދަ މައްސަލަތަކުގައި ހިމެނޭ ދިވެހިންގެ މައްޗަށް ދައުވާ ކުރެއެވެ. އަދި ބިދޭސީން ޑީޕޯޓް ކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މާމީ

    ކިތައްމެ ދުވަހެއް ފިރިހެން މީހާ ދޫކޮއްލިތާ އޭ މިހިރީރަށުގަ ފ ނިލަންދޫގަ.

    31
    • ނަން

      މަގޭ ރަށް. ކާކުބާ އަނެއްކާ؟

  2. ސާލިހް

    ކުރިޔައް ދިވެހި ޤައުމް

    22
    2
  3. ކާފަބޭ2020

    އެމީހުންއެކަންކުރަންތިބީ ހެޔޮނިޔަތުގާ ޞަދޫމްސަހަރުގަ ހެޔޮނިޔަތުގާކުރާކަންތަކަށް އަދަބެއްނުދެވޭނެ! ރިޝްވަތުވެސް ހެޔޮނިޔަތުގައިހިފީމަ، ވައްކަންވެސްހެޔޮނިޔަތުގައިކުރީމަ އެކުރިބުރަމަސައްކަތަށްބަލާ އޯކޭވެސްނޫންނަމަ އަދަބުލުއިވާފަހަރުވެސްފެންނަމުންދޭނޫންތޯ؟ ބޮޑުކެކުރިއަށް ބޮޑުގޮތް ކުޑަކެކުރިއަށްކުޑަގޮތް ޞަދޫމްސިޓީގައޯކޭވާނެ!

    46
    1
  4. ގޮނޑި ކޮއްކޮ ސަރުކާރު

    ތިޔަވާނީ ކްރިސްމަހާ ނިއު އިޔަރ ފާހަގަކޮށްލަން ލާދީނީ ސަރުކާރާ ގުޅުހުންހުރި ލާދީނީ ޝެޚަކު ބުނެގެން ދޫކޮށްލީ ކަމަށް. ވައިސަރީވާ މިއޮއް ހުކޫމަތެއްތާދޯ!!

    41
    4
    • ގ

      ލާދީނީ އެމްޑީޕީ މީހަކު ކަމަށް ވަނީ

      4
      1
  5. ލޫޓުވާ

    ޕީޖީ އަންގާފަ އޮތީ ޤާނޫނީ ޒިނޭއާއި ޝަރުއީ ޒިނޭގެ ވާހަކައެއް. ޕޮލިހުންވެސް އެއަށް ޢަަމަލުކުރަންފެށީމަ ވާނީތިހެން. ސޕ އަދި ޕޖ މިއީ އެމްޑީއެންގެ މީހުންވިއްޔަ. ދެން މިރާއްޖޭގަ ޒިނޭ ކުރަންތިއްބާ ފެނުނަސް އެއީ ޤާނޫނީ ޒިނޭއެކޭ ބުނުމުން ވަގުތުން ދޫކުރަން ޖެހޭނީ.

    12
  6. އަލީ

    އެންޑީޕީ މީހެއްވީމަ ހޯރައިއްބެ ދޫކޮއްލިގޮތައް ދޫކޮއްކީ(މިކޮމެންޓުޖަހާދޭތި)

    42
  7. ހުސޭނުބޭ

    އިންސާފުގެ ދަތުރު އެއްޖިންސުން އަރިއަރިމަތިން ދުއްވާލާނެ

  8. ސަންގުމަރުމަރު

    ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް. އެޖެންޑާ19 ހަަދަހަައޭ ތަފާތީ.

    13
  9. ާުަަްއަންޑަކަވާ ކޮޕް

    ސާބަސް ދިވެހި ފުލުހުން ތިކުރާ ހިތްވަރަށް!

    9
    1
  10. ކެނަރީ ގެރި

    ބލާވެރިކަމެއް ކަހަލަ ސަރުކާރެއް ރައްޔިތުންނޭ އެޅިހާބަތަކައް ރިހަ ޒަމާނެއްނޫން މިއަކީ އިސްލާމްދީނައް އެކި ގޮތްގޮތުން ފުރައްސާރަކުރަނީ ލާދީނީ ކާފަރު ގެރިތައް

    14
  11. ކޮރަލް

    ފުލުހުން ވިދާޅުވީ އެމީހުން ދޫކޮށްލީ ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ކަމަށެވެ. ކަންކުރަން އޮއްވާ ފެނުނު އިރުވެސް ތަހުގީގު ނުނިންމާ ދިގުލައިގެން ދިޔައީ އެވެ، މުއްދަތު ޖަހަމުން ދިޔައީ އެވެ.

  12. Anonymous

    ޒިނޭ ކުރަން ތިއްބާ ހައްޔަރު ކުރި 3 މީހުން ދޫކޮއްލައިފި ޖަހަން ނުކެރުނީ ލަދުންތަ

  13. ރައްޔިތުމީހާ

    ތިވާނީ ޤާނޫނީ ޒިނޭއަކަށް ....

  14. ބުއްޅަބެ

    ކޯޓުގައިތިބި ބައެއްގާޒީން ސުލޫކޭކިޔައިނެރުނީ މިކަންކަން އެތަނުގައި ހިންގަންކަމަށްވާނީ

  15. ރައްޔިތު މީހާ

    ފ.ނިލަންދޫ ޔޫތު މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުތަ މި ދިވެހި މީހާ މީ؟

  16. މަ

    މާތްﷲ ގެ އަޒާބް ހައްގު އެންމެނަށް އަޒާބް ލިބޭނެ ވ ބިރުހުރި ދެން

  17. ާއިބުރާހިމް

    ކީއްވެތޯ ދައުވާ ނުކޮށް އަބަދު ކޯޓަށް މުއްދަތު ޖަހަން ގެެންދަނީ..

  18. އަންނި

    މިގައުމިގަ ޒިނޭ ކުރުމާ ރާބޫއީން އާމުކުރާނަން އަދި އެކަންކަމައް އަދަބު ނުދެވޭނެ ގޮތައްވެސް ހަދާނަން.