ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެެމްޑީޕީގެ ރައީީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމް ދީނުގެ އަދުއްވެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިިޔާޒް ސިފަކުރެއްވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެކަން ކުއްވެރިކުރެއްވައިފިއެވެ.
ނަޝީދަކީ އިސްލާމް ދީނުގެ އަދުއްވެއް ކަމަށް ޑރ. އިޔާޒް ވިދާޅުވެފައި ވަނީ ކޮންމެ އަހަރަކު ފަހުކޮޅު ކްރިސްޓިއަނުން ފާހަގަކުރަމުން އަންނަ ކްރިސްމަސް ދުވަހުގެ ތަހުނިޔާ، ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
ޑރ. އިޔާޒް ނަޝީދަށް ފާޑު ވިިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ތިމާ ނިސްބަތްވާ ޕާޓީނޫން މީހަކު ކަމަކު އެދިއްޖެނަމަ ތިމާގެ ހުރި ނުބައިކަން ދައްކަން ބުނިމީހާ، އަދި ތިމާގެ ޕާޓީ މީހުންނަށް ނަގަންވީ އެއްޗެއް ނަގާފައި ނޫނީ އެހެން މީހަކަށް ނުދޭނެކަމަށް ބުނާމީހާ، އޭނާގެ މައިންބަފައިން ދަސްކޮށްދީފައިވާ އިސްލާމް ދީނައި، އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔަމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން ކަމަށެވެ.
Thimaa nisbaiyvaa party noon meehaku kamaku edhijje nama thimaage huri nubaikan dhakkan buni meeha, adhi thimaage party meehunnah nagan vee echcheh nagaafai noony ehen meehakah nudheyne kamah bunaa meeha, eyna ge main bafain dhaskoh dheefaivaa Islam Dheenaai idhikolhu Dheeneh ge
— Dr.Mohamed Iyaz (@dr_iyaz) December 26, 2020
އަދި އެއީ އިސްލާމް ދީނުގެ އަދުއްވެއްކަން ކަމަށާާއި ދިވެހި ރައްޔިތުން އޭނަގެ ނުރައްކާތެރި ކަމާއިމެދު ސަމާލުވާންޖެހޭ ކަމަށް ޑރ. އިިޔާޒް ވަނީ ވިދާޅުވެފައެވެ.
މިކަމާއޮ ގުޅިގެން އާޒިިމް ކުރެއްވި ޓްވީޓެެއްގައި ވިދާޅުވެފައި ވަނީ ޑރ. އިޔާޒް ހެއްދެެވީ ގޯހެއް ކަމަށާއި، ރައީސް ނަޝީދަކީ ފުރިހަމަ އިސްލާމްދީން ގަބޫލުކޮށް އިސްލާމް ދީނަށް އުޅޭ ބޭފުޅެއް ކަމަށެވެ. އަދި ދީނުގެ އަދުއްވުން ކަނޑައެޅުން އޮންނާނީ ގާނޫނަށް ކަމަށާއި، ނަޝީދަށް އަދުއްވެއް ކަމަށް ވިދާޅުވެ އިޔާޒް ވަނީ ދީނީ އެއްބަައިވަންތަކަމުގެ ޤާނޫނާއި ހިލާފުވެފައި ކަމަށް އާޒިމް ވިދާޅުވިއެވެ.
Dr Iyaz thiya hehdevee goaheh. @MohamedNasheed akee furihama ah Islaam dheen qabool koh ey dheenah ulhey beyfulheh. Dheenuge adhuhvun kanda eylhumah onanee Qaanoon. @dr_iyaz thiy dheenee ehbaivantha kamuge Qaanoon aai hilaaf ve lahvanee.https://t.co/Ts7NA5U1IH
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) December 26, 2020
ރައީސް ނަޝީދު މީގެ ކުރިން އެއްވެސް އަހަރަކު ކްރިމަސް ފާހަގަ ކުރާ ފަރާތްތަކަށް ތަހްނިޔާ ކިޔައި ޓްވީޓެއް ކުރައްވާފައެއް ނުވެއެވެ.
ނަޞާރާއިންގެ ދީނީ އީދެއް ކަމުގައިވާ ކްރިމަސް ފާހަގަ ކުރާ މީހުންނަށް ރައީސް ނަޝީދު މިއަދު ތަހްނިޔާ ފޮނުވާފައި މިވަނީ ކްރިސްމަސް ފާހަގަކުރުމާއި އަދި އެދުވަހުގެ ތަހުނިޔާ ކިޔުންވެސް މުސްލިމުންނަށް ހުއްދަވެގެން ނުވާކަމަށް ބަޔާންކޮށް ރާއްޖޭގެ 13 ދީނީ އިލްމުވެރިޔަކު ބައިވެރިވެވަޑައިގެން "ކްރިސްމަސް، ދީނީ ނަޒަރަކުން" ގެ ނަމުގައި ވީޑިއޯއެއް އާންމުކޮށްފައި ވަނިކޮށެވެ.
އަލީ އާޒިމުމެންނަށް އިސްލާމްދީނުގެ އަދުއްވެއްގެ ގޮތުގައި ކެނެރީގޭ ނަސީދު ނުފެނުމަކީ މާބޮޑުގޯހެއް!
ޑރ އިޔާޒްއާ އިލްޔާސް ދެމީހުން ޓުވިޓަކުން ނިންމާލާ އޭރުން ހުންނާނީ ތި2ގައްދާރުން ނަށް ދީނީ ތަކިހާ އަޅާގެން ތިބި މިގައުމަށް ގައްދާރުވެފަތިބި 2މުއްލާއިން ދެންބުނޭ މިހާރު ތިމަންނަމެންގެ ޒިންމަ އަދަކުރެވިނީޔޭ
ބޮޑުތަނުން ބޮޑުކޮށް އެނގެން އޮތީ ތިޔަ ނަޝީދަކީ ލާދީނީ މީހެއްކަން. ދީނުގެ އަދުއްވުންތެރޭގައި ހިމެނޭ އަދުއްވެއްކަން. މި ފަހުގެ ތާރީޚުގައި ރާއްޖެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓުންގެ ތެރޭގައި ހިމެނޭ ޓެރަރިސްޓެއްކަން. ފަހުގެ ތާރީޚުގައި ރާއްޖޭގައި ބޮޑު ހުޅެއް ޖަހައި ދައުލަތުގެ އެތައް މުދަލެއް އަންދާލި ޓެރަރިސްޓެއްކަން. ދޮގަކާ ނުލައި އެއްވެސް ވާހަކައެއް ނުދައްކާ ދޮގުވެރިއެއްކަން. ރުހުނަސް ނުރުހުނަސް މީ ހަޤީގަތް.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީއާޒިމު މިހާރު މިހުރިލެވަލަށް ބާލާއިރު ނަޝީދަކީ ރަސޫލެއްކަމަށް ދައުވާކުރިނަމަވެސް އެކަންޤަބޫލުނުކުރާނެކަމާމެދު ޝައްކު އިސްލާމްދީނުގެ ޢިލްމުއުގެނިގެންތިބި ، ކީރިތި ޤްރުއާނާއި މާތް ރަސޫލާގެ ސުންނަތުން ޢިލްމުލިބި އުގެނިދަސްކޮށްގެންތިބި މީހުން އެފަންނުގައި ބުނާ ބަހަށް މީނާމިގޮންޖަހަނީ މީނާގެ ހާލަތު ކޮންދަރަޖައެއްގައި ހުރެންބާ؟ ސީޕީ ހަމީދާއި ނަޝީދު އެމްޑީ އެމް އާއި ގުޅިފައިވާމިންވަރަށް މީނާވެސް އެޖަމާޢަތާ ގުޅިފައިވަނީ ނޫންބާ؟ މިސަރުކާރުގެ އިސްފަންތީގެމީހުނާއި އެމްޑީ އެންގެ ލާދީނީ ރިޕޯޓާއި ގުޅިފައިވާ މިނަވަރަށްބަލާއިރު އަދި މިމީހުންގެ ޕްރަޕަގެންޑާ ފަރުރަމުން މިދާގޮތަަށްބަލާއިރު މިވެރިކަމުގެ 5 އަހަރު ނިމޭއިރު މިގައުމުގައި ދީނީ މިނިވަންކަންދީ ފައްޅި ނާޅޭކަމާމެދު ޝައްކު
އަޅުގަނޑުވެސް ތިކަމަށް ޟައްކު އެބަކުރަން
ވަރަށް ފުރިހަމަ
ހަމަ އަދުވެއް....
އަލީ އާޒިމުމެން ދީނީ އެއްބައިވަންތަކަން މާނަކުރާގޮތް.
ކާފަރުންނާއެކު މުސްލިމުންވެސް ކާފަރުންގެ އީދުތަކުގައި ބައިވެރިވުން.
ކާފަރުން އަޅުކަންކުރަން ހަދާފައި ހުންނަ ތަންތަނަށް މުސްލިމުން ގޮސް ކާފަރުންނާއެކު އެމީހުންގެ އަޅުކަމުގައި ބައިވެރިވުން.
ކާފަރުން ކުރާ ހުރިހާ ކަމެއް މުސްލިމުންވެސް ކޮޕީކުރުން.
ދީނީ ދަރުސްދިނުމަކީ ތަން ފަސާދަކުރަން ކުރާ ކަމެއްކަމުގައި ގަބޫލުކުރުން.
ބަލަ އާޒިމު ދީނުގެ އަދުއްވެކަމަށް ނަޝީދުހެދީ ކާކުތޯ؟ ނަޝީދު ދީނުގެ އަދުއްވުން ދައްކާކަހަލަ ވާހަކަ ދައްކައި އެ ލަގަބުހޯދީ އަމިއްލައަށް އޮޅުވާލަން ނޫޅޭ
ނަޝީދާއި ނަޝީދުގެ އައުވާނުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ އިތުރަށް މިދިވެހި ގައުމުގެވެސް އަދުއްވުން. 88 ނޮވެމްބަރ 3 ވަނަ ދުވަހު ދިވެހި ގައުމުގެ ދަރިން ޝަހީދު ކުރި ބާޣީންގެ އާއިލާގެ މީހެއް.
ކިތައްމެ ވަރަކައް ދޮންކުރިއަސް ދުނބުރި އެއް އަނބަކަށް ނުވާނެ. ދުނބުރިއައްވާނީ. ތީހަމަ އޭގެ އެއްޗެއް.
މުސްލިމުންނަށް ނުވާ މީހުންވެސް ރަނގަޅު މީހުން އުޅޭ. އެކަމަކު، ޒައިނިސްޓުންގެ އައުވާނުންނަށްވެ، އެމީހުން އުފަންކުރުވި އެތިޒްމްގެ މީހުނަށްވެ ޝައިޠާނާއަށް ތަބާވީމަ އެއީ މުޅި އިންސާނީ ޖަމާޢަތުގެވެސް ދުޝްމަނުންނަށްވުން. ﷲ ވަހީބަސްފުޅުގައިވަނީ، ޝައިތާނާއީ ފާޅުވެގެންވާ ތިޔަބައިމީހުންގެ ދުޝްމަނެއްކަމަށް. އެއީ މުޅި އިންސާނިއްޔަތުގެ ދުޝްމަނެއް. ހަމައެކަނި މުސްލިމުންގެއެއްނޫން. އާދަމުގެ ފާނާމެދު އެކަލޭގެ ހިތުގައި އުފެދުނު ނަފްރަތުން އެކަލޭގެ ބަދަލު ހިފުމަށް އެންމެހާ އިންސާނުން ޖަހަންނަމައަށް ފޮނުވާލުމަށް ވައުދުވެފައިވާ އެއްޗެއް އެއީ. އޭގެ ބާރުގެ ދަށަށް މިގައުމުގެ ވެރިން ގޮސްތިބިވަރު އެނގޭ ޤާނޫނުތައް ހަދަމުންދަނީ ނަޝީދުއަށް ކިރިޔާވެސް ދެރައެއް ލިބޭގޮތަށް އަމަލެއް ކޮށްފައިވާ މީހެއްނަމަ ޖަލަށްލާ ބުރިން ހަންނެގުމަށް. އަޅެފަހެ ނަޝީދަކީ ޝައިޠާނާތަ؟
ރުޅި އައިސްގެން އަމިއްލަ ނަފްސައް ސަެިތާނާ އޭ ތި ގޮވަނީ
ޝަހާދަތް ކިޔުމަށް ފަހު އެއީ އިސްލާމެއް. އެކަމަކު ޑިމޮކުރަސީ ގެ އުސްމިނަށް އަރާނަމަ ކުރިސްމަސް ފާހަގަ ކުރުމާ ދެކޮޅު ނެހެދޭނެ. ކުރިސްޓިއަނުން ވެސް އަދި އެހެން ދީން ތަކުގެ މިހުން ކުރާކަންކަން ގޯސް ނުކުރެވޭނެ. އެކަން މިގައުމުގެ ބައެއް މީހުންނަށް އޮޅިގެން އުޅެ ނީ. ވެރިކަން ބަދަލު ކުރަން ވީމަ ވައްކަމެ ގެ ތުހުމަތަށް ޓަކާ ދީނަށް ވުރެ މިއަދު ތި ފާޑު ކިޔާކަންކަން އިސް ކުރެވުނީ. ދެން ކުރާނެ ކަމެއް ނެތް، ތިދުވަސް ނުގެނައިސް ވާން އޮތް.
ކްރިސްޓިއަނުން ފާހަގަ ކުރާ ޝިރުކުގެ ދުވަހު ތަހުނިޔާ ކިޔުމަކީ ޝިރުކް ކުރުން... ލާދީނީ ބައިގަނޑުގެ ކަންތަށް ހާދަ ބޮޑޭ.... މިއީ އިސްލާމީ ގައުމެއް
ތިޔަ ޓްވީޓުން ނަޝީދު ގެ ނަމެއްވެސް އަދި އާޒިމް ގެ ނަމެއްވެސް ނުފެނުނު ކެޔޮގަނޑު ކެނޑިމީހާ އަށް ވީބާ؟
މިއަދުތޯ ޑރ.އިޔާޒްމެންނަށް ތިޔަކަމެއް އެނގިވަޑައިގަތީ. ވޯޓްހޯދަދެއްވާފައި. ވެރިކަން ހޯދަދެއްވާފައި. ބާރުދެއްވާފައި. އަދި ކިރިޔާ ތޯ ރޭކާލީ. ދިވެހިން ގެ ގިނަބަޔަކު މާކުރިން ތިޔައީ ކިހިނެއް އުޅޭ މީހެއްކަން ދަނޭ. ދެން ޑރ. ޢިޔާޟު މެން ކެއްސެވި ކަނޑުލުގެ ހިތި ފިލުއްވައި ދެއްވަން ވ. އާދޭހާއި އެކު ވ. އަދަބުވެރި ކަމާއި އެކު ދަންނަވަން. ޝެއިޚް އިލްޔާސް އިމްރާން ،މައްމޫނު ޤާސިމް އިބްރާހީމަށްވެސް.
މަށަށް ދެރައީ ބުއްޅަބޭ އެއް އަތްގޮއްޓަށްލައިގެން އަމެއް އަތުން މަތިޖަހައިގެން ދުވުނުއިރު ޑރ އިޔާޒަށް ބުއްޅަބެޔަކީ ކާކުކަން ނޭގުނީތީ!
އެމްޑީޕީއަކީ އަދި މާބޮޑު އަދުއްވެއް. އެ ޕާޓީ ބޭނުންކޮށްގެން މި އިސްލާމީ ރިވެތި ގައުމު ފުޑުފުޑު ކޮށްފި. ޅަ ޒުވާން ޖީލު އެ ނުބައި ފިތުނައިގައި ޖައްސައިފި. އާޒިމުމެންނަށް އެތަންނުފެނުމަކީ އަދި ނަޝީދުގެ ދިފާއުގައި ނުކުތުމަކީ މާބޮޑު ގޯހެއް.
އާޒިމް ކިޔާދީބަލަ އަދުއްވުން އަކީ ކޮބައިކަން؟އޭރަށް ދޯ އިޔާޒަށްވެސް އެންގޭނީ.އިޔާޒު އެހެން އެބުނީ ވެދާނެތާ އިޔާޒަށް ލިބިފައި ހުރި ޢިލްމެއްގައި އޮތް ގޮތް ކަމަށް.... ނަސީދަކީ ލާދީނީ މީހެކޭ އިމްރާން މަތް ﷲ ގަންދީ ހުވަކޮށްފަ ބުނި.
ބަލަގަ އަލުން އިސްލާމްދިނަށް ވަނުމަށް އިޔާޒް ނަސިދަސް ދައުވަތުދިންވާހަކަ ޖޯކަކަށްހަދައިގެން ނަސިދުގެ ދުލުން އިއުތިރާފްވީ ލ.އަތޮޅުގަ ހުރެގެން ނޫންތަ؟ޑެންމާކްގަ އިސްލަމްދިނުގެ އިލްމު ވެރިންނަށް ރައްދުދީ ހެދޭނެއެހެންގޮތެއް ހޯދަންޖެހޭކަމަށް ނަސީދު ވިދާޅުވި ނޫންތަ؟ކީރިތި ގުރްއާނުގައިވާ ހައްދުތައް އޭނާ ގަބޫލު ނުކުރާކަމަށް ނަސިދު ވިދާޅުވި ނޫންތަ؟ ރިޒްވާނު ލައްވާ މިނިވަން ނޫހުގަ ނަސިދު ލިއުއްވި ލަދިނީ ލިއުންތަކާއިއެމްޑިއެންގެ ލަދީނީ ލިއުންތައަ ހިމާޔަތް ކޮށް ދެއްކި ވާހަކަތަކާއި ރ.އަތޮޅަށް އަރުވާލާފަ ހުރިއިރު ކީރިތި ގުރްއާނާއި ރަސޫލާ އިބެހޭގޮތުން ނަސިދު ވާހަކެއްކި ކަމަށް ބުނާ ވާހަކަތަކަށް ބަލާއިރު އިޔާޒްގެ ބުނުން ތެދުކަމަށް ގަބޫލުކުރަން. މީހެއްގެ ދިނީ ވަންތަކަމަ ލަދީނީ ވަންތަކަމާ އިސްލާމްދީނުގެ އަދުއްވެއްކަމުގަ ކަނޑައަޅާނީ މިއުންމަތުގެ އިލްމުވެރިން. މިއުންމަތުގެ އިލްމުވެރިންނަކީ އެހެން އުންމަތްތަކުގެ ނަބީބޭކަލުންނަ އެއްފަދަ ދަރަޖަގައިވާ ބައެއް.
ދީނުގެ އަދުއްވުން ކަނޑައެޅުމުގެ ބާރު އިޔާޒަށް ދިނީ ކާކު؟
ކަމަކީ އެއްކަމެއް ނަޝީދަކީ އިސްލާމް ދީނުގެ ޙުކުމްތަކާ ޚިލާފުވާމީހެއް ބަހުންވެސް ޢަމަލުން ވެސް އެކަން ދައްކާމީހެއް އަދިވެސްގޯސްވީ ދީނީޢިލްމުވެރިންދޯ އާޒިމްއަށް ތާއިދުކުރެވޭކަށްނެތް
ޝޭޙް އިޔާޒްމެން ފަދަ ބޭފުޅުންނަށް އަދި ކިރިއާތޯ ތިކަން އިންގުނީ؟... އެމްޑީޕީ އަށް ވޯޓް ދިން އިރު ވޯޓް ދެއްވީ އަންނިގެ މާޒީ ހަދާން ނެތި ހުރެގެންތޯ؟ ތިކަން ވިސްނި ވަޑައިގެން ކަން ރަގަޅު... އަންނި އެގޮތަށް ޓުވިޓް ކުރިކަން އެއީ ވަރަށް ދެރަކޮށް ކުރިކަމެއް... އިސްލާމީ ގައުމެއްގެ ރައްޔިތުން މަޖުލީހުގެ ވެރިއެއްގެ ގޮތުގަ ހުރެގެން ކޮށްގެން ވާނެކަމެއް ނޫން... މިއަންނަ އަހަރު ވޯޓުން ދައްކާނަން ތިހެން އުޅެންޔާ ނޫނެކޭ ބުނާތަން.. އަން، ނީ ހަދާންނެތީތަ ވެރިކަމުން ބޭލި ހަދާން.... 2013 ގަ ވޯޓުން ފެއިލްވި ހަދާން ނެތީތޯ؟
ކެނެރީގޭ ނަޝީދަކީ އިސްލާމް ދީނުގެ ޢަދުއްވެއް އަދި އެމްޑީޕީގެ ލާދީނީ މަޖިލިސްމެމްބަރުންނަކީވެސް އިސްލާމްދީނުގެ ޢަދުއްވުން ހާއްސަކޮށް އާޒިމަކީ އިސްލާމްދީނުގެ ޢަދުއްވެއް އިސްލާމްދީނުގެ ޢަދުއްވުންނޫނީ އިސްލާމްދީނުގަ ހަރާމްކުރައްވާފަކަންކަން ނުކުރާނެ
އެކަލޭގެ އަމިއްލަޔަށް ޑެންމާކަށް ގޮސް ހުރެ ހުސްބުޅީގައި ބޭނުނީ.
ރަސޫލާއަށް ސަލަވާތް ކިޔަވަން ޖެހުމުން ވީގޮތް ނެތިން އިތުރަށް ކިޔައިދޭކަށް. ޝެއިހް އިލްޔާސް ތަފާތު އެކިފަހަރުމަތިން އެވާހަކަ އޮންނާނީ ދައްކާފައި.
އޭނާޔަކީ ބޮޑު ލދނ އެއް
ބު އްޅަބޭގެ ބޭނުމަކަށްވާނީ ދީނީ ޢިލްމް ވެރިން އެފަދަ ވާހަކަ އއއއެ އް ވިދާޅު ވުމުން ކަނޑަ އެޅި ގެން އެބޭފުޅުން ނަށް ގޮން ޖެހުން ެއފަދަ މީހަކީ އިސްލާމް ދީނުގެ އަދު އްވެކޭ ނުބުނެ ދެން ކީކޭބާ ބުނާނީ އާޒިމް އަޅެބުނެ ބަލަ އެފަދަ މީހަކަށް މުޚާޠަބް ކުރާނެ އެހެން ނަމެ އް
އެއްވެސް މީހެއްގެ ދީންވެރިކަމާއި މެދު ސުވާލު އުފެދޭނީ އެމީހަކު ކުރާކަމަކުންނެވެ އަދި އެމީހަކު ބުނާ ބަހަކުންނެވެ. އެހެންކަމަށްވާނަމަ، ތިޔަވިދާލުވަނީ، ކުރައްވާ ޢަމަލުތަކުންވެސް އަދި ވިދާޅުވާ ބަސްފުޅުތަކުންވެސް ދީންވެރިކަމާއި މެދު ސުވާލު އުފެދޭ ބޭފުޅެއްގެ ވާހަކައެވެ. މިއީ އެއްވެސް މީހަކަށް ދެބަސްވެވޭނެ ކަންކަމެއްނޫނެވެ.
ނަޟީދު އެކުރީ ޟަރީކެއް ،އެއީ ﷲ ގެ ކޯފާއެއް އައުން ބޮޑުކުށެއް.ނަޟީދު އެކުރި ކުށަކީ ބޮޑުކުށެއް .އޭނާ އާންމުންގެ ކުރިމަތީގައި ތަޢުބާ އިއުލާން ކުރަން ޖެހޭ.އެ ގޯސް އެމްޑީޕީ ބޯބުރާންތިންނަށް ނުފެންނަނީތަ؟މިއީކީ ފަހަރު ޖެއްސޭވަރުގެ މައްސަލައެއް ނުން
ޢިސްލާމްދީނުގެ ޢަދުއްވެއް ނަޝީދަކީ.
އާޒިމް ކޮން ދުވަހަކުތަ ޝޭޚަކަށްވުރެ މޮޅަށް ދީން ކިޔެވީ؟ އާޒިމް ތިޔަ ބުނާ ފުރިހަމަ އިސްލާމްދީނަށް އުޅޭ މީހާ މަޖްލިހެއްގެ ރިޔާސަތުގައި އިނދެ ގުރުއާންގެ އާޔަތަކާ އޭގެ މާނަ އަޑުއަހާލަން ބޭނުންނުވި. ނަޝީދަށާ އާޒިމަށް ފުރިހަމަ އިސްލާމްދީން އެނގޭ ކަމާމެދު އެއްވެސް ޔަގީންކަމެއްނެތް. ގުރުއާނުގެ ކިތައް ސޫރަތްތޯ ހިތުދަހީ ކިތައް އާޔަތުގެ މާނަބާ އެނގެނީ ތިޔަ ފުރިހަމައަށް ދީނަށް އުޅޭ މީހުންނަށް.
ސިޔާސީ މީހުން އެހެންދީންތަކުގެ މީހުންނަށް އަންނަ މިފަދަބޮޑު ދުވަހެއްގެ ތަހުނިޔާކިއުމަކީ އެއްވެސް މައްސަލައެއްނޫން އެމީހުންވެސް އީދު ތަހުނިޔާ ކިޔައި އެކަމު އެމީހުން އިސްލާމެއްނުވޭ އެހެންވީރު އިސްލާމަކު ކްރިސްމަސް ތަހުނިޔާކިއުމަކުން ކާފަރުވާންވީ ކީއްވެ؟
އަބަދުވެސް އަހަރެމެން މިއުޅެނީ މިހާލެއްގަ އެހެން ދީންތަކުގެ މީހުން އަހަރެމެންނަށް އީދު ތަހުނިޔާކިޔާ ގައިރު މުސްލިމް ގައުމުތަކުގަ އިސްލާމުންނަށް ބޭނުންގޮތަކަށް އުޅެވޭ މިގައުމުގެ ބޭނުމަށް ބޭރުން ގެނެސްފައިވާ އެތަށް ބައެއް އެމީހުންގެ ދީނުގެ އެއްވެސްކަމެއް މިތަނުގަ ވިޔަކަނުދޭ
ކުރިސްމަސް ފާހަގަ ކުރީކީ ނޫންދޯ. ވިޝް ކުރުމަކުން ގޯހެއް ނެތް. އިސްލާމުންނަކީ އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމް ކުރާ ބައެއް. މަށަކަށް ނަޝީދުގެ ހަގީގަތެއް ނޭންގޭ. އަދި އޭނައާއި ދިމާއަށް އަދުއްވެކޭ ކާފިރެކޭ ބުނާކަށް ނުކެރޭނެ. މަށަށް ހަމަ އެކަނި ކުރެވޭނެ ކަމަކީ ނަޝީދަކަށް އަދި މޑޕ ފިކުރަކަށް ވޯޓު ނުދިނުން. ހަސަދަ، ރުޅިވެރިކަން، ބޮޑާކަން، ކިބުރުވެރިކަން ހުރެގެން އެއްވެސް އުފަލެއް ނުލިބޭނެ.
ސަލީބަށް އަޅުކަން ކުރާތީ ތަހުނިޔާ ކިޔޭތަ
ނަޝީދަކީ އެމްޑީޕީ އަކީ ހަމަގައިމުވެސް ލާދީނީ ފިކުރަށް ތާއީދު ކުރާ ބައެއް އުޅޭ ތަނެއް، އެހެން ނޫން ނަމަ އަލްޓަނޭވިވް ނެރޭޓިވް އެއް ހޯދާކަށް ނޫޅުނީސް، ޤްރުޢާން އާއި ސުންނަތުގެ ބަދަލުގައި، އަދި ޖެޒުއިޓްސް ރާއްޖެ ފޮނުވުމަށްވެސް ނުގޮވީސް، ދޮން މީހުން އުޅޭ ގޮތަށް އުޅެން ވެސް ނުގޮވީސް، ބޮވެންވާނެ ބޯން އެބަޖެހޭނެ ކަމަށްވެސް ނުބުނީސް
ލާރިގެ ދަހިވެތި ކަމުގަ އެޅޭބަޔަކު އެމްޑީޕީ ތެރެޔައް ވަދެ ދެ އަނގައިން ވާހަކަ ދައްކަނީ
ފޮރިވަހީދުގެ ނުހިންނާނެ ބޯހަމަޖެހޭ މީހަކު އަބަދުވެސް ފައިސާމަދުވެގެން އުޅޭ ބައެއް އެއީ ހެންވޭރައްޖެހިފަ އޮތް ބަލާވެރިކަމެއް ފޮރި އަޅައިފި ތަނެއްހަލާކު ކޮއްލާނެ ނުބޯއެއްޗެއްނެއް...އަންނިޔަކައްވިރެ އެންމެ ތަންކޮޅެއްވެސް ތިޔަ އަލީ އާޒި މެއް ބުއި މުގަ ދޫނުކުރާނެ..
އަލީ އާޒިމަކީވެސް އިސްލާމަދީންދެކެ ލޯބިވާ މީހެއްނޫން ދީންނުވެސް އެންގޭނެ ކެނެރީގޭ ނަސީދަކީ ފައްކާ މުނާފިގެއް!
ނަޝީދަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމާއިމެދު އެއްވެސް ޝައްކެތް ނެތް.