ނަޞާރާ ދީނުގެ މީހުން ފާހަގަކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓްވީޓެއް ކުރެއްވުމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ނުސީދާކޮށް ނަޝީދަށް ފާޑުވިދާޅުވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން އިޔާޒަށް ބަހުގެ ހަމަލާތަކެއް ޓްވީޓާގައި ދެއްވަން ފަށްޓަވައިފިއެވެ.
ނަޝީދު އެ ގޮތަށް ޓްވީޓް ކުރައްވާފައި ވަނިކޮށް، އެއަށް ރައްދު ދެއްވައި އެކަމަކު ނަޝީދު ނަން ނުގެންނަވައި އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޣައިރު މުސްލިމުންގެ އީދު ފާހަގަކޮށް މަރުހަބާ ކިޔުމަކީ މުސްލިމުންނަށް އޮންނަ ކަމެއް ނޫން ކަމަށެވެ. މި ކަމާ ގުޅިގެން އިޔާޒު އެތައް ޓްވީޓެއް ކުރެއްވިއިރު އެއިން އެއް ޓްވީޓެއްގައި ވަނީ އެ ގޮތަށް ތަހުނިޔާ ފޮނުވަނީ ދީނުގެ އަދުއްވުން ކަމަށް ވެސް ލިޔުއްވާފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. އިޔާޒުގެ ބަސްފުޅުތަކުން އިސްލާމް ދީނަކީ ޖަދަލުވެރި އުސޫލުތަކެއްގެ ދީނެއް ކަމަށް ފެންނަ ކަމީ ހިތާމައެއް ކަމަށެވެ. އަދި ދީނުގެ އަދުއްވުން ކަނޑައެޅުމަކީ އިޔާޒަށް އޮންނަ ކަމެއް ނޫން ކަމަށް ހަސަން ލިޔުއްވާފައިވެއެވެ.
"ރައީސް މުހައްމަދު ނަޝީދަކީ އިސްލާމް ދީނުގެ އުސޫލުތަކުގައި ސާބިތުވެ ހުންނެވި ބޭފުޅެއް،" ހަސަން ލަތީފް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.
@dr_iyaz ge basfulhu thakun Islam dheenakee jadhal veri usool thakehge dheeneh kamah fenna kamee hithama eh. R.@MohamedNasheed akee Islam dheenuge usool thakugai sabithuve hunnevi beyfulheh. Meehunge Ageedha mine kiraa, Dheenuge adhuvvun kanda elhumakee Dr.Iyaz ah oiy kameh noon.
— Hassan Latheef🎈 (@HassanLatheef) December 26, 2020
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޔާޒު ހެއްދެވީ ގޯހެއް ކަމަށާއި ދީނުގެ އަދުއްދުވުން ކަނޑައެޅުން އޮންނަނީ ގާނޫނުން ކަމުގައިވާއިރު އިޔާޒު ހުންނެވީ ދީނީ އެއްބަވައިވަންތަކުގެ ގާނޫނާ ހިލާފްވެވަޑައިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.
"ރައީސް މުހައްމަދު ނަޝީދަކީ ފުރިހަމައަށް އިސްލާމް ދީން ގަބޫލުކޮށް އެ ދީނަށް އުޅުއްވާ ބޭފުޅެއް،" އަލީ އާޡިމް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޔާޒަކީ އެއް ދީނެއްގެ މީހުން ދިރިއުޅޭ މުޖުތަމައެއްގައި ވެސް ދިރިއުޅެން އެނގިވަޑައިނުގަންނަވާ ބޭފުޅެއް ކަމަށެވެ. ދެން އެކި ދީންތަކުގެ މީހުން އުޅޭ މުޖުތަމައެއްގައި އިޔާޒު އުޅުއްވާނީ ކިހިނެއްތޯ އިންތި ސުވާލު ކުރައްވާފައިވެއެވެ.
@dr_iyaz akee eh dheeneh ge meehun ge thereyga ves ulhen neyge meeheh. Dhen Koba e noon mujuthamau ehgai ulhen jehijje nama haalakee?
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) December 26, 2020
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޔާޒު ފަދަ ދީނީ އިލްމުވެރިން "ފިތުނަ އުފައްދަވަމުން" ގެންދަވާތީ ހިތާމަ ކުރައްވާ ކަމަށެވެ. ރައީސް ނަޝީދަކީ އިސްލާމް ދީން ދެކެ ލޯބިވެވަޑައިގަންނަވާ ދީނުގައި ސާބިތުވެ ތިއްބެވުމަށް އެހެން މީހުނަށް ވެސް ބާރު އަޅުއްވައި ނަސޭހަތް ދެއްވާ ބޭފުޅެއް ކަމަށެވެ.
ސުބުހާނަالله، ޑރ އިޔާޒު ފަދަ ބޭފުޅަކު މިފަދަ ފިތުނަ އުފެއްދީތީ ހިތާމަކުރަން.
އަޅުގަނޑު ދަންނަ ރައީސް ނަޝީދަކީ އިސްލާމް ދީންދެކެ ލޯބިވެވަޑައިގަންނަވާ އިސްލާމް ދީނުގައި ސާބިތުވެތިބުމަށް އެހެންމީހުނަށްވެސް ބާރުއަޅުއްވާ އެކަމަށް ހިތްވަރާ ނަސޭހަތް ދެއްވާ ބޭފުޅެއް. @MohamedNasheed https://t.co/rtyiXa48xN
— Mohamed Shifau (@mhshifau) December 26, 2020
ރައީސް ނަޝީދު އާންމުކޮށް ވިދާޅުވާ ބައެއް ބަސްފުޅުތަކުން އިލްމުވެރިންގެ ފާޑުކިއުން އަބަދުވެސް އަމާޒުވެއެވެ. އެމަނިކުފާނަކީ "ލާދީނީ" ފިކުރުގެ ބޭފުޅެއް ކަމަށް ތުހުމަތުތަކެއް ވެސް ކުރެވެއެވެ. އެކަމަކު މިފަދަ ކަމެއްގައި ދައުލަތުން މިހާތަނަށް ނަޝީދަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު ނަޝީދު މިފަދަ ތުހުމަތުތައް ދޮގު ކުރައްވައެވެ.
މުސްލިމުން އެބައިމީހުންގެ ރަސޫލާ އަށް ބަދު ބަސް ބުނެފި ނަމަ ނުކުންނާނެ އެވެ. މިބައި މީހުންނަށް ނުކުމެވޭނީ އެބައި މީހުންގެ ކަނުލޯބި ޖެހިފައިވާ މީހަކާ އެއްކޮޅަށެވެ. ރަސޫލާގެ ދިފާއުގާ މުސްލިމުންގެ ދިފާއުގާ ނުނިކުންނާނެއެވެ
އިންތި އާ އަންނި ދޭ އެހެން މުޖުތަމައެއްގަ އުޅެން.... ދިވެހި ރާއްޖެ އަކީ އިސްލާމް ގައުމެއް... ދާންވީނު ޔޫރަޕްގަ އުޅެން... ހޫ، ޔޫރަޕުގެ އެއްވެސް ގައުމަކުން އިންތި އަންނިމެނަށް ވެރިކަމެއް މިނިސްޓަރު ކަމެއް ނުދިން ދޯ!!! 8 ފެބްރުއަރީގަ ވެރިކަމުން ފައިބަން ޖެހުނު ދުވަސް ހަދާންކޮށް ފިތުނަ ނުއުފައްދާ...
އިންތި އާ އަންނި ދޭ އެހެން މުޖުތަމައެއްގަ އުޅެން.... ދިވެހި ރާއްޖެ އަކީ އިސްލާމް ގައުމެއް... ދާންވީނު ޔޫރަޕްގަ އުޅެން... ހޫ، ޔޫރަޕުގެ އެއްވެސް ގައުމަކުން އިންތި އަންނިމެނަށް ވެރިކަމެއް މިނިސްޓަރު ކަމެއް ނުދިން ދޯ!!! 8 ފެބްރުއަރީގަ ވެރިކަމުން ފައިބަން ޖެހުނު ދުވަސް ހަދާންކޮށް ފިތުނަ ނުއުފައްދާ...
އެމްޑީޕީ އެކަންޏެއްނޫން......... ބުއްޅަބޭގެ ދިފާޢުގައި މުޅި ދުނިޔެ ނުކުތަސް ބުއްޅަބެޔަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމުގައި ނުވާނެ ގޮތެއް ހަމަ ނޯންނާނެ
އަންނި ފުރިހަމައަށް އިސްލާމްދީން ގަބޫލް ކުރާ މީހެއް ކަމަށް ބުނާ މީހަކީ ސިކުނޑި ހަމަޖެހޭ މީހެއްކަމާ މެދު ވެސް ޝައްކު ނޫނީ ހަމަ އެފިކުރުގެ މީހުންބާ..ލަނޑަޔާ ވާނީ ލަނޑަޔާ...
ނަޝީދު ކޮންމެ ކަމެއް ކުރިޔަސް ދިފާޢުގައި ތި ނިކުންނަ މީހުންނާ މެދު އަހަރެމެއް ހައިރާނެއް ނުވަން. ކެނެޑާގައި ދެއްކެވި ވާހަކަތަކުގެ ދިފާޢުގައި ވެސް ބަޔަކު ތެދުވިތާ!
ލަނޑަޔާ ވާނީ ލަނޑަޔާ
ލާދީނީ!
އިސްލާޟްދީނުގެ ޢަދުވެއްގެ ދިފާއުގަ ނުކުންނާނީ އިސްލާޟްދީނުގެ ޢަދުއްވުން މީވަރަށް ސާފުކޮށް އެނގޭކަމެއް މިކަމާ ދެކޮޅެއް ނުހެދޭނެ
މިސްކިތުން ފެނޭތަ؟
އެމް.ޑީ.ޕީ ގެ ލާދީނީ ފާދިރީންގެ ކޮމެޓީ އެއްތަންވެފައި އަސްލު ކުލަވަރު ދައްކާލަނީ ރީނދޫ ކުލައަކީ ނުރައްކާތެރި ކުލައެއް ހުރިހާ ގޮތަކުން ބެލިޔަސް މިގައުމުގެ ހަލާކު
ދީން ނުދަންނަ ޖާހިލުން ދަ އްކާ ނީ ތިޔަ ކަހަކަ ވާހަކަ . ތިޔަތާ ތިތިބީ ހުރިހާ މީހުނަކީ ވެސް ޣައ އިރު ދީން ކުރި އަރުވަން މަސަ އްކަތް ކުރާމީހުން ހަސަނާ އަޅެ ބުނެބަލަ އެންމެ ފަހުން ނަމާދަށް އެރި ދުވަހެ އް ހަދާނުގަ އެބަހުރިތަ
އައްނި ޑެންމާކްގައި ދެއްކީ ރަނގޅުވާހަކައެއްކަމަށް ގަބޫލުކުރާ މީހުން މިކަމާއި ދެކޮޅަށް ތެދުވާނެ.
ދީނީ ޢިލްމުވެރިން އުޅުނު އަންނިވަރެ އްނެތިގެން ވެސް
އަހަރެން ހައިރާން ވެއްޖެ މަޖިލިސް ކިއާތަނަކައް ކަންފަތުގަ އަޑުއިވުމުގެ ހިއްސު ކެނޑިފަ ތިބޭމީހުން ވަދެ ތިބޭތީ.. ޑެންމާކުގަ ތިބުނާ މީހަކު ދެއްކިވާހަކަ އަޑު އަހާލިނަމަ ތިހެންނުބުނާނެ.
ތިހުރިހާ ވާހަކައެއް ނުދެއްކިއަސް ނަޝީދު ގެ ނިއްމުން އެއީ ތިމަންނަމެން ގަބޫލު ކުރާގޮތޭ ބުނިނަމަ ރަގަޅުވާނެ....
ބުއްޅަބެއާ އެއްކޮޅަސްއެރިއަސް އޭނަ ނުބުނާކަމަށްނުވާނެ ނަމާދުކުރާނީ ކުރަން ހުރިހުރިހާ ކަމެއްނިންމާފަވަގުތު އޮތިއްޔާއޭ މީ މުސްލިމުން ދައްކާކަހަލަވާކައެއްނޫން
އިސްލާމްދީނުގެ އަދުއްވެށް ނަޝީދަކީ މީނަނޫންބާ ކެނަޑާގަ އިސްލާމްދީނަށް ފުރަށްސާރަކޮށް ވާހަކަދެއްކީ އެހުރީ ޔޫޓިއުބުގަ ދެއްކިވާހަކަތަށް ހާމަވާން ދެންމީނަކޮޅަށް އަރާނީވެސް އަދުއްވުން ކަމުގައިނުވެދާނެބާ.
ތިޔައީ މުނާފިގުން އަންނިގެ ލެއިބޮއިގެންތިބި
ހަސަނާ ޟިރުކަކީ ކޮބާ ކަން ކަލެއަށް އެގޭތަ؟
ﷲ އާއި އެކަލާނގެ ރަސޫލާގެ ދުޝްމަނުންގެ ދިފާޢުގައި ނިކުންނާނީ ހސމައެކަހަލަ މީހުންނެވެ. މީކީ ޝައްކެއް ހުރިކަމެއްނޫނެވެ.
ލާދީނީ ބައިގަޑު ހޭއަރާފި. ކިތަންމެވަރަކައް ފެލުނަކަސް ﷲގެ މަތިވެރި އިސްލާމްދީނެއް ފޮހެވެސްނުލެވޭނެ އަދި ބަލިކައްޓެއްވެސް ނުކުރެވޭނެ. ދުވަހަކައްފަހުދުވަހެއް ތިބައިގަޑު ބޭޒާރުވަމުންގޮސް އެންމެފަހުން ތިޕާޓީވެސް އުވިގޮސްދާނެ އިންޝާﷲ.
ހުސް އެއްކަހަލަ މީހުންދޯ މިއުޅެނީ!
އިހަވަންދޫ ދާއިރާގެ މެންބަރައް ބުނެލަންއޮތީ ކަލޮޔަކީ ނަސީދާ އެއްފުޅިން ބޮއިގެން ވާނުވާނޭގިފަ ހުރި ގޮލަޔެކޭ މާތާހިރުވާންވެގެން އަނގަފޭކުރަނީ ތިޔަހަތަރުމީހުންނަކީވެސް ހިތްޕަވާ އަދި ދީންގަބޫލު.....................މީހުންނޭ.
ތީ އާކަމެއްތަ. ކުރިންވެސް އެބޭފުޅާ ދީނަށް ފުރައްސާރަކުރާ ކޮންމެ ފަހަރަކު ތިޔަ ބައިގަނޑު އައްޑަނަ ހިފައިގެން ނުކުމެއެވެ. އެ ބޭފުޅާ އެގޮތަށް އެ އުޅުއްވަނީ މި ބޭފުޅުން އެކަމަށް ސަޕޯޓްކޮށް އައްތެލަބަޑި ޖަހާތީއެވެ.
އޭނައާއި އެއްކޮޅަށްނިކުމެފައެތިބީ ޚުދު އޭނަކަހަލަ މީހުންކަމީ އެއްވެސް ދިވެއްސަކު ޝައްކެއްކުރާ ކަމެއްނޫނެވެ.
ބުއްޅަ އަކީ ގައުމަށް ޖެހިފައޮތް ބަލާވެރިކަމެއް
ދީނުގައި އެކަމެއް ކުރުން ނޯންނަ ކަމެއް، ވަކި ބައެއްގެ ރުހުން ހޯދުމަށްޓަކައި ކަމުގެ އެންމެ ފުންމިނަށް ނުވިސްނައި، ދީނީ މީހެއްގެ ލަފައެއް އެހުމެއްނެތި ހެއްދެވި ފަރާތަށް އޮންނަންވީ ބިރުގަތުމެއްނެތި ކުރާނީ ކިހާ އިސްލާމްދީން ދެކެ ލޯބިވެ ދީނުގައި ސާބިތުވެ ހުންނާތީ..
އެމީހުންގެ ދީނީ އީދު ތަކުގައި ތަހުނިޔާ ކިޔުމުގައި އެ ކުފްރަށާ ބާތިލަށް ރުހުން އެކުލެވިގެންވޭ، އެއީ ކުފްރުވެދާނެ ޢަމަލެއް.
ތިއަހެން ނިކުންނަ ތިން ހަތަރު މެންބަރަކަށް އިސްލާމުންނެއް ނުގުޑާނެ ، ތިއުޅެނީ އޮޅިގެން ، އިސްލާމުންނަކީ ކިތަންމެގިނަ ބަޔަކުދީނާ ދެކޮޅުވިޔަސް ގުޑާނެބައެއްނޫން .. ބަދުރު ހަނގުރާމާގައި ބައިވެރިވީ 300 އިސްލާމުންނާއި 1000 މުސްރިކުން ، ނަސްރުލިބުނީ މުސްލިމުންނަށް .........
ފޮޓޯގަ އެތިބީ ހުސް ލާދީނީމީހުން.
އެމްޑީޕީ ކިތައްމެ ނުރުހުނަސް އަންނި އަކީ މިރާއްޖެއިން އިސްލާމް ދީން އޮންނާތީ ލޮލަށް ނިދި ނައިސް އުޅޭ ލާދީނީ މީހެއް
ހަމަހުސް މުނާފިޤުން
ﷲ ދިފާއު ކުރެއްވި އަޅަކަށް މެނުވީ ދިފާޢު ނުވެވޭނެއެވެ. ﷲ އަށް އުރެދުނު މީސްތަކުން ތެރެއިން އެކަލާންގެ އިރާދަ ކުރެއްވި ބަޔަކު ދިފާޢުކޮށް ދެއްވާ ހުއްޓެވެ. ތަޢުބާގެ މަގު ޚިޔާރު ކުރުން ހެއުކަށްބޮޑެވެ.
ތި ފާޑަށް އުޅޭއިރު ހަދާން ނެތުނީތަ ވެރިކަން ވެއްޓުން ހަދާން، 2013 ގަ ވޯޓުން ނުހޮވުނު ހަދާން... އަހަރުމެން މިފަހަރު ވޯޓް އެމްޑީޕީ އަށް ދިނީ ތިހެން ލާދީނާވާކަށް ނޫން... ލާދީނީ ވަންޔާ ޖެހޭނީ ބޮޑުތަނުން ނޫނެކޭ ބުނަން... ކަލޭމެނަށް ވެރިކަން ލިބޭއިރަށް ޝަހުސިއްޔަތު އޮޅެނީ ކީއްވެތަ؟ ދިވެހި ރާއްޖެއަކީ އިސްލާމީ ގައުމެއް...
އިސްލާމްދީނުގެ އުޞޫލުތަކާ ދިމާއިދިކޮޅަށް މަސައްކަތް ކުރާ ކޮންމެ ބަޔަކާ އިސްލާމްދީން ޖަދަލު ކުރާނެ: އިސްލާމްދީޖަށް ފުރައްސާރަކޮށް ޖަދަލުކުރީ މީހުންނަށް ރައްދު ޖަދަލުގެ ބަސް އައިސްފައިހުރިކަން އިސްލާމްދީނަށް ފުރިހަމައަށް ތަބަޢަވާމީހުން އެނގޭނެ: އަދި އެދީނަށް ފުރިހަމަަށް ތަބަޢަވާ ވީހަކު އިސްލާމް ދީނަށް ފުރައްސާރަކުރާ މަޖިލިސްއެއްގައި ނުއިށީންނާނެ. ކޮންމެ މީހަކު ނަޝީދު ދިފާޢުކުރިޔަސް ނަޝީދަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހެއް. ނަޝީދަކީ އެހެން ދީނެއްގެ ބަޔަކު ބޭއްވި ޖަލްސާއެއްގައި އިސްލާމް ދީނާ ޚިލާފު ވާހަކަ ދައްކާފައިވާތީ އިސްލާމީ ޝަރުޢީ ހައްދު ޖަހަންޖެހޭ މީހެއް. ނަޝީދަކީ މިޤައުމުގެ ވެރިންގެ ފެންވަރުގެ އެއްވެސް މަޤާމަކަށް ޤާނޫނީ ޝަރުތު ފުރިހަމަވާމޭހެއްނޫން:
ހުސް ލާދީނީ މުރުތައްދު ބައިގަނޑު ތިއުޅެނީ މުރުތައްދު ގަންޖާގެ ދިފާއުގައި .
މިދުނިޔޭގެ އުޅޭނެ އިންސާނުންގެ ސިފާގަތިބޭ ސައިތާނުން އެމީހުން ބުނާނެ ތިމަންމެންނީ ކަން ކަން
އިސްލާހުކުރަން ތިބޭބަ ކޭބުނާނެ ކަމަވެ، ތިފެންނަ މީހުންނަ ކީ ސޭހުންގެ ެެަެެ އަބުރުކަތިލަމުން ފިތުނަފަސާދަ އުފައްދާ ސައިތާނުން ކަން ޔަގީން