އެހެން ދީންތަކުގެ މީހުންގެ މުނާސަބަތުގައި ތަހުނިޔާ ކިޔުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެންބަރު އަސްލަމް މިހެން ވިދާޅުވެފައިވަނީ ނަޞާރާ ދީނުގެ މީހުން ފާހަގަކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ވިދާޅުވެ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކަށް ބައެއް އިލްމުވެރިންނާއި އާންމުންގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ.

ރައީސް ނަޝީދަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އެމަނިކުފާނުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމަނިކުފާނުގެ އަރިސް އެމްޑީޕީގެ މެންބަރުންތައް ގެންދަަވަނީ ޓްވީޓް ކުރައްވަމުންނެވެ. އަދި ނަޝީދަށް ނުސީދާކޮށް ފާޑުވިދާޅުވެފައިވާ ބައެއް އިލްމުވެރިންނަށް ބަހުގެ ހަމަލާތަކެއް ވެސް ރައްދު ކުރައްވާފައިވެއެވެ.

އަސްލަމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބަވަނަވެފައިވާ ދެނިޔޭގެ އެކި ގައުމުތަކުގައި އެކި ދީންތަކުގެ މީހުން އުޅެމުންދާއިރުގައާއި ސުލްހައިގެ އަހުދު މަތީގައި ދިވެހިން ތިބިއިރު، އެހެން ދީންތަކުގެ މީހުންނަށް އެމީހުންގެ އެކިއެކި މުނާސަބަތުގައި ތަހުނިޔާ ކިޔުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

ރައީސް ނަޝީދު އާންމުކޮށް ވިދާޅުވާ ބައެއް ބަސްފުޅުތަކުން އިލްމުވެރިންގެ ފާޑުކިއުން އަބަދުވެސް އަމާޒުވެއެވެ. އެމަނިކުފާނަކީ "ލާދީނީ" ފިކުރުގެ ބޭފުޅެއް ކަމަށް ތުހުމަތުތަކެއް ވެސް ކުރެވެއެވެ. އެކަމަކު މިފަދަ ކަމެއްގައި ދައުލަތުން މިހާތަނަށް ނަޝީދަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު ނަޝީދު މިފަދަ ތުހުމަތުތައް ދޮގު ކުރައްވައެވެ.

މިފަހަރު ކްރިމަސްގެ ތަހްނިޔާ ނަޝީދު ފޮނުއްވާފައި މިވަނީ އެފަދަ ކަންކަން މުސްލިމުން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ރާއްޖޭގެ ނަން މަޝްހޫރު ވަރަށް ގިނަ އިލްމުވެރިން ވީޑިއޯއެއް ވެސް އާއްމުކޮށްފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. Anonymous

    މުރުތައްދުންނަކައް ނުވާނެ މައްސަލަ އަކައް. މިއީ ލާދީނީ އެމްޑީޕީގެ މުރުތައްދުންގެ ހާލަތު

    58
    5
    • އޯތޭން

      ލާދީނީ ބައިގަނޑު ހާދަ ވަރަކަށް ހިފާފައޭ ދޯ މިހިރީ ރާއްޖެ ލާދީނީ ކުރަން.... ވަރަށް ވިސްނަން ޖެހޭ ކަމެއް....

  2. ހުސޭނުބޭ

    މި ބީތާ މިއީ އަނެއްކާ ކޮން ދީނެއްގެ އެއްޗެއްތަ؟

    54
    6
  3. ޝިޔާމް

    ރާއްޖޭގެ މުފްތީ އެއޮތީ ފަތުވާ ނެރެފައި.

    35
    3
  4. ހަސަނާ

    ބަވަނަވެފާވާ ދުނިޔެ އެކޭކިއާފަ އެހެންދީންތަކުގެމީހުން އުޅޭގޮތައް އުޅުންވެސް ކަލޭމެނަކައް ކަލޭމެންގެ ވެރިޔާ އަކައް ކަމަކައްނުވިއަސް މިގައުމުގަތިބި އިސްލާމްރައްޔިރުންނައް ތިޔައީ ވަރައްބިރުވެރިކަމެއް ކަލޭމެންގެ ޕާރޓީ އަކީފިކުރެއްގެ މައްޗައް ބިނާވެފާވާ ޕާރޓީ އެކޭބުނާފިކުރަކީ ވެސް ތީކަން ދިވެހިން މިހާރު ގަބޫލްކުރޭ..

    42
    2
  5. ޢަފްލާ

    ޢިއްޒަތްތެެރި މެންބަރުން އިންތިޚާބް ކުރުމުގަ އިސްލާމްދީން ޙިމާޔަތްކޮށް އެދީން ގަބޫލުކުރާ މެމްބަރުން ހޮވުމަކީ ރައްޔިތުންގެ ވަޖިބެއް މިކަހަލަ އިސްލާމްދީނާ ބީރައްޓެހި މީހުން މަގާމުތަކުގަ ބައިންދަނިވެސް ރައްޔިތުން މީ ހިތާމަ ހުރިކަމެއް

    43
    4
  6. ނަންނެތް

    ފަހި ވިސްނުމެއް. ރަނގަޅު ޚިޔާލެއް. ހިތާމައަކީ ގިނަ ދީނީ އިލްމުވެރިން ބަވަނަވެފައިވާ
    ޒަމާނާ ގުޅޭ މި މިޚިޔާލު އަދިވެސް ބަލައިނުގަންނަކަން!

    6
    60
    • ހަގީގަތްލ

      ލާދީނީ މީހެއް ދޯ

  7. އާޒިމާ

    ހީވަނީ ރާއްޖޭގަ އެކަނިހެން މުސްލިމުން އުޅެނީ . އެހެން މުސްލިމް ޤައުމުތައްވެސް އަވައްޓެރި ކްރިސްޓިއަން ޤައުމުތަކަށް ކްރިސްމަސް ތަހުނިޔާ ކިޔާ އުޅޭ. އެއަށް ކިޔަނީ ސަގާފަތަށް އިހުތިރާމް ކުރުން. ކޮންމެހެން ކްރިސްމަސް ފާހަގަ ކުރުމެއް ނޫން . ހަމަ އެގޮތަށް މުސްލިމް ނޫން މީހުން އަހަރެމެންނަށް އީދު މުބާރަކް ކިޔާ އުޅޭ . ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ތަނެއް ދޮރެއް އެނގޭނަމަވެސް ރަނގަޅު އަނގަ ހުޅުވަން. އެހެން ދީން ތަކުގެ މީހުންނަކީވެސް އިންސާނުން އެމީހުން ކޮންމެ ދީނެއް ޤަބޫލު ކުރިޔަސް އަހަރެމެން ނުޖެހޭ ގޮތެއް ފޮތެއް ނެތިގެން އުޅޭކަށް . އަހަރެމެން އަމިއްލަ އަމަލުތަކަށް ބެލީމަ ނިމުނީ

    1
    7
    • ސަމްސިއްޔާ

      ކަލޭ ފުރަތަމަ ބަލާބަލަ ކްރިސްމަސް ފާހަގަ ކުރަނީ ކޮންކަމެއް ފާހަގަކުރަންތޯ؟؟ ސަގާފަތޭ ކިޔައިގެންތި ކޮމެންޓް ކުރަނީ. ދެން އޭގެ ފަހުން ކޮމެންޓް ކޮށްބަލަ.

  8. އަޙްމަދު

    އިލްމުވެރިން ވިދާޅުވާގޮތުގައި، މުސްލިމުން ނޫން އެހެން ދީންތަކުގެ އީދުތަކާއި އެ ދީންތަކުގެ ޚާއްސަ ދުވަސްތައް ފާހަގަކުރުމަކީ ފާފަވެރިވާ ކަމެކެވެ. އަދި ދީނީ ޢިލްމުވެރިން ފާހަގަކުރައްވާގޮތުގައި އެއީ މުސްލިމުންގެ ރިވެތި އަހުލާގާއި ދެކޮޅު ކަމެކެވެ.އެހެންކަމުން ޢިލްމްވެރިންނަށް ގޮންޖަހާ ދުލަށް އައިހާ އެއްޗެއް ނުކިޔާ މަޑުން ހުރޭ!

  9. Anonymous

    ކަލެއައް މައްސަލައަކަށް ނުވާނެ އިސްމާލްދީނުގައި މަނާ ކޮއްމެކަމެއްކުރިޔަސް ކަލެއަކީ ގިނަވަގުތު ހަމާގައި ހުއްނަވާމީހެއްނޫން . ކަލޭ އިތުރު ވާހަކަނުދައްކާ އިތުރަށް ފަޟީހަތްވާނީ.

  10. Anonymous

    ތަހުނިޔާ ކިޔުމަކީ ކުރި ހުރިހާ ހެޔޮ ޢަމަލުތައް ބާޠިލުވާނެކަމެއް.
    އެގޮތް އެދޭމީހާ ތަހުނިޔާ ކިޔަންވީ.
    ދީނުގެ އެއްބަޔަށް އީމާންވެފައި އަނެއްބަޔަށް ކުފުރުވެފަ. އެއީ ދީންްް އަންގަވާގޮތެއް ނޫން.

  11. ފެކްޓް

    ނަޝީދު ޖަހާ ފޮޑީގެ ވަސްބަލާ ދަރަޖައިގެ އެކަކު މިއީ..
    ކަލޭ ދެކެވަޑައިގެންނެވުމާ ނުގެންނެވުމުގެ މައްޗަށްތޯ ދީން ވަނީ!! ހޫ ދަ ..... އިޒް ޔޫ !! މޮއްކޯރަ ވިޔަކަސް ބޮޑުވަރު..

  12. ވިހިވިހި

    މަގާމުތަކަށް ކުފޫ ހަމަނުވާ މީހުން އިސްވުމަކީ ޤިޔާމަތް ދުވަސް ކައިރިވެފައިވާ ކަމުގެ ޢަލާމާތެއް.

  13. ސައްލު

    ތަހުނިޔާ ކިޔަންވީ އެކަމު ޝިރުކު ހިމެނޭ ކަންކަން ފިޔަވައި. އަސްލަމް އަށް އެވަރު ނޭނގުނީތީ ހިތާމަ ކުރަންޖެހޭ. ކްރިސްމަސް ފާހަގަ ނުކުރަން މުސްލިމް ޢިލްމް ވެރިން ގޮވާލަނީ އެއީ ﷲ ގެ ވަޙުދާނިއްޔަތާ އިދިކޮޅު ޝިރުކު ހިމެނޭ ފާހަގަކުރުމަކަށްވާތީ.

  14. އައްޑޫ މީހާ

    ކަލެއަކަށް ނުވާނެ މައްސަލައަކަށް އަންނަ ބިވިޔާ ނައިޓްގަވެސް ބަޔަކު ނިކަން ބަލަން ތިބެބަލަ ކަލޭ އޮންނަނީ ކޮންތާކުތޯ ނޫނީ ކަލޭ ހުންނަނީ ހަމައިގަތޯ މީދުވާލާއި ރޭގަނޑު އެނގޭ ފަދައިން މުޖައްރިބު ކަމެއް

  15. އަބޫ އުބައިދު

    މިހިރަ ހައިރާނާ އައިރު މުސްލިމުން އެފާހަގަ ކުރަނީ މުންކަރާތެއް؟ އެޔަށް ތަހުނިޔާ މުސްލިމަކަށް ނުކިޔޭނެ... ދީނަކީ އަހަރެމެން ދުނިޔޭގައި ހަޔާތް ވޭތުކުރުމަށް އަމަލުކުރަންވީ ގޮތާއި ގަބޫލުކުރަންވީ އެންމެހާ ގޮތްތަކަކަށް ކިޔާ ކުރު ނަމެއް.

  16. Anonymous

    ކޮންމެ މުރުތައްދަކައް ވާނެ ލާދީނީ ކަންކަން ފަހި ވިސްނުމަކައް

  17. އަޙްމަދު

    ބަނގުރާބުއިންއެއީމަސްއަލައެއްތޯ!

  18. ވާނުވާ

    ދިވެހި ރާއްޖޭގެ މުފްތީ!!

  19. އއ

    ސައިތާނު ކީކޭ ހީވަނީ

  20. މާކަނާ

    މި ބީތާ މިއީ އަނެއްކާ ކޮން ދީނެއްގެ އެއްޗެއްތަ؟

  21. ސަމްސިއްޔާ

    މިކަހަލަ މާ އިނގޭ ރޯނު އެދުރުން މަޖުލިހަށް ލައިގެން އަހަރުމެން މިއުޅެނީ ގައުމު ހިންގަން. ތިމާ އަށް ނޭންގޭ ކަންކަމުގައި ވާހަކަ ނުދެއްކިއްޔާ ތާހިރުވާނީ. ކަލޭތީކާކު ދީނީ އިލްމުވެރިންނާ ދަޖަލުކުރަން؟؟ ކޮން ހުއްޖަތެއް ކަލެއަށް ދެއްކޭނީ؟؟ ތިޔަ ބުނާ އަންނިއެއް ޖާހާ ކޮންމެ ފޮޑިއެއްގައިވެސް ކަލެއަށް ދުވާނީ މީރުވަސްތަ؟؟

  22. ސސ

    އަސްލަމު ތިބޭފުޅާ ބުނާ ބަހަކީ ކިހާ ބުރަދަނެއް ހުރި ބަހެއްތޯ ؟ އަޅުގަޑު ބުނުމެކޭ ތިބާފުޅާ ބުނުމެކޭ ވަކި ތަފާތެއް އެބަހުރިތޯ ؟ ޢައިރު މުސްލިމުންގެ ޢީދު ތަކުގައި އެއްވެސް ސިފައެއްގައި ބައިވެރި ވުމަކީ ހުއްދަކަމެއްނޫން!

  23. އަބްދޫ

    ދުނިޔޭގަ އޮތީ އެންމެ ދިނެއް .އެއީ އިސްލާމްދީން. އިސްލާމްދީން އައުމަށްފަހު އެހެން އެއްވެސް ދީނެއް ދުނިޔޭގަ ނޯންނާނެ. މާތްﷲ ގެ ވަހީގެބަސްފުޅުގެ މާނައިގަވަނީ ދީނެއްގެ ގޮތުގަ އިސްލަމްދިން ނޫންދިނެއްގަބޫލު ކޮށްފި މީހާގެ ކިބައިން އެކަން ގަބޫލު ނުކުރެވޭހުއްޓެވެ. ދުނިޔެއަށް ފޮނުއްވި ހުރިހާރަސޫލުންނަ ނަބީބޭކަލުންނާ އެބެކަލުންނަށް ތަބަވި އެންމެންނަކީ ވެސް މުސްލިމުން. އިސްލާމްދިން ފޮނުއްވުމުގެ ކުރިން ޔަހުދިންނާ ނަސަރާއިން މޫސާގެފާނާއި އީސާގެ ފާނަށް ތަބާވެ ތައުރަތާއި އިންޖިލަުގައިވަގޮތަށް އުޅުނު އެންމެނަކީ ވެސް މުސްލިމުން. އިސްލާމްދީން އައުމަށްފަހު އިސްލާމްދިންނޫން ދީންތަކުގަ އުޅޭ އެންމެންނަކީ ކާފަރުން ކަމުގާވިޔަސް އެދީނަތަކުގެ މީހުނަށް އުދަގުކޮށް ދެކޮޅުވެރިވެ އުޅުން ހުއްދައެއްނޫން. ނަމަވެސް އެދީންތަކުގަ ކުރާކަންކަމާއި އެ ދީންތަކުގެ ފާހަގަކުރާ މުނަސަބާތަކާއި އެ ދިންތަކުގެ އީދުތަކުގާ މުސްލިމުން ބައިވެރިވުން ހުއްދައެއްނޫން، އެމީހުގެ ފައްޅިތަކަށް ގޮސް އެދިންތަކުގެ އަޅުކަންތަކުގަ ބައިވެރިވުން ހުއްދައެއްނޫން. އެދީންތަކުގެ އަޅުކަންތަކަށް ތަރުހިބުދީ މަރުހަބައާއި ތަހުނިޔާ ކިއުމަކި މުސްލިމުން ގެ ހިތްތަކުން އިސްލަމްދިނުގެ ކަރާމާތް ދަށްކޮށް އެހެން ދީންތަކަށް ވަނުމަށް މުސްލިމް މީސްތަކުންނަށް ދައުވަތު ދިނުންފަދަ ކަމެއް.އަދި އިސްލާމްދީން ނޫނަ ދިންތަކަކީ މުސްލިމުން އުލެން އެންމެރަގަޅު ދީންތަކެއްކަމުގަ މުސްލިމުންގެ ހިތަށް ވެއްދުންފަދަ ކަމެއް. މާތްﷲ ގެ ހަޒްރަތުގަ ދިނަކީ އިސްލާމްދީން. ވީމާ މިހާރު ދުނިޔޭގަ އިސްލާމްދިންނޫންދީނެއް ނޯންނާނެ .އިންސާނާއަށް ހިޔާރުކުރުމަށް ދެމަގު ދައްކަވަފަވޭ. އެއީ މުސްލިމްކަމާ ކާފަރުކަން އިސްލާމްދިނާ އެމީސްތަކުން އަމިއްލަޔަށް ހަދާފައިވަ ދީންތައް. އެދެމަގުން ކުރެ މަގެއް ހިޔާރު ކުރަނި އެމީހާގެ އަމިއްލަ އިހްތިޔަރާއި ރުހުމުގަ.އަޒާބައި ސަވާބު ދެއްވުންއޮތީ އެހެންވެ،

    2
    1
  24. އަޙްމަދު

    ކަލޭ ތިކަހަލަ ފަތުވާދީ ކަލޭހެން ހުޅޭމީހުންނަށް! ކަލޭގެ ބޮޑުމީހާ ހިތްހަމަޖައްސަން ކަލޭ އޮވޭ އެނާގެ ފައިގައި ދޫލާން! ކަލޭތީ އެއްވެސް މީހެއްނުން!!!!

  25. އެމަންޖެ

    ލާދީނީއްޔަތައް ލޯބި ކުރާ ކޮއްމެ ސައިތާނެއްވެސް ތިކަންކަމައް އޯކޭ ވާނެ.

  26. ކުޑޭ

    މީނާ ދީނީ ތަޢުލީމު ޙާސިލްކުރީ ކޮންތަނަކުން؟ ދީނުގެ މައްޗަށް ވާހަކަދައްކަނީ