މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މޮޅީ ރީތި ޝިއާރުތައް ހަދަން ކަމަށާއި އަމަލުން ކަންކަން ކޮށްދީ، މެނިފެސްޓޯގައިވާ ކަންކަން އެމްޑީޕީއަށް ފުރިހަމަކޮށް ނުދެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަދި އެ ޕާޓީގެ ނާއިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އިން "ވިސްނާ" މި ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވިި ޖަލްސާގައި ވާހަކަދައްކކަވަމުން ޣައްްސާން ވިދާޅުވީ މިހާރު މި އޮތް ހާލަތުގައި ގައުމުގެ ހާލަަތު މިހެން އޮތީ ކީއްވެތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ވިސްނާ އިރު ތާރީޚު ބަލާ، މާޒީގައި ކަން ހިނގާ ދިޔަ ގޮތް ބަލައިގެން މުސްތަގްބަލްގައި ކުރިން ހެދި ގޯސްތައް ނުހެދުމަށް ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީން ކެމްޕެއިން ކުރަމުން އައި ގޮތަށް އަލިއަޅުވާލައްވާ ޣައްސާން ވަނީ އެމްޑީޕީއިން ކެމްޕެއިން ކުރަނީ މޮޅު ވާހަކަދައްކައިގެން ކަމަށާ، ގައުމަށް އިޚުލާސްތެރިކަމާއި އެކު ކޮށްދެވުނު ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މީހުންގެ ހިތްދަމައިގަންނަ ޝިއާރުތައް ހަދައިގެން ކެމްޕެއިންކޮށްލާ ކޮންމެ މީހަކީ ކަމަށް ޤާބިލް މީހަކަށް ނުވެދާނެކަން ރައްޔިތުން ދަންނާނެއޭ. އަދި އިޚުލާސްތެރިއެއް ކަމަށް ވެސް ނުވެދާނެކަން ފަހުމުވާނެއޭ. މޮޅެތި ވާހަކަދެއްކުމުގެ ތެރޭގައި ތާހިރު ދިރިއުޅުމުގެ ނަމުގައި ގެނައި އަނެއް ދިވެހިރާއްޖެއްޔާ އިންސާފުވެރ ދަތުރެކޭ ކިޔައިގެން ގެނައިގެން މި ސަރުކާރު އޮތް ގޮތަށް، ރަށްވެހި ފަތިހަކަށް އެ މީހުންނަށް ކައުންސިލް ދީފިއްޔާ މުޅި ޤައުމު ވާނީ ފެއިލް." ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވަނީ އެމްޑީޕީ އާއި ޤައުމު ހަވާލުކޮށްގެން ގައުމު ދާނީ ދުވަހަކަށް ވުރެ ދުވަހެއް ދަށަށް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިސްލާމްދީނަށް ގޮންޖެހުންތައް ދިމާވެ ރާއްޖޭގެ މިނިވަން ކަމަށް ބުރު އަރާނެ ކަމަށް ވެސް ޣައްސާން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެންމެ ރަނގަޅުގޮތަކީ ތަރައްޤީ ގެނެސްދެވޭނެކަން ސާބިތުކޮށްދެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތުގައި ތިބުން ކަމަށް ޣައްސާން ތަކުރާރުކޮށް ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ޕީޕީއެމުން ވެރިކަމަށް އައުމަށްވެފައިވާ ވައުދުތައް ފަސް އަހަރުތެެރޭ ފުއްދާފައިވާ ކަމަށާ އެކަންކަން މިއަދު ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް ފެންނަން އެބަ ހުރި ކަމަށެވެ. މާލެ-ހުޅުމެ ގުޅާލި ބްރިޖާއި ހުޅުލެ-ހުޅުމާލެ ގުޅުވާލި ހައިވޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި އަދި ހިޔާ މަޝްރޫއަކީ އެކަމުގެ ހެކިތައް ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާއިޒު

    ޣައްސާނު ތި ވިދާޅުވީ ރަނަގަޅު ވާހަކައެއް. ދަޅަ ދައްކަން އެމް ޑީ ޕީ ވަރެއް ނޯންނާނެ. ޙަމަ ޝައިޠާނީ ވަސްވާހެއް ފަދަ ކަމެއް އެއީ.

    12
    2
  2. އަސްލު

    މީދެއްތޯ އިގިރޭސިވިލާތުގައި މީހަކުމަރާލައިގެން ދިވެހިބައިތުލްމާލު ހުސްކުރި ތުއްޕުޅުބޭފުޅާއަކީ..

    4
    12
  3. ދުންތަރި

    ޣައްސާނުގެ ބައްޕައަށް ރަތްމަހަށް ނުގޮވާހާ އެއްޗެކި ތިޔަޕޓީމީހުން ޗެނަލް13ގަ އެގޮވާ ނަގަނީ އެކަމަކު ތިޔަހުރީ އެމީހުންގެ ތެރޭގަ ލަދުހަޔާޓްކޮބާ؟ މަ ކިތަންމެ ނިކަމެއްޗަސް މަގޭ މަިންބަފައިންނަށް ދުލައް އައިހާއެއްޗެއް ގޮވާބަޔަކާއެކީ މަށެއް އެންމެ ސިކުންތަކުވެސް ނުހުންނާނަން މައިންބަފައިންގެ ދަރަޖައާ މަޤާމާ އެމީހުނަށް ދޭންޖެހޭ ޤަދަރާ އިޙުތިރާމު އެނގިވަޑައިނުގަންނަވަނީކަންނޭގެ އެހެންކަމަށްވާޏަމަ މިފަދަ ބޭފުޅަކު މަޖިލީހުގަ ހުރުންވެސް ރަނގަޅެއްނޫން

    2
    2
  4. މުބީނު މާރނީ

    ކަލޭ ގެ މުޅި ޢާއިލާ އެއްވައްތަރު ބައެއް. ޔުމްނާ މައުމޫން މުސާރަ ގެންދަނީ އަތް އުރާލައިގެން ހުރެ ހައްދަވައިގެން އެއްވެސް މަސައްކަތެއް ނުކޮށް. ހެރިޓޭޖް އޭ ކިޔާއެއްޗެއް ރާއްޖޭގަ މާބޮޑު އޮވޭތަ ބޮޑު ސިންގާހަ ވުޒާރާ އެއް ހަދަން ؟ މިއީ މައުމޫނު އޭނާގެ ދަރިފުޅު ޔުމްނާ އަށް ބޮޑު މުސާރަ ދޭން ޓޭލަރ މޭޑު ކުރި މަޤާމެއް. ތި 4 މީހުންނަކީ އެއްވައްތަރު ބައެއް. އިނގިރޭސި ވިލާތުގެ މެޑިކަލް ޔުނިވަރސިޓީ އެއްގައި 3 ވަނަ އަހަރުވެސް ކަލޭ ނިންމި. ޑޮކްޓަރު ކަމުގެ ސަނަދަކީ މީހަކު މެރި މީހަކަށް ނުދެވޭ އެއްޗެއް ވީމާ މަޖުބޫރުވީ ޔުނިވަރސިޓީ އިން ވަކިވާން.