ވިޔަފާރިވެރިޔާ ސިމް އިބްރާހިމް (ލަކުޑި ސޭޓް) އަވަހާރަވެއްޖެ އެވެ.

އޭނާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލަކުޑީގެ ވިޔަފާރި ކުރައްވަމުން ދިޔަ ބޭފުޅެކެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އާއިލީ ބޭފުޅެއް ކަމަށްވާ ސިމް އިބްރާހިމް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީ އާލާސްކަންފުުގައި ހުންނަވަނިކޮށް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.

ސިމް އިބްރާހިމް އަކީ މުއްސަނދި ބޭފުޅެކެވެ. ނަމަވެސް ދިރިއުޅުއްވަމުން ގެންދެވީ ވަރަށް އާދައިގެ ދިރިއުޅުމެއްގައެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ޖުމްހޫރީ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ، ސިމް އިބްރާހިމް ނިޔާވިއިރު އަންބަކާއި ފިރިހެން ދަރިއަކު ހުންނަ ކަމަށެވެ. އަދި ކާފަ ދެ ދަރިން ތިބޭނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.

އޭނާއަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެެންބަރެއްވެސް މެއެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފެންނުން އަދިި

    "ވަގުތު"އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ޖުމްހޫރީ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ، ސިމް އިބްރާހިމް ނިޔާވިއިރު އަންބަކާއި ފިރިހެން ދަރިއަކު ހުންނަ ކަމަށެވެ. އަދި ކާފަ ދެ ދަރިން ތިބޭނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.

    އަލީ ސޯލިހުއަށް ވާނުވާގަ

  2. ހިޔާލު

    انا لله وانا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین

    22
    1