ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކްރިމަސް ފާހަގަ ކުރާ މީހުންނަށް ތަހްނިޔާ ކިޔުމުން ބައެއް އިލްމުވެރިން ވަރަށް ބޮޑަށް އެކަން ކުށްވެރިކޮށް އެމަނިކުފާނަށް ފާޑުކިޔަމުން ދަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ކްރިމަސްގެ ތަހްނިޔާ ކިޔުން އެއީ މައްސަލައެއް ނޫންކަން ދޭހަވާ ގޮތައް މިއަދު ޓްވީޓެއް ކުރައްވައިފިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކީރިތި ޤުރްއާނުގައި އަންގަވާފައިވާގޮތުގައި ޣައިރު މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި މުސްލިމުންގެ ގޯތިގެދޮރުން އެބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތައި ޢަދުލުވެރިވުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަމެއްނޫން ކަމަށެވެ.

ރައީސް ނަޝީދު މީގެ ކުރިން އަދި އެއްވެސް އަހަރަކު ކްރިމަސް ފާހަގަ ކުރާ ފަރާތްތަކަށް ތަހްނިޔާ ކިޔައި ޓްވީޓެއް ނުކުރައްވައެވެ. ނަމަވެސް މިހުކުރު ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ކްރިމަސް ފާހަގަ ކުރަމުން ގެންދާ ހުރިހާ ފަރާތްތަކަށް ދުވަހުގެ ތަހްނިޔާ ފޮނުވާފައެވެ.

ނަޞާރާއިންގެ ދީނީ އީދެއް ކަމުގައިވާ ކްރިމަސް ފާހަގަ ކުރާ މީހުންނަށް ރައީސް ނަޝީދު ތަހްނިޔާ ފޮނުއްވީ ކްރިސްމަސް ފާހަގަކުރުމާއި އަދި އެދުވަހުގެ ތަހުނިޔާ ކިޔުންވެސް މުސްލިމުންނަށް ހުއްދަވެގެން ނުވާކަމަށް ބަޔާންކޮށް ރާއްޖޭގެ 13 ދީނީ އިލްމުވެރިޔަކު ބައިވެރިވެވަޑައިގެން "ކްރިސްމަސް، ދީނީ ނަޒަރަކުން" ގެ ނަމުގައި ވީޑިއޯއެއް އާއްމުކުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ.

ކްރިމަސްގެ ތަހްނިޔާ ރައީސް ނަޝީދު ފޮނުއްވުމުން އެމަނިކުފާނަކީ އިސްލާމްދީނުގެ އަދުއްވެކަމަށް ސިފަކޮށް ޑރ.މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓެއްގެ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފައެވެ.

މުސްލިމުން ކްރިމަސްގެ ތަހްނިޔާ ކިޔުމާއި ގިނަ އިލްމުވެރިން ދެކޮޅު ހެއްދެވި ނަމަވެސް އަރަބި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިން ވެސް ގެންދަވަނީ ކްރިމަސް ފާހަގަ ކުރާ މީހުންނަށް ދުވަހުގެ ތަހްނިޔާ ފޮނުވަމުންނެވެ. މުސްލިމުން ފާހަގަ ކުރާ އެކި މުނާސަބަތުތަކާއި ގުޅުވައިގެން ޣައިރު މުސްލިމުން ވެސް މުސްލިމުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ބެއްޔާ

    މައުމޫނަށް އިސްލާމްދީނެއް މުހިއްމެއްނުވާނެ އަރާމާއި ބާރުގަ ދުނިޔޭގަ އުޅުން އޭނަގެ ބޭނުމަކީ. އިސްލާމް ދީނުގަ ހުރެ އެހެންދީންތަށް އަޅުކަންކުރިޔަސް މައްސަލައަކަށް މައުމޫނަކަށް ނުވާނެ. ނޮވެމްބަރު 3 ދުވަހާބެހޭގޮތުން މިހާރު އޭނައާއި ސުވާލުކޮށްބަލަ ދޭނެ ޖަވާބެއް ބަލަން. ބުރުނގާ ނޭޅުމަކީވެސް އޭނައަށް މައްސަލައެއްނޫން. މައުމޫނު އެއުޅެނީ ބޮޑު ކަމެއްކުރަންހެން ހީވަނީ. އާޚިރަތްވިއްކައިގެން ނަމަވެސް.

    43
    8
    • ވިސްނާލުމަށް އެދެމޭ

      މަ އުމޫނަކީ އެތެރެފުށުން ރީދޫޓީޝާޓްލަ އިގެން ހުންނަމީހެ އް...ޖީސީ އެމްޖީ ލަގަބުލިބިފަހުރީ... މަ އުމޫނާ ނަޝީދަކީ ވިސްނުމުގެގޮތުން އެ އްވިސްނުމެ އްގެންގުޅޭ ދެމީހުން...

      7
      1
      • ރަނާ

        މޫނުމަތިންވެސް ދެމީހުން ކިހާއެއްގޮތް މޫނު ތެޔޮހަނެކޭ އެއްވެސް ތަފާތެއްނެތް ދޮއްތަ

  2. ހެހެހެ

    ތަހުނިޔާ އަކީ ހާދަ ބޮޑު ހެޔޮކޮން ހިތުމެކޭ މައުމޫންތީ ގައުމުގެ ޅަދަރިން ދީނުން ކަހުވާލި މޭސްތިރި

    46
    8
  3. ސުވާލު

    ހޯރައިއްބެއަށް ކުޑަކިދިންނާއި ބެހުމުން އެމްޑީޕީ މީހުން މަރުހަބާ ކިއިހެން އެމީހުންނަށް އޯކޭ ނަސާރާއިންނަށް ﷲ ގެ ދަރިކަލެއްގެ ގޮތައް މަރުހަބާކިޔަން. މައުމޫނަކީ ޑިމަކުރަސީގެ ބާނީ. ޑިމަކުރަސީ ފަތުރާމީހުން ދީން ގަބޫލެއް ނުކުރާނެ. މުނާފިގު ކަންމަތީ އޮޅުވާލައިގެން ޑިމަކުރަސީ ތެރޭ އުޅޭނީ.

    29
    3
  4. Anonymous

    އެއް ފޮތަކުން ކިޔަވައިގެން ތިބި 2 މުރުތައްދުން

    34
    5
  5. ޝާހު

    ކުރިސްމަހުގެ ތަހުނިޔާ ކިޔެންޏާ ދިވާލީގެ ތަހުނިޔާއާއި އަދި ޔަހޫދީންގެ ސަބެޓިކަލް ތަހުނިޔާއާއި އެހެން ހުރިހާ ދީންތަގެއްގެ ދީނީ ތަހުނިޔާވެސް ކިޔޭނެތާ..؟ މައުމޫނު ބުނާހާ ވާހަކައެއް ގަބޫލު ކުރާވަރުގެ އިތުބާރުހުރި އިލްމުވެރިޔެއްނޫން އޭނާއަކީ..

    28
    4
  6. Rahyithumeehaa

    ކަލޯ ނަޝީދުކޮޅަށް ނާރާފިއްޔާ އިދިކޮޅައް ހަންދަމާނެ.

    32
    3
  7. .....

    ޢެމީހުންގެ އަޅުކަންތަކުގައި ބައިވެރިވީމަތަ ވަނީ ހެޔޮކޮށް ހިތާ އަދުލުވެރި ވެވުނު ކަމަށް....ނުވަތަ އެމީހުންގެ ދީންތަކުގެ ޝިޔާރުތަކުގައި ބައިވެރިވެގެންތޯ...މުޅިންވެސް ހާލަތާ ނުގުޅޭ ވާހަކަ ދައްކައިގެން މީސްތަކުން މަގު ފުރެއްދުން ނޫން ކަމެއް މައުމޫނުގެ ކިބައިން ފާޅު ނުވަނީ އިލްމުގެ އެންމެ މަތީ ލެވެލް އަކީ އެއީ ތޯ...މައުމޫން ތިކަންތައް ކުރައްވަނީ ވަރަށް ދީނާ ދުރު ގޮތަކަށް .

    20
    3
  8. މިލަންދޫ ސޮރު

    ކުރިސްމަސް ތަހުނިޔާ ފޮނުވިޔަސް ނުފޮނުވިޔަސް، 24 ގަޑިއިރު މިސްކިތުގައި ސަޖިދައިގައި އޮތަސް، ދުވަހަކު ސަޖިދައެއް ނުކުރިއަސް، ގ.ކެނެރީގޭ މުޙައްމަދު ނަޝީދަކީ ސީދާ އިސްލާމްދީނުގެ ބޮޑުވެގެންވާ ޢަދުއްވެއް....މި ހަޤީޤަތް ބަދަލު ކުރަން ބަޔަކު ކިތަންމެ އަނދުނެއް އަޅުވަން އުޅުނަސް މި ހަޤީޤަތް ނުވާނެ ބަދަލެއް.........މާތް ރަސްކަލާނގެ އަދިވެސް އޭނާ ފަޟީހަތްކުރައްވާނެ......

    36
    6
    • ޜަޟީ

      ތިހެންކިޔާލަ ކިޔާލާ ހުރޭ

      4
      3
  9. ޢެލެކްސް

    އަސްލު މައުމޫނަކީ ޝަރީޢާއިން ލޯ ކިޔަވައިގެން ހުންނެވި ބޭފުޅެއް، ދީނީ ޢިލްމާއި އެހާފަރިތަ ބޭފުޅެއްނޫން، ހަމައހެންމެ އޭނާއަކީ، މޮޑާން ވިސްނުމުގެ، “މިސްރު ވިސްނުމުގެ” ބޭފުޅެއް.
    މިއީ ވަރަށް ވާހަކަ

    27
    2
  10. ނިށީދު އެކަންޔެއްނޫން

    ދިވެހި ވިރަށްގިނަ މީހުން ފާހަގަކުރޭ ތިދުވަސް. ރިސޯޓުތަކުގަވެސް މުސްލިމުން ފާހަގަކުރޭ

  11. ފާއިޒު

    މައުމޫނަކީ އޭނގެ ވެރިކަމުގައި ރަމަޟާން މަސް އިޙްޔާ ކުރުމުގެ ޙަފްލާގައި ތަޤްރީރު ކުރައްވަމުން ރާއްޖޭގައި އުޅޭ މުސްލިމުން ކޮންމެހެން ބުރުގާ އަޅަން ނުޖެހޭނެ ކމަށް ފަތުވާ ދިން މީހެއް. އޭނާ އަކީ ދީނީ ޢިލްމު އޭނާ ބޭނުންވާގޮތަށް މާނަ ނަގާ އޭނާގެ ވެރިކމަުގައި އެތައް ޝެއިޚުންނަކަށް ބިރު ދައްކާފައި ހުރި މީހެއް. " ހެޔޮކޮށްހިތައި ޢަދުލުވެރިވުމަކީ" އެމީހުންގެ ދީނީ އަޅުަކަންތަކުގައި އެމީހުނަށް ފޯރި ދިނުން ކަމުގައި މިފަހަރު އެމާނަކުރީ. އެ އާޔަތުގެ ތަފުސީރަށް ޖެހިލަބަލަ . އެކަން އޮތީ އެހެންތޯ ބަލާލަން.

    18
    4
  12. ބަނީ

    ޢިސްލާމުން ނޫން އެހެން ހުރިހާ އެންމެން ނަށް ކަމޭ ހިތާކަށް ނުޖެހޭނެ. އެހެން ދީން ތަކުގެ މީހުން އަހަރެމެންނަށް ކަމޭ ހިތަން ޖެހޭނެ! އެއީ އަހަރެމެން މުސްލިމުން އަކީ ދުނިޔޭގެ އެންމެ މަތިވެރި މީހުން!

    7
    12
  13. ޙފ

    އެއްގަލަކަށް ނާރާ މައުމޫނު ކުރާނެ ކަމެއްނެތް..އޭނާ ވަނީ ބަދެވިފަ..ދަންތުރައެއްގަ ޖެހިފަ..ކަލޯ މައުމޫނު ތިޔާހެރީ އަމިއްލަޔަށް ފޭއް ސި އިލޮށި އަމިއްލަ ލޮލަށް ހެރިފަ...

    17
    4
  14. މަރަކީސް

    ބަލަ ކިބި މައުމޫނު ކަހަލަ ހުދުމުހުތާރު ވެރިކަންކޮއްފައި މިހާރު ކެނެރިނަޝީދު ފަހަތައް މިދަނީ މިގާނޫނުން ސަލާމަތް ވާނަތާ؟؟؟ އިންސާފު ހަމަކުރާނެ ފަޒާ ޖައްވައް ބަލަ ކިބި މައުމޫނު އަދަގޮޑިޖަހާ؟؟ މިކަލޭގެ މައްސަލަ އަވަހައްބަލަންގޮވާލަން؟؟

    9
    2
  15. އަހުމަދު

    ޢަރަބި އިސްލާމީ ވެރިންނަށްވުރެ ބޮޑަށް އިސްލާމް ދީން ދަންނަނީ މި ދިވެހިރާއްޖޭގެ ރައްޔިތުން. ޤުރުއާން ފަހުމް ކޮށް އެނގެނީ ދިވެހިންނަށް، ކޮންމެ ކަމަކީ ޙާރާމް ކަމެއް. ރަސުލާ ނުކުރައްވާ ކޮންމެ ޢަމަލަކީ ރަސޫލާ ޙަދީޘް ނުކުރައްވާ ކޮންމެ ބަހެއް ބުނުމަކީ ދިވެހިންނަށް ޙަރާމްކަމެއް

    6
    19
  16. ތިޔަ

    އެހެން ވީ މާ ޢަލަމާޢިދާސޫރަތުގެ 51 ވަނަ އާޔަތް މަ އުމޫނުޤަބޫލުނޮކޮށް އަމި އް ލަ އަށް ކުފުރުޢިޢުލާނުކުރީތަ؟

    9
    1
  17. މާމީ

    މައުމޫނެކޭ ނަޝީދެކޭ އެއްވަރު މީހުން

    12
    1
  18. ބޯހަލާކު

    އުއްމަތުގެ އިލްމުވެރިން އިޖްމާއުއާއިހިލާފްވާނީ ކިހާނުލަފާވީމަ...ވައިޔަޒްބިﷲ. ލަނޑަޔާވާނީލަނޑަޔާ

    12
    2
  19. ޖީމް

    ލަނޑަޔާވާނީ ލަނޑަޔާ ތަޢުޙީދާއި ޝިރްކާއި “ އެއް “ އުރައެއްގައި ނޯވެވޭނެ

    19
    1
  20. ސުއޫދު

    ހެޔޮކޮށް ހިތުމަށް އެމީހުން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްަގަބޫލުކުރާ ކަންތަެްތައްވެސް ކުރަން ތަ އްޔާރު....

    4
    1
  21. ސިއްހީ ދާއިރާގައި ހުރިބިރުވެރިކަން

    ބޭސް ވި އްކާ ބުރޭންޑްގެ ނަން ބޭސް ސިޓީން ފޮހެލަނީ މިހާވަރުވެގެން ދާ އިރުވެސް ރަ އްތިތު ން ހަނު ރާ އްޖޭގެ ރަ އްޔިތުން ހަމަ އޯ ކޭ ތޯ؟؟؟؟؟؟؟؟

    1
    1
  22. އައްޑޫ މީހާ

    ދެން މައުމޫނާއި ކެނެރީގޭ ތިޔަ ބުނާ މޮޔަ ސޮރާއި އަރަބި ގައުމުތަކުގެ މުސްލިމުންގެ ނަމުގައިތިބި ކެނެރީގެ ސޮރުކަހަލަ ވެރިން ކްރިސްމަސް ތަހުނިޔާ ކިއީމަ އެވާހަކަ މައުމޫނު އޭނަގެ އަމިއްލަ އެދުމުން ފުރިގެން އެކަމަށް ތަހުނިޔާއާއި މުބާރިކްބަދު ދެންނެވިކަމުގައި ވިޔަސް އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން ވަގުތު ނޫހުންވެސް އިސްލާމީ ގައުމުތަކުގެ ވެރިން އެދުވަހުގެ މުނާސަބަތުގައި ވިޝްކުރާ ވާހަކައާއި ޢައިރު މުސްލިމުންވެސް މުސްލިމުންގެ ދުވަސްތަކަށް ވިޝްކުރާ ވާހަކައިން މިކަމަށް ހިއްވަރުދޭން އުޅޭކަހަލަ އެކަމަކުވެސް މުސްލިމަކަށް ބުދެއްގެ ކުރުމަތީގައި ސަޖިދަ ބުޖެހޭނެ އެމީހުން ވިޝްކުރިޔަސް އޯކޭ

    3
    2
    • ނުދަންނަމީހާ

      އައްޑޫމީހާ ބުނާހެން އަރަބި ގައުމުތަކުގަ އެބަހުރި ފައްޅިޔާ ޗާޗްވެސް އަޅާފަ ދެން ވީ މިރާއްޖޭގަވެސް އެފަދަ ތަންތަން ހަދަންތަ ، ދާދި ފަހުން ޔޫއޭއިގައިވެސް ހިންދީންގެ ވަރަށްބޮޑު ފައްޅިއެއްވެސް އަޅައިފި ، ބަޔަކު އުޅޭހާގޮތަކަށް އުޅޭކަށް ނުޖެހޭ

  23. އެއްކޮޅު

    މައުމޫނާ ނަޝީދާ ވަހީދާ ޔާމީނާ އިބޫ މި އެެންމެންވެސް އަރާނީ ކޮންމެ ނުބައިކަމެއްގައި އެއްކޮޅަކަށް!

    3
    5
  24. ސަންފައްތަ

    މާތްﷲ ޙަރާމްކުރައްވާފައިވާ ކަމެއް ކޮންމެ މީހަކު ކުރިޔަސް އެކަމަށް މުސްލިމުން މަރްޙަބާ ކިޔުމާއި ތަރުޙީބު ދިނުމަކީ ދީން ހުއްދަކުރާ ކަމެއްނޫން. އެހެނެއްނޫން ދުނިޔެވީ ކަންކަމުގައި ކާފަރަކު ކުރިޔަސް މަރުޙަބާ ކިޔިދާނެ. މިސާލަކަށް ފާހަގަކޮށްލެވޭފަދަ ކާމިޔާބެއް ދުނިޔެވީގޮތުން ހޯދައިފިނަމަ މަރުޙަބާ ކިޔުން މައްސަލައެއްނޫން.

    7
    1
  25. މީމު

    މިހާރު މައުމޫނު އެއީ ގަދަ ގޮލައެކޭ އެވެރިން ބުނާނެ!

    5
    1
  26. ކާސިމް

    މައުމޫނަކީ ނަޝީދުގެ ފަރާތުން ވާގި އެދިގަތް ޖާހިލެއް. ކުރިން ހާދަ އިތުބާރެއްކުރެވުނު މީހެކޭ. ފަހުން ހެދިގަތް ގޮތުން އެނގުނީ މީހުން މައުމޫނާ ދޭތެރޭ ދައްކާވާހަކައަކީ ހަމަ ތެދުވާހަކަކަން. މައުމޫނު މިހާރު ހުރީ ހަމައިން ނެއްޓިފަ.

    5
    1
  27. އަބްދޫ

    މިހާރު ތިބި ޔަހޫދީންނާ ނަސާރާ އިންނަކީ މާތްﷲ މަންސުހް ކުރައްވާފައިވަ ދީންތަކުގެތެރެއިން ދެދީނަށް އުޅޭ ބައެއް. އެމީހުން އުޅޭގޮތާމެދު މުސްލިމުން ފާޑުކިއުމެއް ދެކޮޅުވެރި ވުމެއްނެތް އެކަމަކު އެމިހުންގެ އަޅުކަންތަކާއި މުނަސަބުތަކާއި އިދުތަކަށް ތަރުހީބުދީ ތަހުނިޔާ ކިއުމެއްވެސް ނެތް. ސަބަބަކީ ގުރްއާނުގެ ވަހީ މާތްﷲ ގެ ހަޒުރަތުގަ ދިނަކީ އިސްލާމްދީން. އިސްލާމްދިންނޫންދީނެއް ހިޔާރު ކޮށްފިމީހާގެ ކިބައިންއެކަން ގަބޫލު ނުކުރެވެހުއްޓެވެ. މިއީ ވަރަށް ބޮޑުވާހަކެއް ވިސްނުންހުރި އެހެންދިންތަކުގެ މުނާސަބާ މުސްލިމުން ފާހަގަކުރުމާއި ތަރުހީބުދިނުމާި ތަހުނިޔާ ކިއުމަކީ މުސްލިމުންގެ އަގިދާ ބަލިކަށިކުރުމަށް އައިރުދީނުގެ މީހުން ހިންގާ ކަންކަން.އެކަމާ މުސްލިމުންގެތެރޭނެ ގުޅިފަ ތިބެނީ ޔަހޫދީންނާ ނަސާރާއިންގެ އެޖެންޓުން މުސްލިމުންގެތެރެތިބެ އެމީހުން މުސްލިމުންނަށްދައްކުވާ ދެނީ އެއީ އެއްވެސްކަމެއްނޫންކަމަށް ދުނިޔޭގަ އޮތް ހައްގުދީނަކީ އިސްލާމްދިން ކަމުގައިވައިރު މުސްލިމެއްގެ ނަމުގަ ހުރެ އެހެންދީންތަކުގަ މިއުޅޭ މީހުން ކުރާކަންކަމަށް ތަރުހީބުދީ ތަހުނިޔާ ކިއުމަކީ އެދީންތަކަށް މުސްލިމުންއަބުރާލުމަށް ގެންގުޅޭ އުކުޅެއް. އެކަން މުސްލިމުން ވިސްނަންއެބަޖެހޭ އެފަދަ ތަހުނިޔާއަކީ އެކަމަށް ހިތްޗަރުދިނުން. އައިރުދީންތަކުގެ އަޅުކަމަށް ހިތްވަރުދޭމީހާ ފާފަވެރިވާނެކަންޔަގީން. އެއީ އެކަންކަމަކީ ބާތިލް ކަންކަމުގާވުމުން.

    7
    1
  28. އަބްދޫ

    މައުމޫނަކީ ދީނަށް ވުރެ ބޮޑަށް ދުނިޔޭގެ އިއްޒަތް ބޭނުންވާ ބޭފުލެއް. އެހެން ވީމް ނަސިދެކޭއެއްފަދައިން ޔަހޫދީންނާ ނަސާރާއިންނާ ބުޑިސްޓުންގެ ތަރުހީބު އެދެމީހުން ބޭނުންވޭ.

    8
    1
  29. އަހުމަދު

    މައުމޫނެއްނޫން ހުދު ނޫސްވެރިޔާވެސް ތިހުރީ އެ ލާދީނީ ނަޝީދާ އެއްކޮޅަށް ޖެހިފަ އެއްނު!

    6
    1
  30. ލލ

    ނާސިރުގެ ދައުރުގައި މައުމޫނު ބުނީ ބަގުރާ އުފުލުމާއި ބުއިމާއި ބޭނުން ކުރުމަކީވެސް ހަރާމް ކަމެކެކޭ، އެކަމަކު މިރާއްޖެޔަށް ބަނގުރާ އެންމެ ގިނައިން އެތެރެކޮށް އުފުލާ ބޮއި ހަދާ ގުދަންކުރީ ވެސް ނައުމޫނުގެ ވެރިކަމުގެ ދައުރުގައި ނުންތޯ ؟

  31. ސޭހް

    އިސްލާމް ނޫން މީހަކު އަތުޖެހުނު ތަނަކުން ބޯކަނޑަންވީ ގައިރު މުސްލިމުން އިސްލާމުންނަށް އީދު ތަހުނިޔާވެސް ކިޔަންވީ އަދި ގައިރު މުސްލިމުގައުމުތަކުގައި އިސްލާމުންނަށް ބޭނުންގޮތަކަށް އުޅެވެންވެސް ޖެހޭނެ މީވަންޖެހޭ ގޮތަކީ

    3
    1
  32. ދުންތަރި

    މައުމޫނުގެ ޓުވިޓުގަ ދޭއްވި މެސެޖު އޮޅުވާ ނުލައްވާ އެމެސެޖުގަ ވިދާޅުވަނީ އިސްލާމް ދީނުގަ ކަން އޮތްގޮތް އެ ބަސް ދޮގުކުރެވޭނެ ޢިލްމުވެރިޔަކުނާންނާނެ އެމަނިކުފާނު ވިދާޅެއްނުވޭ ކެނެރީގޭ ނަޝީދު ކުރީ ރަނގަޅުކަމެކޭ މާނަ އޮޅުވާލައިގެން މައުމުނަށް ދުލައް އައިހާ އެއްޗެއް ގޮވުމަކީ ހަމަޖެހޭ ކަމެއްނޫން މައުމޫނުގެ ޓުވިޓަށް ރައްދުދެވޭނީ ޢިލްމުވެރިންނަށް ޢިލްމުވެރިން ކީކޭބާ ބުނަނީ؟؟؟

  33. ޙަސަންތައުފީޤު ޙުސައިން

    ފަހަކަށް އައިސް ރާއްޖޭގައިތިބި ދީނީ ޢިލްމުވެރީން އަދި އެރޮގުން ޕީއެޗްޑީވެސް ޙާސިލްކުރައްވައިގެން ބޭފުޅުން ތިއްބަވަނިކޮށް ރާއްޖޭގައި ފަތުވާދެއްވަން އެބަދަޢުވަތު ދެއްވާ ޑރ. ބިލާލް ފިލިޕްސް އަދި މުފްތީ މެންކުފަދަ ސްކޯލަރުން. މުފްތީ މެންކްވެސް ބައްލަވާނީ އެއްފޮތެއްތާ! ނަސާރާއިންނަށް ކްރިސްމަސް ދުވަހާއިގުޅިގެން ތަހުނިޔާ އެމީހުނަށް ކިއުމަކީ މައްސަލައެއް ނޫންކަމަށް. ރައީސް މައުމޫނު ފޮތްތައް ބައްލަވާފައިވާ މިންވަރު ކުޑައެއްނުވާނެކަން އަހަންނަށް ޤަބޫލު ކުރެވޭ! އަދި އެމަނިކުފާނު ޝިރުކަށް ޤްރުއާނު އަލީގައި ބާރު ނާޅުއްވާނެ ކަމާމެދު ކުޑަވެސަް ޝައްކެތްނެތް.