ކްރިސްމަސް ފާހަގަ ކުރާ މީހުންނަށް މަރުހަބާކިއުމަކީ މައްސަލައެއް ނޫންކަމަށް ދީނީ އިލްމުވެރިއާ އައްޝައިހް ހުސެން ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޝެއިހް ހުސެން ރަޝީދަކީ މީގެ ކުރިން ވެސް ރައީސް ނަޝީދު ދައްކަވާ ބައެއް ވާހަކަފުޅުތަކާއި ގުޅިގެން އެމަނިކުފާނަށް ފާޑުކިޔުން އަމާޒުވުމުން އެމަނިކުފާނު ދިފާއު ކުރައްވަން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ.
ކްރިމަސް ފާހަގަ ކުރަމުންދާ މީހުންނަށް ރައީސް ނަޝީދު ތަހުނިޔާ ވިދާޅުވުމުން ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް ހުސައިން ރަޝީދު "ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ވިދާޅުވީ ކްރިމަސްގެ ތަހްނިޔާ ކިޔުން އެއީ މައްސަލައެއް ނޫން ކަމަށެވެ.
ކްރިމަސް ފާހަގަ ކުރުމަށް މާފުށީ ގެސްޓްހައުސްއެއްގައި ބަހައްޓާފައި ހުރި ކްރިމަސް ގަހެއް ފުލުހުން ގެންދިއުމުން ހުސެން ރަޝީދު ވަނީ އެކަމާއި ދެކޮޅަށް ވެސް ވާހަކަ ދައްކަވާފައެވެ. "ކްރިސްމަސް ދުވަސް ފާހަގަކުރާ މީހުންނަށް މަރުހަބާ ކިއުމަކީ މައްސަލައެއް ނޫނޭ. އަދި ހަމަ އެހެންމެ ކްރިސްމަސްޓްރީ. ގަހަކީ ﷲ ލައްވާފައިވާ އެއްޗެއް. ﷲގެ އަޅެއް. ވަކި ގަހެއް ބޭނުންކުރާށޭ ވަކި ގަހެއް ބޭނުން ނުކުރާށޭ ނާންގަވާ. އެކަމު އެގަސް ވެސް ހަރާންވެއްޖެއޭ." ހުސެން ރަޝީދު ވިދާޅުވިއެވެ.
ހުސެން ރަޝީދު ވިދާޅުވީ ޒައްގޫމް ގަހުގެ ނުބައި ކަމުގެ ވާހަކަ ﷲ އަންގަވާފައިވާއިރު ވެސް އިސްލާމް ދީނުގައި ޒައްގޫމް ގަސް އިންދައިގެން ގޭތެރޭގައި ބެހެއްޓުން ވެސް މަނާ ނޫންކަމަށެވެ.
"އެކަމަކު ނާސާރާއިން މި ގެން ގުޅޭ ގަސް މި މަނާވެއްޖެ. މި ހަރާން ވެއްޖެ. މި ޝިރުކަކަށް ވެއްޖެ. ދެން މިކަހަލަ ކުދިކުދި ކަންކަން ނަގައިގެން ދުނިޔެއަކީ ކުޑަކުޑަ އަތް ތިލައިގެ ތެރޭގައި އޮންނަ އެއްޗެއް އެންމެ ގުޅިފައި ލާމެހިފަ މި ތިބީ. އަޅުގަނޑުމެން އެންމެން އެއްބަޔަކު އަނެއް ބަޔަކާ ވަކިނުވެ އުޅެވޭކަށް ނެތް. އިސްލާމް ދީނުގައި މިއޮތީ އެންމެ އެކީގައި އުޅެން އަންގަވާފައި. އެހެންކަމުން އަޅުގަނޑު ދަންނަވާނީ ޣައިރު މުސްލިމުންނާއެކީ އުޅުމަކީ މައްސަލައެއް ނޫނޭ. އެމީހުންނަށް ތަހުނިޔާ ކިއުމަކީ މައްސަލައެއް ނޫނޭ. އެމީހުންނާ ހިތާމައިގަ ބައިވެރި ވުމަކީ މައްސަލައެއް ނޫނޭ،" ހުސެން ރަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ކްރިމަސް ދުވަހުގެ ތަހުނިޔާ ކިޔުމުން ފާޑުކިޔުން އަމާޒުވެ ބޮޑު ބަހުސެއް އުފެދިފައި ވަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ ކްރިމަސްގެ ތަހްނިޔާ ކިޔުން އެއީ ހުއްދަ ކަމެއް ކަމަށް ދޭހަވާ ގޮތައް މިއަދު ޓްވީޓެއް ކުރައްވާފައެވެ.
ބުރޯ! ކުރޮސް ދޮ ން ކުދި ން އަޅުކަ ން ކުރާ ސެއްޅިގެ އެޅުމަކީ ވެސް މައްސަލަ އެއް ނޫނ ން ދެއްތޯ؟ ތިޔަކަހަލުގެ ސޮހޮލު ން ނަށް ސޭކު ންނ ނޭ ކިޔާތީ ދެރަވޭ!
ޝޭހް އިމްރާން މިކަމުގަ އެއްޗެކޭ ބުނެފިއްޔާ މަ ގަބޫލުކުރާނަން. އޭނާއަށް ވުރެ މޮޅު މީހެއް ނުހުންނާނެ.
ތިބާގެ މަންމަ އަކީ ޒިނޭކުރާ މީހެއް ކަމަށް ބަޔަކު ގަބޫލުކޮށް އެކަން ފާހަގަ ކުރަން އޮންނަ ހަފްލާ އަކަށް މަރުހަބާ ކިޔުމަކީ ކުރާނެ ކަމެއް ހެއްޔެވެ. ޙަމަ އެފަދައިން ﷲ ގެ ދަރިކަލަކު ވާކަމަށް ގަބޫލު ކުރާ ބަޔަކށް އެކަމަށް މަރުހަބަ ކިޔުމަކީ މުސްލިމުން ކުރާނެ ކަމެއް ނޫނެވެ.
ތީ ޝޭހެއް ނޫން ސޭކެއް. މިކަހަލަ ސޭކު މުނާފިގުން ގިނަވާނެ ގިޔާމަތް ކައިރިވާ ވަރަކަށް. ލާދީނީ މީހުންގެ ދިފާއުގައިވެސް ނިކުންނާނީ ލާދީނީ މީހުން.
ޝައިޚް ޙުސައިންރަޝީދު އަޙްމަދަކީ ރައީސް މައުމޫނުގެ ޒަޢާމަތުގައި ފުލުސް އޮފީހުގެ ބަންދުވެ ހުންނެވުމާއި ވަރަށްދޯޅަ ބޭފުޅެއް! ކީއްވެތޯ؟ މިސުވާލަކީ މިއަދު ޖަވާބުދޭން ދަތިސުވާލެއް! ކޮންމެއަކަސް އެއިރު މިޝޭޚުގެ އަޑުއެއްސަވައި ބޯލަނބައިގަތްހާ ޝޭހުންނެއް އެއިރު ރައީސް މައުމޫނު ސިފަކުރެއްވީ ސުންނީމުސްލިމެއްނޫންކަމެއް. އަދި ރައީސްމައުމޫނު މިމައްސަލަ ކޯޓަށް ހުށަހަޅުވައިގެން ކޯޓުން މައްސަލަވެސްބެލި. ރައީސްގެ މައުމޫނުގެ ފަރާތުން ކޮންމެވެސް ޒުވާން ބޭފުޅަކު ވަކާލާތުކުރެއްވި މިމައްސަލައިގެ. ޝޭޚަކަށް ސާބިތުކޮށްނުދެވި ޝައިޚްގެ އިސްތަށިފުޅުގައި އަބުރާބެހުމުގެ ޤާނޫނުގެ ދަށުން މަޅިއެއްޖެހި އެމަޅި ރައީސްމައުމޫނު މޮހެލާ ދެއްވައިފި. އެފަހުން ޝޭޚުގެ ބަސްމަގު ބަދަލުވެ މޮޑަނައިޒްޑް ޑިމޮކްރަސީއާއިއެކު ހިޕޮކްރޭޓަކަށް ބަދަލުވެ ދާންމަތިވެސް ބަދަލުކޮށްލައްވައިފި. މިހާރު މިފެންނަނީ އެއްކަލަ އަތްދިގު ގަމީސްވެސް ދޫކޮށް ވިޝްޔޫމޭރީކްރިސްޓްމަސް އައި ލާމެހިފަ. ވަރަށް ރަގަޅުވާހަކައެއް ގަހަކީ މައްސަލައެއްނޫން. އެކަމަކު ވަކިސީޒަނަކަށް ގަސްތައް ޓްރިމްކޮށް ވަކިޝޭޕަކަށް ހަދައި އޭގައި ލުމިނޭޓް ކުރަނީ މޭރީކްރިސްޓްމަސް ޓެގް އެލުވާ ބޯހުދު ރަތްކުލައިގެ ރަޖާއެއް ލައިގެން ހުންނަ ކްރިސްޓްމަސް ޕާޕާވެސް އެލުވާފަ އެކިދިމާތަކުގައި. އެހެންވީމާ ގަހެއްނޫން ފާފަވެރިވަނީ. ޝައިޙުން ފަހުންޒަމާނަށް އައިސް ނުބައި ލޭބަލް ޖައްސަވަމުން ކަންތައް ހުއްދަކުރައްވާނެ ވާހަކަ ފޮތްތަކުގައި ވޭ! ވަރަށް ސަލާމް
ޢެއްވެސް ދަލީލެއް ނެއްތޯ ތިކަން ސާބިތު ކޮއްދޭކައް.... ދަލީލެއް ނެތި ދައްކާ ތިކަހަލަ ވާހަކަތަކަކީ އަމިއްލަ އެދުމުން ފޯވެ ހުރެ ހަދާ ދޮގު ކަމައް ދެކެން.....
ބުއްޅަބޭގެ ދުލުން ވާހަކަދައްކާ މުނާފިގެއް!
ކަލޭމެ ން ސަދޫމުބާގައިގެ މީހު ން އުޅު ނު ގޮތަށް އުޅޭ، އޯކޭއެއް ނުނ ން.
ތިސޭހުގެ ކަންތައް ތިހުރިހިސާބު ބުނަންވެސް ނޭނގޭ.
ޢެހާވެސް މަތީގަ. ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ. (ވަޒީފާގެދިފާއުގަހެން ހީވަނީ)
ކަލެޔައް އޯކޭވާނެ ރާބުއިންވެސް. ބަލަ އެސޮރު އެއޮތީ ބުނެފައެއްނުން ކަލެޔަކީ ތިމަންނަމެންގެ މީހެކޭ. ލަދެއްނުގަނޭތަ؟ ﷲ އެންސާނުންގެ ތެރެއިން ނުބައިމީހުންނާއި ރަގަޅުމީހުން ވަކިކޮއް އެހެންމީހުންނައް އެބައިމީހުން ހާމަކޮއްދެއްވާ މޮޅުކަން ނިކަންދެކިބަލަ. އަދި ﷲ ތިބާއައް އެކަލާންގެ މަތިވެރި އިލްމުދެއްވުމައްފަހު އަހަރެމެންގެ ލޯތްބާއި އިހްތާމްދެއްވުމައްފަހު މިއަދު ތިބާއައްވީގޮތް ނިކަން ވިސްނާފިކުރުކޮއްބަލަ. މިއަދު ތިބާއަކީ އެއްވެސް އިހްތިރާމެއް ގަދަރެއް އަދި ދީނައް ލޯބިކުރާމީހުންގެ އަޅާލުމެއްނެތް. މަގުގެއްލިފައިވާމިހުންގެ އެކުވެރިޔަކައްވެފަތިވަނީ. ﷲ މަތިން ހަދުމަކޮއްބަލަނިކަން.
ބުއްޅަބޭ ބުނެފިނަމަ އެއީ ކޮންމެ ވާހަކަޔަކަށްވިއަސް މީނަ ދިފާޢުގައިނުކުމެއި މީނާތަބުނީ ތަންކޮޅެއްކުރިން މައުމޫނަކީ މުސްލިމެއް ނޫނޭ އޭނާއަށް ވޯޓްނުދެއްޗޭ މީނަގެ ކަންކަންހުރިގޮތްމީ
ކަލޭ އަތުގައި އޮންނާނީ ޑިޕްލޮމާއެއް، އެއިން ކަލެއަށް ތި ހުރިހާ ރައުޔެއް ނެރެވިދާނެ
އެވެސް ޢަރަބި މުދައްރިސްކަމުގެ......... އެޔެއް ހިފައިގެން އަމިއްލަޔަށް ޝައިޚެއްކަމަށް ހެދިގެން އުޅެނީ!
ޙުސެން ނަކީ ބޮޑު ސޭކެއް....
މިމީހުންގެ ސަބަބުން އާންމު ރައްޔިތުންނަށް ދީން އޮޅި ހެވާ ނުބައި ވަކި ނުވާ ދަރަޖައަށް ގޮސްފި. އިސްލާމް ދީނުގެ ހުކުމްތައް އޮންނަނީ އެކި މީހުނަށް އެކި ގޮތަށް ހެން ހީވާން ފަށައިފި. ޝޭހުންނޯ..! ދަންނަ ބޭކަލުންނޯ..!
ޢަހުންމެން ކުދުވޭލާ މާމަމެންބުނޭ ފަހުތިބި ދަންނަ ނުދަންނަ ބޭކަލުންގެ ސަބަބުންނޭ ދުނިޔެ ޣައިރުދީނަށް ދާނީ،: މިފެންނަނީ އެދުވަސް. މުރަނގަގަސްދޮށު ނުދަންނަބޭކަލުންނާއި،ޝޭކުން.
ﷲ އަޅަމެން މިނުލަފާ ލާދީނީ ބަލާމުސީބާތުން މިންޖުކުރައްވާށި.އާމީން!
އެހެން އަމަލުތައް ވަނީ ނިޔަތާ އެކު ކަމަށް ދީނުގަ އަންގަވާފަ އޮންނަނީ.. އެކަން ހިތުގެ އަޑިން ޤަބޫލު ނުކޮށް ހަމައެކަނި އެކަން ކުރާބަޔަކަށް ވިޝްކުރުމަކުން އަދި މުރުތަދެއް ނުވާނެ.. އާޔަށްތަކާއި ހަދީސްތަކުގެ މާނަ ބުރެކެޓު ޖަހައިގެން އެމީހަކު ބޭނުން ގޮތަކަށް މާނަކޮށް ހުރިހާކަމެއް ހަރާމްކުރި ކުރީނުން ގޮސް މިއޮއް ލުއި ފަސޭހަ ދީނަކީ ބުރައެއްކަމަށް ޤަބޫލުކުރެވި ކުރުތަދުވާ މީހުން ގިނަވެއްޖެ.. ވަރަށް ހިތާމަ ހުރި!! އެފަދަ އިލްމުވެރިންނަކީ ދީނަށް ނަސްރުދޭ ދީންދެކެ ލޯބިވާ ބައެއް ނޫން..އެއީ ފިތުނަ ވެރި އަދުއްވުން. ހަބުޝްކަރާގެ ނަސާރާއިންގެ ތެރެއަށް މުސްލިމުން ހިޖުރައަށް ފޮނުއްވި އިރު ވެސް ރަސޫލާ ހަދީސެއް ނުކުރައްވާ އެބައި މީހުންގެ އީދުތަޖާ އެއްވެސް މިންވަރަކަށް ކައިރި ނުވަން.. ޔަހޫދީން ފާހަގަ ކުރި އީދުގަ ރޯދަ ހިފާތީ ރޯދަ ހިފުމަށް އަމުރު ކުރެއްވި، ތަފާތެއް ގެނައުމަށް އެއް ދުވަސް އިތުރުކުރުމަށް ފަހު.. ސީދާ ސާފު ނައްސުން ހަރާމް ނޫން އެއްވެސް ކަމަކީ މަނާކަމެއް ނޫން..
ޔަހޫދީން ރޯދަ ހިފާތީ ރޯދަ ހިފާކަށް ނޫން އަމުރު ކުރެއްވީކީ ، މުނާފިގުވެގެން މީހުނަށް އޮޅުވަލަން މަސައްކަތް ނުކުރޭ "ހައްޤުބަސް" ، ޔަހޫދީން އެ ދުވަހު ރޯދަހިފާތީ ރަސޫލާ ޙަދީޘްކުރެއްވި މީ ކޮން ދުވަހެއް ތޯ ތިޔަބައި މީހުން ރޯދަ ހިފަނީ ، އެބައިމިހުން ދެންނެވީ އެދުވަހަކީ موسي عليىه السلام އާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުންގެ ކިބަ އިން ނަޖާކުރެއްވި ދުވަހެވެ. މިނިޢު މަތަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން މުސާގެފާނު އެދުވަހުގައި ރޯދަހިއްޕެވި ، އެކަމަށް ޓަކައި ރަސޫލާވެސް ރޯދަ ހިއްޕަވައި އެދުވަހުގައި ރޯދަހިފުން މުސްތަޙައްބު ކަމެއްގެ ގޮތުގައި އަމުރު ކުރެއވީ ، ޔަހޫދީން ކުރާ ކަމެއްވެ ކުރެއްވީކީ ނޫން ކަލޭގެ ހުރި ނުބައިކަން ދެކެ ބަލަ އޮޅުވަލަން މަސައްކަތްކުރިޔަސް ބޮޑުވަރު ތިޔައީ ، ޤުރުއާނުގެ އާޔަތެއްގެ މާނައިގައިވޭ " ތިޔަބައިމިހުން ޖުނުބުގެ ހާލުގައިތިބެ މިސްކިތާ ކައިރިނުވާށޭ " ދެން ހަމަ އެކަނި "މިސްކިތާ ކައިރިނުވާށޭ" މިތަންކޮޅުގަ ހިފައިގެން އުޅުނަކަސް ކަމަކު ނުދާނެ . ނޭނގޭ ވަހަކަ ނުދައްކާ
ތި ކަލޭގެ އަމިއްލަ ހިޔާލު..ކޮންމެ ގޮތެއްވިޔަސް އެމީހުންގެ އީދެއް އެއޮތީ ފާހަގަކޮށްފަ.. ތަފާތުކޮށްގެން ނަމަވެސް.. ތިޔަ ބުނާހާ ހަރާމްނަނަ ނުކުރައްވާނެތާ.. އޭރު ވެސް ތިޔަ ކުރިސްމަސް އޮވޭ މުސްލިމުންނާ އެކު ނަސާރާއިން ދިރި އުޅުނު، މުރުދަތުވާ ވަރުގެ ހަރާމްކަމެއްނަމަ ގަދަ އަމުރުން ނަހީ ކޮށްފަ އޮތީސް.. ހަމަ އަމިއްލަޔަށް ކަންކަން ހަރާމްކޮށް ހަލާލު ކުރާ ޒަމާނެއްމީ.. ނަސީބެއް ރައީސް މާސިރު ޓޫރިޒަމް ތަޢާރަފު ކުރި އިރު މި ބައިގަނޑު މި ރާއްޖޭގަ ނޫޅުނުކަން.. އެހެންނަމަ ދަރު ފޫރަށްވުރެއް ހާލުދަށްވީސް މި ރާއްޖޭގެ
ފައްކާ. ނަޝީދު ދައްކާ ލާދީނީ ހުރިހާ ކަމެއް އިސްލާމްދީނުގެ ގިއުގަނޑުގެ ތެރެއަށް ފައްތާ ކަލޭގެ ކޮންތާކު އުޅެފަ ހޭލެވުނީ. ކީއްވެ އިލްމުވެރިން ކްރިޔަސްޓިޔަން ދީނުގެ ތަހުނިޔާ ނުކިޔާ، ނަޝީދު އެކިޔަނީ. ދެން އެކަމަށް ސަލީލެއް ތައްޔާރުކުރޭ ކަލެއާއި މައުމޫނާ ދެމީހުން. މީމިގައުމުގެ ދެ މުފްތީތައް.
މީނާ ނަމުގެ ކުރިއަށް ޝޭޚް ލުމުގެ ބޭނުމެއް ނެތް.. މިއީ ހިނގަ ހިނގާ ހުރި ފެޅަކާ ދަންނަބޭކަލެއް.
ކާކުތަ ތީ ޝޭހެއް ކަމަށް ގަބޫލުކުރަނީ
މީ ކޮންކަހަލަ ޝޭހެއްތަ؟ ހުސް މުނާފިގުން
މީނާއަކީ ޝޭޚެއްނޫން ! އަރަބިބަސް ކިޔެވިމީޙެއް ! އަމިއްލައަށް މާބޮޑު ޢިލްމުވެރިއަކަށް ހެދިގެން އުޅެނީ އަމުދުން އެމްޑީޕީފަދަ ލާދީނީ ޖަމާއަތަކަށް ރަގަޅު އިލްމުވެރިއަކު ސަޕޯޓެއް ނުދޭނެ!
ހުސެއިން އެމީހުންގެ ދީން ޤަބޫލުކޮށް އެމީހުންގެ ދީނަށް މުސްލިމް މީހަކު އުޅުމަކީ މައްސަލައެއްތޯ ؟
ހުސްފޭކު ސޭޚުން ތަމިއުޅެނީ؟
ތި ހުސެބްނަކީ އަންނިގެ އަޅެއްތަ؟ ބަލަ ސޭކު ހުސޭނާ ކަލެޔަށް ޖެހޭނީ އަބަދުވެސް ކަލޭގެ ސާހިބު ލާދީނީ ނަޝީދު ގެ ލާދީނީ ވާހަކަ ދިފާއު ކުރަން ނީނީ މަގާމު ގެއްލޭނެ.
ނަޝީދު ބޭނުންވަނީ ރައްޔިތުން އޭނަގެ ވަށައިގެން އަނބުރާށާއި ޢިލްމްވެރިން ބައިބައިކުރަން. މިހާރު އޭނަގެ މީހުންގެ ތެރޭ ހޭން އިންނާނެ.
ތީ މަުމޫން ވެރިކަމުގަެ ދީނީގޮތުން ވަރަހގިނަ ފާދުކިޔުންތައް ކީ މީހެއް ރަނގަޅު ވަޒީފާއެއް ލިބުނޭމަ ހުރިހާކަމެއް ހުއްދަ ކުރަމުން ތިދުވަނީ . ދީނީ ކަންކަމުގަ ހުއްދަ ހަރާމްގެވާހަކަ ދައްކާނީ ތިމާފެންނަ ހީވާ ގިތަކައްނޫން ހެކިދައްކަބަލަ ސުންނަތުން ނުވަތަ ގުރުއާނުން.
މިއީ ފަހުޒަމާނުގައި ފުޅަކާ ދަންނަ ބޭކަލުން ފާޅުވާނެ އޭ ބުނެފައި އޮންނަނީ މިހެންވެ މިއީ އެވައްތަރުގެ ދަންނަބޭކަލުން ކޮންމެހެން ދިވެހިރައްޔިތުން މަގުފުރައްދަން ނޫޅެ އަމިއްލައަށް މަގުފުރެދިގެން އުޅެވޭތޯ ބަލާ ކަލޭމެންނަކީ މިގައުމު ހަލާކުކުރާ ޝޭޙުން އަހަރުމެން ބަލައިގަންނަ ވަރުގެ ޝޭހުންނެއްނުން ކަލޭމެން ދައްކާ ވާހަކަތަކަށް އިތުބާރެއް އަހަރުމެން ނުކުރާނަން މިހާރުވެސް ތިޔަ ވާހަކަ ދައްކަނީ ސިޔާސީ ގޮތުން ލާދީނީ މީހަކު ހިމާޔަތްކުރަން ވެރީސޮރީ
މިދާވަރު ން ދަ ންނޏާ މި ރާއްޖޭގައި އިސްލާމްދީ ން ފިޔަވައި އެހެ ން ދީ ންދީ ނުގެ އަޅުކަ ންކުރާ ތަ ންތަ ން ހެދުމަކީ ވެސް މައްސަލައެއް ނޫ ން ކަމަށް މި މީސްމީހު ން އަދި ފަތުވާ ނެރޭ ނެ ( ނަޢޫޛުބިﷲ) !
އައްނިގެ ރަނިންމޭޓު ކަން ޔަގީން
ނައިބުރައީސް ކަމައް ފައިނަގާފަ
މީނަ އައްޑޫގައި އަންނި ބުދު ބެހެއްޓީމާވެސް ބުނީ ކީއްހޭ ކުރާނީ އެއޮތީ ބަހައްޓާފައޭ ކޮބާހޭ މައްސަލައަކީ މިކަހަލަ ސޭކެއް ތީ ލާރިއާއި ވަޒީފާއަށް މިސޭކުންތައް ދީން ވެސް ވިއްކަނީ ފަތުވާވެސް ވިއްކަނީ ސަހަރޯ މިބަލާތަކުން ޤައުމު ސަލާމަތް ކުރައްވާދޭ
ތެދެއް!އެއީ މައްސަލައެއްނޫން! އެމީހުންވެސް އަހަރުމެންގެ އީދުދުވަހުގެ ތަހުނިޔާ ކިޔާ! އެއީ ދީނުން ބޭރުވާވަރުގެ ކަމެއްނޫން! ގޯސް އަމަލެއްވެސް ނޫން! އެމީހުން ރާއްޖެއަށް ޒިޔާރަތް ކޮއް ޓުރަރިސްޓް ރިސޯޓްތަކަށް ފައިސާދީހަދާ! އެކަން ވެސް އެހެން ވިއްޔާ ގޯސްވާނެ! އެފައިސާ ކަނީވެސް އަހަރުމެން ދިވެހިން! އެންމެން ސާމިލުވާގޮތައް!
ހުރި ގޮތަށް ހުރި ބީތާއެއް.ފަހު ޒަމާނުގެ ދައްޖާލު.
ބަލަ ހުސޭނާ މަޤާމެއް ލިބުނަސް ތީ ބޮޑުވަރެއް. އަންނިގެ ހުރިހާ ޙުސަެއިން ރަޝީދުގެ ގޭއިން ފަށައިގެން ތަންފީޒުކުރަންފެނޭ، ތިމާ މަޤާމަށްޓަކައި މާތްﷲ އާއި ރަސޫލާގެ މަތިން ހަދާންނެތިއްޖެއްޔާ ދެން އަހަރެމެން ކުރާނެ ކަމެއްނެތް. އެތެރޭގަ ނެތް އެއްޗެއް ބޭރަކަށް ނުނިކުންނާނެ ދޯ. މައުމޫނާ ދިމާލަށް އެއްޗެހި ގޮވާއިރި އަމިއްލަ އަށްވެސް އެވަރު ދޯ ވަނީ.
ކާކުތަ މީނަ ބުނާ އެއްޗެއް ބަލަން ތިބޭނީ.
މިއީ އެއިރެއްގަ ވައިހުރި ކޮޅަކަށް ނިކަން ފައްސިއަށް ދުވަން މޮޅު މީހެއް.
ރުހުމުގެ ލޮލަކަށް ޢައިބެއް ނުފެންނާނޭ ބުނޭއުޅޭނޫންތޯ! އެހެންވީމާ މީނާގެ ލަފާހުންނާނީ އެވާހަކައެއް ދެއްކި މީހެއްގެ ހައިސިއްޔަތަށްބަލާފައި! ދުނީޔޭގެ ބޮޑެތި ޢިލްމުވެރިން ޝިރުކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ހުއްދަ ކުރަން މީދެންކާކު! ބްރޯ ތީތި ކަޑަ!!!
ހުސެން ރަޝީދު ކުރެން އައްސަވާ ބައްލަވަ ކްރިސްމަސް ތަހުނިޔާ ކިޔައިގެން މިއުޅެނީ ޔާމީން އޭ. ނަޝީދުކަމަށް ރިޕޯޓް ކުރެވިގެން މިއުޅެނީ ނޫސްވެރިންނަށް އެރި އޮޅުމަކުންނޭ. އޭރުން ޖަވާބު ތަފާތުވެދާނެ
ވ ހެއްވާ ކަމެއް އަސްލު! ބޭރު މީހުން ޓޫރިސްޓުން ގޮތުގަ ގެނެސް ގެން ރާއްޖެ އަށް އުޅެވެން އޮތީ! އެކަމް އެމީހުން ގެ އުފަލުގަ ބައިވެރި ވުމެއް ވެސް ނެތް! ބަލަ އިސްލާމްދީން ގަ އޮވޭ އައިރު މުސްލިމުންނާ ވެސް ގުޅިގެން އުޅެން އަންގާފަ! އެމީހުންގެ އުފަލުގަ އާ ހިތާމައިގަ ވެސް ބައިވެރިވާން! ދެން ގެސްޓް ހައުސް އިން ކްރިސްމަސް ޓުރީ ނެގި އިރު ރިސޯރޓް ތަކުން ވެސް ނަގަން ދުވަންވީ އެއްނުން! ބަލަ ތި ފާޑަށް އުޅެގެން މި ދުނިޔޭގަ ނޫޅެވޭނެ! އެމީހުން ނާ ވެސް ގުޅިގެން އުޅެވޭނީ! އިންސާނިއްޔަތު ކަން އިސްކުރަން މި ދީނުގަ އަންގާފަ އޮތީ! އެ ވެސް އިންސާނުން!
އެހުންނަނީ ފައިސާ ދީފާ މިކަހަލަ ސޭކުން ނަށް ދީން އޮޅުވާލާވާހަކަ ދައްކަން ޔަހޫދީކަލޭގެ ހުރިނުބައިކަން
ހުސޭނާ ބަލަގަ ﷲ އަށް ޟަރީކު ކުރުމަކީ އެންމެ ބޮޑު ޟިރުކު.ކަލޭ ހަމަތަ.؟އަޅޭ ކަލޭ ހަމަހޭ ހުސޭނާ؟
ތިމީހުން އަދި ބުނާނެ ، ރާއްޖޭގައި އުޅޭ އެހެންދީންތަކުގެ މީހުން އަޅުކަން ކުރަން ތަންތަންވެސް ހުންނަން ޖެހޭނެޔޭ އެއީ މައްސަލައެއްނޫނޭ ، ބަނަވެފައިވާ ދުނިޔެއެއްގައި އެއްމެން އުޅެންޖެހޭނީ އެކުގައޭ
ލާރީގެ ދަހިވެތި ކާ މުގައި ދައްކާ ވާހަކަ އިތުބާރު ނެތް ސޭކުން
މިއީ އބުނާ ފަހު ޒަމާނުގެ ދީން ވިއްކައިގެން ކައިގެން އުޅޭނެ މީހުންނަކީ.
ބާތިލް ކަންކަމަށް ތަރުހީބުދީ އެބާތިލް ކަންކަން ކުރަމުބްދާމީހުނަށް ހިތްވަރުދީ އެކަންކަމަށް ތައުރީފު ކޮށް ތަހުނިޔާ ކިއުން ނުދްލިމުންނަށް ހުއްދަވެގެން ވޭތަ؟
ހުސެން ރަޝީދަކީ ހިހޫތަނުން ކާންދަންނަ ނިކަން ނުބައި މީހެއް. ދީނުގެ ކަންތަށްވެސް މާނަކުރާނީ އޭނަ ހިތަށްއެރިގޮތަކަށް.ފަހުޒަމާނުގެ އަލާމާތެއް.!
ޝޭޚް ހުސޭނާ ކަލާވެސް މޮޔަފުޅުވީތޯ ދީންވެސް ބަދަލްކުރައްވަނޯތޯ
ނަސިދުގެ އަޅެއްތަ ؟އިސްލާމްދީން ނޫން ދީންތަކަކީ ސައްހަ ދީންތަކެއްތޯ ހުސްނަ ވިދާޅުވެ ބައްލަވަ، ބާތިލްކަންކަމަސް ސަޕޯޓް ކުރުން މުސްލިމުންނަށް ހުއްދވޭތަ؟ ތަހުނިޔާ އެއީ ކޯންޗެއް ؟ ތަހުނިޔާ އަކި އެކަންކަމަށް ތާއީދު ކުރާކަމަށް ބުނުން. ގައުމެއްގެ ވެރިަކަމަށް އަންނަ ކަފަރު މީހާއަސް ތަހުނިޔާ ކިއިދާނެ އެއީ ދެދޭ ގައުމުގެ ހައިސިއްޔަތުން. ކާފަރު މިީހާ ކުރާ އަޅުކަމަށް ތަރުހީބުދީ ތަހުނިޔާކިއުމަކީ ކާފަރުކަން ގަބޫލުކުރުން،
ވަގުތު ނޫހަށް އަޅުގަނޑުގެ ޗެލެންޖެއް! ޙުސެން ރަޝީދު އަހުމަދަކީ ޝޭހެއް ކަން ސާބިތުކޮށްދެއްވާ! ކިޔެވި ތަނަކާ، ކިޔެވި އެއްޗަކާ، ހާސިލުކުރި ސަނަދެއްވެސް އެނގޭ ގޮތަށް.
ހުސް މުރުތައްދުން ފާސިގުން