މަސައްކަތްނުކޮށް އެމްޑީޕީ މީހުން ޗަރުކޭސް ކުޅޭކަމަށް އެމްޑީޕީގެ މެންބަރަކު ބުނުމުން މާލޭ މޭޔަރު ޝިފާ މުހައްމަދު "ހިތާމަފާޅުކުރައްވައިފިއެވެ."

މާލޭގެ މަގު ހެދުމަށް ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ފޮޓޯއަކަށް އެމްޑީޕީ މެންބަރަކު ކުރި ރިޕްލައިއެއްގައި ބުނީ 1/2 ކިލޯމީޓަރު ދިގު ތަންކޮޅެއް ބޭރުމަގުގައި ހަދަން އަހަރަކަށްވުރެ ގިނަދުވަސް ވެގެން ހިނގައްޖެ ކަމަށެވެ. "މިއަދު ކޮން ޑްރާމާއެއް ކުޅެންތޯ ތިއުޅެނީ. އަޅުގަނޑަކަށް އެމްޑީޕީ މީހެއް. އެމްޑީޕީ ނަމުގައި މަގާމުތަކުގައި ތިބެ އެއްވެސް ޕާފޯމަންސެއް ނުދެއްކި ޗަރުކޭސް ކުޅުނީމަ އެމްޑީޕީ މީހުން ވެސް ގަބޫލު ނުކުރާނެ." އޭނާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

އެ ޓްވީޓަށް ރައްދު ދެމުން މޭޔަރު ޝިފާ ވިދާޅުވީ މާލޭގެ މަގުތަކުގެ އަޑީގެ ހަޤީޤަތް ނޭންގޭތީ އަދި މަގުތަކުގައި ޒަމާނުއްސުރެ ހުރި މައްސަލަތައް ކުޑަކޮށް ވެސް ވިސްނާލާފައި ނެތީތީ ހިތާމަކުރައްވާ ކަމަށެވެ. "ކޮވިޑްގެ ހާލަތުގައި ހަމަސް ގެއްލިގެން ދިޔަކަން ހަނދާން ވެސް ނެތީތީ ހިތާމަކުރަން." ޝިފާ ވިދާޅުވިއެވެ.

މިމަޝްރޫއުގެ މަސައްކަތް ރޯޑް ކޯޕަރޭޝަނާއި ހަވާލުކުރީ މިއަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް އަދިވެސް މަސައްކަތް ކުރިއަށް ދަނީ ވަރަށް ލަސް ސްޕީޑެއްގައެވެ. މިހާތަނަށް މަސައްކަތް ނިންމާ ބޭނުން ކުރަން ފެށުނީ ކުރީގެ ވެސްޓްޕާކް ސަރަހައްދު އެކަންޏެވެ.

"މާލޭސިޓީ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް" އަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްގެން މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ހުރިހާ އުމުރުފުރާއެއްގެ މީހުނަށް ފަސޭހަކަމާއެކު އުޅެވޭނެ ރައްކާތެރި މަގުތަކަށް ހަދައި، ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ޒަރޫރީ ބޭނުންތަކަށް ދަތުރުފަތުރުކުރެވޭނެ މަގެއް ހޯދައިދީ މަގުތަށް ފެންބޮޑުވުން ހުއްޓުވައި އަބަދު ކޮނެފައި އޮންނަ އޮތުމަށް ނިމުމެއް ގެނެސް ހުރިހާ މަގެއްގައިވެސް ދެފަރާތުގައި ގޭގެއިން ނުކުމެ ވަދެލާ އުޅޭފަދަ ޕޭވްމަންޓެއް ޤާއިމްކޮށް ޢާއްމު ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމްކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮށް މަގުތަކުގެ ތޮއްޖެހުން ހުއްޓުވައި، މަގުތަކުގައި ޕާކިންގްގެ ފުރިހަމަ ނިޒާމެއް ޤާއިމްކޮށް ޕާކިންގް ބިލްޑިންގްތައް ޤާއިމްކޮށް، މުދާ ބޭލުމާއި އެރުވުމުގައި މަގުތައް ބޭނުންކުރުމުގެ ފުރިހަމަ އުސޫލެއް އެކަށައަޅައި ތަންފީޒުކުރުމުގެ ބޭނުމުގައި ހިންގާ މަޝްރޫޢުއެއް ކަމަށް ކުރިން ސިޓީ ކައުންސިލުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އައްޑޫ މީހާ

    ގިތާމަ ކުރިޔަސް ހަމަ ވެރިކަން ކުރާށޭ ކިޔާފަ ޗަރުކޭސް ކުޅެނީ

    37
  2. ސޫއޫދު

    ދުނިއޭގެ ސިއްހަތުޖަމުއިއްޔާއައް މާލޭގެ މަގުތައް ފެނިއްޖެ ނަމަވަގުތުން ބަންދުކުރާނެ މާލޭގަ ދިރިއުޅޭ ގިނަރައްޔިތުންގެ ބެކްބޯން ހަލާކުވަމުންދަނީ މާލެސަރަހައްދުގަ ހުރިހޮސްޕިޓަލް ތަކުގެ އެމްއާރްއޭ ހަދާމެޝިންތަކައްވެސް ދަނީއޮބިނޯވެ ކަޝީގެ ޑޮކްޓަރުންގެ ކިއުނަންބަރް އުޅޭނީ 400 ކައިންމަތީގަ މަގުތަކައް ދައްކަންޖެހޭ ޓެކުސް ރައްޔިތުންދައްކާ ނަމަވެސް މަގުތަކުގަދުއްވުމައްވުރެ އާނުގަނޑުމަތީ ދުއްވިއަސް އުނަގަނޑައް މިވަރުނުވާނެ ބެކްޑިސްކް ނެކްޑިސްކުތަކުގެ ގިނަމީހުން ދަނީފަރުވާ ހޯދަމުން މިހާރުވެސް ދަގަނޑުން ހަދާފަ ހުރިވެހިކަލްތައް ހަލާކުވާއިރު އިންސާނުންގެ ހަޝިގަނޑުގެ މަހާ ޖޮއިންޓްތަކައް ކިހާވަރެއްވާނެ ދުއްވާއުޅޭއިރު. ގައުމުތަކުގަ ހުރިކައުންސިލް އިދާރާތަކުން ކުރަނީރައްޔިތުންގެ ސިއްހީކަންތައް ނޫނީ ގަވާއިދުތަކެއް ތަންފީޒް ކުރުން ރާއްޖޭގަ މިކުރަނީ ކުލަމަޖާ ކުޅެނީ ޗަރުކޭސް

    20
  3. ގލ

    މިސަރުކާރަށް މަގުތަށް ނުހެދިގެން އުލެނީ ކުރީސަރުކާރުން
    ކަން ކޮށްފައި ހުރި ގޮތުންނެވެ އެހެނޫންނަ މަ މިހާރު
    ހުރިހާ މަގުތަކެއް މާލޭގައިވެސް އެހެން ރަށްރަށުގައިވެސް
    ހަދާ ނި މިއްޖައީހެވެ މިސަރުކާރުގެކުށެއް އެއަކުނެތެވެ.

    11
    8
    • ފޭކް

      ސަތޭކައިގެ ވާހަކައެއް.

    • ސުވާލު

      މިއީ އިސްލާމް ދީނަށް ފުރައްސާތަކުރުމުށް ގެނެވުނު ސަރުކާރަެއް. ފުރައްސާރަ ކުރުމުގެ މެގަ ޕްރޮޖެކްޓް މިހާރުވާނީ ފަށާފަ. މަގު ހަދާކަށް ނުޖެހޭ. ޗަކަވަޅުގައި ބައިސްކަލުގައި "ޖަޒީރާ ވަންތަ" ކަންމަތީ ތިބެންވީ ކަލޭމެން ލާދީނީމީހުނަށް ވޯޓުދިންމީހުން.

  4. މޮޔަސޮރު

    ޕާރފޯމަންސް އެއީ ދިވެހިން ދަންނަ އެއްޗެއް ނޫން. އެއަށް ކިޔާ ދިވަހި ބަހެއް އޮވޭބާ!. ކަމެއް ނުވީމަ ސަތޭކަ ހުއްޖަތް ނުދައްކައި އިސްތިއުފާ ދިނުން ، އެހެން މީހުން ތިމާގެ އިޚްލާސްތެރިކަން ބަލައިގަންނާނެ. ތި ޕްރޮޖެކްޓްތައް ހިންގަނީ ރައްޔިތުންނަށް ފަސޭހަ ކުރާކަށް ނޫން. ޖީބަށް އެޅޭ ބައި ބޮޑުކުރަން. މިދިޔަ ވެރިކަމުގައިވެސް މަގުހެދީ، މި ވެރިކަމުގައިވެސް މަގު ހަދަނީ. މި އޮތީ ކަމެއް. ހުރިހާ ކަމެއްވެސް ޝޯއޮފް ކުރަނީ. އިޚްލާސްތެރިކަމެއް ނެތް

  5. ޢަފްލާ

    ހަމަ ޗަރުކޭސް ތިކުޅެނީ ވެެރިމީހާ ބިތާވެފަ ނުފެންނަ ނުއިވެ މީހަކަށް ހެދިގެން އުޅެނި

    17
  6. ސަމްސިއްޔާ

    ދަތުރުވެރިންގެ މާރުކޭޓުންމީހުންތައް ނެރިފައި ހަމަވެސް ވަންދެން ބޭނުން ނުކޮށްބެހެއްޓީވެސް ކޮވިޑާ ހެދިތޯ؟؟ ޝިފާ ރަނގަޅުވާނީ ވާހަކަ ނުދެއްކިއްޔާ. ތިޔައީ ފެއިލްވެ ފައި ހުރި މީހެއް. ކިރިއާވެސް ކަމެއް ކުރަންފެށީ މޭޔަރު ކަމަށް ޕާޓީގެ ޓިކެޓް ލިބޭތޯ. އޭގެ ކުރިން ކުރި ކަމެއްނެތް. އޮފީހަށް ވަގަކު ވަންކަންވެސް އިންގުނީ މެންދުރުވާން ކައިރިވެފައި ހުއްޓައި. އޮފީހަށް އާދެވުނީމަތާ އިންގޭނީ..!

    17
  7. ާައަހުމަދު

    ކޮން އިރަކުންތޯ މާލޭގެ ގޭގޭގެ ދިޔަދޮވިތަކާ އެއާރކޯން ހޮޅިތަކުން މީހުންގެ ބޮލަށް މިފާބާ ފެން ހުއްޓުވާނީ؟

  8. އަލީ

    މީނަދެން ކޮންކަމަކާ ހިތާމަކުރާކައް ރައްޔިތުންނައްފަސޭހައަކައް އެއްކަމެއްވެސް ކުރެވިފަހުރިނަމަ ރަނގަޅު ހިތާމަކުރަން ހިތާމަކުރަންޏާ ހިތާމަކުރާނީ ކުދިމަގުތަކުގެ ކުދިކުދި ތަންތަންކޮޅުގަ އެހިންގާ ގާކޮޅު ބެހެއްޓުމުގެ މެގަޕްރޮޖެކް ތަކުން ޖީބައްވަންނަ އެތިކޮޅު ކުޑަވެގެން

  9. ކޮވިޑު ކޮވިޑު

    ހުރިހާ އެއްޗަކަށް ކޮވިޑް ކިޔާލަ ކިޔާލަ ތިބޭ ކަލެމެން. މިހާރު ދެން ތިނޫން އެއްޗެއް ކިޔަން ދަސްކުރަން ވެއްޖެ އެއްނު!