ބޮޑު ކަންނެލި މަސްވެރިންގެ އަޑު ދިވެހި ސަރުކާރަށް އިވެމުން ނުދާ ކަން ޔަގީން ކުރެވިފައިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ.
ބީކޭއެމްޔޫއިން ފޭސްބުކްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ ކަންނެލި މަސްވެރިންނަކީ މި ގައުމުގައި މަސްވެރިކަން ކުރާ ބައެއް ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް އެނގިވަޑައިގަންނަވާތޯ ސުވާލު ކުރައްވާފައެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ބޮޑު ކަންނެލި މަސްވެރިކަމުގައި ހިއްސާވާ ކަމަށާއި އެކަމަކު ބޮޑު ކަންނެލި މަސްވެރިންގެ ނަން ވެސް ނުގަނެވޭ ކަމަށް އެ ބަޔާނުގައިވެއެވެ.
"މަސްވެރިންގެ ބަޖެޓުގައި ވެސް ބޮޑު ކަންނެލި މަސްވެރިންނަށް އޮތީ ސުމެއް، ބޮޑު ތަނުން މަސްވެރިންނަށް ވަނީ އިހުމާލު ވެފައި، ކަންނެލި މަސްވެރިންގެ ކަންބޮޑުވުމުގެ އަޑު ނުއިވޭ ކަން ސާފުވެއްޖެ، އިރާދަކުރެއްވިއްޔާ ރަނގަޅަށް ކަންބޮޑުވުމުގެ އަޑު އިއްވާނަން،" ބީކޭއެމްޔޫގެ ބަޔާނުގައިވެއެވެ.
ދާދި ފަހަކުން ރަޖިސްޓްރީ ކުރެވުނު ބީކޭއެމްޔޫ ޖަމިއްޔާ އުފައްދާ ޖަލްސާ ބާއްވާފައި ވަނީ ކަނޑުމަތީ އިހުތިޖާޖެއްގެ ގޮތުގައެވެ. ކަނޑުމަތީގައި ކަންނެލި މަސްވެރިކަން ކުރާ އުޅަނދުފަހަރުތަކެއް ޖަމާވެ ބޭއްވި އެ ޖަލްސާގައި މި ޖަމިއްޔާ ހިންގާ ކޮމިޓީ ވެސް އެކުލަވާލާފައިވެއެވެ.
މި ޖަމިއްޔާ އުފައްދާފައި މި ވަނީ ވެސް މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި މަސްވެރިން ބާނާ މަސް ނުގަނެވޭ ކަމުގެ ޝަކުވާގެ އަޑު އަނެއްކާ ވެސް ގަދަވެފައިވާ ދުވަސްވަރެއްގައެވެ.
އެ ޝަކުވާއަކީ އަބަދުވެސް މަސްވެރިންގެ ބޮޑު ޝަކުވާއެކެވެ. މަސް ނުކިރި ކިއޫގައި ގިނަ ދުވަހަކު ތިބުމަށް ފަހު، ކިރާ މަސްކޮޅަށް ވަގުތުން ފައިސާ ނުލިބޭތީ ކަންބޮޑުވުންތައް އިންތިހާއަށް އޮވެއެވެ.
އެންމެ ފަހުން މިދިޔަ ހަފުތާގައި މި ޝަކުވާތަކާ އެކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރަން ޑިމާންކޮށް މަސްވެރިންތަކެއް ފެލިވަރުގައި އިހްތިޖާޖް ކޮށްފައި ވެސް ވެއެވެ.
ބީރު ، ކަނު ، މީހުނަށް އަޑު އިވި ފެންނާނީ ވަރަށް މަސައްކަތުން ،ޖެހޭނީ ހިތްވަރެއް ކޮށްލަން ،
ކަލޯ މީވަރަށް ހަރާންކޯރު ސަރުކާރެކޭ.
އަދި ވެސް ހެއެެއް ނާރާނެ ދެން ވެސް ތިބޭ އަތްޖަހަން ހަރާން ކޯރުންކަން އެނގުނީ އަދިކިރިޔާ ތޯ؟؟؟
ނަންރީތި ރައިސް ކަންކުރުވާ ރައީސް . މިދެމީހުން ތިބޭތީ ނަންރީތި ރަޢިސަކަށް ކުރެވޭ މާބޮޑުކަމެއްނޯންނާނެ. ކަންކަން ކުރަން އިސްކޮށްފައިތިބެނީ ކަންކުރުމަށް އަންގާރައީސްގެ މީހުން. އެހެންވެ ނަންރީތި ރައީސަށް އިއްވަންބޭނުންވާ އަޑު ކަނުލާ އެހޭގޮތެއްވެސް ނުވޭ. ނަންރީތިރައީސަށް ގިނަހަރަށް ބުނެވެނީ ދޮގެއް ނޫނީ ކޮންމެސް މޮޅުވާހަކައެއް. ރައްޔިތުންގެ ކުރިމައްޗަށް ނެރެފަ ދައްކާފައިހުންނަ މޫނެއް ނަންރީތި ރައީސްއަކީ