ގދ. ތިނަދޫގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖާއަށް ބޭސްފަރުވާ ކުރުމަށާއި، އެ ކުއްޖާ ގޮވައިގެން އުމްރާގެ އަޅުކަަމަށް ދިއުމަށް ރައްްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ފައިސާ ތަކެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ ތިނަދޫ ގެއަކުން ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމަށް ޑިސެމްބަރު 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފައިސާތައް ގެއްލުނު ފަރާތުން ބުނީ، ވަގަށް ނަގާފައި ވަނީ ރައްކާކޮށްފައި ހުރި 7751 ޑޮލަރާއި، 2000 ރުފިޔާ ކަމަށެވެ.

އެ ފައިސާތައް ވަގަށް ނަގާފައި ވަނީ ގޭގެ އަލަމާރި ތެރޭގައި ހުއްޓާ އެވެ.

އޭނާ ބުނީ، އެ ފައިސާއަކީ ގޭގެ ހަރަދުތައް ކުރުމަށްފަހު،ހަތަރު އަހަރު ދުވަސް ވަންދެން އެއްކުރަމުން ދިޔަ ފައިސާ ކަމަށެވެ.

ފައިސާތައް ގެއްލުނު ފަރާތުން ބުނީ، އެ ފައިސާ ވަގަށް ނެގި ކަމަށް ޝައްކު ކުރެވޭ މީހަކީ ކާކުކަން އެނގޭ ކަމަށާއި، އެއީ ވަރަށް ގާތްކޮށް އުޅުނު މީހެއް ކަމަށެވެ. އަދި އޭނާއަކީ ގޭގައި ދިރިއުޅެމުންދިޔަ މީހެއް ކަމަށްވެސް ފައިސާ ގެއްލުނު ފަރާތުން ބުންޏެވެ. އަދި އެ ފައިސާ ވަގަށް ނެގި ފަހުން އޭނާ އެގެއަށް ނުދާ ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ބަނަސް

  މި ސަރުކާރު އައިފަހުން ވަގުންނާ ރޭޕިސްޓުން އެކްޓިވްކަން މާ ގަދައީ.. ނޮޓް ސަޕްރައިޒިންގް. ވެރިކަންލިބުނުގޮތަށް ކުޑަކުދިންނާ ބެހޭ މީހަކު ވިއްޔާ މިނިވަންކުރީ

  • ބަކަރި

   ޝުކުރިއްޔާ ރައީސް.. ޖަޒީރާ އެނިމަލް ރާއްޖެ ފީލްސް ވެރީ ޑޭންޖަރަސް

   1
   1
  • ބޭޗާރާ

   ތިޔަ ނިކަމެތި ކުއްޖާއަށްވުރެ ވަގުކަލޭގެ ހައްގު ގިނަވެފައި ދޭންޖެހޭ ފަރުވާ ގިނަވެފައި ދޭންޖެހޭ ޚިދުމަތްތައް ގިނަވެފައި އަޅާލާންޖެހޭ މިންވަރު މަތިވީމާ ތިޔަ ކަމުގައި ކުށްވެރިވާނީ ނިކަމެތި ކުއްޖާއާއި އޭނާގެ އާއިލާ.

 2. ބަކަރި

  ކޮން ތަހުގީގެއް ކުރެވެނީ.. މޮޅުވާހަކަ ހުސް.. ޖޫރިމަނާކޮށް ސްޓިކާޖަހާފަ އިތުރުކަމެއް ނުވާނެ

  6
  1
 3. ބަކަރިމަސް

  ސޯލިހު ޖެހޭނެ ޒިންމާ ނަގަން.. ކުރީގަ ކަމެއްވާ އިރަށް ޔާމީން ބޮލުގަ އަޅުވަނީ.. ކުރީ ސަރުކާރު އޮތް އިރު ކިރިޔާ ކަމެއްވާ އިރަށް އެމްޑީޕީ އެއްޗެހިތައް ހީވާނީ މޮޔަވެގެން އުޅޭހެން.. މިހާރުވާ ކަންކަމުގެ ޒިންމާ ޖެހޭނެ މި ސަރުކާރުން ނަގަން

  6
  2
 4. ކިރިމްކޭކަރު

  ތީގަ ނެތެއްނު މައްސަލައެއް.. ޖަޒީރާވަންތަ އެޖެންޑާ 19 އެއްގަ ތިކަހަލަ ކަންކަން ހިނގިޔަސް އޯކޭވާނެ

  5
  1
 5. ބަކަރި

  ނެތްތަ ޕާކިން ސްޓިކާ ގަނޑަކާ ޖޫރިމަނާއެއް

  3
  1
 6. ގެރި

  އެކައުންޓްތަކުން ލާރި ކާލާތީ ކޭޝް ކޮށް ބަހައްޓަން ޖެހެނީ. މީގަ ބީއެމްއެލް ވެސް ގޯސް.. ބީއެމްއެލް ނޫން ގޮތެއް ބޭނުން

  9
  1
 7. އެޖެންޑާ ބަކަރި

  ވައްކަމަކީ އެޖެންޑާ 19 ގެ އެއްބައި ކަހަލަ ކަމެއް.. އޭމް ނޮޓް ސަޕްރައިޒްޑް

  6
  1
 8. ސްޓިކާ ކުމާރު

  ސްޓިކާ ޖަހާއިރު ނުވޭ ވައްކަމަކަށް ދެއްތޯ

 9. ބަކަރި

  ވައްކަން ކުރާ އެއްޗެހިންގެ އަތް ނުކަނޑާތީ ވާގޮތް.. ވަގުކަލޭގެ އަތުލައިގަނެވޭ ފަހަރު އޭނައަށް ޖެހޭ އެކަން ކުރަން ނުކެރޭވަރު ކޮށްފަ މިނިވަންކުރަން

  6
  1
 10. ކާޕެޓް ވަގު

  ކާޕެޓް ވަގަށް ނެގީމަ އޯކޭދޯ

  4
  1
 11. ހާމާން

  ކިހާރަގަޅު އޭނާގެ އަތާ ފަޔާ ވވއޖޔ-

 12. ހާމާން

  ކިހާރަގަޅު އޭނާގެ އަތާ ފައި ވާ ވގނ ވެއްޓިއްޖެއްޔާ