ހެންވޭރުގައި ހުންނަ ގެޔެއްގައި ދިވެއްސަކު ރަހީނުކޮށްގެން ފައިސާތަކެއް ފޭރިގަންނަން އުޅުމުން ސަލާމަތްވާން ވެގެން އޭނާ ތިންވަނަ ފަނގިފިލާއިން ފުންމާލައިފި އެވެ.

އިމާރާތުން ފުންމާލި މީހާ އަށް އަނިޔާއެއް ނުލިބި ވަނީ ސަލާމަތް ވެފައެވެ.

މި ހާދިސާ ހިނގާފައި ވަނީ މިރޭ 20:30 އެހާކަންހާއިރު ހެންވޭރު މާވަޑި ހޮޓާ ހުންނަ ކަސްތޫރި ގޯޅީގައި ހުރި ގެޔެއްގަ އެވެ.

އޭނާ ރަހީނު ކުރަން އުޅުނީ ހަތަރު މީހަކު ވެގެންނެވެ. އެމީހުން ވަނީ އޭނާގެ ދެފޯނާއި ވޮލެޓް ފޭރިގެންފައެވެ.

މިމައްސަލަ އާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

މިދިޔަ މަހު މާލޭގައި ދިވެހި އަންހެނަކު ވެސް ރަހީނުކޮށްފައި ވެއެވެ. އެމައްސަލައިގައި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

މާލޭގައި ދޭތެރެ ދޭތެރެއިން ބިދޭސީން ރަހީނުކޮށްގެން ބިދޭސީން އުޅޭ މައްސަލަތައް ފެންމަތިވެއެވެ. ނަމަވެސް ފަހަކަށް އައިސް މިފަދަ މައްސަލަތަކުގައި ދިވެހިން ބައިވެރިވުން އަންނަނީ އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މަސް

    ޝުކުރިއްޔާ ރައީސް. މިހާވަރަށް ގައުމެއް އަމާންވާނީ..

    88
    7
    • ބަކުރު

      އަދި އަލަށް މިޤައުގަ ހިނގިކަމެއްތީ ދޯ.

      6
      45
  2. ކަންނެލި

    ހުސް ސޯލިހުގެ ބަލާވެރިކަން.. ކުށްވެރިއެއް އޮތިއްޔާ އަދިވެސް މިނިވަންކުރާތި.. ޔާމީން އިރު ނުކެރޭ ވަގުންނަށް ވެސް މިފާޑަށް ތެޅެން

    98
    8
  3. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ވެލްކަމް ޓު ޖަޒީރާ އެނިމަލް ސިޓީ

    104
    8
  4. ޖަނަވާރު

    ޖަނަވާރުން މިއަދު ހައްޔަރުކޮށްފަ މާދަން ދޫކޮށްލާނެ

    74
    2
    • ކައްޕި

      މި ސަރުކާރުން އައިސް ޒުވާނުން ސްޓިކާ ޖަހާ ޖޫރިމަނާކޮށް އެވަރުން ނުވެގެން އަނިޔާކޮށް ނޮޅާކަނީ

      37
      4
  5. ކަންބަޅި

    ސަރުކާރާ ދެކޮޅު ކޮމެންޓް ޖަހަައި ނުދޭކަން ފާހަގަކުރަން

    53
    6
  6. ނައުޝީ

    ވައްކަން ކުރަން ދަސްކޮށްދެނީ ވެސް މި ސަރުކާރުން.. ވެންޓިލޭޓަރާ ކާޕެޓާ ފައިފުއްސަށް ދަންދެން ކާލަނީ

    87
    3
  7. ބަނަސް

    އެބަ ރަނގަޅުވޭ.. އެޖެންޑާ 19 ފުރާ ފުރިހަމަވަނީ..

    49
    4
  8. ލާދީނީ އަންނި

    ދެންކޮބާ މައްސަލަޔަކީ.

    11
    29
  9. ކަޅުބެ

    ވައްކަން ކުރާ ސޯލިހު އަށް ވެލްކަމް.

    27
    2
  10. ރެފްރީ

    މިސަރުކާރުއައިފަހުން އާކަންތައްތަކެއް އުފަން ވަމުންމިއަންނަނީ .. މެނިފެސްޓޯގަ ހިމެނިގެންކުރިއައްދާކަމެއްފާޑުޖަހާ!! މަތިމަސް މުހަންމަދު ކީކޭބާބުނަނީ ؟، ތިބޭފުޅުންގެނައިސަރުކާރު ކިހިނެތްމިހަދަނީ؟؟ މިކަންތައްގަނޑު ވެސް ރައީސް މައުމޫނުގެ އިސްތަށިފުޅުގަތޯ
    އަޅު ވާހިތް ވަނީ؟؟

    11
    1
  11. ކިހިނެއްތަ މިވަނީ

    ރަހީނުކޮށްގެން ތަކެތި އަތުލމަކީ ފޭރުމުގެ ޢަމަލެއް. މިކަން ރާއްޖޭގައި މަޑުމަޑުން ޢާންމުވަމުން މިދަނީ މިވެރިކަމުގައި. މިފަދަމީހުންނަށް މަރުގެ އަދަބު ދީގެން ވިޔަސް މިކަން ހުއްޓުވަންޖެހޭ.

    17
    1
  12. ކޮރަލް

    ވައްކަމާ ފޭރުން ވ ގިނަ ވެއްޖެ އެވެ. މިހާރުވެސް އަލިކިލެގެފާނު މަގުގަ ހުރި ފިހާރަ އަކުން ވައްކަން ކޮށްގެން ފުލުހުން އެތާ އެބަ އުޅެ އެވެ. އަނެއްކާ ގިނަ ބަޔަކު ދޫކޮށްލީ ބާ އެވެ.

    11
  13. މާމީ

    ކޮބާ މައްސަލައަކީ މިސްރާބު ދައްކާ މާލިމީ އަކީ 37 މިލިއަން ރިޝްވަތުގެ ގޮތުގަ ދިރުވާލާފަ ހުރިމީހެކޭ.... ދެން އެހެން މީހުން ކިހިނެއްވާނީ؟؟؟؟

    15
  14. ގައުމުގެ ދޫ

    ކޮންމެ ސަރުކާރެއް އޮތަސް ގޯސްކަންކަން ކުރާ މީހުން އެކަންކަން ކުރާނެ، ތަފާތަކަށް ވާންޖެހޭނީ ކުށްކުރީމާ ކުށްކުރި މީހާއަށް ހަގު އަދަބު ދިނުން.

    5
    1
  15. ޅަބޭ

    އެހެންވީމާ އިންސާނުން ރަހީނުކުރުމަކީ ރާއްޖޭގަ އެންމެ ފުޅާކޮއް ހިނގާ ވިޔަފާރިދޯ.. ސުކުރިއްޔާ އިބޫ ސޯލިހު.

  16. ކަމަނަ

    ށ މަރޮށި ގެ ހާލަތު އަދި މާ ގޯސް ސަރުކާރަށް ނުވެސް ފެނޭ އެމް ޑީ ޕީ މެމްބަރު ގެ ރަށް ފޯކައިދޫ މާލެ ހެން ރަށް ބިނާ ކޮށްފި އެކަމަކު މަރޮށި އޮތީ ހަމަ އެގޮތަށް ސަރުކާރު ގެ އެއްވެސް އެހީތެރިކަމެއް ނުލިބި ބިކަވެފައި