ކްރިމަސް ފާހަގަ ކުރާ މީހުންނަށް ތަހްނިޔާ ކުރުމަށް ތާއިދު ކުރައްވާކަން ދޭހަވާ ގޮތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓަށް އިލްމުވެރިންނާއި ބައެއް އާއްމުންގެ ފާޑުކިޔުންތައް ކުރިމަތިވުމުން ކީރިތި ޤުރުއާނުން ހެކި ދައްކަވަމުން މައުމޫން ރައްދުދެއްވައިފިއެވެ.

ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި ޣައިރު މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި މުސްލިމުންގެ ގޯތިގެދޮރުން އެބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށް ހިތައި ޢަދުލުވެރިވުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެއްނޫން ކަމަށް މައުމޫން ވިދާޅުވުމުން ގިނަ ފާޑުކިޔުންތައް އަމާޒުވިއެވެ.

އެފާޑުކިޔުންތަކަށް ރައްދުދެއްވާ މައުމޫން ވިދާޅުވީ "މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި އެބައިމީހުންގެ ގޯތިގެދޮރުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތުން މާތްﷲ ނަހީނުކުރައްވާ ކަމުގައި އަޅުގަނޑު ދަންނަވާފައިވާނީ ކީރިތި ޤުރްއާނުގެ الممتحنة ސޫރަތުގައި މާތްﷲ އެހެން އަންގަވާފައިވާތީ." ކަމަށެވެ.

އަލް މުމްތަޙާނަ ސޫރަތުގެ 08 ވަނަ އާޔަތުގެ މާނައިގައި އޮންނަނީ "ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."

މައުމޫންގެ ޓްވީޓަށް ރައްދުދެއްވަމުން ދީނީއިލްމުވެރިއެއް ކަމަށްވާ އައްޝައިހް ޒަމްޒަމް ފާރިޝް ވިދާޅުވީ "ތިކަމާ ހުރިހާ ބޭފުޅުން ވެސް އެއްބަސް" ކަމަށެވެ. ނަމަވެސް މާތްﷲ އަށް ދަރިކަލެއް ލިބިވޮޑިގެންފި ކަމާއި އާކަލާންގެއެއް އުފަންވެއްޖެ ކަމަށް ބުނެ ނަޞާރާއިން ކްރިމަސް ފާހަގަ ކުރާ ކުރުމަށް މަރުހަބާ އާއި ތަހުނިޔާ ކިޔަން ބަޔަކު ހިތްވަރު ދޭ ދަނޑިވަޅެއްގައި މިއާޔަތް ގެނައުމުން ރައްޔިތުންނަށް އޮޅޭގޮތްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާދިފަހުން ޑީއެންއޭގެ މައްސަލައިގައި މައުމޫން ދެއްކެވި ވާހަކަފުޅަށް ވެސް ވަރަށް ގިނަ އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

71 ކޮމެންޓް

  1. ހަވާސާ އިބޫ

    ޒަމް ޒަމް ކިޔަކަސް ޒަމް ޒަމް ފެނަކަށް ނުވާނެ މީނަޔާއި މީނަގެ ބައްޕައަކީވެސް މަވަރެއް ނެތިގެން އުޅޭ ދެމީހުން!

    32
    137
    • ތަފްސީރު

      އާޔަތުގެ ތަފްސީރު ބެލީމަ އެނގޭނީ އަމަލު ކުރަންވާ ގޮތް

      1
      2
  2. ބޮކަރ

    މީނާ ޓީވީއެމްގެ ކޮންމެވެސް ޕޮރޮގުރާމެއްގައި ބުނިކަމަށްވަނީ ގުރުއާނުގެ ތަރުޖަމާއަކީ ހުއްޖަތެއްނޫނޭ.. މިހާރު ކީއްކުރަން ގުރުއާނުގެ ތަރުޖަމާއިން ހުއްޖަތް ގާއިމުކުރަނީ..

    165
    16
    • ސަހާދަތް

      ރަގަނޅު ވާހަކައެއް..މައުމޫނު ތި ވިދާޅުވާ ހެން މުސްލިމުން މަރާ ގެދޮރުސުންނާފަތިކޮށް ދާބައެއް އިންޑިއާއަކީ ކީއްވެގެން އެއްޗެކޭ ނުބުނެ ހަނުތިހުންނަނީ...ލާއިންސާނީ ޖަރީމާ ހިންގާއިރު މޯދީގެ ފަހަތުގައި އެބަހުރިތާ

      60
      3
    • ވިސްނާ

      މިކަލޭގެ އަނބިމީހާ އައުރަ ނިވާ ކުރަންވީމާ ގުރުއާނުގެ ތަރުޖަމާ ހުއްޖަތަކަށް ނުވޭ. އެކަމަކު ކާފަރުންނާއެއްކޮށް ކުރިސްމަސް ފާހަގަ ކުރަންވީމާ ގުރުއާނުގެ ތަރުޖަމާ ރޯނުބައިކޮށް އެކިގޮތްގޮތައް ބޭނުންކުރޭ.

      67
      3
    • ބަޒުރާ

      އެއްވެސް ތަރުޖަމާއެއް ހުއްޖަތަކަށް ނުވާނެ. އެވިދާޅުވީ ހަމަ ރަނގަޅު ވާހަކައެއް. ހުއްޖަތަކަށް ވާނީ ސީދާ ޤުރުއާން. އެއީ މާތްﷲގެ ވަޙީބަސްފުޅު. ތަރުޖަމާއަކީ މީހަކު އަމިއްލއަށް ލިޔާ އެއްޗެއް. އެކި ތަރުޖަމާގަ އޮންނާނީ އެކިގޮތަށް.

      15
      5
      • މަގޭ ޚިޔާލު

        އެހެންވިއްޔާ ކަލޭ މުސްހަފު ބަލައިގެން ގުރުއާން ކިޔަވާނެކަމެއްނެތް. ކަލޭބުނާގޮތުން އިންސާނުންގެ އަތުން ގުރުއާނުގެ ކަލިމަތަކާ އާޔަތްތައް ލިޔެވިގެންނުވާނެ. ހަމައެކަނި ހިތުން ދަސްކުރަންޖެހޭނީ.

  3. ބަފާބޭ

    އިޔާޒްތީ މަމޮޅުވެގެން އުޅޭމީހެއް.. މީހުންނަށް ހަސަދަވެރިވުމުގާ އިޔާޒް އާއި ޒައިދު އުޅެނީ މާކުރީގައި.. އެކަމް ދީނީ އިލްމްވެރިންނޯ.. މީހުންގެ މުޅަމަސް ކެއުންނޫންކަމެއް ނުކުރޭ.

    66
    26
  4. މޯދީ

    ސޭޙެކޭ ބުނާއިރަށް މީހުން ހީކުރަނީ އެއީ އެއްވެސް ކުށެއްނުކުރާނެ ބައެއްކަމަށް. މިހާރު ޕާޓޭންވެސް ތުނބުޅި ދިގުކޮށްފަ ފަތްވާ ދޭން އުޅެނީ..

    61
    11
    • ވަގުތުދޮޅުރޯނާ

      ތުނބުޅި ދިގުކޮށްފާ ފަތްވާ ދެނީއޭ؟ ތުނބުޅި ދިގުކޮށްފާ ފަތްބޮނީ.

      39
  5. ވިޓް

    ޝިރުކު ނުހިމެނޭ ކަންކަމުގައި ތަހުނިޔާ ކިޔަންވީ. ވީހާވެސް ބޮޑަށް ގުޅުން ބަދަހި ކުރަންވީ. އެކަމަކު މައުމޫނު ތި ނެންގެވި ދަލީލުތަކަކީ ކަމާ އެއްވެސް ގުޅުމެއް ނެތް ދަލީލެއް. ﷲ ގެ އެއްކައުވަންތަކަމާ ވަޙުދާނިއްޔަތަށް ގޮންޖަހާލުމަށް އެއްވެސް ބަޔަކަށް މުސްލިމުން ހިތްވަރުދީ ތަހުނިޔާ ކިޔައިގެން ނުވާނެ. އެމީހުންގެ އެހެން ޢީދުތަކާ ޤައުމީ މުނާސަބަތުތަކުގައި ވީހާވެސް ބޮޑަށް ބައިވެރިވާންވީ ﷲ އަށް ޝިރުކުކުރުމެއް ނުހިމެނޭ ކޮންމެ ކަމެއްގައި. ކިތަންމެ މޮޅު މީހަކަށްވިއަސް ގޯސް ބަހެއް ބުނެވިދާނެ.

    141
    7
  6. ރައްޔިތުމީހާ

    ޢަދުލުވެރި ވުމާ ތަހުނިޔާ ކިޔުމާ ކޮންގުޅުމެއް އޮތީ ... ގުނބޯ ހެއްދޭނީ މޮޔައިން . ޢަދުލުވެރިކަމާ އެކު ކަމެއް ކުރުން އެއީ ބާޠިލް ޢީދުތަކުގައި ބައިވެރިވުން ކަމަށް އޮތް ހެއްކެއް ކޮބާ؟

    115
    5
    • ބީރުމީހާ

      ކަލޭނޭ މަރިޔަމް ޞޫރަތުގެ 88 އާޔަތުން ފެށިގެން މާނަ ކިޔަމުންދޭބަލަ

  7. ރަދީފް

    މައުމޫނު 2008ގަ ބުނީ ގުރްއާން ތަރުޖަމާ އެއީ ހުއްޖަތެއް ނޫންކަމަށް.ނަމަވެސް މިއަދު ވަކިކަމެއް އެއީ ރަނގަޅުކަމެއްގެ ގޮތުގަ ދައްކަން މުޅިންވެސް ޓްވީޓްކުރަނީ ގުރްއާން ތަރުޖަމާ.

    43
    2
    • ހަސަނުގެ ދަރި ލަތީފް

      އަދި ހެކި ދައްކަނީވެސް ދިމާވެގެން އުޅޭ މައްސަލައާ ގުޅުމެއް ނެތް ހެކި ، ކާކުތަ މިތާކިޔައިގެން މި އުޅެނީ ބަޔަކާދޭތެރޭ އިންސާފެއްނެތި ކަންތައްކުރަން އެހެން ނަމަތާ ޢަދުލް ވެރިވުމަށް އަންގަވާފައިވާ އާޔަތް ދައްކަން ޖެހޭނީ ، މިއުޅެނީ ކާފަރުންގެ ޢީދެއްގައި ބައިވެރިވުމުގެ ގޮތުން ހެޔޮ އެދުންތައް ފޮނުވައި އެކަމަށް ހިތްވަރުދޭތީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިގެން . ބަޔަކަށް އޮޅުވާލަން އުޅުނަސް ތިޔައީ ދެން ބޮޑުވަރު . ތިމާ މީހާއަކީ އިސްލާމް ދީނަށް ލޯތްބެއްނެތް މީހެއްކަން މާކުރިންވެސް މަމެންނަށް އޮތީ އެނގިފައި ، އެކަމަކު ތިޔަހާބޮޑަށް ދިވެހި ރައްޔިތުންނަށް އޮޅުވާލަން އުޅެފަނެ ކަމަކަށް ހިޔެއް ނުކުރަން ، ޢުމުރުން ދުވަސް ވުމުގެ ސަބަބުން އެއާޔަތުގެ މާނައިގައިވާ ބުނާ އެއްޗެއް ފަހުމް ނުވާވަރު ވީތޯ ސުވާލު އުފެދޭ.

      30
      1
  8. މ

    ކޮން ޒަމްޒަމެއްތަށް. މައުމޫނު ހިނގި މަގަކުންވެސް ދީނީ ޢިލްމުގައި ތި ޒަމްޒަމަކަށް ނުދެވޭނެ

    15
    63
  9. އަލީ

    އަހަންނަކީ މާމޮޅައް ކިޔަވަިގެން ހުރި މީހެން ނޫމް. އެކަމަކު މިހާރު އަހަންނައް ޔަގީން ވެއްޖެ މައުމޫނައްވުރެ އަހަރުމެން ކަހަލަ މީހުން މޮޅުކަން. މައުމޫނު ތި ނެގި ދަލީލާ އެއާ އެއްވެސް ގުޅުމެއްނެއް. އެހެންވީ އިރު ކާފަރުން ބުދައް އަޅުކަން ކުރަން ވަކި ހާއްސަ ދުވަހެއް އީދެއްގޮދައް ފާހަގަ ކޮއް އުފާފާހަގާ ކުރާނަމަ އޭގަ ބައިވެރި ވާނަންތަ މައުމޫނޫ؟؟؟؟؟ މޮޔަ ނުވޭ.... އެމީހުންނާ ބައިވެރިވާންވެސް މިންގަނޑު ތަކެއް އޮވޭ އަހަރުމެނައް ދީފަ..

    57
    1
  10. ވެރިން

    ކަލޭމެން އެންމެން ވެގެން އަހުރަމެން ރައްޔިތުން އޮޅުވާ ވާ ވައްދާ، ތި ކަމުގަ އެއްމެ ރަންގަޅު ގޮތަ ކީ ތަހުނިޔާ ނު ކިޔުން

    48
  11. Anonymous

    އޮންނަނީ އެމީހަކު ނިމިދާނީ އެމީހެއްގެ އެތެރޭގައި ހުރި ތަގްވާވެރިކަމަކާ އެއްގޮތަށްކަމަށް.
    އަހަރެމެންގެ ދީން ހުއްދަނުކުރޭ އެމީހުން އުޅޭގޮތަށް އުޅުން. އެމީޙުންގެ ދީނުގެ ކަންކަން ދިރުވަން. އެކަމަކު އެމީހުން އަދާވާތްތެރި ނުވާހާ ހިނދަކު އެމީހުންނާ ދެކޮޅުވެރި ނުވުމަށް ﷲ ތަޢާލާ އަންގަވާފައިވަނީ.

    35
  12. ަައަހަރެން

    ބެއްޔާއައް ވިސްނޭކަހަލަ އެވެރިންނައް ހެޔޮކޮއް ހިތުމަކީ އެވެރިން ކުރާފާފަތަކުގައި އަހަރަމެން މުސްލިމުން ބައިވެރި ވުމަކީ އެވެރިންނައް ހެޔޮކޮއް ހިތުން ކަމައް

    39
  13. Anonymous

    ‏يا أيها الذين آمنوا كتب عليكم الصيام
    ދެން ހަމަ އެހެން އާޔަތެއްގައި ވަނީ
    ‏يا أيها الذين آمنوا كتب عليكم القصاص
    މައުމޫން ކޮންމެ އަހަރަކު ރޯދަމަސް އަންނަހިނދު ވަރަށް ގިނަ ވާހަކަ ދައްކައި ޕްރޮގްރާމް ހިންގާހަދާ.
    އެކަމަކު މުޅި ދައުލަތުގެ ފުރިހަމަ އާރާއި ބާރު ލިބިލައްވައިގެން ހުންނަވައި އަދުލުވެރިކަން އެއްފަރާތް ކޮށް فرض ކުރެއްވި قصاص ނުހިފައި ދޫކޮށްލެއްވީ މަނިކުފާނުންގެ ވެރިކަމުގައި ގުރުއާނުގައި އެވާހަކަ ނެތީމަތޯ؟ ގުރްއާނުގެ އެއްބައި އާޔަތްތަކަށް ކާފިރުވަނީތޯ؟

    47
  14. ކޮމެންޓު

    މީނާއަކީ ދައޮރިޖިނަލް ލާދީނީ ދީނީ ތާކިހާ އަޅައިން އުޅޭ. މީނަ ގައުމު ގެންދިޔަ މިސްރާބުގެ މޭވާ މިއަދު މިފެންނަނީ

    35
    2
  15. މައުމޫނު

    އަހަރެންވެސް ގަބޫލުކުރަން އެހެން ދީންތަކުގެ މީހުންނަށް އިހްތިރާމް ކުރަންޖެހޭކަން، އެހެން ދީންތަކުގެ މީހުންނަށް އެމީހުން ދީނަށް އުޅޭތީއޭ ކިޔާފަ އަނިޔާކުރާކަށް، ތިޔަ ދެއްކެވި އާޔަތަކީ މައްސަލައާއި ގުޅޭ އާޔަތެއް ނޫން
    މައުމޫނަކީ ފެށުނީއްސުރެ ދީން އޮންނަ ގޮތް ނޫން ކޮންމެވެސް އެހެން ގޮތަކަށް ބަދަލުކޮށްގެން ތިމާމީހާ ބޭނުންވާ ގޮތަށް ފަތުވާ ނެރެމުންދާމީހެއްކަން މުޅި މިދިވެހިޤައުމު ހެކިވާނެ
    ސިޔާސީކަންކަމަށް އެކަމާއި ގުޅޭ ގޮތަށް ފަތުވާ ނެރެނީ. މިހާރުގެ ޝެއިހުންނާއި މީނަ ދުވަހަކުވެސް އެއްބައި ނުވާނެ. މީނައަށް ފެންނަ ގޮތަކީ އެއީ ދީން.
    މީނާއަށް ހަޖޫޖަހައި ގޮންޖެހި އިލްޔާސްވެސް މީނަ އުޅޭ ގޮތަށް އެއުޅެނީ
    ކަލޭ ތަހުނިޔާ ކިޔަންޏާ ކިޔަންވީ، ރައްޔިތުން އޮޅޭގޮތަށް ފަސާދަ އުފެދޭގޮތަށް ފަތުވާ ނުނެރޭ. ރީއްޗަ މަޑުން ގޭގަ ހުރެބަލަ، 30 އަހަރު ވެއްޖެ ނުން ރައްޔިތުން ގުނބޯ ހައްދަިއގެން އުޅޭތާ.

    31
    1
  16. އަޙުމަދު އަޙުމަދު

    ކުފުރުގެ އަހުލުވެރިންނާއި އެއްފަސްގަނޑެއްގައި ޢަދުލުވެރިކާއެކު މުސްލިމުން އުޅުމާއީ އެމީހުންކުރާ ކުފުރުގެ ޢަމަލްތަކަށް ހިއްވަރު ދިނުމަކީ ތަފާތު ދެކަމެއް

    30
    • ސުވާ

      މައުމޫނެކޭ ޖާހިލެކޭ އެއްވެސް ތަފާތެއްނެތް. ކްރިސްޓިއަން ދީނުގެ ކަންކަމުގެ ތެރެއަށް ބޭނި ޤުރުއާނުން ދަލީލު ދައްކަ، މިބޭނުން ރަނގަޅު ކަމެއްކަމަށް ދައްކަންއުޅޭ ނުލަފާމިހަކަށް މައުމޫނު ނުވިނަމަ ކޮންފަދަ. އަނގަ ބޮޑުކަން ހައްދުން ނެއްޓި މީހާ އެހެރަ ހަލާކުވެދަނީ. ތެދު މަގުގައި މަރުގަންނަވަން ހުރި އަޅަކު އެގޮތުގައި މަރުގަންނަވާނީ.

      18
  17. އަލިކާ

    ޢުމުރުން ދުވަސް ވީމަ މިހާރު ހުންނާނީ ކުޑަކުދިންގެ ހިޔާލް. މައުމޫން އައް މިހާރު ފަތުވާ ދެވިގެން ނުވާނެ. މްފްތީ މެންކް ގެ ބަސް އަހަރެމެން ގަބޫލް ކުރަނީ ، މައުމޫން ކަމަކީ އޮޅުވާލުން.. އަބަދުވެސް އެއްބައި ހާމަ ކޮއްފަ އަނެއްބައި ފޮރުވާނީ

    31
    1
  18. މުނާ

    އަހަރެން ގަބޫލުކުރާގޮތުގައި އެމީހުން އެފާހަގަ ކުރާދުވަސް ތަކުގަ ތަހުނިޔާކިޔޭނެ އެއީއެމީހުންގެ ދީނަށާ އާދަކާދަ އައް އިހްތިރާމް ކުރުމުގެ ގޮތުން ދެން ތިބުނަނީ އެމީހުންނަށް މަރުހަބާ އާއި ތަހުނިޔާކިޔުމަކީ މާތްﷲ އަށް ދަރިކަލެއް ލިބިވޮޑިގެންވާ ކަން ގަބޫލުކުރުމޭ، އިސްލާމް ދީނުގަ ކޮންމެ ކަމެއްގަވެސް އޮންނަނީ ތިމާގެ ނިޔަތް، އެމީހުންނައް މަރުހަބާ އާއި ތަހުނިޔާ ކިޔުމުން އޭގެ މާނައަކީ ތިމާ މާތްﷲ އަށް ދަރިކަލެއް ލިބިވޮޑިގެންވާ ކަން ގަބޫލުކުރުމެއް ނޫން

    11
    36
  19. ހޖ

    ފަހުޒަމާނުގަ ﷲ ހަރާމް ކުރެއްވި ކަންކަން ހަލާލު ކުރާނޭ ބަޔަކު އަންނާނެކަންވަނީ އަންގަވާފަ. އޭގެ ތެރެއިން އެކަކު ތީ، ވަރަށް ސަލާމް

    29
  20. ބުއްޅަބެ

    ސިޔާސީ މީހުން ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރާ ބައެއް

    20
    1
  21. ވިލާ

    ކަލަންޑަރު އާޔަތްކިޔަވައިގެން ފަތުވާ ނެރޭ ސޭކުންނަށްވުރެ މައުމޫނުވަނީ އެތައްގޮތަކުން އިލްމުގެ ރޮނގުގަ ކުރިއަރާފަ. އެކަމު މިއަދު މައުމޫނު ކަހަލަ މީހެއްބުނާއެއްޗެއް އަޑުއަހާ މީހެއްނުވާނެ. ޢަލީ ބުނާގޮތް މިހާރު ރަނގަޅުވާނީ. ލޮލް

    9
    13
  22. މިރުސް

    މާތްﷲ ބާތިލް ދީންތަކުގެ މީހުންފާޅުކުރާ ބާތިލް ކަންތަކަށް މަރުހަބާކިޔުމަށް އަންގަވާފައިނުވޭ ތިއާޔަތުގައިވެސް ވީމާ މައުމޫނުވެސް މިހާރު މަގުފުރެދިފައިވާހެން ހީވަނީ

    22
    1
  23. މަހޭޝް

    އިލްމުވެރިންގެ ތި ޖަދަލްތަކާ ހުރެ އަހަރުމެންގެ މައްޗަށް ކޯފާއެއް އަޒާބެއް ނުފޮނުއްވާދޭވެ.

    23
  24. މާލެ

    އަހަރުމެން ދީން ކިޔެވީ ޖަމީލުގެ ފޮތްތަކުން އަހަރެމެން މިހާރު ކިޔަވަނި ދުނިޔޭގަ އެކަން ސިޔާސަ ނުކޮށް ކުރާމީހުންގެ އަޑު އަހައިގެން، މިގައުމުގެ ސީޔާސީ ދީން ވެރިން ގެ އަޑު އަހަންވެސް ބޭނުމެއް ނުން. ހީވަނީ ދިން ކިޔެވުމުގެ ވާޖިބަކީ ސިޔާސީ ކަންކަމަށް ޓުވީޓު ކޮށް ޖަވާބުދާރި ވުން ހެން. ކޮނެމެ ހެނެއް ވިޔަސް އީސާގެ ފާނު ކަލެއް ކަމަށް ގަބޫލު ކޮށް އެފަދަ ކަލެއް އުފަންވީ ދުވަސް ކަމަށްބަޔަކު ދުވަހެއް ފާހަގަ ކުރާކަމަށް ވާނަމަ އެކަމަށް ތަހުނިޔާ އެއްނުކިޔޭނެ. އެނުން ކަންކަމުގަ ތަހުނިޔާވެސް އަދި ކިތަންމެ ގާތް ގުޅުމެއް ވެސް ބޭއް ވިދާނެ.

    19
    1
  25. ހުސޭނުބޭ

    މައުމޫނަކީ އޭނާ ބޭނުން ގޮތަށް މާނަކުރާ މީހެއް! މޭނާ ހައްސާނު ލަވަކިޔުން ހުއްޓާލިކަން އިޢުލާންކުރީމާ މޭނާ ހައްސާނު ގެންގޮސް ބޮޑެތި ފޮތްތަކެއް ދައްކާފައި ނުނި އަޅެ މިއުޒިކަކީ ހަރާމް އެއްޗެއްކަން ދައްކަބަލާށޭ! ތީގަ ބޭނުމީ މައުމޫނުގެ ބަހެއް ނޫން! ބޭނުމީ އިސްލާމީ ދަންނަބޭކަލުންގެ ބަސް!

    17
    2
  26. އަސީލު

    މައުމޫން ތިޔަ އުޅުއްވަނީ ޑރ. ޝަހީދު ހުރިތަނަށް ދުންޔާ މައުމޫން ފޮނުވަންތަ ؟ ނޫނީ އދ ފަދަ ބޮޑު ބައިނަލް އަގްވާމީ ޖަމާއަތެއްގެ ރައީސްކަން ކުރުން ހިތުލާގެންތަ؟ މައުމޫންގެ އެދުމެއް އޮތްނަމަ ވަރަށް ދުރުން ކުޅެނެ

    19
    2
  27. ރޯދަމުބާރަކް!

    މަޖުލީހު ރައީސާ، މަޖްލީހު މެމްބަރުން ބޭނުންވިގޮތް މިއީ..!! މި ކަމުގައި ބަހުސްއެއްފެށުން، ދެން އެންމެންތިބެ އެ ގަހު ކޭލު މި ގަހު ކޭލު ކިޔަން!...ސާބަސް!، ތިކުރެވެނީ ދީން ހިމާޔަތް!

    12
  28. މާމީ

    މައުމޫނު ގިނަދުވަހައް ދުނިޔޭގަ ލެހެއްޓެވުން އެދެން ... އެއީ ތިމާ ހިތްނޭދޭ ކަމެއްވެއްޖެއްޔާ އެކަމެއް ފަސާދަކުރަން.....

    4
    3
  29. އަވަޓޭ

    މައުމޫނު ބަރާބަރު. ކަމެއް އޮތްގޮތަށް ބުނީމަ މިހާރުގެ ބައެއް އިލްމުވެރިން ރުޅި އަންނަނީ. ޤުރުއާނުގެ ތަރުޖަމާ އެއީ ހުއްޖަތެއް ނޫންކަމަށް މައުމޫނު ވިދާޅުވީ ތަރުޖަމާ އަކީ އެމީހަކަށް އެ ފަހުމްވި ވަރަކަށް ލިޔެފައިވާ އެއްޗެއް. އަދި ތަރުޖަމާ ކުރުމުގައި ބާވާލެއްވި ވަގުތާ ޙާލަތާ އެހުރިހާ ކަމަކަށްވެސް ރިޢާޔަތްކުރެވިގެން ތަރުޖަމާ ކުރާކަމަށް. ވީމާ މައުމޫނަށް ޤުރުއާން ފަހުމް ވާވަރަކަށް އެހެން ބަޔަކަށް ފަހުމް ނުވެދާނެ. މައުމޫނު ނޫނަސް ބައެއް ޢިލްމުވެރިން ވިދާޅުވޭ ޤުރުއާނުގައި އަންގަވާފައިވަނީ ތިޔަ ބައިމީހުންގެ ބުރުގާތަކުން ތިޔަބައިމީހުންގެ ކަރުވަޅުތަކުގައި އަޅާ ނިވކުރުމަށް ކަމަށް. އަދި ނަމާދު ކުރާއިރު ޢައުރައަކީ ކޮބައިކަންވެސް އަންގަވާފައިވާކަމަށް

    2
    18
  30. ކޮވިޑް

    ޤުރުއާންނުގައި އޮންނަ ގޮތް ރަނގަޅު، މަނިކުފަން އަށް އެންގި ލައްވާތޯ ނަސީދު ތަހުނިޔާކީ މުސްލިމުންނާ ހަގުރާމަ ނުކުރާ ކުރިސްޓިއަނުންނަށް ކަން؟ ކޮންމެހެން ޤްރުވާނުން ދަލީލް ދައްކައި ގެން ނަސީދު ގެ ހިމާޔަތުގައި ތެދުވެފަ މޮޅު ވާހަކަ ނުދައްކަވާ،ތަހުނިޔާ ކީ އިޒްރޭލް ކްރިސްޓިއަނުންވެސް ހިމެނޭ އެމީހުން ފަލަސްތީނު މުސްލިމުންނާ ހަނގުރާމަ ނުކުރޭތޯ؟ ގޭގެއިން ބޭރު ނުކުރޭތޯ؟ އިންޑިޔާ ކްރިސްޓިއަނުން އަފްޣާނިސްތާނު މުސްލިމުންނާ ހަންގުރާމަ ނުކުރޭތޯ؟ އެމީހުން ގޭގެއިން ނުނެރޭތޯ؟ ޓްއީޓް ކުރައްވާއިރު ހަޤީޤީ މަގުސަދަށް ވެސް ބަލާލަން ރަނގަޅު ދެއްތޯ؟

    20
  31. ފަތުރާ

    މީނައަށް އަޑުނީވެއިތަ މަޖިލީހުގައި ނަމާދާދަބެހޭގޮތުން ނަޝީދުދެއްކިވާހަކަތައް ފަލަސްތީނުގެ މުސްލިމުންނަށް ކުރާވަރު ކުޑައީތަ ކުރިސްމަސް މުސްލިމުން ފާހަގަކޮށް ހިތަވަރުދޭދުވަހެއްނޫން

    20
  32. ފާއިޒު

    އޭ މައުމޫނެވެ! ލަފުޒީ މާނައަށް އެކަނި ނުވިސްނާ މުނާސަބުވާ ހާލަތަށްވެސް ވިސްނާށެވެ. އެމީހުން އަހުރެެމްނާ ހަނގުރާމަ ނުކުރާ އެމީހުން އަހުރެމެންގެ ގޮވަތި ގެދޮރުން ބޭރުކޮށް ނުލާނަމަ އެމީހުން އަޅުކަން ކުރުމަށް މިރާއްޖޭގައިވެސް ފައްޅި އަޅާ އެމީހުންގެ ބުދުތައް ބެހެއްޓުަމަކީ ޢަދުލުވެރިވުމުގެ ގޮތުން ކުރެވިދާނެ ކަމެއްބާވައެވެ؟

    14
  33. ޝިހާމްބެ

    ތިހެންވިއްޔާ އިންޑިއާ މީހުން 'ކަނދުފަތި ބައްޕަ" އޭ ކިޔާފަ އެމީހުން އަމިއްލައަށް އުފައްދައިން އުޅޭ ކަލާނގެ ކަނޑު ފައްތަން ދާއިރު އެމީހުންނާ އެކަމުގައި އެއްބައިވާންވީތޯ. ވަހުދާނިއްޔަތޭ ކިޔާފަ.
    އެހެންދީންދީނުގެ މީހުންނަށް ނުފޮރުއްޕާން ކުރުމެއް ނެތް. އެކަމަކު އެމީސްމީހުންގެ ޝިރުކުގެ އަމަލުތަކުގަ އާއި ބަސްތަކުގަ ބައިވެރިވުމެއްވެސް ނެތް. الله ގެ އެެއްކައުވަންތަކަން ގަބޫލު ކޮށް لااله الا الله ކިޔަނީވިއްޔާ

    15
  34. ސާރާ

    މިކަލޭގެ މިހިރަގެން ޖާހަށްޓަކައި އަވަދިވަނީ. ޣައިރު މުސްލިމުންނަށް ހެޔޮކޮށްހިތުމުގެ ނަމުގައި އެމީހުންކުރާ އިސްލާމްދީނާ ޚިލާފް އަދި އަމުދުން ޢީސާގެފާނަކީ ﷲ ގެ ދަރިކަލެގޭ ނަޞާރާއިން ބުނާބުނުމަށްވެސް އަތްޖަހަންވީއޭތަ މިކަލޭގެ މި ބުނަނީ؟ ހާދަހާ ނުބައި މީހެކޭ މިއިީ.

    17
    1
  35. އަލީ ވަޙީދު

    "މުސްލިމުންނާހަނގުރާމަނުކުރާއަދިއެބައިމީހުންގެގޯތިގެދޮރުންބޭރުކޮށްނުލާމީހުންނަށްހެޔޮކޮށްހިތުންމާތް ﷲ ނަހީނުކުރައްވާކަމުގައިއަޅުގަނޑުދަންނަވާފައިވާނީ" މިހެން ވިދާޅުވިޔަސް މުސްލިމުން އެހެން ދީންތަކުގެ މީހުން ރާވައިގެން ހިންގާ ބޮޑެތި ޤަތުލު ޢާއްމުތަކުގައި އެތައް މުސްލިމުންނެއް އެދަނީ މަރަމުން އެމީހުންގެ ގެދޮރުތައް އަންދަމުން. ތެދެއް ގެދޮރުން ބޭރެއްނޫން ކުރަނީ ގެދޮރު އަންދާލަނީ. ދެން އަޅުގަނޑުމެން މިވަނީ އެ ދީންތަކުގެ މީހުން އެއްވެސް އަނިޔާއެއް ނުކުރެޔޭ ވަރަށް ރަނގަޅު ބައެކޭ ކިޔާފައި އެމީހުންގެ ދީނީ ކަންކަމަށް ސަޕޯޓްކޮށް ވާހަަކަދައްކަން. މިހާރު އިސްލާމް ދީން ނޫން ދީންތައް ވަނީ މަންސޫހުކުރައްވާފައިނޫންތޯ؟؟؟

  36. ރިމް

    އެމީހުން ގެ އީދު ތަކުގަ ތަހުނިޔާ ފޮނުވުމަކީ މަނާ ކަމެއް ނުން ، މައުމޫން ވިދާޅުވި ހެން އެމީހުން ނަށް ހެޔޮކޮށްހިތުމުގެ ތެރޭ މިކަން ހިމެނޭނެ!

    1
    14
  37. ބެއްޔާ

    ﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީން. މަތިވެރި ދީނުގައިއުޅޭމީހުން ނުޖެހޭނެ ބާޠިލްދީންތަކުގެ މީހުނަށް ތަހުނިޔާކިޔަން. ލާދީނީމީހުންނަށް ހިއްވަރުދޭނީވެސް އެމީހުންގެ ތެރެއިންވާމީހުން.

    13
  38. ޢަދުރޭ

    ސަލަމާއި ޞަލަވާތް ލެއްވި ރަސޫލާ އަލުން ދުނިޔެއަށް ފޮނުއްވައި އެކަލޭގެފާނުގެ ދޫފުޅުން ގެނެސްދެއްވި ކީރިތި ޤުރްއާން އާއި ތަޢާރަޒުވާ ޙަދީޘް އެއް އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވިޔަސް ތި ސަލަފީ މީހުން ބުނާނީ އެއްވެސް ޔުނިވަސިޓީއަކުން ކަލޭގެފާނު އުސޫލުލް ޙަދީޘް ކިއަވައިވިދާޅުވިންތޯއެވެ؟ ޙަދީޘް ސައްޙަ ވުމުގެ މިންގަޑުތައް އެނގިވަޑައިގަންނަވާތޯއެވެ.؟ އަސްމާއުއް ރިޖާލް އާއި ، ތަޢުދީލް ވަލްޖަރަޙް އެނގިވަޑައިގަންނަވާތޯއެވެ. އިސްނާދް އާއި މަތްނު އެނގިވަޑައިގަންނަވާތޯއެވެ.؟ ޙަދީޘް އާއި މެދު ވާހަކަ ދައްކަވަން ވާނީ އެ ޢިލްމު ރަނގަޅަށް އުނގެނިވަޑައިގެންނެވެ. ޝޭޚް އިޔާޒް އާއި ޢަލީ ޒައިދު ފަދަ ބޭފުޅުން އެ ތިއްބެވީ އޭގެން ޕީއެޗްޑީ ނަންގަވައިގެންނޭ ! މީ ފަހެ ރޮކެޓް ސައިންސްތޯ!! ؟ އެކި ޢިލްމު ވެރިންގެ ގާތުގަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަސައްޙަވާ މިންގަނޑު ތަފާތު ޢިލްމެއް މި ނޫނީ ނެތް . ކެމިސްޓްރީގައި އެޗް އޯ ޓޫ އަކީ ފެނުގެ ފޯމިއުލާ ހުރިހާ ޢިލްމުވެރިންގެ ގާތުގައިވެސް ، އެކަމަކު ޙަދީޘް ޢިލްމުގައި ބުޚާރީގެ ފޯމިއުލާއެއް ނޫން މުސްލިމް ގެންގުޅުއްވަނީ . މިހެންވުމުން ޢިކްރިމަތު ކިޔާ ބޭކަލެއް ރިވާކުރެއްވި ހުރިހާ ޙަދީޘްއެއް ލޮޢީފް ބުޚާރީގައި މުސްލިމްގައި އެއްވަނަ ދަރަޖައިގަ ސަޙީޙް... މާތް ރަސޫލާ ވިޔަސް މި މީހުންނަށް އިތުރަށް ބުނެދޭނެ އެއްޗެއް އެބަ އޮތްތޯ ؟

    3
    1
  39. Anonymous

    އަބޫ ސާއިދް އަލް ޚުދްރީ ރަޞިﷲ އަންހުގެ ކިބައިން ރިވާވެފައިވާ ހަދީޘެއް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ކުރައްވަނީ ތިޔަބައި މީހުން ކުރީގެ އުއްމަތް ތަކުގެ މީހުން އުޅުނު ފަދައިން ތިޔަބައިމީހުންގެ އުޅޭނެކަމައް. މުށަކައް ފަހު މުށެއް ކައިވަތަކައް ފަހު ކައިވަތެއް އެބައި މީހުންނާ ތިޔަބައި މީހުން ގާތްވާނެެތެވެ. އެބައި މީހުން ލޮއްބުގެ ހޮރައް ވަތް ކަމުގައި ވިޔަސް ތިޔަބައިމީހުން އެބައި މީހުންގެ ފަހަތުން ގޮސް ލޮއްބުގެ ހޮރައް ވަންނާނެ ކަމައް. ސަހާބީން ދެންނެވިއެވެ. ޔާ ރަސޫލަﷲ އެއީ ކޮންބައެއްތޯ. ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ކުރައްވަނީ އެއީ ޔަހޫދީންނާއި ނަސޯރާއިން އުޅޭގޮތައް ތިޔަބައި މީހުން އުޅޭނެ ކަމައް. މިއަދު މިފެންނަނީ މުސްލިމުންގެ ނަމުގައި ތިބި ޔަހޫދީން ތަކެއް ޔަހޫދީންނާއި ނަސޯރާއިންގެ ކަންކަން ކޮޕީކޮއް އެކަންކަން ހުއްދަކޮއް މީސްތަކުން މަގުފުރައްދަމުން ދުވާ މަންޒަރު. ނަބިއްޔާ ސައްލަﷲ ގެ ހަދީޘް ފުޅުގެ ތެދުކަން މިފެންނަނީ. ވިސްނާ ފިކުރު ކުރާ ބަޔަކައް އިބުރަތް ވާކަން ޔަގީން.

    11
  40. ކައުންސެލަރު

    ބުރުގާ އެޅުމާމެދު ގުރުއާނުން ދަލީލު ނުދެއްކެވީ ކީއްވެބާ؟

  41. އަހްމަދު

    އާޔަތަކުން ދަލީލެއް ނުލިބޭ އެމީހުންގެ ޝިރުކީ ކުފްރު އީދު ތަކުގަ ތަހުނިޔާ ކިޔުން ހުއްދަ ކަމަކަށް،
    ހެއްދެވި ކަލާނގެ އެއްކައުވަންތަ ކަމަށް އީމާނވަމޭ ބުނެ ޝަހާދަތުގެ ކަލިމަ ކިޔާ މީހަކު މިފަދަ ކަމެއް ކުރުން އެއީ އަޖައިބުވާ ކަމެއް.
    تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا
    (މަރިޔަމް - 90)
    އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ.
    أَن دَعَوْا لِلرَّحْمَـٰنِ وَلَدًا
    (މަރިޔަމް - 91)
    އެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ.

    ދެން ކިހިނެއް ތޯ އެކަލާނގެއަށް ދަރިކަލަކު ވާ ކަމަށް ބުނެ އުފަން ދުވަސްކުރާ ބަޔަކަށް ތަހުނިޔާ ކިޔުން ހުއްދަ ވާނީ...!!!
    .

    15
    1
  42. މުޙައްމަދު

    ތިޔަބުނާ ކްރިސްމަސްޑޭއަކީ ހަމަ ޢީސާ ޢަލައިހިއްސަލާމް އުފަންވި ދުވަސް ތޯ؟ އެދުވަސްކަމަށްނުވާނަމަ އެދުވަހުއޭ އުފަންވީ ބުނެ ތަހްނިޔާ ކިއިދާނެ ތޯ؟ ނުވަތަ އެވާނީ ހެދޭ ބޮޑު ދޮކަކަށް ނުންތޯ؟ މިއަށް ޖަވާބެއް އެބަ އޮތްތޯ އެއްވެސް ބޭފުޅެއްގެ ކިބައިގައި؟ މި ކޮމެންޓް ޖަހާދެއްޗޭ

    1
    1
    • ނެތް

      ކްރިސްޓިޔަނުން އެދުވަސް ފާހަގަކުރަނީ ނުބައި ތާރީކެއްގައި ކަމަށް ޤުރުއާނުގައި ވެސް ހަދީސެއްގައި ވެސް ނެތް. މިފަދަ މުހިއްމު ދުވަހަކަށް އޮޅުން އަރާފައި އޮތްނަމަ ރަސޫލާ އެވާހަކަ ދޫކޮށްލާފައި ނޯންނާނެ. ޙާއްސަ ކޮށް އެކަލޭފެފާނުގެ އުފަންވުމުގެ ވާހަކަ ޤުރްއާނުގަ އެތައް ތަނެއްގާ ދިގުކޮށް ބަޔާންކުރެވިފައި ވީ ހިނދު.

      • މާހިރާ

        ޑިސެމްބަރ 25 އަކީ، ގްރީކް ރޯމަނުން ގަބޫލުކުރާ އިރުކަލާނގެ އުފަން ދުވަސް. ކީރިތި ޤުރުޢަނުގެ މަރްޔަމް ސޫރަތުގެ 23 ވަނައާޔަތުން 25 ވަނައާޔަތުގެ މާނައަށް ބަލާއިރު، ޢީސާ ޢަލައިހިއްސަލާމް އުފަންވެވަޑައިގެންފައިވަނީ، ހޫނު މޫސުމެއްގައި. އެހެންވީމާ ޑިސެމްބަރ އަކާ ދިމަލެއް ނުވާނެކަން ޔަގީން.

  43. އަބްދޫ

    މައުމޫނު އެވިދާޅުވި ދެވާހަކައިން ލާދިނީ ފިކުރުތަކަށް ތަރުހީބުދީ މުސްލިމެއްގެ ގޮތުގާ ހުރެ ކާފަރުންގެ އަޅުކަންތަކާއި ކާފަރުންގެ ބާތިލް މުނާސަބް އަގިދާ ތަކަށް ތަހުނިޔާ ކިއުމަކަށް އެއިން އެއްވެސް އާތަތެއްގެ މަފްހޫމަކު ނުވޭ. ހަމައެކަނި މިއޮތީ އެފަދަ ކާފަރުންނާ ދެކޮޅުވެރި ނުވުމަށާ އެފަދަމީހުނާ އެކުވެސް އަދުލުވެރި ގުޅުންތައް ދެމެހެއްޓުނަށް. އެއީ އެމީހުން ކުރާ އަޅުކަންތަކުގަ ބައިވެރިވުމާއި އެ އަޅުކަންކުރުމަށް ތަރުހީބު ދިނުމާ ތަހުނިޔާ ކިއުމެއްނޫން. ކާފަރުންކުރާބާތިލް ކަންކަމަށް ހިތްވަރުދޭމީހާ ވަނީ އެމީހުންގެތެރޭގަ.މުސްލިމެއްގެ ގޮތުގާ ހުންނަމީހާ ކާފަރު އަޅުކަންތަކަށާ ކާފަރު މުނާސަބާތަކަށް ނަފްރަތުކުރާނެ. އެފަދަމީހަކު ކާފަރު އަގީދާތަކަށް ތަހުނިޔާ ނުކިޔާނެ. ނަމަވެސް އެމީހުނާއިދެކޮޅުވެރި ވުމެއްނެތް އެމީހުނަށް ވެސް އަދުލު ވެރިގޮތުގަ ކަންކަުރަންޖެހޭނީ. އެހެނި އިސްލާމީގައުމުތަކުގެ އެގައުމުގެ ރައްޔިތުންގެ ގޮތުގަ ނުވަތަ އެނޫންގޮތުގަ ދިރިއުޅޭފަރާތްތަކަށް އަދުލު ވެރި ވާންޖެހޭ އެވާހަކަ އެއަންގަވަނީ. އެއީ އަދުލުވެރިކަމަކީ މުސްލިމެއްގެ ހާއްސަ ސިފަޔަކަށް ވާތީ.

  44. އަބްދޫ

    އިސްލާމީ ތަރުބިއްޔަތަކީ ސްކޫލުން ހޯދާދޭ އެއްޗެއްނޫން. އިސްލާމީ ތަރުބިއްޔަތަކީ މައިންބަފައިން ދަމަހައްޓަންޖެހޭ އެއްޗެއް. ދަރިފުޅު މައިމީހާގެ ރަހިމުގަ ގަރާރު ކުރައްވައި އެދަރިފުޅި ތާހުރު މުސްލިމެއްގެ ގޮތުގަ ދުނިޔެއަށް ފޮނުއަވާ އެދަރިފުޅު ހަވާލުކުރަނީ މަންމަޔާ ބައްޕަގެ ހިޔާވަހި ކަމުގަ.އެ މުސްލިމްދަރި ފުޅު ލާދީމީ މިހަކަށްވުމާި ކާފަރު ވުމުގެ ސަބަބު ގިޔާމަތް ދުވަހު މައިންބަފައިންނާ ސުވާލު ކުރެވޭނެ.

  45. އަޙްމަދް

    އެފާޑުކިޔުންތަކަށް ރައްދުދެއްވާ މައުމޫން ވިދާޅުވީ "މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި އެބައިމީހުންގެ ގޯތިގެދޮރުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތުން މާތްﷲ ނަހީނުކުރައްވާ ކަމުގައި އަޅުގަނޑު ދަންނަވާފައިވާނީ ކީރިތި ޤުރްއާނުގެ الممتحنة ސޫރަތުގައި މާތްﷲ އެހެން އަންގަވާފައިވާތީ." ކަމަށެވެ.
    ————————————
    ކްރިސްމަސް ފާހަގަ ކުރުމަށް ނަހީކުރެވިފައިވާ މައްސާލާގައި الممتحنة ސޫރަތުގައި ސޫރަތުގެ 08 ވަނަ އާޔަތުގެ މާނައިގައި އޮންނަނީ "ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."
    ކްރިސްމަސް ފާހަގަކުރުމަށް ހިތްވަރުލިބޭގޮތަށް ހުތްޖަތް ދައްކަން މީއާޔަތް މައުމޫނު ގެނެސްފައި މިވަނީ ކޮންކަހަލަމަޔަކުންތޯއެވެ؟
    ކުރިސްމަސް އަށް ކާފަރުންނަށް ތަހުނިޔާ ކިޔުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި އަޅުގަނޑުމެންނަށް
    އެބައިމީހުން ތަހުނިޔާ ކިޔައިފި ހިނދުގައި ޢަމަލު ކުރާނީ ކިހިނަކުންތޯ އެވެ؟ މިފަދަ މުނާސަބުތައް ފާހަގަ
    ކުރުމަށް ބޭއްވޭ ޙަފްލާތަކަށް ދިއުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި މިތަނުގައި ޛިކުރުކޮށްފައިވާ އެއްވެސް ޢަމަލެއް އިންސާނަކު ޤަޞްދެއްނެތި ކޮށްފި ހިނދުގައި ފާފަވެރިވާނެތޯ އެވެ؟ އެމީހަކު އެކަންތައް ކުރީ އެމީހުންނާ ސަމާސައަކަށް ނުވަތަ ލަދުވެތިކަމުގެ ގޮތުން ނުވަތަ ޤަބޫލު ނުކުރާ ޙާލުގަ އެވެ. ނުވަތަ މި ނޫންވެސް އެހެން ސަބަބެއް މެދުވެރިވެގެންވެ އެވެ. އަދި މިފަދަ ޢީދު ތަކުގައި ކާފަރުންނާ އެއްގޮތްވެ
    އެއްވަތްތަރު ވުން ހުއްދަވާނެތޯ އެވެ؟
    : ކުރިސްމަސް އަދި އެނޫންވެސް ކާފަރުންގެ ދީނީ ޢީދުތަކަށް ތަހުނިޔާ ކިޔުމަކީ އުއްމަތުގެ ޢިލްމުވެރިން
    އިއްތިފާޤުވެގެންވާ ގޮތުގައި ޙަރާމްވެގެންވާ ކަމެކެވެ.
    ابن القيم رحمه الله ލިޔުއްވާފައިވާ ފޮތް أحكام أهل الذمة ގައި މިކަން ނަޤުލުކުރައްވާފައިވެ އެވެ. ފޮތުގައި ވިދާޅުވެފައިވެ އެވެ.
    "ކާފަރުންގެ ޚާއްޞަ ޝިޢާރުތަކުގައި ތަހުނިޔާކިޔުން ޙަރާމްވެގެންވާ ކަމަށް (ޢިލްމުވެރިން) އިއްތިފާޤުވަޑައިގެންފައިވެ އެވެ. މިޘާލަކަށް އެބައިމީހުންގެ ޢީދުތަކަކާއި ރޯދަތަކުގައި ތަހުނިޔާ ކިޔުމެވެ. އެގޮތުން (ތަހުނިޔާ) ކިޔުމުގެ ގޮތުން ބުނެ އެވެ. ތިބާއަށް ޢީދު މުބާރިކް އެވެ. ނުވަތަ ތިބާއަށް މި ޢީދަށް ތަހުނިޔާ ކިޔަމެވެ. ނުވަތަ މި ނޫންގޮތަކަށް ތަހުނިޔާ ކިޔުމެވެ. ފަހެ، މިފަދައިން ބުނާމީހާ ކާފަރު ނުވެ ސަލާމަތްވެއްޖެ އެވެ. އެހެންކަމުގައިވާނަމަ އޭނާ ވަނީ ޙަރާމް ކަމަކަށް އަރައިގަނެފަ އެވެ. ފަހެ، މިފަދައިން ކިޔާ ތަހުނިޔާއަކީ އެމީހަކު ޞަލީބަށް ސަޖިދަ ޖެހުމުން އެކަމަށް ތަހުނިޔާ ކިޔުމުގެ މަޤާމުގައިވާ ކަމެކެވެ. އަދި ކިޔެއްތޯ؟ ބަނގުރާ ބުއިމުން އެކަމަށް ތަހުނިޔާ ކިޔުމަށްވުރެ އަދި ޤަޞްތުގައި ނަފްސެއް ޤަތުލުކުރުމުން އަދި
    
    ޙަރާމްވެގެންވާ ފަރުޖެއް ހޯދައި އެދުންފުއްދުމުން މިކަންތަކަށް ތަހުނިޔާ ކިޔުމަށްވުރެ، މިކަމުގެ ނުބައިކަމާއި، الله އެކަމަށް ކޯފާވެވޮޑިގެންވުން، الله ހަޟުރަތުގައި ބޮޑުވެގެންވެ އެވެ.
    މިފަދަ ކަންތައްތަކުގެ ތެރެއަށް ވެއްޓެނީ އެމީހުންގެ ނަފްސުގައި ދީނަށް އެއްވެސް ޤަދަރެއް ނެތް މީހުންނެވެ. އެމީހަކަށް އޭނާއަށް އެކުރެވުނު ޢަމަލުގެ މުޑުދާރުކަން ނޭނގެ އެވެ. ފަހެ، އަޅަކު ފާފައެއް ކުރުމުން ނުވަތަ ބިދުޢައެއް ކުރުމުން ނުވަތަ ކުފުރަށް ތަހުނިޔާ ކިޔައިފި މީހާ ވަނީ الله ގެ ކޯފާއަށް އަދި ޢުޤޫބާތަށް
    ހުށައެޅިގެންފަ އެވެ."
    ابن القيم ޛިކުރު ކުރައްވާފައިވާ ފަދައިން، ކާފަރުންގެ ދީނީ ޢީދުތަކަށް ތަހުނިޔާ ކިޔުމަކީ މިހާ ބޮޑު ޙަރާމްވެގެންވާ އަދި ނުބައިކަމެއްގެ ގޮތުގައިވެގެން ގޮސްފައިވާ ސަބަބަކީ، އެއީ އެބައިމީހުން އެތިބި ކާފަރު
    ޝިޢާރުތަކުގެ މައްޗަށް އިޤްރާރު ވުމާއި އެކަމަށް އެބައިމީހުންނަށް ރުހުމެވެ. ފަހެ، އޭނާގެ ނަފްސަށް އެ ކުފުރުގެ މައްޗަށް ނުރުހޭނަމަ، އެހިނދުގައި އޭނާ ދަންނަންޖެހެ އެވެ. މުސްލިމުންނަށް ކާފަރުންގެ ޝިޢާރުތަކުގެ މައްޗަށް ރުހުން ޙަރާމްވެގެންވެ އެވެ. އަދި އެހެން މީހުނަށް ތަހުނިޔާ ކިޔުންވެސް ޙަރާމްވެގެންވެ އެވެ. ސަބަބަކީ الله ވަޙީ ކުރައްވާފައިވާ ފަދައިން، الله އެކަމަށް ރުއްސަވާވޮޑިނުގަންނަވަ އެވެ. އެވެ. ސަބަބަކީ الله ވަޙީ ކުރައްވާފައިވާ ފަދައިން، الله އެކަމަށް ރުއްސަވާވޮޑިނުގަންނަވަ އެވެ. Holy Quran 39:7
    ------------------
    إِن تَكْفُرُوا فَإِنَّ اللَّهَ غَنِيٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ الْكُفْرَ ۖ وَإِن تَشْكُرُوا يَرْضَهُ لَكُمْ ۗ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
    ތިޔަބައިމީހުން كافر ވާނަމަ، ފަހެ اللَّه އީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އަޅުން كافر ވުމަކަށް އެކަލާނގެ ނުރުއްސަވަތެވެ. އަދި ތިޔަބައިމީހުން شكر ކުރާނަމަ، އެކަލާނގެ އެކަމަށް ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ. އަދި ފާފަވެރި އެއްވެސް نفس އެއް އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން رجوع ވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
    ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ﴾ [المائدة : 3] "މިއަދު ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ދީން ތިމަން الله
    ފުރިހަމަކޮށްދެއްވައިފީމު އެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމު އެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަންالله ތިޔަބައިމީހުންގެ މައްޗަށް ރުހިވޮޑިގެންފީމު އެވެ."
    އާދެ މމަސަލާގައި ابن القيم رحمه الله ޛިކުރު ކުރައްވާފައިވާ ފަދައިން، ކާފަރުންގެ ދީނީ ޢީދުތަކަށް ތަހުނިޔާ ކިޔުމަކީ މިހާ ބޮޑު ޙަރާމްވެގެންވާ އަދި ނުބައިކަމެއްގެ ގޮތުގައި ފަތުވާދެއްވާފައިވާއިރު އެބޭކަކުންނަށް މިއާޔަތް (الممتحنة ސޫރަތުގައި ސޫރަތުގެ 08 ވަނަ އާޔަތް) އެނގިވަޑައިގެންފައި ނެތީތޯއެވެ؟

  46. މާލަސް

    މައުމޫން ތިބޭފުޅާ ތީ ޢިލްމުވެރިއެކޭ ބުނަންވެސް ލަދުގަންނަމެވެ. ތިޔަވިދާޅުވި އާޔަތުގެ މާނަ އާއިމެދު ދެބަސްވީ ކާކުހެއްޔެވެ؟ އޮޅުންއަރާ ގޮތަށް ވާހަކަ ދައްކާނީ ފަސާދަވެރިންނެވެ. ކްރިސްމަސް ދުވަސް ނަޞާރާއިން ޤަބޫލުކުރާ ކުރުން މުސްލިމުން ޤަބޫލުކުރުމަށް އޮތީ ކޮން ދަލީލެއް ހެއްޔެވެ؟ ވާނުވާ ނޭނގި ދަންނަބޭކަލަކަށްވެގެން މީސްތަކުން މަގު ފުރެއްދުމަށް ތިކުރައްވާ ވިޔާނުދާ މަސައްކަތް ހުއްޓާލާށެވެ.

    • ޑަލީލް

      މަރްޔަމް ސޫރަތް 33
      ޢާލްއިމްރާނު ސޫރަތް 45

  47. ފާރިސް

    ބައްޕާ. އަހަރެން އެ ސޫރަތުގެ ތަރުޖަމާ ހަތްދިހަފަހަރު ކިޔައިފިން. އެކަމަކު ނުފެނިގެން މިއުޅެނީ ކާފަރުން ގެ އީދުތަކުގައި ތަހުނިޔާ ކިޔާ ސަނާކިޔާން ޖެހޭ ކަމަށް އޮތް ބާބު. ކޮން ތާކު އޮތް ތަރުޖަމާ އެއްގެ ގެ ވާހަކަ ބައްޕަ ތި ވިދާޅުވަނީ. ބޮލަށް އެނބުރުން އަރާ އެބަ ކިޔުނުލެއް ގިނަކަމުން.

  48. އިހުސާނު

    އަދުލުވެރިވެ ހެޔޮކޮއް ހިތުމާއި ﷲ ތަޢާލާ ގެ ދަރިކަލަކުވާކަމަށް އެއްބަސްވުމަކީ ކުފުރެއް ކަން ދީނީ އިލްމުވެރިއެއް ނޫނަސް އެނގޭ.

  49. އަޙްމަދު

    މައުމޫނުގެފަހަތުގައުޅޭބައިގަޑުހޭއަރަންވެއްޖެނޫން!

  50. ޢަބްދުއްލާ

    ޤުރުއާނުން ހެކި ދައްކަވަމުން ފާޑުކިޔުންތަކަށް މައުމޫން ރައްދުދެއްވައިފި

    6 ގަޑިއިރު ކުރިން ( ޑިސެމްބަރު 29, 2020 )

    1- މީހެޔޮކޮށް ހިތުމެއްނޫން މީޝަރީކު ކުރާ ދީނީ އަޅުކަމަކަށް ތަރުހީބުދިނީ. އެންގޮތަކަށް

    ބުނަންޏާ އެމީހުން އެކުރާކަމަކީ ތިމާގަބޫލު ކުރާކަމެއް ކަމުގައި އެމީހުނަށް ބުނެދިނުން.

  51. ގައުމީލޯބި

    ބަލަ ތިޔަ ހުރިހާ އެއްޗެއް އެނގޭ ހާލްގައުއްނޫންތޯ ދޭތެރެ ދުރުކޮއް ގައުމުގެ 3 ޖީލް ނައްތާ ލެއްވީ މިގައުމުގެ ދަރިންނައް ޑުރަގް އިސްތިހާރުކޮއް ތައާރަފްކުރީ ބގނ އިން ދިވެހިތަރުޖަމާ ބައިބަލް ނެރުނީމަވެސް ފިނިގޮތަކައްދޫކޮއްލީ މިހާރު މިއިނގެނީ ކީއްވެގެންކަން މުޅިގައުމުގެ ރައްޔިތުން ގެދޮރުގެ އަޅުވެތިކަން ކުރުވީ އެއީވެސް އިސްލާމްދީނުގަ އޮތްގޮއްތޯ ފިރުއައުނުގެ ސަގާފައް މިގައުމުގައި ދެމެހެއްޓޭތޯ ބެއްލެވީ މިސުރުން ވާރްތަކުރީތޯ އެގޮއް މިއަދު ނިކުމެ ބަހަނާޔާ މޮޅުވާހަކަ

  52. ޒާ

    ތަންދޮރު އޮޅުން ނުފިލާ ބަޔަކުދީނީ އިލްމުވެރިންނަށްވެގެން ފިތުނަ ކުރަނީ. ޤުރުއާނުގެ ތަފްސީރު ރަނގަޅަށް ނޭނގޭ ބަޔަކު އެބައުޅޭ މަތިމަތިން މާނަކޮށްގެން ވަރަށް ހަރުކަށިގޮތްތަކެއް ގެންގުޅޭބަޔަކު.

    1
    2
    • ހެހެހޭ

      މިސާލަކަށް މައުމޫނު

  53. އަބްދޫ

    އަދުލުވެރި ވުމަކީ ބާތިލަށް ހިޔްވަރުދިނުމެއްނޫން. އަދުލުވެރިވުމަކި އެމީހުން ތިބީ ބާތިލް ގޮތެއްގަކަން އެގިތިބެމެ އެއްވެސް ގޮތަކަށް ދަތިކޮށް އުނދަގުކުރުމަކާނުލާ އެމީހުނަ ނުބެހުން އެމީހުން އުޅޭގޮތަސް އެމީހުންދޫކޮށްލުން ﷲ ވަހީކުރައވަނީ ނުބައިމަގުންދާންބޭނުންވަމީހާއަށް ވެސް އެމަގު ފަހިކޮށްދެއްވަމެވެ، އެއީ ބާތިލަށް ހިތްވަރުދީ ބަތލަށް ތަހުނިޔާ ކިއުމެއްނޫން، ބާތިލަސް ހިތްވަރުދި ތަހުނިޔާ ކިޔާމީހާ ވާހުށީ އެމީހުންގެ ތެރޭގަ އެމީހުނާ އެއފަދަ ބާތިލް އަގީދާގެ މީހަކަށް.

  54. ޞޅ

    ތިކަމާ ކުރިސްމަސް އަކާ ގުޅުމެއްނެތް. ގުރުއާނުން ދައްކަބަލަ ނަސާރާ ދީންތަކުގެ މީހުން ފާހަގަކުރާ ކުފުރު އީދު ފާހަގަކޮށް އެމީހުނަށް ސަނާކިޔަން އޮތްތަނެ އް

  55. މަހާ

    ބުރުގާ އެޅުމާ ބެހޭގޮތުން ޓީވީ ޕްރެޒެންޓަރަކު ޤުރުއާނުގެ ( ނޫރު ސޫރަތުގެ 31 ވަނަ) އާޔަތުން ހެކި ދައްކަވަމުން އަނބިކަނބަލުން ބުރުގާ ތުރުނުކުރައްވަނީ ކީއްވެތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ، ތިޔަ ބޭފުޅާ ނޫންތޯ ވިދާޅުވީ ބުރުގާ އެޅުމަކީ ހުއްޖަތެއް ނޫނޭ! ،، ޤުރުއާނުގެ ތަރުޖަމާއަކީ ދިވެހިން ހަދާފަ އޮތް އެއްޗެކޭ،،
    މިއަދު ކިހިނެއްތިވީ.

  56. އަބްދޫ

    މުމްތަހިނާ ސޫރަތުގެ 8 ވަނަ އާޔަތުގެ ވާހަކަ އެކަނި ވިދާޅުވި އިރު އެސޫރަތުގެ 4 ވަނަ އާޔަތާ 13 ވަނަ އާޔަތުގައިވާވާހަކަ ވެސް ވިދާޅުވެ ދެއްވިނަމަ ރަނގަޅު. ކަންކަން އޮޅޭގޮތަށް މައުމޫން ވާކހަކަފުޅު ނުދައްކަވާ.

  57. ނަސްރީނާ

    ހެޔޮކޮށް ހިތުމަށް، އިސްލާމް ދީނާ ޚިލާފު ޢަމަލުތަކަށް ތާއީދުކުރުން އޮވޭތަ މައުމޫނު؟؟؟

  58. ދީދީ

    މިމައުމޫނަކީ ހަމަ ޖާހިލެއް. ނަސްރީނާ އައުރަ ނިވާކުރާންވީމައި ރާއްޖެ ހޫނުވެއްޖެ. މީނާގެ ބަސްމަގަށް ބަލާއިރު ހީވާކަހަލަ ހަތްއުޑުމަތިން މާތްﷲ ގެ އަމުރުފުޅުތަށް ބާވައިލެއްވި އިރު އެކަލާނގެއަށް އެނގިނުލައްވަނީކަމަށް ދުނިޔޭގެ ފިނިހޫނުމިން.
    މައުމޫނުގެ ފިތުނައިން މިގައުމު ސަލާމަތްކުރައްވާށިއާމީން.