އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންްބަރު އަހުމަދު ނިހާންގެ މައްޗަށް ހަ ދައުވާއެއް ކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ, އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ހިންގި ޚިޔާނާތާއި، ކޮރަޕްޝަނާއި، މަނީ ލޯންޑްރިންގގެ ކުށްތަކާ ގުޅިފައިވާ ފައިސާ ނިހާނަށް ލިބުނު މައްސަލަ ފުލުހުންނާއި ، އޭސީސީ އާއއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަޙުޤީޤުކުރުމަށްފަހު އެ އޮފީހަށް ހުށަހެޅުމުން، ނިހާންގެ މައްޗަށް ހަ ދަޢުވާއެއް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި ޕީޖީ އޮފީހުން ވަނީ ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައި ވެއެވެ.

އޭނާގެ މައްޗަށް ކުރާ ހަ ދައުވާއަކީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދަޢުވާ, މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ, ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާ އެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދިން ރިޝްވަތުގެ ފައިސާ ހިފައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް އެނގޭކަމަށެވެ. އަދި ނިހާންއަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

އޭނާގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ފުރަތަމަ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު މެދުވެރިވެގެން އެސް.އޯ.އެފުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީއެވެ.

އަދި ރިޝްވަތު ހިފުމުގެ ކުށުގެ ދެވަނަ ދަޢުވާއަކީ 2014ވަނަ އަހަރު ޕީޖީއަކު އައްޔަން ކުރުމަށާއި، މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަދީބު ގާތު އެދުމުން، މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަދީބު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީއެވެ.

ރިޝްވަތު ހިފުމުގެ ކުށުގެ ތިން ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރިއިރު، މެންބަރުކަމުގެ ހަައިސިއްޔަތު އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަދީބް އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި، ހަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ދިނުމަށް އަދީބު ގާތު އެދުމުން، އެ އަދަދަށް އަދީބު ފައިސާ ދިނުމުން އެ ފައިސާގައި ހިފާފައިވާތީއެވެ.

ނިހާންގެ މައްޗަށްކުރާ މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ހައިސިއްޔަތުން، އަދީބުދޭ ފައިސާއަކީ ކުށްކޮށްގެންހޯދާފައިވާ ފައިސާއެއްކަން ނިހާނަށް ޝައްކުކުރެވެންޖެހޭ ހާލަތުގައި، އަދީބާއި މެދުވެރިވެގެން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަތުމުންކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާތަކަކީ، 2014ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުރި ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގާތު އެދިފައިވާތީ.

ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާއަކީ 2014 ވަނަ އަހަރު ޕީޖީއަކު އައްޔަން ކުރުމަށާއި، މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ގާތު އެދުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގެ ހަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާތީކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދޮންކެޔޮ

    ކެޔޮކޭވަރު އިނގޭނީ ބިތުފަންގި ނެގީމަ ދޯ ނިހަނޫ.

    28
    5
  2. މުހައްމަދު

    😀

    16
    1
  3. ޢަލީކޮއި

    ތިޔަނޫން މީހަކު މަޖިލީހުގަ އުޅޭބާ؟

    29
  4. މާމީ

    ކޮބާ އަދީބު އަތުން 37 މިލިއަން ނެގިމީހާ؟؟2023 ގެފަހުން ދޯ؟

    16
    2
  5. އަސްލުމީހާ

    އަހަރެން ހީކުރީ މީނާ އަށް ވަރަށް ބައިވަރު ލިބިގެން އުޅެނީކަމަށް. ބަލަ ކޮބާ މިލިއަން ޑޮލަރުން ނެގި މީހުން؟

    10
  6. އ . ޖ . އ

    ދެން ވީ ގާސިމަށް ލިބުން ވަރެއް ބަލަން

    9
    2
  7. މުފައްކިރު

    ޜައީސް. ޢިބްރާހިމް މުހައްމަދު ސާލިހަށް މަތިކޮށް ވެސް ތިބުނާ ކޮރަޕްޝަންގެ ވާހަކަ ދެކެވުނު. އެމައްސަލަ ތިބުނާ ކޮމިޓީގެ ސަމާލު ކަމަށް އައިތޯ؟

    15
    1
  8. ހަފުތާ

    މި އަދީބަކު ކޮންމެފަދަ ދޮގެއްވެސްހަދާފާނެ މިކަލޭގެ ގޭގައި ދެންތިބި މީހުންޖަލުގަ ކޯލިޝަނުގެ ބައެއް ލީޑަރުން މީރާއަށް ދައްކަންޖެހޭ ފައިސާގެ އަދަދު ރައްޔިތުންނަށް އަންގާލަދޭނަމަ ....

    11
  9. ފަހެރި

    މި އަދީބުއަކީ ހާދަގިނަބަޔަކަށް ނުހައްގުން ބަހާފައި ހުރިވަގެކޭ އެމްއެމްޕީއަރުސީގެ ފައިސާގެ ބޭނުންކުރިމީހުންގެ ލިސްޓު އަދިވެސް ނުފެނެއިތަ

  10. އައްޑޫ މީހާ

    އީސީ ޝަރީފްގެ މައްސަލަ ބަލާބަލަ ކިތައް މީހުންގެ އަތުންތޯ ފައިސާ ހޯދާފައިވީ މޯދީ ދިން ޑޮލަރުބޮނޑިވެސް ހިމަނައިގެން ތަހުގީގެއް ފަށާނެ ދުވަހެއްގެ އިންތިޒާރުގަ މިތިބީ

    15
  11. މިއަދު

    ތިމައްސަލަތައް ސާބިތުކުރުމަސްވެސް ދަޢުލަތުގެ ހެކިވެރިޔާ ބޭނުންކުރަންޖެހޭނެކަމަށް ފެނޭ
    ދަޢުލަތުގެ ހެކިވެރިޔާ: މިއީ އަދި އަލަށް ދައުލަތުން އުފެއްދި ،ޤާނޫނުގައި ބަޔާންކޮށްފައިނުވާ މަޤާމެއް މިވަގުތު އެމަޤާމުގައި މިތިއްބެވީ އެޑްއޮފް ހެކި އަހުމަދު އަދީބު އެސިސްޓެންޑް ހެކި ސިޔަތު

    10
  12. ބަރުގޮނު

    ރާއްޖޭގައި ބިންބޮޑު ހުރިހާ ރަށަކަށް ކަހަލައިން ޕީ.ޕީ.އެމް މަޖްލިސް މެމްބަރުންނާ ޕާޓީގެ އިސް މީހުން ގޮވައިގެން ނިހާނާ އަދީބު ގޮސް "މިދީބުގެ އަދީބު" ލިޔެފައި ހުރި ބޯޑްތަކެއް ހިފައިގެން ޖެހި ސައިކަލް ބުރުތައް ބޭއްވި ސަބަބު މިއޮތީ ފެންނަން.

  13. ހ

    އަދީބު ހެތްކަކަށް ކަމުދާނެތަ. ާދޮގުވެރިއެއް. ރައްޔިތުނގެ ފައިސާ އޭނަދޭނެމީހަކައް ދެނީ އެކަމަކު އޭނަހުރީ ހަމަގޭގަ.

  14. ރަނާ

    ގަޑި ނިހާނު