ލައިސަންސް ކާޑުގެ މައުލޫމާތު ބެލުމަށް ޕާސްޕޯޓް ކާޑު ބޭނުން ނުކުރެވޭ ގޮތަށް ހަދައިފިއެވެ.

އިިމިގްރޭޝަނުން ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ޕާސްޕޯޓް ކާޑާބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ، މީގެ ކުރިން ލައިސަންސްގެ ބަދަލުގައި ޕާސްޕޯޓް ކާޑު ބޭނުންކުރިޔަސް، މިއަދުން ފެށިގެން އެހިދުމަތް ހޯދުމަށް ޕާސްޕޯޓް ކާޑު ބޭނުމެއް ނުކުރެވޭނެ ކަމަށެވެ.
ޕާސްޕޯޓު ކާޑަކީ އިލެކްޓްރޯނިކް ޕާސްޕޯޓް އޮންނަ ފަރާތްތަކަށާއި، މޯލްޑިވްސް އިމިގްރޭޝަނަށް ހާޒިރުވެ، ކާޑުގައި ހިމެނުމަށް އިނގިލީގެ ނިޝާން އިލެކްޓްރޯނިކްކޮށް ދެވޭނެ ފަރާތްތަކަށް ދޫކުރާ ކާޑެކެވެ.

އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ، މި ޕާސްޕޯޓު ކާޑު ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ނުވަތަ ކަނޑުގެ ބަނދަރަކުން ފުރައިގެން ދިއުމަށާއި، ރާއްޖެ އެތެރެވުމަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ބީއެމްއެލްގެ ޑެބިޓް ކާޑާއި، ޕްރިޕެއިޑް ކާޑުން ލިބޭ ހިދުމަތްތައް ހޯދުމަށާއި، އެލައިޑް އިންޝުއަރެންސްގެ ހިދުމަތްތައް ހޯދުމަށާއި، ދިވެހި ރައްޔިތެއްކަން ދެނެގަތުމަށް ނުވަތަ ކާކުކަން ދެނެގަތުމަށްވެސް މި ކާޑު ބޭނުން ކުރެވޭނެ ކަމަށެވެ.

މިއަދު ގެނައި އިސްލާހުގައިވާގޮތުން، ލައިސަންސް ކާޑުގެ ހިދުމަތްތައް ހޯދަން ދެން ޕާސްޕޯޓް ކާޑު ބޭނުން ނުކުރެވޭނެ އެވެ.

އަދި އިމިގްރޭޝަނުން ދޫކުުރާ ޕާސްޕޯޓް ކާޑު މެދުވެރިކޮށް އިތުރު ހިދުމަތް ލިބޭގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު އެ އިދާރާއަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    މިފެންނަނީ ނާގާބިލް ކަމާ ފަހަތަށް ސޮއްސާލިތަން.

    10
  2. ކޮރަލް

    ޓޯ ޔާޑް އަށް ވ ބާރު ބޮޑު ދުވަސްކޮޅެކެވެ. ފައިސާ ދައްކަން ދަނީ މީރާ އަށެވެ.