އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށް ގޮވާލާ މުޒާހަރާ ކުރަން ރާވަމުންދާ ކަމުގެ ތުހުމަތު ދީނީ އިލްމުވެރިޔާ އަދި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ރަމްޒީ މަގާމެއްގައި ހުންނަވާ އައްޝައިހް އިލްޔާސް ހުސައިން ކުރެއްވުމުން އެމްޑީޕީގެ ސީނިއާ ބޭފުޅުން "އެހެން ދީންތަކަށް އިހްތިރާމް ކުރަން ޖެހޭ" ކަމަށް ވިދާޅުވެ ނުރައްކާތެރި ބަހުސެއްގެ ހުޅު ރޯކޮށްލައިފިއެވެ.
އިލްޔާސް ރޭކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށްބުނެ، ރައްޔިތުންނަށް އޮޅުވާލައިގެން އެހެންދީންތަކަށް ރާއްޖޭގައި ފުރުސަތު ދިނުމަށް މުޒާހަރާ ކުރުމަށް ރާވަމުން ދާކަމަށެވެ.
"ބޮޑު އޮޅުވާލުމެއް. ދީނީ ހަރުކަށިކަމާއި ދެކޮޅު، އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ، މިނަމުގައި މުޒާހަރާ ކުރިޔަސް މި ފަސްގަނޑުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ إن شاء الله މިފަދަ ނުބައި ރޭވުންތަކުގައި ރައްޔިތުން ބައިވެރި ނުވުމަށް ދަންނަވަން." ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އިލްޔާސްގެ ޓްވީޓާއި ގުޅިގެން އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑުމެންނަކީ އިސްލާމީ ރިވެތި ސީދާ އުޅުމެއް އުޅެމުން އައިބައެއް. އެހެން ދީންތަކުގެ މީހުންނަށް ވެސް އިހްތިރާމް ކުރަން ޖެހޭ." ކަމަށެވެ. ޝިފާޒް ވިދާޅުވީ "އަޅުގަނޑުމެންނަށް މިރާއްޖެ ދޫކޮށްލައިގެން ނުތިބެވޭނެ" ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ދޮގާ މަކަރު ހެދުމަކީ ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށާއި ތޯތޯ ވާހަކަ ދެއްކުމާއި ކުރެވޭ ކުއްހީއަށް ޚަބަރު ފެތުރުންވެސް ވަނީ ނަހީ ކުރައްވާފައި ކަމަށެވެ. "ސިޔާސީ ބޭނުމަކު ތިޔަބޭފުޅުން ތިޔަހެން ކިޔުއްވަމުން ގެންދަވާތާ މިހާރު ކިތައް އަހަރު ވެއްޖެތޯ؟" ވައްޑެ ސުވާލު ކުރެއްވެވިއެވެ.
އައިޝަތު ޖެނިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ދީންތަކަށް އިހްތިރާމް ކުރަން ޖެހޭ ކަމަށާއި އިހްތިރާމް ލިބޭނީ އިހްތިރާމް ކޮށްގެން ކަމަށެވެ.
ޝިފާޒް އާއި ވައްޑެ އަދި ޖެނިފާގެ ޓްވީޓް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރީޓްވީޓް ކުރައްވާފައެވެ.
އެމްޑީޕީގެ ބައެއް ބޭފުޅުންގެ ޓްވީޓްތަކާއި ގުޅިގެންނާއި އަދި އެޓްވީޓްތައް ރައީސް ނަޝީދު ރީޓްވީޓް ކުރެއްވުމުން ބައެއް އިލްމުވެރިންނާއި އާއްމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަންބޮޑުވުން ފާޅުކޮށް ޓްވީޓް ކުރި މީހަކު ބުނީ އެހެން ދީންތަކަށް އިހްތިރާމް ކުރުމާއި ދިވެހިން ދެކޮޅު ނުހަދާ ކަމަށާއި ނަމަވެސް އެހެން ދީންތަކަށް އިހްތިރާމް ކުރުން ހުއްޖަތެއްގެ ގޮތުގައި ދައްކައިގެން ރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށް އަޅުކަން ކުރަން ފުރުސަތު ދިނުމާއި އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ދިނުމަކީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމެއް ކަމަށެވެ.
"އިރާޤާއި އަފްޣާނިސްތާން ފަދަ ގައުމަކަށް މިދިވެހިރާއްޖެ ބަދަލުވެގެން ހިނގައިދާނެތީ ބިރުގަނޭ." މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.
ފާއިތުވި ދެހަފްތާއެއްހާ ދުވަހު ދީނީ ތަފާތު މައުލޫތަކަށް ކުރެވޭ ބަހުސްތައް ވަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް ހޫނުވެފައެވެ. ފުރަތަމަ ބަހުސް ފެށުނީ ބައެއް ކުށްތައް ސާބިތުކުރުމުގައި ޑީއެންއޭ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅަންށެވެ. އޭގެ ފަހުން ކްރިމަސް ފާހަގަ ކުރުމާއި ގުޅޭ ގޮތުން ވެސް ވަނީ ހޫނު ބަހުސްތަކެއް ހިނގާފައެވެ.
އިހުތިރާމް ކުރުމަކީ އެމީހުން ޖަހާހާ ބެރަކަށް ނެށުންބާ! ކުރިން ދިވެހިންގެ މެދުގައި ނެތް އެހެންދީންތަކުގެ ސިރުކު ގެ އަމަލުތަށް ދިވެހި ފަސްގަނޑުގައި ނުހިންގުމަށާ އެފަދަ އަމަލުތަކަށް ތާއީދު ނުކޮށް އިންކާރު ކުރުމަކީ ކުރަން ޖެހޭ ކަމެއްނޫންތޯ! އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. އިހުތިރާމް ކުރުމުގެ މާނާގައި ކުރައްވަން މި އުޅުއްވަނީ ކޮންކަމެއްތޯ!
ހަގީގަތަކީ، ސިޔާސީ ދާއިރާގައި އުޅޭ ފުންނާބުއުސްކަމަށް އަހަރެމެން މިކިޔާ އެކަކަށްވެސް އަދުލުވެރިކަމަކީ ކޮބައިކަމާއި އޭގެ ހަގީގީ މަފްހޫމް ނޭނގޭކަމެވެ. އިންސާފުގެ މާނަވެސް މުޅިންހެން އެބައިމީހުން ގެންގުޅެނީ އޮޅުވާލައިގެންނެވެ. އިސްލާމްދީން އައުމުގެ ކުރީގައި އަދުލުއިންސާފާއި އިންސާނީ ހައްގުތަކަކީ މީސްތަކުން ދަންނަ އެއްޗެއްކަމުގައި ނުވެއެވެ. ޣައިރު މުސްލިމުންނާމެދު އަދުލުވެރިކޮށް ކަންތައް ކުރަން އެނގޭނީ އަދުލުވެރިކަމަކީ ކޮބައިކަން އެނގިގެންނެވެ.
އިލިޔާސް ދެން ކަލޭ މޮޔައެއްވާނެކަމެއްނެތް. ކުރިޔަށްވާނެ ކަންކަން އެއްވެސް މީހަކަށް ނޭނގުނަސް ކުރިން ކަންތައް ވެފަ އޮތްގޮތް ލާދީނީ މީހުން ކަންކޮށްފައޮތް ގޮތް އެއޮތީ ފެންނަން. ދެން މިފަހަރުވެސް ޔާމީނާ ދެކޮޅަށް ވޯޓްހޯދަން އަމިއްލައަށް ކުރިކަންކަން އަހަރެން ކިޔާދޭކަށް ނުޖެހެ. ތީ އަމިއްލައަށް ބުއިބޮނޑި
ޝޭހް އިލިޔާސް ވާ ތެދު ހާމަ ކުރައްވައިފި...
ޝޭކް އިލް ޖެހޭނެ މި ކަމުގެ ޒިންމާނަގަން... އެހެނީ ލާދީނީ ބަޔަކަށް ވެރިކަން ލިބުމުން ކަންވީގޮތް އެއޮތީ މާޒީގައި ފެނިފައި. އެހެން އެކަން އޮއްވާ އަނެއްކާވެސް އެމީހުނަށް ވެރިކަން ހޯދައިދޭން ރައްޔިތުން ގުނބޯ ހެއްދުވި އެކަކު އިލްޔާސަކީ
ބަލަ މި ސަރުކާރުން ސީދާ ދީނަށް ފުރައްސާރަ ކޮށް ނަޝީދު ވެސް ދީނަށް ފުރައްސާރަ ކޮށް އުޅޭއިރު އިސްލާމްދީނަށްޓަކައި މުޒާހަރާކޮށް އަޑުއުފުލާނެ ނަފްސެއް ނެތް، އެކަމަކު ތިބުނާ ނަޝީދު ކުރަން ތިއުޅޭ މުޒާހަރާއަށް ނުކުންނާނެ މީހުން ވަރަށް ގިނަ، މި ރާއްޖެ އަށް ﷲފިނުއްވަފާނެ ކޯފާއަކަށް ބިރުވެތިވޭ
އިލްޔާސްމެންނަކީ ރާއްޖެ މިހާލަތައް ވައްޓާލުމުގެ ޒިންމާ އުފުލަން ޖެހޭ ބައެއް، އޭރުވެސް އަހަރެމެން އަނަ ގޮވާފަބުނިން މިއީ ލާދީނީ ބައެކޭ މިމީހުންގެ ފަހަތަށް ނުވަންނާށޭ އެކަމަކު އޭރު ބުނީ މިއީ ސޯލިހުއޭ ނަޝީދެއްނޫނޭ މިހާރު އެނގޭނެކަމަށް ހީކުރަން ނަޝީދުއާއި ސޯލިހު އަކީ އެއް ފިކުރެއް ގެ އެއްބައެއްކަން
މިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަދެވިގެން ނުވާނެ އަޅުގަނޑުމެންނަކީ ސަތޭކަ ޕަސެންތް މުސްލިމުން ކިނބުލާއި ބުއްޅަބޭ ފައްޅިއަޅަން އިންޑިއާ އަށް ވަޑައިނަންނަވާ އެތަކުގައި ވަޒަންވެރިވެގެން ފައްޅި ފައްޅީގައި ޗޮނި ބާލަ ބާލާ ތިއްބަވާ
އަދިވެސް މިހާވަރުވާއިރުވެސް ސޭކު އިމްރާނު ހަނު ސޭކު އަނީލު ހަނު އަދިވެސް މިކަހަލަ ސޭކުން ހަނު ދެން ތިބި ދީންދަންނަ މައުމޫނާއި ހުސަންރަޝީދު މީހުން މަގުފުރެއްދުމުގަ އަވަދިނެތި
ދެން ކޯޗެކޭ ކިޔާކަށް ކަލޭމެން ހޮވި އޯގާތެރި ސަރުކާރުމީ އަނިޔާވެރިކަން ނައްތާލާ އިންސާފުހޯދަދޭން ހޮވި ސަރުކާރު، ކަލޭމެން ކެނޑި ކަނޑުލެއްގެ ހިތިފިލުވާނީ ކަލޭމެން. މީ އަމިއްލައަށް ހޯދައިގަތް ހާލަތެއްނުން
އެހެންވެގެންނޭ މިބުނަނީ މިސަރުކާރާއި ނަޝީދާ ކީ އަނދިރި ހަރަކާތެކޭ އަޑީ ދައުލަތެކޭ ހަރުކަށި ފިކުރެކޭ އެކަމަކު އާއި އެސް މީހުންނޭ އަނެކައްޗެކޭ ކިޔާތި ސޭކު އަނީލު މެން ފަހަތުގައި ބަޔަކު މީހުން ނަމާދުނުކުރަނީ އައިއެސް ފިކުރު ހުންނާތީއެއްނޫން، ސޭކު އަނީލު މެންގެ މުނާފިގުކަމުން
އިހުތިރާމް ކުރުމަކީ ކާފިރުން އުޅޭ ގޮތަށް އުޅުމެއްނޫން. އިހުތިރާމް ކުރުމަކީ މިސްކިތުގަ ސަލީބު އަދި ބުދު ބެހެއްޓުމެއްވެސް ނޫން. އިހުތިރާމް ކުރުމަކީ އިންސާނިއްޔަތަށް ކުރާ ކަމެއް. އިހުތިރާމޭ ކިޔާފަ އަމިއްލަ ނަފުސާއި ވަތަން ދޫކޮށެއް ނުލެވޭނެ. މީ ހުސް ސިޔާސި ރޭވުން..
އެހެންމީހުންގެ ލޮލުގައި އަނދުން އަޅުވައިގެން މިޤައުމަށް ކޮންމެފަދަ ގޮތެއްވެސް މި އަންނި ގުރޫޕް ހަދައިފާނެ އިޙްތިރަމޭ ކިޔައިގެން ރާއްޖޭގެ މުސްލިމުން އަގުވައްޓާލާނެ މި ބިންގަނޑުގައި އިސްލާމް ދީން ދަމަހައްޓަވާދޭ! ދީނީޢިލްމުވެރިންގެ ބާރު ދަމަހައްޓަވާންދޭ އާމީން
ނުޖެހޭނެ. މުސްލިމުންނައް އިހްތިރާމް ނުކުރެވޭ ކަމުގައި ވަންޏާ އެހެންދީންތަކައް އިހްތިރާމް ކުރާކައް ނުޖެހޭ. އެހެން އެބުނާ ބަޔަކީ ލާދީނީ ކަންކަން މިގައުމުގައި ފަތުރަން މަސައްކަތް ކުރާ މުރުތައްދުން
އިލްޔާސް ކަލޭ ދެން އަތްޖަހާ. މީ ކަލޭ ބޭނުންވި ގޮތެއްނު!!
އެހެން ދީނެއްގެ ޤައުމެއްގަ ހުރެގެން ދިވެހިރާއްޖޭގެ ވާހަކަ ދައްކަން ކޮބާ ލަދު 😂 ދެން މެލޭޝިޔާގެ ބުދު ދީނުގެ މީހުންގެ ފައްޅިތަކުގަ ހުޅު ޖަހަން ދާންވީނުން . އިހުތިރާމް ކުރުމޭ އެބުނަނީ ވަކި ދީނެއްގެ މީހެއްވީމަ ތަފާތު ކުރުން ހުއްޓާލުން. ރާއްޖޭގެ ސްކޫލުތަކުގަ ކިޔަވައިދޭން އަންނަ ހިންދީ ޓީޗަރުންނަށް ދަރިވަރުން ބުލީ ކުރާވަރު ނިކަން އަހާބަލަ މީހެއް ގާތު އެމީހުން ސާޅި އަޅާފަ ނިތްކުރީ ތިކި ޖަހާފަ ތިބޭތީ. އިހުތިރާމު ކުރުމުގަ މާނަ އޮޅުވާލައިގެން ކޮންމެހެން ފިތުނަ ފަސާދަ އުފައްދަން އުޅޭނެ ކަމެއް ނެތް . އަހަރެމެންގެ ދީނުގަ އޮވޭތަ އެހެންދީން ތަކުގެ މީހުންނަށް ފުރައްސާރަކޮށް އިހާނެތިކޮށް ހިތަން؟ ނޯވޭ! ޝޭހަކަށް ވެހުރެ ތަންކޮޅެއް ހަމެޖެހޭ އެއްޗެކޭ ކިޔާބަލަ .
މާތް ﷲ ބާވައިލެއްވީ އެންމެ ދީނެއް އެއީ އިސްލާމް ދީން ކީރިތި ޤްރުޢާނުން ދަލީލު ހޯދާ އަހަރުމެން އިންސާނުން ހެއްދެވި ފަރާތަކީ މާތްﷲ ސުބުޙާނަޙޫ ވަތައާލާކަން އަދި އެއީ އެއްކައުވަންތަ އިލާހުކަން ހިތުގެ އަޑިން ގަބޫލުކުރާ އިސްލާމް ދީން ގަބޫލުކުރާ މުސްލިމުންނޭ ކިޔާކަމުގައި ވަނީނަމަ ދެން އެހެން ދީންތަކޭ ކިޔައިގެން ވާހަކަ ނުދެއްކޭނެ ލާދީނީ ފިކުރަށް ހިތްވަރުދޭ މީހުން ނުވަތަ ކާފަރުން އުޅޭގޮތައް އުޅުމަށް ހިތްވަރުދޭ ބަޔަކު މިގައުމުގައި ތިބެގެން ޝޭހުންނާއި އުސްތާޒުން ބޭނުންކޮށްގެން އެހެން ދީންތަކަށް އިހްތިރާމް ކުރަން ޖެހޭނެއޭ އެބުނަނީ ވާނުވާ ނޭގޭތީ އިސްލާމް ދީން ފިޔަވައި އެހެން ދީނެއް ނޯންނަކަން ނޭގެނީބާ؟ އެއީ އެހެން ދީންތަކެއްނޫން އެއީ އިސްލާމްދީނަށް ކާފަރުވެގެން ތިބިބަޔަކު އެމީހުންގެ ސަގާފަތެއް ދިރުވައި ކާފަރުކަން އާލާކޮށް ދިރުވަނީ ކްރިސްމަސް ފާހަގަކުރަނީވެސް އެގޮތައް އެހެންވީމަ އަހަރުމެން ނުޖެހޭ ކާފަރުންގެ ސަގާފަތައް ހިތްވަރުދީ ބޯލަނބާކަށް އެމީހުންނަށް އިހްތިރާމް ކުރުމޭ ބުނެވޭ ބަހުގެ މާނައަކީ އެމީހުންވެސް މުސްލިމް ގައުމުތަކަށް ޒިޔާރަތްކޮށް އެހެން މީހުންނެކޭ އެއްގޮތައް އެ މުޖްތަމައެއްގައި އުޅުމުގެ މިނިވަންކަން ލިބޭވާހަކަ އެއީ ދުނިޔޭގައި ކޮންމެތާކު އެމީހުން އަޅުކަން ކުރަން ޗަރޗްތައް ހެދުމާއި ބުދު ބެހެއްޓުމެއް ނޫން އަދި އެމީހުންގެ ކުފުރުގެ ޝިޔާރުތަކުން މަރުހަބާ ކިޔައި އުޅުމެއްނޫން ކްރިސްމަސްގެ ޝިޔާރުގައި އޮންނަނީ ކިކޭތޯ ؟ އޮޅުވާލަން ނޫޅޭތި ރާބޯ ޝޭހުން
ސޭކުން ކޮބާަ މަބުނިތަން މިއަންނަނި✋
މިމީހުން މިގައުމު ހަލާކުކޮއްލީ، ދީނުގަ އޮވޭތޯ ބަގާވަތް ކުރުން. މިމީހުން އެކަންވެސް ކޮއްފަ އެތިބީ.
އެހެންވެއްޖެޔާ ރާއްޖޭގެ ފަތުރުވެރިކަމަށް އެތެރެ ކުރާ ރަލުގެ ބާވައްތަށް ހަމަ މިހާރުން މިހާރަށް ގެނައުން ހުއްޓާލާ. އެއީ އެހެން ދީންތަކަށް އިހުތިރާމު ކުރާ އެއްޗަކަށް ވާތީި. ނިވާކަން ކުޑަ ހެދުން ލައިގެން ގެސްޓުން އުޅޭ ހުރިހާ ރިސޯޓުތަކެއް ބަންދުކުރޭ. ލަވަޔާއި މިއުޒިކު ޖަހާ ޓީވީ ސްޓެޝަން އަދި ރޭޑިއޯ ޗެނަލްތައް ހުއްޓާލާ. މަވެސް ބަލާލަން ބޭނުން މި އިލްމުވެރިން ބުނާ ބަހުގަ ބަރުމިނެއް އޮވޭތޯ. ޓްވީޓް ކޮށްލަން ވަރަށް ފަސޭހަ އަކަމަކު ޖަވާބުދާރީ ވާކަށް ނޭނގޭނެ . ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ރާއްޖެ ހަދަން ބޭނުމިއްޔާ މިހުރިހާ ކަމެއް ކޮށްފަ ދެން ބަހުސްކުރޭ
އެހެން ކޮން ދީނެއްތޯ އޮތީ ﷲ ގެ ހަޟްރަތުގަ ދީނަކީ ހަމއެކަނި އިސްލާމްދީން
ރައްޔިތުންނޭ! އިންސާނުންނަށް ކުއް ކުށްކުރެވޭނީވެސް އަޅުގަނޑުމެން ޖެހޭނެ ޢިލްމުވެރިންނަށް އިޙްތިރާމް ކުރަން ވިސްނާ ޢިލްމުވެރިންވެސް ބައިބައި ކުރަމުންއެދަނީ ވަކި ބަޔަކު ދުރާލާ ރާވައިގެންކަން އަދި އިސްލާމް ދީނުގެ ހައްޤުގައި ބަސް ބުނަންވީ ވަކި މީހަކަށް ނޫން. ހުރިހާ ކަމަކަށް ވުރެ އިސްލާމްދީން މުހިއްހު ވާންޖެހޭ ހިތުގެއަޑިން ގަބޫލްކުރާހާލު.
ރާއްޖޭގެ ދެ މުފްތީކަމަށްވާ މައުމޫނު ހުސައިން ރަޝީދު ކީކޭތޯ ވިދާޅުވަނީ. މިކުރަންއުޅޭ ކަންތައްތަކުގެ އާޚިރު ނަތީޖާއަކީ ކޮބައިތޯ. ގައުމަށް މުހިއްމު ކަންކަމުގަ ބަސްނުބުނެ ލާދީނީ ފިކުރަށް ތާއީދުކޮށް ޓްވީޓްކުރާތީ ދެންނެވިން.
ޝެއިޚް އިލްޔާސަށް ވ. އަދަބުވެރި ކަމާއި އެކު ދަންނަވަން. ފުރަތަމަ ފާޑުފާޑު ޓްވީޓް ތައް ކުރުމުގެ ކުރިން ދިވެހި ރައްޔިތުން ގެ ކިބައިން މަޢާފަށް އެދިވަޑައިގަނޭ. . ޝެއިޚް އިލްޔާސް ވިދާޅުވި ދުޢާދެއްވި ވެރިއެކޭ ރައްޔިތުން ކައިރީ. ވޯޓްލާށޭ. ޑރ އިޔާޒާއި ރ. މައްމޫނާއި ޒައިދާއި ބުރުމާ ޤާސިމް އަދި ޢިމްރާނުމެން މީގެ ޒިންމާ ފުރިހަމައަށް ނަންގަވާ. ރ. ޔާމީނާއި ޑރ. ޝަހީމަށް މަލާމާތް ކުރި އެމްޑީޕީ ވެރިކަމަށް އައިއްސިއްޔާ ދީނަށް ގޮންޖަހައި ނެތީ އެވާހަކަ ޑރ.ޝަހީމްމެން ވިދާޅުވެގެން. ދީނާ ދެކޮޅު ކިތައް ރިޕޯޓް ނެރެންދެންތޯ ޝެއިޚްމެން މަގާމުގައި މިސަރުކާރަށް ވާގިވެރިވާން ތިޔަތިބެނީ. ސޯލިޙް ވިދާޅުވެފައި އޮތީ ޒީރޯ ޓޮލަރެންސޭ. ޒީރޯ ޓޮލަރެންސުން އިންޑިޔާ މީހުންނަށް މިރާއްޖަށް ފައިސާ ލިބޭ ދޮރުތައް ވެސް.
އިޙްތިރާމް ކުރަންޖެހެނީ އެހެންދީންތަކަށް ނޫން އެހެން ދީނެއްގެ މީހަކަށް އޙްތިރާމް ކުރުމާއި އެހެންދީންންތަކަށް އިޙްތިރާމް ކުރުމަކީ މުޅިން ދެކަމެއް މީހުނަށް އިޙްތިރާމް ކުރިޔަސް މުސްލިމުން އެހެންދީންތަކުގެ މީހުން ކުރާ ކަންތައްތަކުގަ ބައިވެރިވެ އެދީނަށް ވެސް ލޯބި އޮތްކަމަށް ދެއްކުމަކީ ޢަމަލު ތަކުގަ ބައިވެރި ވުމަކީވެސް ﷲ ނަހީކުރައްވާފައިވަ ކަމެއް މުސްލިމުން ވާންޖެހޭނީ އިސްލާމްދީނުގެ ރިވެތި ސިފަތަކާ އާދަ ކާދަ އަށް ލޯބި ކުރާ ބަޔަކަށް ކްރިސްޓިއަން ދީނަށް ހިއްވަރުދޭ ބަޔަކަށް ވެގެންނުވާނެ
މިވެސް ފިކްރީ ހަންގުރާމަ އެއް މި މީހުންގެ ބޭނުމަކަށް ވަނީ ދީނީ މީހުން ޖެއްސުމާ، އެހެން މީހުންގެ ހިތުގައި ދީނާމެދު ސުވާލު އުފެއްދުން ، މީ ވަރަށް ނުރައްކާތެރި ކަމެއް... އެއްގޮތަކުން ނޫނީ އަނެއް ގޮތަކުންވެސް މި ޤައުމުގައި ދީނީ ބައިބައި ކުރުވާންބޭނުންވާ ބަޔަކު އުޅޭ، ހިތާމަޔަކީ މީސްމީޑިޔާގަ ހަބަރެއް ގޮތަށް ނަމަ ވެސް މި ކުރެވެނީ މިކަން ޕްރޮމޯޓް. ހިތާމަހުރި
ދަތުރު ދެވޭ ، ޕާޓީ ބޭއްވޭ ، ޖަލްސާ ކުރެވޭ، މިސްކިތުގައި ޖަމާއަތުގައި ގާތްގާތުގައި ނަމާދު ކުރެވޭ އެކަަމަކު ދަރުުސު ދިނުން މަނާ މިއީ އޭ ޝިފާޒް އަދި ޖެނެފާ އަދި ވައްޑޭ ވިސްނާ ފިކުރު ކުރަންވީ ދީނީ ދަރުސު ދިނުން އާންމު ކޮށް ހުޅުވާލައިގެން ބާއްވަންވެސް ތަންތަން ނުދޭ މިސަރުކާރު އައި ފަހުން ދެން ހުއްދަ ދިނީ ހަމަ އެކަނި މިސްކިތުގައި މިހާރު އެފުރުސަތު ވެސް ވަނީ ބަންދު ކޮށްފައި ދަރުސު ދޭތަން ޝިފާޒު އަދި ވައްޑޭ އަދި ޖެނެފާ ދުށިންތަ މިސްކިތުގައި ތިބޭނީ ދުރު ދުރުގައި ދަރުސު ދޭ އަޑު އަހަން އެކަމަށް ވެސް ހުރަސް މިސަރުކާރު މިވަރުން ދަންޏާ ބަލި ކަށިވެ ބަލިވާނެ ﷲ ގެ މަގުގައި ނަސޭހަތް ދިނުމަށް ވެސް ހުރަސް އަޅަނީ
ޝެއިޚް މެންވެސް ގުބޯހެއްދިއްޔޭ އިބްރާހިމްމެން. ނިކަން ހިތްވަރެއް ހުރިއްޔާ އިސްތިއުފާ ދީފާ އެހެން ދީންތަކަށް އިޙްތިރާމް ކޮށް ބޭނުން ދީނަކަށް އުޅެވެން އޮތްތާކަށް ދާން ގޮވާލަބަލަ ތިޔަބައިގަނޑަށް.
ކޮބައިތަ އިސްލާމިކް މިނިސްޓްރީގައި އުޅޭ ސޭހު އިލްޔާސް ޖަމާލު ސަރުކާރު ބަދަލު ކުރަން ދީނީ ތަގުރީރު ދިން މިހާރު މިއުޅެނީ މިސްކިތެއްގައި ވެސް ދަރުސް ނުދެވިގެން ކަލޭމެންގެ ނުބައިކަން ހާދަ ބޮޑޭ ފިލައި ހަރުގައި ދޯ ތިޔަ މިނިސްޓްރީން މިހާރު ކީއްތަ ތިޔަ ކުރަނީ ކުރީ ސަރުކާޜުން އިސްލާމިކް ފޮތް މައުރަޒް ކޮންމެ ހުކުރު ދުވަހަކު ބޭއްވި ކޮންމެ ހުކުރު ދުވަހެއްގެރޭ ދަރުސް ބޭއްވި ހުޅުވާލައިގެން މިހާރު މިސްކިތެއްގައި ވެސް ދަރުސް ދިނުން މަނާ
ބަލަ މިކޮވިޑްގައި ސަރުކާރުން ޖަލްސާތައް ބާއްވާ ދަތުރު ދެވޭ ... އިސްލާމިކް މިނިސްޓަރ ވެސް ނިދާފައި
އަޖައިބު ޖަމާއަތުގައި ނަމާދު ކުރެވޭ އެކަމަކު ދަރުސް ދިނުން މަނާ ހުކުރު ދުވަހު ޚުތުބާ އަޑު އަހަން ތިބޭ މީހުނަށް ވުރެ މަދުވާނެ ދަރުސް އަޑުއަހާ މީހުން ވެސް އެކަމު ކޮވިޑޭ ކިޔާަފައި ހުއްދަ އެއް ނުދޭ މިކަން ޝިފާޒު އަދި ވައްޑޭ ޖަވާބު ދީބަލަ ކަލޭމެންގެ ސަރުކާޜު އައި ފަހުން އާންމު ދަރުސް ދޭންވެސް ހުއްދަ ނުދޭ
ތިހާ ވަރު ވަންޏާ އެމީހުން ޓޫރިސްޓް ގޮތުގަ ގެނެސް ނޫޅެބަލަ އަދި އެމީހުން ގެ ފރަރާތުން ލިބޭ ފައިސާ ނުކައިބަލަ! މުޅި ރާއްޖެ ބަރޯސާ މި ވަނީ ޓޫރިޒަމަށް! ދެން ނުވޭ އެކަމަކު އެމީހުންނަށް ހެޔޮ ހިތުން ވިޝް އެއް ކޮށްލަންވެސް ! މީ ކޮންކަހަލަ ހުއްޖަތެއް! ދީނުގަ އެބޮތް ކާފިރުން ނާ ވެސް ގުޅިގެން އުޅެން!
މި ރާއްޖެ މިހާލަތަށް ގެންދިިއުމުގަ އެންމެ ބޮޑު ރޯލެއް ކުޅުނު ބަޔަކީ އަދާލަތު ޕާޓިގެ އިލްމުވެރިން ކަމުގައި އެއްވެސް ޝައްކެއް ނެތް. އެދުވަހުވެސް ސަލަފު ޢަބްދުﷲ މެންގެ ސްޓޭންޑް ޤަބޫލުކުރެވުނުމައޭ މިހާރު ހިތައްއަރާ. ވަރަށް ދެރަވެ މިކަހަހަލަ މަރުމޯލުންގެ މަޅީގައި ޖެހި މި މީހުންނަށް ވޯޓުދީ ހޮވީމަ މިހާލަތަށް ކަންތައްތައް ވަމުންދާތަން ފެންނާތީވެ. އިސްލާމް ދީން ފުހެލަން އުޅޭ ބަޔަކަށް ވުރެން ވައްކަން ކުރުމާއި ނުހައްޤުން އަނިޔާ ކުރާ ވެރިޔަކު ބެހެއްޓުން މާ ބޮޑުތަނުންވެސް ރަނގަޅުކަން އެނގި ޔަގީންވެއްޖެ. ދެން ކުރާނެ ކަމެއް ނެތް. އަދާލަތު ޕާޓީގައި ގިނައީ ހުސް ފެޅަކާދަންނަބޭކަލުން... ދެން އިންޝާﷲ ތިިމަޅިއެއްގައި ނުޖެއްސޭނެ.
އެވެރިން ހަނދުމަ ނެތޭ ކުރިން ވެސް އަތުން ބީވީ ކޮން ކަމަކާ ހެދި ކަމެއް.. މިފަހަރު އެރޭ ގުއި ގަނޑު އިހަށް ވުރެން ހަޑި ވެފަ ފިލުވަން އުނދަގޫ ވާނެ އިންޝާ ﷲ.
އަންނިގެބޭނުންފުދިއްޖެ! ފާދިރީންތަކަށްކުޑަދުވަސްކޮޅެއްފަހުން މިތާފައްޅިއެދާނެކަން ޔަޤީންވެއްޖެ! ދީންވިއްކާވިޔަފާރިއަކަށް ވެއްޖެކަން އަދި އެވިޔަފާރިއަށްވަންނަޝޭޚުންއިތުރުވެއްޖެކަން ޔަޤީންކުރެވިއްޖެ މިއީ އަނދިރިދައުލަތުގެބޭނުމަކީ ވަރަށް ފުރިހަމައަށް ދެބޯގެރި ދުއްވަދީފި! މިއަދުޤައުމާއިދީނުގެހައްގުގަ އެއްޗެއްބުނެލާނެޝޭޚަކުނެތް ފެންނަނީ އެއްފައިސާފޮތީގެދެފުށް ވަކިކުރަން ވަކާލާތުކުރާޝޭޚުން! ﷲއަޅަމެނަށްހެޔޮވިސްނުން ދެއްވަވާ ދީނުގެޢަދުއްވުންގެކިބައިން މިންޖުކުރަށްވާށި! އާމީން
މަގޭ ކޮމެންޓު ލާދީނީވީދޯ ވަކި ބިމެއްމަތީ ދީންތަކަށް އިހްތިރާމް ނުކުރެވޭ މިތާހަމަނުޖެހުން އުފެދޭނެ ވާހަކަ ތިދައްކަނީ ދީނަށް އިހްތިރާމް ނުކުރެވޭތި.
ޢިސްލާމްދީން ފިޔަވަ އި އެހެން ދީނެ އް އޮވޭހެ އްޔެވެ. މާތްވެގެންވާ އިސްލާމްދީން މާތްﷲ ބާޢްވާ ލެޢްވުމަށް ފަހު ކުރިން މާތްﷲ ބާ އްވާލެ އްވި ދީންތަޢްވަނީ ބާތިލް ކުރަ އްވާފަ އި އަދި ހަމަ އެ އާ އި އެކު ތަ އުރާތާ އި އިންޖީލް އަދި ޛަބޫރުވެސް ވަނީ ބާތިލް ކުރަޢްވާފަޢި، ނަމަވެސް އެފޮތްތަކަށް އީމާންވާޖެހޭ، އެ އީ ެއކަމަށް ﷲ އަންގަވާފަ އިވާތީ، ކީރިތި ރަސޫލާ މުޙަ އްމަދުގެ ފާނު ރަސޫލް ކަމާގެން ފޮނު އްވުމަށް ފަހު ދުނިޔޭގަ އި އޭރު އުޅުނު އެންމެހާ އިންސާނުނާ އަދި އެއ އަށްފަހު މިދުނިޔެ އަށް މާތް ﷲ ފޮނު އްވާ އެންމެހަ އި އިންސާނުން ނަކީ އެއ އް އު އްމަތެ އް! ޢެ އީ ކީރިތި ރަސޫލާ މުޙަ އްމަދު ގެ ފާނުގެ އުއ އްމަތް، ދުނިޔޭގަ އި އެޅެމުން މިދާ އެންމެންނަކީ އެއއ އް އު އްމަތެ އް މި އު އްމަތުގެ އެންމެން އުޅެން އަންގަވާފަ އި ވަނީ ކީރިތި ރަސޫލާ މުޙަ އްމަދުގެ ފާނަށް މާތްﷲ ބާ އްވާ ލެ އްވެވި އިސްލާމް ދީނަށް، ނަމަވެސް ޝަ އިތާނާގެ ބަހަށް ހެ އްލި އިސްލާމް ދީން ޤަބޫލް ނުކުރާ މީހުންނަށް ކިޔަނީ ކާފިރުން، ކާފިރުންނަކީ މާތްﷲ އަށް ނުކިޔަމަންތެރިވެ އުރެދި އަދި ޝިރުކު ކުރާބަ އެއ އް، އަދި މާތް ﷲ ބާތިލް ކުރަ އްވާފަ އިވާ ދީންތަކަށް ނުވަތަ އަމި އްލަތުން ހަދާފަ އިވާ އެ އްޗި އްސަށް އަޅުކަން ކުރަމުން ދާ ބަ އެ އް. އެމީހުން އެ އީ ދީނެކޭ ކިޔަސް ﷲގެ ޙަޒުރަތުގަ އި އެ އީ ދީނެ އްނޫން، އެހެވީމާ ކާފަރުން އެކުރާ ކަންކަމަށް މުސްލިމުން ވާގިވެރި ވާން ޖެހޭހެ ްއޔެވެ، މާތް ﷲ ގެ ހަޒުރަތުގަ އި ދީނަކަށް ނުވާ އިރު މުސްލިމުންނަށް އެ އީ ދީންނަކަށް ވާން ޖެހޭ ސަބަބަކީ ކޮބާ ހެ އްޔެވެ. މާތްﷲ އެންމެހާ މުސްލިމުންގެ ޢަޤީދާ ވަރުގަދަ ކުރަ އްވާށި އާމީން.
އަޅުގަނދަކީ ދީނުގެ ޢިލްމު ލިބިހުރިމީހެއްނޫން އެކަމު އެހެންދީންތަކަށް އިހުތިރާމްކުރަންޖެހޭކަމަށްބުނެ ރައިސް މައުމޫނާއި ޝެއިހު ހުސެއިން ރަޝީދު ދައްކާވާހަކައަށް އަޅުގަނޑު ގޮންޖަހަން އެދެބޭފުަޅުން ވިދާޅުދެއްވަފާނަންތޯ އިސްލާމްދީންނޫން ދެން އޮންނަ އެހެންދީނެއް އެހެންދީނެއްނެތްކަމަށްވާއިރު ކޮންދީނެއްގެ ބަޔަލަށްތޯ އިހުތިރާމުކުރަންވީ އެއްއިންސާނަކު އަނެއްއިންސާނަކަށްވީތީނޫންތޯ އިހުތިރާމް އެދެބޭފުޅުން ވިދާޅުވެ ދެއްވަފާނަންތޯ ކީރިތި ޤްރުއާނުގެ ކޮންސޫރަތެއްގެކޮންއާޔަތެއްގަތޯ އޮތީ އެއްދީނުގެ އަހުލުވެރިން އަނެއްދީނުގެ އަހުލުވެރިންނަށް އިހުތިރާމްކުރުމާއި އެހީތެރިވުމަށް ނެތް ދެއްތޯ އޮތީ އިންސާނަކަށްވީތީ އަޅާލުމަށް އޯގަަތެރިވުމަށް އެދެބޭފުޅުންނަށް ލިބިހުންނެވި އިލްމާއި މަޤާމުގެ ދަހިވެތިކަމުގައި މިފަދަ އޮޅުވާލުންތައް ނުގެންގުޅުމަށް އެދެބޭފުޅުންނަށްގޮވާލަން
އެހެން ކޮން ދީނެއްތޯ އޮތީ ﷲ ގެ ހަޟްރަތުގަ ދީނަކީ ހަމއެކަނި އިސްލާމްދީން
5 ލައްކަ ހަމަ ނުވާ އާބާދީއެއްގެ ބަޔަކު ކިތައްމެ ފުއްޕިޔަސް ވާނެ ކަމެއްް ނޯންނާނެ. ސަޢޫދީ އެރެބިޔާ ޔާ ޔޫ އޭ އީ ފަދަ ޤަވުމުތަކުން ސީދާ ޔަހޫދީ ދައުލަތާ އެއޮށް ޤުޅުން ޤާއިމްކުރީ . މިހާރު އެހެން ޢަރަބި ޤައުމުތަށްވެސް އެއޮށް ކުރަނީ . އަހަރުމެންވާ އެކަމެއް ނުކުރަން . އެކަމަކު އެމޭޒަން ޖަންގަލީގައި މީހުންނަށް ނުވަދެވޭ ހިސާބުގައި އޮތް ޤަބީލީ ބަައިގަނޑެއްގެ ގޮތުގައި ދެން ރާއްޖެއަކަށް ނޯވެވޭނެ . އެއްގޮތަކީ އައިސިސް މީހުން ހެދިހެން ޚަލީފާވެރި ދައުލަތަކަށް ރާއްޖެ ހަދައިގެން ބިމުއަޑީގައި ހޮރުކޮނެގެން މީދާތަކެއްހެން އުޅެނިކޮށް ކާފަރުންގެ ހަނގުރާމަ މަތީ ބޯޓުތަކުން އައިސް ބިންގަރާސް ގޮއްވާ ބޮންތަކުން މުޅި މާލެ ފުނޑުފުނޑުކޮށްލުމަށްފަހު މިތަން ހިފުން . އަނެއް ގޮތަކީ އައިސިސް އަށް ނުވެ ދުނިޔޭގެ މީހުންނާއި އެކު އުޅުން. ދެ ގޮތުން އެއްގޮތް ރާއްޖެއަށް މިހާރު މިއޮތީ އިޚްތިޔާރު ކުރަން ޖެހިފައި
އަދިވެސް ޝެއިހް އަށް ގެޓް ނުވޭތަ ދީން ތަކުގެ ތެރެއިންވެސް މުސްލިމުންނަށް އެންމެ ޙަސަދަވެރި ޢަދާވާތްތެރި ދީނާކަން މި ސަރުކާރާ ގުޅިފައި އޮތީ؟
ފަހު ޒަމާނުގެ ދައްޖާލުން ރާއްޖޭގަ ވަރަށް ގިނަ.
މީ ޤާނޫނީ ސަރުކާރެއްތަ؟ ރައްޔިތުންނޭ ވިސްނާ! ކުރިޔަށްއޮތް ދެއަހަރުގެ ތެރޭގައި ނުލަފާކަން ދައްކާލާނެ. މިބައިގަނޑަށް ސަނާކިޔާ ޖަހާބެރަށް ނަށާ ، މުޒާހަރާއަށް ނުކުންނާނެ މީހުން ރައްތަކުގައި ވަރަށްގިނަ. ރީނދުލުގެ ސަބަބުން ލިބިދާނެ މާލީ މަންފާއަކަށްޓަކާ. އެމަންފާ ލިބިދިނުމަށް ދަނީ ރީނދުލުން ތައްޔާރުވަމުން.
ޢެމްޑީޕީއަކީ އަނިޔާވެރިކަމާއި ވައްކަމާއި ތަފާތުކުރުންތައް ނައްތާލުމަށް ވިސްނާ އެތައްރައްޔިތުންނެއް ފެށި ޕާޓިއެއް ، މިއަދު އެކަމަކު އެޕާޓީ ހަލާކުކުރާ ނުލަފާ މީހުން މިތިބެ ފާޅުވަނީ ، ފޮނި އުއްމީދުގައި އެޕާޓީއާއި އެކުތިބި އެތައް ދިވެހިންނަކަަށް މި ނުލަފާ ކަތުރުފަނިތައް މިހާރު ފެންނަންވެއްޖެ
ދިވެހި ސަރުކާރަށް ދޭ ފަހު އިންޒާރު!!!
ހަރުކަށި ފިކުރާދެކޮޅަށް އަދި އެހެން ދީންތަކާއި އިޚްތިރާމްކުރުމުގެ ނަމުގައި ސައްތައިން ސައްތަ މި ރާއްޖޭގައި ދީނީ މިނިވަންކަންދީ ޝިރުކުގެ އަމަލުތައް ފަތުރާނަމަ، ބަދު ދުއާއިން މި ވެރިކަން ވައްޓާލާނަން މި ވެރިކަން ވައްޓާލާނަން މި ވެރިކަން ވައްޓަާލާނަން إن شاء الله
ޓްރަޕްއަށްވެރިކަން ހޯދާދީބަލަ.. ވަރަށް ޑޮލަރ ދޭނެ..
ވައްޑެ ދޮގާއި މަކަރު ހެ ދުމަކީ ހަރާމް ކަމެއްކަން އެގިހުރެ ހައް ދުފަހަނަ އަޅައި ގޮސްފައި ތިބިބަޔަކު ވެރިކަމަށް ގެންނަން ވައްޑެ އިލްޔާސް މަސައްކަތް ކުރެއްވީ ކީއްވެތޯ ކީއްވެތޯ ކީއްވެތޯ؟؟؟
ހުރިހާ ދީނަކަށް އިހުތިރާމްކޮށް އެހެން މީހުންނަށް ނަމޫނާ ދައްކާ..ދެއްކޭ ނަމޫނާއެއްގެ ސަބަބުން އެއިން މީހަކު މުސްލިމް ވެއްޖެނަމަ ނަމޫނާ ދެއްކި މީހަކަށް ކޮންފަދަ ސަވާބެއްތޯ ލިބެނީ.. އަދި އެހެން ދީނެއްގެ މީހެކޭ ކިޔާ އަނިޔާވެރިކަން އިސްކުރުމެއް ނޯވޭ...
އެހެން ދީނަކަށް އިހުތިރާމްކުރާށޭ ކިޔައި ބޭނުން ދީނަކަށް މިރާއްޖޭގައި އުޅުމުގެ ފުރުސަތު ދެވިގެން ނުވާނެ.... މިކަން ސިޔާސީކޮށް ފައިދާއެއް ހޯދަން ވިސްނައިގެން ނުވާނެ ވ ސަލާމް..ޑޫ ނޮޓް ކްރޮސް ރެޑް ލައިން...
ﷲ ގެ ހަޒުރަތުގައި ދީނަކީ އިސްލާމް ދީން ކަމުގައި އޮންނަވޭލެއި ދެންކޮން އެހެން ދީން ތަކަށް
ދުނިޔޭގަ އޮތީ އެންމެ ދީނެއް އެދީނަކީ އިސްލާމްދީން. އޭގެ ހެއްކަކީ މަޔަކު ވިހާ ކޮންމެ ކުއްޖަކު އުފަންވަނި ފިތުރަތު ގެ ސާފު އިސްލާމްދީން މަތިގަ ކަމާ އެކުއްޖާ ޔަހޫދިއަކަށް ނަސާރާ އަކަށް މަޖޫސީއަކަށް ހަދަނި އެދަރިފުޅުގެ މައިންބަފައިންކަން އެގެން އޮތުން. ދެން އޮތީ ބާތިލް ދީންތައް. ބާރިލް ދީން ތަކުގާ އުޅޭ މީހުން ހިންގާ ބާތިލް އަމަލުތަކާއި މުސްލިމުންޖެހޭނީ ދުރުވެގެން އުޅެން. އެކަމަކު އިންސާނީ ވަންތަކަމުގާ އެމީހުނަށް އިހުތިރާމްކޮށް އެމީހުނާމެދު އަދުލު ވެރިވާންޖެހޭ. އަދުލުވެރިކަމަކީ މުސްލިމަކަށް ލިބިފައިވާ ހާއްސަ ސިފައެއް. އަދުލު ވެރިވުމޭ ބުނަނީ މުސްލިމަކަށް ނުވިޔަސް ފަގީރުހާލުގަ އުޅޭ މީހާއަށް ކާބޯތަކެތި ފޯރު ކޮށްދިނުންފަދަ އެމީހުން ކުރާ ބާތިލް އަޅުކަންތަކާއި ބާތިލް މުނަސަބާތަކާއި ދުރުވެ ތިބުން.އެމީހުން ދެކޮޅުވެރި ނުވަހާހިނދުގަ އެމީހުނާ ދެކޮޅުވެރި ނުވެތިބުން . އެކަމަކު އެމީހުން ގެ އަޅުކަމާށް ސަޕޯޓްދީ އެމީހުންމުނަސަބާތަކަށް ތަހުނިޔާ ފޮނުވާ ހެދުން ހުއްދަ ވެގެން ނުވޭ. މުމްތަހިނާ ސޫރަތުގެ 4 ވަނަ އާޔަތުންފެށިގެން 8 ވަނަ އާޔަތަށް ވިދާޅުވޭ.
އެހެންދީންތަކަށް އިހުތިރާމް ކުރުމަކީ ބާތިލް ދީންތަކުގެ މީހުންކުރާކަންކަމަ ނުބެހި އުޅުން. ބާތިލް ދީންތަކުގެ އަޅުކަންތަކަސް ސަޕޯޓްދީ ބާތިލް މުނާސަބާތަކަށް ތަހުނިޔާކިޔާ މުސްލިމުން ވާހުށީ އެ ބާތިލް މީހުންގެ ބައެއްގެ ގޮތުގަ. ބާތލަށް ހިތްވަރުދިނުމަކީ ހަރާމްކަމެއް.
މިއީ ސްކޫލްތަކުގެ ދަރިވަރުންނަށް އިސްލާމްދީން ރަނގަޅަށް އުނގަންނައި ނުދެވުމުގެ ހިތި ނަތީޖާ.
އިއްލިޔާސް އަދިވެސް ތިޔަ ރަމްޒީ މަގާމުގައި ދެމި ހުންނާނީތޯ! ނުވޭތޯ މި ލާދީނީ ސަރުކާރު ކުޑަކަކުލަށް ތިރިކުރުމަށް ތިތަނުން ނުކުންނާކަށް. ތިހާ ފިނޑިއްޔާ ތިގޮތައް ޓުއީޓު ނުކުރިނަމަވެސް، އަހަރުމެންނަށް އިނގޭ އެމްޑީޕީ ސަރުކާރެއްގައި ތިހުރިހާ ކަމެއްވާނެކަން. އެހެނީ ދިވެހިންގެ ތެރެއިން ދީނާ އެންމެ ދުރުމީހުން ވެގެން މައުމޫނުގެ ވެރިކަން ވައްޓާލަން އުފެއްދި ޕާޓީއެއް ތިއީ. ތިޕާޓީގައި އެބަތިބި، ބިދޭސީންނާ އިނދެގެން ބޭރަށް ވިހައި ރާއްޖޭގެ ޕާސްޕޯޓް ހިފައިގެން އެހެން ދީންތަކަށް އުޅޭ ނުވަތަ އެއްވެސް ދީނެއް ޕްރެކްޓިސް ނުކޮށްވެސް އުޅޭ އެތައް ހާސްބަޔަކު. އެބައިމީހުން ތިޔަ ޕާޓީގެ އިސްމަގާމުތަކުގައި ތިބިހާ ހިނދަކު އެމްޑީޕީ ރަނގަޅު ވާކަށް ނެތް.
އެމްޑީޕީ ލީޑަރޝިޕްގެ ވިސްނުން އިސްލާމްދީނާމެދު ހުރިގޮތަކީ ދިވެހި ރައްޔިތުންނަށް އޮޅިފަ އޮތްކަމެެެއްނޫނެވެ. ލާދީނީ ކަން މުޖައްރިބެވެ. ބަޔަކު އެކަން ގަބޫލު ނުކުރަނީ ސިޔާސީގޮތުން އެމްޑީޕީގެ ލީޑަރޝިޕަށް ޖެހިފައޮތް ކުލުނެއްގެ ބޮޑުކަމުންނެވެ. ވީމާ އެމްޑީޕީ ލީޑަރޝިޕްގެ ބޭފުޅަކު " އެހެންދީންތަކަށް އިޙްތިރާމް ކުރަންޖެހޭނެ" ކަމަށް ބުނުމައި، އެހެން މީހަކު " އެހެންދީންތަކަށް އިޙްތިރާމްކުރަންޖެހޭނެ ކަމަށްބުނުން" ނިޔަތަށް ބަލާއިރު އުޑާ ބިމާހާ ތަފާތެވެ. ޑްރަގް ޑީލަރެއްގެ ގެއިން ފެންނަ ސެލޯފިންކޮޅާ، އާދައިގެ ގެއަކުން ފެންނަ ސެލޯފިންކޮޅާ ހުންނަ ތަފާތަކީ މީގެ ފުރިހަމަ މިސާލެކެވެ. ދެގެއިން ފެންނަ ދެ ސެލޯފިންކޮޅުގެ މާނަ އުޑާ ބިމާހާ ތަފާތެވެ.
ޢެއްމެ ދީނެއް އޮންނަ އިރު ކޮން އެހެން ދީނެއްގެ ވަާހަކައެއް މި ދައްކަނީ