ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އޮތް އެންމެ ބޮޑު ތަފާތަކީ ގާނޫނު އަސާސީ އާއި ރާއްޖޭގެ ހެދިފައި ހުރި ގާނޫނާއި އެއްގޮތަށް ވެރިއަކު ވެރިކަން ކުރެއްވުންކަމަށާއި، ރައީސް ނަޝީދުގެ ސަރުކާރުގައި ވެރިކަންކޮށްފައި ވަނީ ގާނޫނު އަސާސީއަށާއި، ގާނޫނުތަކަށް ބެއްލުވުމެއް ނެތި އެމަނިކުފާނު ބޭނުންފުޅުވާ ގޮތަަކަށްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމާ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ކަންތައްތައް ކުރައްވަމުން ގެންދަވަނީ ގާނޫނޫ އާސާސީއާއި ގާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ. އެކަން އިދިކޮޅު ފަރާތްތަކަށް ހަޖަމް ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ނަޝީދު ވެރިކަމުގައި ގާނޫނު އަސާސީއަކީ އޮތް އެއްޗެއްކަމެއް ނޭނގެ ދިވެހި ރައްޔިތުންނަށް. ގާނޫނު އަސާސީ ބައްލަވާލައްވަނީކީނޫން. ގާނޫނު އަސާސީން އުފެދިފައި ހުރި މިނިވަން މުއައްސަސާތަކަކީ މުއައްސަސާތަކެއްކަމަށް ނުބައްލަވާ، ދައުލަތުގެ ތިން ބާރަކީ ވަކިވެފައި އޮތް ތިންބާރެއްތޯ ނުބައްލަވާ. ނަޝީދު ބޭނުންފުޅުވި ގޮތަކަށް އެއިރު ވެރިކަން ކުަރައްވަމުން ގެންދިޔައީ" ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް މިހާރު މި ސަރުކާރުގެ އޮތް އެންމެ ބޮޑު ތަފާތަކީ ގާނޫނު އަސާސީ އާއި ރާއްޖޭގެ ހެދިފައި ހުރި ގާނޫނާއި އެއްގޮތަށް ވެރިއަކު ވެރިކަން ކުރެއްވުންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މި ގައުމުގައި އިދިކޮޅު ފަރާތްތަކުގެ ބޮޑު ތާއިދެއް އޮތް ނަމަ އެބޭފުޅުން އިލެކްޝަން އަންނަނަދެން ތިއްބަވަން ޖެހޭނީ މަޑުމަޑުން ކަމަށެވެ. ނަމަވެސް ފެންނަމުން މި ދަނީ ގައުމު ހަލަބޮލު ކުރުމަށްޓަކައި އާއި ގައުަމަށް މި އަންނަ ތަރައްގީ ހުއްޓުވުމަށްޓަކައި މަސައްކަތް ކުރަމުންދާ މަންޒަރުކަމަށް ޝިޔާމް ވިދާޅުވިއެެވެ.

ޝިޔާމް ވިދާޅުވީ، ޖާނަލިސްޓަކު އިދިކޮޅު ފަރާތްތަކާއި ސުވާލު ކުރުމުން ޖަވާބުދޭނެ މީހަކު ނެތި ފަސް ވަރަަކަށް މިނިޓް ހޭދަވާކަމަށާއި. އެހެންކަމުން ވެރިކަމެއް ލިބުމުން އެއަށްވުރެ ކަންތައްބޮޑުވާނެކަމަށެވެ.

"އިރާދަކުރެއްވައިގެން އެފަދަ ގޮތަަކަށް ނުދާނެ. އެއީ އެހާ ދިވެހިންނާއި ދިވެހި ގައުމާއި ދޭތެރޭގައި އެހާ އިހާނެތިކޮށް ކަންތައް ކުރައްވަމުންދާ ބަޔަކަށް އަދި އެބޭފުޅުންގެ އެޖެންޑާގައިވެސް އެހާ އިނާތިކޮށް ދިވެހިންނާއި ދިވެހި ގައުމާއި ދޭތެރޭގައި ވިސްނުން ގެންގުޅޭ ބަޔަކަށް ﷲ އިރާދަފުޅުން ވެރިކަމެއް ނުއެއް ލިބޭނެ". ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަދިވެސް އުޅެނީ އިންތިހާބުގައި ރައިސް ޔާމީންއާ ވާދަކޮށްލާނެ އެއް ކެންޑިޑޭޓަކު ނުދެއްކިގެން ކަމަށެެވެ. އަދި އެ ޕާޓީ ތެރޭގައިވެސް އެވަރަށް މައްސަލަ އެބަ އޮތްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަލީ

    ޔާމީނު ވެރިކަން ކުރަނީ ގާނޫނަށް ބަލާގެންތަ

  2. ޣާނި

    ޝިޔާމް ޤާނުނު ހަދާ މަޖިލިހުގަ ޢިންނަން ލަދެއްނުގަނޭތަ؟

  3. އަބްދުއްލާ

    މިސަރުކާރުން ގާނޫނު ތަންފީޒު ކުރަންފެށުމުން މީހުނަށް ގޯސްވަނީ ސަރުކާރު

  4. ޙަފްޞާ / މާލެ

    ބަލަގަ އަންނި ވަރަށް ފާޅުގައި ބުންޏޭއްނު ޗާޓުންބޭރުން ތިމަންނަ ކަންތައްތައްކުރާނަމޭ!

  5. ާބޫސުފުޔާން

    ތިބުނީހަމަރަނގަޅައް

  6. ހާއްޕެ

    ނަސީދުވަކި ރަނގަޅު ވާހަކައެއްނޫން އެކަމް ހިޓްލަރުވެސް ރަނގަޅުވާނެ ޔާމީނުއާ ކަލެއާށްވުރެ

  7. ރަމީޒް

    މީނައަށް މިހާރު ދުވާލުވެސް ހީވާނީ ރޭގަނޑުހެންތާ. މިހާރުގެ ވެރިމީހާ ވެރިކަންކުރަނީ ކޮންޤާނޫނެއްގެ ދަށުންކަން ބުނެލަދީބަލަ، މަޖިލީސްއަށް މިފަދަ ތަންދޮރުނުފިލާ މީހުން ހޮވުމުގެކުރިން ރައްޔިތުންވިސަނާލުން މުހިއްމް

  8. ޕޕމ އުތުރު ކޮޅު ޒުވާނުން

    ސާބަސް ބުރޯ

  9. ބަތޮލް

    ޙަމަ ހިނި އަންނަނީ މެމްބަރުން ލޯކަނުވެ މޮޔަވެއްޖެ

  10. އަލިބެ

    ސިޔާންޓޭ. ޓިސްލޭފަ ކީކޭތިކިޔަނީ. ދެންކީކޭ ކިޔާނީ މިމީހުނާ ދޭތެރޭގަ. މީގެ ކުރިން ބަލަމުން މިއައީ ކުޑަގިފިލި ހިފޭތޯ. ޒަރޫރީ ބޭނުންތަކަށް ނީދެވިގެން ދެގަޑިއިރުތެރޭގަ ތިން ހަތަރު ފަހަރަށްޝެމްބަރު ދޫކޮށް ދާންޖެހޭތީ. މީގެފަހުން އެބަޖެހޭ މަޖިލީހަށް ހޮވަން ވޯޓު ހޯދަން އައީމަ ލޮލަށް ފެނޭތޯ ކަންފަތަށް އަޑުއިވޭތޯވެސް ބަލަން. ދެން ފަހަރަކުން އަހާނަން.