އަންނަ ހުކުރު ދުވަހަށް ހާއްސަކޮށް، މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ގަޑީގައި ޒަރޫރީ ބޭނުންތަކަށް އުޅަނދު ފަހަރު ދުއްވުމަށް ހާއްސަ ހުއްދައެއް ދޭން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ދުވަހުގެ ވަކި ގަޑިއެއް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ގަޑިއެއްގެ ގޮތުގައި ހަމަޖެއްސީ މިއަހަރަކީ ކޮވިޑް-19ގެ ސަބަބުން މާލޭ ސިޓީގެ ގިނަ ރައްޔިތުން ފުރަ ބަންދުވެ، ދަތުރު ފަތުރު ކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދަ ކުރަން ޖެހިފައިވާ އަހަރެއް ކަމަށާއި، އަދި މިއަދާ ހަމައަށްވެސް އާންމު ހާލަތަށް ނުދެވި ވާތީ މިހާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 20:00 އަށް މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅަކަށް ހަދާފައެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ، އެ މަނާ ގަޑިތަކުގައި ޒަރޫރީ ބޭނުންތަކުގައި ދުއްވާ އެއްޗެހި ދުއްވަން ޖެހޭ ފަރާތްތަކަށް ބޭނުންވާ ހުއްދަ މާދަމާ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ކައުންސިލްގެ އާއްމު ޙިދުމަތްތަކާއި ބެހޭ ބައިން ދޫކުރަމުންގެންދާނެ ކަމަށެވެ.

އެ ދުވަހު ދުއްވުމަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ހުއްދަ ދީފައިވާ ވަނީ އުޅަނދުތަކަކަށެވެ.

މި ވަގުތުތަކުގައި ދުއްވަން ހުއްދަ ދީފައިވަނީ

 1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
 2. އެމްބިއުލެންސް
 3. ޙާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޙާއްސަ ކުރެވިފައިވާ ސައިކަލް
 4. ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޙިދުމަތް
 5. އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

މާލެ ސިޓީ ކައުންސިލުން ބުނީ އެންގުމާ ޙިލާފްވާ ފަރާތްތައް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަހަރީ ފީ

  އެ ދުވަހައް ވާވަރަށް މަގޭ ސައިކަލުގެ އަހަރީ ފީ އިން ކަޑައިދޭން ވާނެ އެހެންވީމާ

 2. ......

  ހީލަތްތެރި ކަމުގެ ނުބައިވަސް ހާދަހާ ގަދައޭ...

 3. ހުއްދަ

  ކިތައް ރުފިޔާ އައް ހާއްސަ ހުއްދަ