"ވަގުތު" އިން ތަފާތު މައްސަލަތައް ތަޙްޤީޤުކޮށް ކިޔުންތެރިންނާއި ހަމައަށް ތަޙްޤީޤީ މައުލޫމާތުތައް ގެނެސްދިނުމަށް އަލަށް ފަށާފައިވާ "ވަގުތު 26" އިން ތައްޔާރުކުރި ފުރަތަމަ ރިޕޯޓް މާދަމާ އާއްމު ކުރަން ނިންމައިފިއެވެ.

"ވަގުތު 26" ޓީމްގައި ހަރަކާތްތެރިވި ޓީމުގެ އިސް ބޭފުޅަކު ވިދާޅުވީ އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ފެތުރިފައި އޮތްގޮތާއި، އެފިކުރުމުގެ މީހުންގެ ކަންތައްތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ދެމަސް ދުވަސް ވަންދެން ކުރި މަސައްކަތުގެ ގިނަ މައުލޫމާތުތަކެއް މާދަމާ ހާމަކުރާނެއެވެ.

"ކުރިން އަޅުގަނޑުމެންނަށް ލަފާވެސް ނުކުރެވި އޮތްވަރަށް ހަރުކަށި ފިކުރު ވަނީ އައްޑޫގައި ވަކިހިތްޕާލާފައި. މިކަމުގެ ނުރައްކާތެރިކަން ވަނީ އިންތިހާއަށް އިތުރުވެފައި. އެކަން އަޅުގަނޑުމެންނަށް ވެސް އަމިއްލައަށް ތަޖުރިބާ ކުރެވިއްޖެ." އޭނާ ވިދާޅުވިއެވެ.

މާދަމާ އާއްމު ކުރާ މައުލޫމާތުތަކުގެ ތެރޭގައި ކިޔުންތެރިންނަށް ލިޔުމުން ގެނެސްދޭ ރިޕޯޓްގެ އިތުރުން ވީޑިއޯ ޑޮކިއުމެންޓްރީއެއް ވެސް ހިމެނެއެވެ.

ތަޙްޤީޤު ރިޕޯޓް ތައްޔާރު ކުރުމުގައި އުޅުނު ނޫސްވެރިން ވަނީ ރިޕޯޓް ތައްޔާރު ކުރުމުގައި ފުލުހުންނާއި އަދި އައްޑޫގެ އާއްމުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ދީނީ ހަރުކަށި ފިކުރު ގެންގުޅޭ، ކޮންމެ ވަގުތަކު ވެސް މީހަކު މަރާލަން ފަސްނުޖެހޭނެ 1400 ވަރަކަށް މީހުން ރާއްޖޭގައި އެބަތިބި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކު ދަތުރު ކުރީ ރާއްޖެ އިން ކަމަށް ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ރާއްޖެއިން ދީނީ ހަރުކަށި ފިކުރު ނައްތާލުމަށް ސަރުކާރުން ގެންދަނީ އެކި އިދާރާތަކާއި ގުޅިގެން ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ސީދާ މީހުން މަރަން ފަސްނުޖެހޭ ދީނީ ހަރުކަށި ފިކުރެއް އޮތް ނަމަ މިއުޅޭ ދީނަށް ފުރައްސާރަ ކުރާ މީހުން މިހާރު ތިބޭނީ ދުނިޔެއިން ނެތި ގޮސް އެހެންވީމާ މިބުނަނީ ތިބުނާ ސީދާ ހަރުކަށި ފިކުރަކީ ނަޝީދުއާއި ސީފީ ހަމީދާއި އިބޫސޯލހުއާއި މިމީހުންގެ އައުވާނުން މިމީހުން ގެންދަނީ ފަންޑު ކޮށްގެން މި ހަރުކަށި ދީނަށް ފުރައްސާރަ ކުރާ ފިކުރު ހިންގަމުނއ

    5
    1
  2. Anonymous

    މީގެ ހަތަރު ފަސް މަސް ކުރިން ލާދީނީ މީހުން ވަނީ ތިބުނާ ކަހަލަ މީހުން ޓުރެއިންކޮށް ދީނީ ހަރުކަށި މީހުން ކަމުގައި ހެދިގެން ތިބުމަށާއި އެގޮތަށް އަމަލު ކުރަން ރާވާފައި، ވަގުތު ތި ވެއްޓިގަތީ ބަޔަކުމީހުން ކޮނުނު ވަޅުގަނޑަކަށް

    6
    2
  3. Anonymous

    މީގެ ހަތަރު ފަސް މަސް ކުރިން ލާދީނީ މީހުން ވަނީ ތިބުނާ ކަހަލަ މީހުން ޓުރެއިންކޮށް ދީނީ ހަރުކަށި މީހުން ކަމުގައި ހެދިގެން ތިބުމަށާއި އެގޮތަށް އަމަލު ކުރަން ރާވާފައި، ވަގުތު ތި ވެއްޓިގަތީ ބަޔަކުމީހުން ކޮނުނު ވަޅުގަނޑަކަށް މަށަށް ބުނެ ވޭނީ މިހާވަރަށް

    10
    7
  4. ވިސްނާލުމަށް އެދެމޭ

    ވަރަށްދެރަކަމެ ވަގުތުނޫހުން ތިކުރަނީ...ހަރުކަށިފިކުރެ މިރާ އްޖޭގަ އޮތްކަމެ ނުދެނަހުރި ރަ އްޔިތުން.... މިސަރުކާރުގެ ވެރިން ފެތުރަ އިގެން އުޅޭ ވާހަކަ އެ އްތީ..ކޮބަ އި މަޑުކަށި ފިކުރު.. އިސްލާމްދީނަށް ފުރަ އްސާރަކޮށް އެހެން ދީންތަ އް މިތަނަށް ގެންނަން އުޅޭމީހުންގެ ވާހަކަ ފަސް އަޅާ ފޮރުވަނީތިދެން..

    13
    6
  5. ޓަކަފިރޯށި

    "ވަގުތު"ގެ އުޅުމަށް ބަދަދަލު އަންނަކަން އަޅުގަނޑު ފާހަކޮށް އެކަމާ ހިތާމަކުރަމެވެ.އަޅުގަޑަކީ ވަގުތުގެ ދާއިމީ ދުވަސްވީ ކިޔުންތެރިއެކެވެ. މިއީ ތިބޭފުޅުންގެވެސް ގައުމެވެ. މިތަން ނުރަށްކާވެ އުޅެން އުނދަގުނަމަ ހަމަ އަޅުގަނޑުމެންނެކޭ އެއްގޮތަށް ތިބޭފުޅުންނަށްނަށްވެސް އުޅެންއުނދަގުވާނެއެވެ. ކަންބޮޑުވަނީ އަސްލު މައްސަލަަ އެނގޭއިރުވެސް އެކަމަށް ރިޔާޔަތް ނުކޮށް ބަޔަކުރުއްސަން ޖީބު ބޮޑުވާނެހެން ރިޕޯޓު ހަދާތީއެވެ.

    8
    2
  6. ޢަފްލާ

    ވަގުތު ކުދިން ކިޔާދީބަލަ ތިބުނާ ހަރުކަށި ފިކުރުގެ 1 ސިފަ ކޮބަިތޯ ހަރުކަށި މިހުންނަކީ އެމީހުން ދެނެގަންނާނީ ކިހިނެތްތޯ ކިޔައިދީބަލަ

  7. ލާހޫރޭ

    ދީނީހަރުކަށިފިކުރު ގެންގުޅޭ ކޮންމެ ވަގުތަކުވެސް މީހަކު މަރާލަން ފަސްނުޖެހޭނެ 1400ވަރަކަށް މީހުން ރާއްޖޭގައި އެބަތިބިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
    ދީނީ ހަރުކަށިފިކުރަކީ ވަކިވަގުތަު ގެންގުޅޭ އެއްޗެއްތޯ؟