ޓެކްސް ނެގުމަކީ ޙަރާމް ކަމެއްކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިހް އިލްޔާސް ޖަމާލް ވިދާޅުވެފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމާއިއެކު އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިލްޔާސް ޖަމާލް ކުރިން ދައްކަވާފައިވާ މިވާހަކަތަކުގެ ވީޑިއޯ އާއްމު ކުރެއްވީ އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެވެ.

ވައްޑެ އާއްމުކުރި ވީޑިއޯގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ވިދާޅުވީ މީހެއްގެ ހަލާލު މުދަލުން އެއްވެސް އެއްޗެއް އެއްވެސް ތަނަކަށް ރުހުމުގައި ވެސް އަދި ނުރުހުމުގައި ވެސް ނުނެގޭނެ ކަމަށެވެ. "ކުޑަކުޑަ މިސާލެއް ބައްވަލާ. މިނެގޭ ޓެކްސްތައް. އެކި ނަންނަމުގައި މިނެގޭ ޓެކްސްތައް. ކަނޑައެޅިގެން މިދަންނަވަނީ ޓެކްސްއަކީ ޙަރާމް އެއްޗެއް. އިލްމުވެރިން އެއޮތީ އެއާއިމެދު ފަތުވާ ދެއްވާފައި." އިލްޔާސް ޖަމާލް ވިދާޅުވިއެވެ.

މެންބަރު ވައްޑެ އިލްޔާސް ޖަމާލްގެ ވީޑިއޯ އާއްމުކޮށް ވިދާޅުވީ މިއީ ވެސް ދައުލަތަށް ނަގާ ޓެކްސްއިން މުސާރަ ނަންގަވާ ބޭފުޅެއް ކަމަށެވެ. ޓެކްސް ހަރާމްއިރު ޓެކްސް ފައިސާއިން ތި ނަންގަވާ މުސާރަ ހަލާލު ތިޔަކުރައްވަަނީ ކޮން ބާވަތެއްގެ ދޮވުމަކުން ދޮވެގެންތޯ ވައްޑެ ވަނީ ސުވާލު ކުރައްވާފައެވެ.

ކުރީގެ މެންބަރު ބްރިގޭޑިއާ (ރިޓަޔާޑް) އިބްރާހިމް ދީދީ ކުރެއްވި ޓްވީޓެއްގައި އިސްލާމިކް މިނިސްޓްރީ އާއި މިނިސްޓަރ އަލީ ޒާހިރާއި މިނިސްޓަރ އިމްރާން ޓެގް ކުރައްވާ ވިދާޅުވީ މިގަދަ އޮޅުން ބޮޅުން ބޮޑު ފަތުވާތައް އާއްމުކޮށް އާއްމުން ބޮޑު ބޮޅުން ގަނޑެއްގެ ތެރެއަށް ދޫވާން އިސްލާމިކް މިނިސްޓްރީން ބަލަހައްޓައިގެން ތިއްބަވާތީ ހައިރާންވާ ކަމަށެވެ.

އިތުރު ބައެއް ބޭފުޅުން ވަނީ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ދެއްކެވި ވާހަކަފުޅަށް އޭނާ ޖަވާބުދާރީ ވުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. މަ

  މިކަމުންވެސް ވައްޑެގެ މުނާފިޤުކަން މަށަށް ފެންނަނީ!

  27
  8
 2. ުއު8

  ފަހުޒަމަނުގެބއަލަމާތް

  18
  3
 3. މޮޔަސޮރު

  ކިތައްމަ ފުރައްސާރައެއް ކުރިއަސް ދާއިމަށް ޓެކްސް ނެގުމަކީ ދީނީގޮތުން ހުއްދަކަމެއް ނޫންކަމަށް ބައެއް ޢިލްމުވެރިން މިދާޅުވޭ. އެއީ ބައެއްގެ މުދާ ގަދަކަމުން ފޭރުންކަމަށް ވަނީ. އެހެނޫން ޙާޖަތެއް އޮވެގެން މިސާލަކަށް މަގުހެދުން، ސްޮކޫލްތައް އެޅުން އެދަފަ ކަންކަން ކުރަންޖެހިގެން ދައުލަތަށް ރައްޔިތުން އަތުން ޓެކްސް ނެގިދާނެ. މިހާރު ޓެކްސް މިނަނަގަނީ ދައުލަތް ހިންގާކަށް ނޫން. ސިޔާސީ ވެރިންނަށް މުސާރަދޭން ޓެކްސް ނަގަނީ. އެހެން ނޫންނަމަ ކޮން މިނިސްޓްރީއަކަށް މިނިސްޓަރާއި އެކު ދިހަ ބާރަ ސްޓޭޓް މިނިސްޓަރުން ނުލީ. މި ދަތި ދަނޑިވަޅުގައިވެސް ބޭނުންފުޅު މީހުންނަށް މަޤާމް ދެވޭ، އެ ހެޔޮ ދައުލަތް ބަނގުރުޓްވިއަސް

  19
  4
 4. ވިސްނަބަލަ

  .ހޭކެނޑިފަތިބޭ ގަމާރުންނޭމީ.. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުންނަތާއި ގުރުއާނުން ސާބިތުވޭ އިތުރައްނަގާ ލާރި ޙަރާމްކަން އަދި ސީދާ ގުރުއާނުގައިވެސްވޭ..ޓެކްސް އެއީ އިތުރައްނަގާބައި..އެހެންވީމާ އެ ހަރާމްވާނެކަން ނޭގޭ
  މީހުންނަކީ ބޯގަޅިން ހޭކެނޑިފަތިބޭ ކުއްތާއިން.. ބިރުނުގަނޭތަ ގުރުއާނާ ދެކޮޅަށް ބަސްބުނަން...

  10
  4
 5. Anonymous

  ޓެކްސް ނެގުމަކީ ހަރާމް ކަމެއް. އިސްލާމްދީނުގައިވަނީ ޒަކާތް ނެގުން.

  35
  6
  • ޒައިކް

   ޓެކްސް ނުނެގޭނެއޭ އައިއްސަ އޮތް އާޔަތެއް ނޫނީ ހަދީޘްއެއް ދައްކަބަލ؟؟ ހަރާމް ކަންތައްތަކާ ހަލާލް ކަންތައްތައްވަނީ ސާފުކޮށް ބަޔާންކޮށްދީފަ.. އެޔަށް އިތުރު ކޮށް އުނިކޮށް ނުހެދޭނެ.. ދެން ހަމަ އާޔަތުގެ އަސްލު މާނައިގެ އިތުރަށް، ބުރެކެޓު ޖަހައިގެން އެމީހަކަށް ފެންނަ މާނައެއްކޮށް ހިތަށް އައިކަމެއް ހަރާމްކޮށް ހަލާލުކުރަމުން މި ދުވަނީ އިލްމު ވެރިންނޭ ކިޔާފަ..

   9
   3
   • ކޮޔާ

    ބްރެކެޓްގަ އޮންނަނީ ތަފްސީރު. އެއީ ރަސޫލާ އާއި ސަހާބީން އާޔަތަށް އަމަލު ކުރެއްވި ގޮތް

    1
    3
 6. Anonymous

  އިލްމު ވެރިން ދައްކަވާ ވާހަކަ އާއްމުންނަށް އޮޅޭގޮތަށް ބަދަލު ނުކުރައވާ. އަޅުގަޑުމެން މުދަލު ޒަކާތާ ފިތުރުޒަކާތްދައްކަން. އިތުރު އެއްވެސްއެއްޗެއް އަހަރެމެންގެ ނުރުހުމުގި އަހަރެމެންގެ މުދަލުން ނުނެގޭނެ

  8
  3
 7. ރައްޔިތުން

  ތިޔަ ޝޭޚުންގެ ތެރެއިން ބައެއް މީހުންނަކީ ރޯނު އެދުރުން

  8
  1
 8. ސްޕައިޑާ

  ޒަކާތްދީފަ ޖީއެސްޓީދީފަ ބީޕީޓީދީފަ އިންޓަރެސްޓްދީފަ މަރިޔަބުދީފަ ކަތިވަޅިދީފަ ނުވިތާކަށް ދަނޑުވެސްދީފަ ދެން ބާކީ އޮތީ ނަފްސް ދެން އެވެސް ދޭންވީކަންނޭންގެ

  8
  3
 9. ޖަމްޝީދު

  ޓެކްސް ނެގުމަކީ ސީދާ ޙަރާމް ކަމެއް.. ގުރުއާނުގެ އާޔަތެއް އިންނާނެ އިތުރައްނަގާ ބައި އެބަހީ ސީދާ ޙަރާމް ވާނެ...

  5
  3
 10. ޤާސިމް

  މަނިކުފާނަށް ލިބޭ މުސާރަ ކިތައްމެބޮޑުކޮށް ވިއަސް ޓެކްސްފައިސާއިން ދިނަސް އޯކޭ، ބައެއް ވިޔަފާރި ވެރިން ޓެކްނުދައްކައި ތިބުމުން އެކަން މާފުކޮށްދެން ބައިގަޑު ތިއުޅެނީ އެހެންވެގެން

  4
  3
 11. ޙުސޭން

  މިހާރު ގޯސްމިވީ ޝޭޚް ދީނުގަ އޮތްގޮތަށް އެވާހަކަ ވިދާޅުވީމަ ޝޭޚް ގޯސްވީ، މިއުޅޭ ސިޔާސީ ގިނަޝޭޚުން އެމީހުން ރުހޭކޮޅަކަށް ބުރަވެ ކޮންމެ އެއްޗެކޭވެސް ބުނެފާނެ. ވައްޑޭ އަކަސް ލައްޑޭ އަކަސް މާތް ﷲ ގެ ދީނުގައިވާ ޙުކުމްތަކަށް ގޮންޖަހަން އުޅޭނެ ކަމެއްނެތް. ރައްޔިތުން އަތުން ނެގޭނީ ދީނުގައި ކަނޑަ އެޅިފައި އޮތްމިންވަރަށް ޒަކާތް، އެއީ ރައްޔިތުން އަދާކުރަންޖެހޭ ފަރިޞެއް ވާޖިބެއް. ރައްޔިތުން ނަށް ސާފުބޯފެން ފޯރުކޮށް ނުދެވި ބޯހިޔާވަކި ކޮށް ނުދެވިތިބެ ރައްޔިތުންގެ ފައިސާއިން ސިޔާސީ ވެރިން ފެންވަރަން ފްލެޓް ގަންނަން އެއްވެސް ޓެކްހެއް ދައްކާކަށެއް ނުޖެހޭ. ޝޭޚް ބުނީ ހަމަ ރަނގަޅަށް.

  9
  2
 12. Anonymous

  އެމްޑީޕީގަ އެބަ އުޅޭތަ ހަމައެއްޗެއް. ހުސް ލާދީނީ ބައިގަނޑު

  8
  5
 13. ޢާއިޝާ

  ސްޓޭޓް މިނިސްޓަރގެ ހާދަ ކުރީ ޒަމާނެއްގެ ވީޑިއޯއެއް ޢާއްމުކޮށް، މިއަދު މިނިސްޓްރީ އިން ނެރުނު ފަތުވާއަކަށް ހައްދަވަން ތިއުޅުއްވަނީ، ކޮބާތޯ ތިބޭފުޅުންގެ ތެދުވެރިކަން ޑާރޓީ ޕޮލިޓިޝަންސް.

  7
  3
 14. ޙހހހ

  ވައްޑަމެންނަށްވެސް ތިކެވެނީ ޔާމީން ކޮރަޕްޓް ވެރިކަން ކޮށްގެން ލިބުނު އާމްދަނީތަކާއި ވައްކަން ކޮށްގެންއެޅި އެއަރޕޯޓްތަކުން ލިބޭ ފައިސާ

 15. ޖަމީލް

  އެމްޑީޕީ ގެ ސަރުކާރެއް ގަ އަބަދުވެސް ރައްޔިތުން ފެލައިގެން ލާރި ހޯދާނީ... މަޖިލިސް ރައީސް ގެ ގޮނޑިއަށް މަކުނެއްހެން އަރާ އިން ރާބޮނދީގެ އެންމެ ފުރަތަމަ ކަމަށް އޮންނަނީ ރައްޔިތުން ފެލާނެ ގޮތެއް އޮތްތޯބަލާ އެކަމެއް ކުރުން...

 16. މަޒް

  ސްޓޭޓް މިނިސްޓަރު ވިދާޅުވުމުން ޖަވާބުދާރީ ވާންޖެހެނީ.. ނަޝީދު ދައްކާ ވާހަކައަށް ޖަވާބު ދޭކަށއ ނުޖެހޭތޯ؟