ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާއި ދެމެދު "ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިއްޔެ ސްރީލަންކާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއް ރައްޒާގެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ އެވެ.

އެލައިނާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެއީ 100،000 ޑޮލަރުގެ ޑެޓް ރިލީފް އެއްބަސްވުމެއް ކަމަށެވެ.

މި އެެއްބަސްވުމުގެ ސަބަބުން ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއަކަށްވެ، ދަރަނި މެނޭޖްކުރުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވަނީ ބައެއް ޤައުމުތަކާއެކު ސޮއިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ތ

  އެއްލައްކަ ޑޮލަރޭ ތިޔަ ވަރުކަމެއް ގައި ބޮޑު ރަސްމިއްޔާތެއް ތިޔަ ބޭއްވީ ނޫނޭވާ އެމެރިކާ މީހުންގެ ދަޅަައިގައި ޖެހިއްޖެ އިނގިރޭސި ސަފީރު ވެސް މިހާރު އަބަދު މިގައުމުގައި އެކި އޮފީސްތަކަށް ފަލޭތާލަން ދުވަނީ ލަންކާގައި ހުންނަން ޖެހޭ މީހެއް އަބަދު މިތާނގާ މުސްކުޅި ދައިތަ ކޮންމެ ރަސްމިއްޔާތަކަށް އެބަދޭ މީހަކު ފޮޑިއެއް ޖެހިޔަސް އެތަނެއްގައި މީނާގެ ރޭވުމުން މިގައުމުގެ ހުރިހާ ބޮޑެތި ކުންފުނި ތަކަށް އެނގިރޭސިން ދަނީ އަތް ގަދަ ކުރަމުން އެއަރ ޕޯރޓް ބީ އެމް އެލް ... ޕެންޝަން ފަންޑު ހުރިހާ ތަނެްގައި އިނގިރޭސި ރައްޔިތުން ރައީސް އޮފީހުގައ ވެސް އެތާނގެ މީހުން ކިހާ ބޮޑު ކަމެއް މީ ބަނގާޅު މީހުންނަށް ވުރެ މަށަށް މިކަން ބޮޑު

  3
  1
 2. ހޭބަލި

  ދިވެހިން ހޭބަލިވާ ވަރުގެ ލޯނުއެއްބަސް ވުމެއްތީ. ތިލޯނުވެސް މިސަރުކާރަށް ނުދެއްކޭނެކަން ހާމަވެގެން އެދިޔައީ. ނާޤާބިލު ސަރުކާރު.

  2
  1